ވަޅިއެއް ހިފައިގެން ފިހާރައަކަށް ވަދެ ފައިސާތަކެއް ފޭރިގެންފިއެވެ.

ވަޅިން ބިރު ދައްކައިގެން ފައިސާތައް ފޭރިގެންފައި ވަނީ މާލޭގައި ހުންނަ މުއިވިލު ސްޓޯރ ނަމަކަށް ކިޔާ ފިހާރައަކުންނެވެ.

ފުލުހުން ވިދާޅުވީ މިއަދު މާފަންނު ފިހާރައަކަށް ދެމީހަކު ވަދެ ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ފައިސާ އާއި ސިނގިރޭޓް ފޮށިތަކެއް ފޭރުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުން ވަނީ ފޭރުނު ދެމީހުން ހޯދައި މިރޭ އެމީހުން ހައްޔަރުކޮށްފައި ކަމަށެވެ.

މައްސަލައައިގެ ތަޙްޤީޤު ކުރިއަށްދާކަމަށް ވިދާޅުވުން ފިޔަވައި މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ވަޅިން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީިޑިއޯއިން ފެންނަނީ ފިރިހެނަކު ކައުންޓަރުގައި އިން މީހާއަށް ވަޅިން ބިރު ދައްކައިގެން ފައިސާ ޖީބަށް ލާ މަންޒަރެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމާއި ވައްކަން ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަހިންދާ

    ތީ ޓެރަރިސްޓް އަމަލެއް.

  2. އަމީ

    އެޔީ މޮޔަ ކުދިން ކޮޅެއް. އަވަހަށް ދޫކޮއްލާފަ ޓެރެރިސްޓުން ހޯދަން އުޅޭ.