ގއ.އަތޮޅާއި އައްޑޫ ސިޓީ ދެމެދުގެ ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރީނދޫ ސަމާލު ނެރުނު ވަގުތު އިތުރު ކުރިއިރު, މިހާރުވެސް ދެކުނުގެ ބައެއް ރަށްތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މެޓް އޮފީހުން ކުރިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު މިރޭ މެންދަމު 01:00 އާއި ހަމައަށް ހަމަވެއެވެ. ރީނދޫ ސަމާލުގެ މުއްދަ އިތުރު ކުރުމަށް ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 4:00 ގައެވެ.

މެޓް އޮފީހުން ވިދާޅުވީ, ސަމާލު ނެރެފައިވާ ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާޢި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އިން ވިދާޅުވިއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އިން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