މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ރާއްޖޭގައި ނެތްކަން ފުލުހުން ކަށަވަރުކޮށްދެއްވައިފިއެވެ.

ފުލުހުން މިކަން ކަށަވަރުކޮށްދެއްވާފައި މިވަނީ، ފުލުހުން ޝަހިންދާގެ ޖަމިއްޔާގެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި އޭނާ ރާއްޖެދޫކޮށް ގޮސް ބޭރުގެ ހިމާޔަތް ހޯދަން އުޅޭކަމުގެ އަޑު ފެތުރުމާއި ގުޅިގެންނެވެ.

ޝަހިންދާ ރާއްޖޭގައި ނެތްކަން ފުލުހުން ހާމަކޮށްފައި ވަނީ، އެ މުވައްސަސާގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މީސްމީޑިއާގައި ހިންގަވާ ގްރޫޕެއް މެދުވެރިކޮށެވެ. އެގޮތުން ފުލުހުން މިއަދު ވިދާޅުވީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިއިރު ވެސް ޝަހިންދާ ރާއްޖޭގައި ނޫޅޭ ކަމަށެވެ.

ޝަހިންދާ ރާއްޖެ ދޫކޮށް ގޮސްފައިވަނީ ސީދާ ކޮންއިރެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. ޝަހިންދާ ބޭރުގެ ހިމާޔަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވާއިރު، އޭނާގެ އެމްޑީއެން ޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑުވެސް ކޮށްފައެވެ.

ޝަހިންދާ އިސްވެ ހުންނަ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ފުލުހުން ތަހުޤީޤެއް ކުރަމުންދާ ކަމަށް މީގެ ކުރިން އެ އިދާރާއިން ހާމަކޮށްފައި ވެއެވެ. ނަމަވެސް އެ ތަހުޤީޤަށް އެއްވެސް ކުރިއެރުމެއް ލިބުނު ކަމެއް ނުވަތަ ތަހުޤީޤާއި ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލަ އާއި ގުޅިގެން އަދި މީހަކަށް ފިޔަވަޅެއްވެސް އަޅާފައިވާ ކަމެއް ނޭނގެއެވެ.

ދީނަށް ފުރައްސާރަކޮށް ދީނުގެ އަސްލުތަކަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން އޭނާއަށް ގިނަ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ދަނީ އެ ފާޑުކިޔުންތަކަށް ރައްދުދީ ގަދަބަސް ބުނަމުންނެވެ.

އެމްޑީއެން ރިޕޯޓުގައި ރާއްޖޭގައި ސްކޫލް ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ލޭއޮހޮރުވުން ހިންގުމަށް ބާރުއަޅާފައިވާ ކަމަށް ބުނެފައި ވެއެވެ. އެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، މައްސަލަ ބަލައިދިނުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އެދުމުން ޝަހިންދާ ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީއަކީ ޤައުމުގެ ހަލާކު ކަމުގައި އާއި އެ މިނިސްޓްރީ އޮތްހާ ހިނދަކު ޤައުމު އަމާން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ޝަހިންދާއަށް ހިތްވަރުދީގެން ލާދީނީ ބަޔާންތައްނެރުވި އެކަމުގެ އަޑީގައިތިބި މިސަރުކާރުގެ އިސްވެރިން އެކަނބުލޭގެ ފުރުވާލީވެސް، އެބަޔާންތައްނެރި ލާދީނީގުރޫޕް ފާޅުގައި ލާދީނީ ރޯލު ކުޅެންފެށީވެސް އެމީހުންންނަށް އިނގޭވިއްޔާ މިސަރުކާރަކީ ތިމެންނަމެންނަށް އެއްވެސް ތަހުގީގަށްހިންގާ އަދަބެއްދޭނެ ސަރުކާރެއްނޫންކަންވެސް، މިއީ ހަގީގަތް

    61
    • ސޯދިގު

      މީ ރައީސްޗސޯލިހަށް ދުއްތުރާކުރާ އެމްޑީޕީގެ ކުޑަ ދައްޖާލުގެ ލާދީނީވިންގް އަޑީގަތިބެގެން ސަރުކާރުވތެރޭގެަ އުޅޭ ލާދީ ވިންގާ ގުޅިގެން ކުރާކަމެއް

      19
      3
  2. ޑުބޮރުކި

    ރާ އްޖެ އަރާބަލަ ނިކަން .

