ޖުމްހޫރީ ޕާޓީއަށް ފަހަކަށް އައިސް ސޮއި ކުރެއްވި ބޭފުޅުން އެޕާޓީއަށް ދިޔައީ "މުނިފޫހިފިލުވަން" ކަމަށް ބުނާ ފަރާތްތަކުން އެ މޭރުމުން ވާހަކަ ދައްކަނީ ހިތަށް ކުރާ އަސަރެއްގެ ބޮޑު ކަމުން ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އިން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އަށް ރައްދުދީފިއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ޞާލިހު މީޑިއާތަކަށް ފޮނުވި މެސެޖެްއގައި ވިދާޅުވީ ޖޭޕީ އާއި މެމްބަރުން ގުޅިވަޑައިގަތީ މުނިފޫހިފިލުވުމަށް ކަމަށް ބުނާ ފަރާތްތަކަށްވެސް، އަދި ޖޭޕީއާއި ގުޅިވަޑައިގަންނަވާ މެމްބަރުންނާ ބެހޭގޮތުން އެހެން ބޭފުޅުން ދައްކާ ވާހަކައަކަށްވެސް އެ ޕާޓީ އިން އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

އެ ޕާޓީއަށް އެހެނިހެން ޕާޓީތަކުގެ އިސް ސަފުގައި ޙަރަކާތްތެރިވި ސިޔާސީ ފަރާތްތައް ގުޅިވަޑައިގަތުމަށްފަހު ޖޭޕީގައި ވަރަށް ޙަރަކާތްތެރިކޮށް އުޅުއްވާ ކަމަށާއި އަދި އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ. އަދި އަލަށް ގުޅިވަޑައިގެންނެވި ސިޔާސީ ދާއިރާގެ އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކަށް ބަޔަކު ޒާތީވެގެން ބަސްތައް ރައްދުކުރަނީ އެ ޕާޓީއަށް ހަގީގަތުގައިވެސް އެ ބޭފުޅުންގެ ފަރާތުން ކުރިއެރުން ލިބިދާނެތީ ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސިޔާސަތަކީ އަބަދުވެސް މިގައުމަށް ހެވާއި، ލާބަ ހިމެނޭ ކަމެއް ކަމަށާއި، އެކަންކަމަށް އެ ޕާޓީއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށާއި، އަދި ހިތްދަތިވާ ބޭފުޅުން އަލުން އައިނު ސާފުކޮށްލާފައި ބެއްލެވީމަ، މަންޒަރު ވަރަށް ސާފުވާނެ ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.

މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އަދި މިރޭ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ޖަލްސާގައި ވެސް އަދުރޭ ވިދާޅުވީ ޖޭޕީ އަށް ކުރީގެ މެންބަރުން ވަޑައިގެންނެވީ މުނިފޫހިފިލުވަން ކަމަށާއި ޖޭޕީއަކީ އެއްވެސް ގޮތެއްގައި ސިޔާސީ މަސައްކަތެއް ކުރަން ދާން ޖެހޭ ޕާޓީއެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    މިހާރުމިއޮތްސަރުކާރު ލާދީނީވެގެންދާއިރު އަނގައިންނުބުނެސަރުކާރުތެރޭގައި ތިބުމަކީ އެންމެރަނގަޅުގޮތްތޯ ޢަލީސޯލިހް އެހެންނޫނީ އިބްރާހިމް ސޯލިހްނަމަވެސް ޖަވާބުދެއްވަބައްލަވަ

    34
    2
  2. ކިނބީ

    އަސަރު ކުރާނެތާ ޓީވީ ޗެނަލްގަނޑުންވެސް އެއްފަހަރާ ފަންސާސް މީހުން ވިއްޔަ ކަނޑާލީ. އަނިޔާވެރިކަމުގަ ތިތިބީ ހަްއދުފަހަނަައޅާފަ. ދެން އއިންސާނިއްޔަތުކަމެއް ހުރި މީހަކު ވިއްޔާ އަސަރު ނުކުރާނެތަ

    31
    1
  3. ދަންސޫރަ

    ހިތަށް އަސަރު ކުރާނެތާ ގަ އުމް ދިރުވާލާ ރަށްޔިތުން މަގުފުރަށްދަ އިފި

  4. އިބިރިހިންމަނުކާނު

    ތެދައްކަނީސީދިވާހަކަ

  5. ޙަ ް

    ދުވަސް ކޮޅެެ އް ވާ އިރަށް ތި ދެފާޓީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އިންނާނެ.

  6. ލަކީ

    ޢަދުރޭ ވެސް އަބަދު އޮފީސްތެރޭގަ އުޅޭ އެންމެ ފަހު ވަގުތު ކޮޅު ދާނެ ޖޭޕީއަށް މިޙާރުވެސް ޖޭޕީން ލާރި ހޯދާ

    3
    4