    44
    1
  3. އަހުމަދު

    އޭނަ ހޯދަން އިންޓާރޕޯލަށް ލާ..ހަމަ މިހާރު

    55
    1
  4. Anonymous

    ކޮމިޝަނަރު ހަމީދު އެއޮތީ އޭނާ ފިލުވާފަ

    69
  5. ށަވިޔަނި

    ލާދީނީ މީހުންނަށް ވާގިވެރިވާ ޕޮލިސް އިސްތިއުފާ

    65
  6. ކާފަދ

    ހުރިހާ ކަމެއް ނިމުނީނު. ވަރަށް ސަޅި

    49
    1
  7. Anonymous

    ކާފަރުންގެ ހިމާޔަތް ހޯދިޔަސް، އާޚިރަތުގެ އަޒާބާ އެމީހަކު ކުރިމަތިލާން ނުޖެހުމަކީ ނެތް ގޮތެއް. ކާފަރުންގެ ހިމާޔަތް ހޯދައިގެން ދުނިޔެމަތީގެ އަދަބަކުން ސަލާމަތް ވެވިދާނެ. އެކަމަކު އާޚިރަތުގެ އަޒާބު އައިސް އެމީހަކު ވަށާލީމާ ކާފަރަކު ކީއްކުރަން އިބިލީސްވެސް އެމީހަކަށް ހިމާޔަތް ދޭކަށް ނާންނާނެ.

    38
  8. ޢަލީ

    ކުރިންވެސް އެނގޭ ތިހެންކަން ތިކަންކުރާނީ، ރަނގަޅަށް ވިއްޔާ ތީ އެންމެންގުޅިގެން ކުރިކަމެއް. ދެން އޯކޭތާ އޭނަ އެތާހުއްޓަސް ސަރުކާރުގެ ތެރެއިން މުސާރަލިބޭ ބޭބެއިން އެބަތިބިއްޔާ އެމީހުންގެ އެހީތެރިކަން ލިބެމުންދާނެ، ދެން އެމްބަސީގެ ވަޒީފާއެއް ހަމަޖެއްސީމަ އެކަންވެސް ހަމަޖެހުނީ.

    28
  9. ޢާއިޝާ

    އެމްސީ އަށް ތިކަން ތިޔައޮތީ ކުރެވިފަ. ސަރުކާރަށް ބުނެލަން އޮތީ މެޖޯރިޓީއަށް ނުބަލާ 6 އެއްކަ މީހުންގެ މަސްލަހަތަށް ބެލުން ތީ، ސަރުކާރަށް އެޅޭނެ އެންމެ ޅައެތި އެޅުނިއްޔޭ. މާޒީއިން އިބުރަތް ހާސިލް ނުކުރެވޭ މީހަކީ މޮޔައއް.

    31
  10. މމ

    އިންސާފާއި ހަމަހަމަކޮށް މައްސަލަ ބެލޭނީ ތިހާކަވަރަށް، ވަރަސް ސަލާމް މޯލްޑިވް ޕޮލިސް ސަރވިސް

    32
  11. ދެރަވަރު

    ދެރަ....ވަރަށް ދެރަ....އޭނާއަށް ތެދުމަގު ދައްކަވާ ދޭވެ...

    20
  12. ކެޔޮޅު

    ސަހިންދާ ފުރުވާލަން ތަންމަތި ބަނދެދިނީ ކޮމި ސަނަރ އޮފް ޕޮލި ސް އެމް ސީ ހަމީދު މިހާރުންމިހާރައް އި ސްތިއުފާދީ!

  13. ށުމަން

    މި މައްސަލައިގެ ފޯކަސް ގެއްލުވާލަން ދެން އޮތީ ޔާމިން ގެ ޝަރީއަތް ހިންގައި ރައްޔިތުން ނަށް އޮޅުވާލުން. މިހުރިހާ ނުބައްއެއް ރާވަނީ ނަށީދު އާ މަރިއާ ދައިތަ ގުޅިގެން. ޢ 2 މީހުން ގެ 2 ފައި ގަ އިބޫ ހުރީ ތާށިވެފަ
    ޢިބޫ އަށް ގޮވާލަން މާރިއާ ބޭރު ކޮއްލާފަ ނަށީދު ހައްޔަރު ކުރަން ރައްޔިތުން މިތިބީ އިބޫ އާ އެކީ

  14. ާަާމަ

    ބޮޑެތިމީހުން ކުރުވިކަމެއްތީ. ކޮބާ ފުލުހުންގެ ޒިންމާއަކީ.