މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް އަލުން ހުއްދަދީ، ރާއްޖޭގެ ދީނީ ޖަމާޢަތްތަކުގެ އަމަލުތައް ބަލައި ތަހުޤީޤު ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސްވޮޗް އިން މިގޮތަށް ގޮވާލާފައި ވަނީ، އެމްޑީއެން އިން ނެރުނު ދީނާއި ޚިލާފު ރިޕޯޓާއި ގުޅިގެން އެ ޖަމާޢަތް ވަގުތީގޮތުން ސަސްޕެންޑު ކޮށްފައިވާ ދަނޑިވަޅެއްގައި، ހިއުމަން ރައިޓްސް ވޮޗުގެ އޭޝިޔާ ޑިރެކްޓަރ ޕެޓްރިޝިއާ ގޮސްމަން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެމްޑީއެން ސަސްޕެންޑު ކުރި ކުރުމަށް ފާޑުކިޔުން އަމާޒުކޮށް ބުނެފައި ވަނީ، އެމްޑީއެން އަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅު ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސްވޮޗްގެ ބަޔާނުގައި ބުނެފައި ވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ޤާނޫނުތައް އުވާލައްވާނެ ކަމަށް ކެމްޕޭނުގައި ރައީސް ސާލިހު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ކަންކަން ކުރެއްވި ނަމަވެސް، އެމްޑީއެން އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި، ރާއްޖޭގައި މިހާރު ދަނީ ދީނީ ހަރުކަށި ވިސްނުންތައް އިތުރުވަމުންނެވެ. އެހެންކަމުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކާއި މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި، ރާއްޖޭގެ އިސްލާމީ ގްރޫޕްތަކުން ހިންގަމުންދާ އަމަލުތައް ބަލައި ތަހުޤީޤުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސްވޮޗްގެ ބަޔާނުގައި ބުނެފައިވަނީ، އެމްޑީއެން އަށް ނުރައްކާ ކުރިމަތިވަނީ އިސްލާމީ ގްރޫޕުތަކުން ރާއްޖޭގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ދެކޮޅު ހަދާތީ ކަމަށެވެ. އަދި މިހާރު އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގައި އަޑުއުފުލަމުން ދަނީ ޓެރެރިޒަމްގެ ޤާނޫނު ފާސްކުރުމުން ކަމަށާއި، އެކަމުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ގްރޫޕުތަކާއި ގޭންގުތަކާއި އިދިކޮޅު ސިޔާސީ ފަރާތްތައް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސްވޮޗްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ފަރާތްތަކުން އެމްޑީއެން އާއި ދެކޮޅު ހަދަމުން ދަނީ ޓެރެރިޒަމްގެ ޤާނޫނު ފާސްކޮށްފައި ވުމާއި އެކު އެ ޤާނޫނު ރާއްޖޭގައި ތަންފީޒުކޮށްފާނެތީ ބިރުން ކަމަށެވެ. ހިއުމަން ރައިޓްސްވޮޗް އިން މިގޮތަށް ބުނެފައިވާއިރު، ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، އެމްޑީއެންގެ ފައުޑަރ، ޝަހިންދާ ވެސް މީގެ ކުރިން ބުނެފައި ވަނީ މިހެންނެވެ.

އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު އަޑުއުފުލަމުން ދަނީ، އެ ޖަމާޢަތުން ދީނުގެ އަސްލުތައް އޮޅުވާލައި ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުމާއި ގުޅިގެންނެވެ. އެ ރިޕޯޓުގައި، ރާއްޖޭގައި ސްކޫލް ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ލޭއޮހޮރުވުން ހިންގުމަށް ބާރުއަޅާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ރިޕޯޓާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން، ޖަމާޢަތުގެ ފައުނޑަރ، ޝަހިންދާ ވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދުދީ ގަދަބަސް ބުނެފައެވެ. އެގޮތުން "ޓެރެރިޒަމްގެ ބިލް އެއޮތީ ފާސްކޮށްފައި" ކަމަށް ތަކުރާރުކޮށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ބޮޑު ހަސްންބެ

    ޝާހިންދާ އާ ހެދި މުޅި މުޖުތމައު ހަލާކު ވެއްޖެ. މިކަހަލަ މީހުން ރާއްޖޭން ބޭރުކުރަން ގޮވާލަން. ތި ކިޔާ ހިމަންރައިޓްސް ވޮޗް އިން ކީއްތަ ވާނީ އިޒްރޭލުން ފަލަސްތީނަށް ކުރާ ލާއިންސާނީ އަމަލުތަކަށް ފާޑުކިޔަން. އެމީހުން ނުކިޔާނެ. ސަބަބަކީ އެމީހުންގެ މަގުސަދަކީ އަމާން ކޮއް އޮންނަ އިސްލާމީ ގައުމުތައް ހަލާކުކުރުން. އެގޮތުން އެމީހުންގެ ޕުރޮޕެގެންޑާއެއް އެއީ އެ ގައުމެއްގެ ތެރެއިން ގައްދާރުން ހޯދާ ގައުމުގަ ފިތުނަ އުފެއްދުން. ޝަހިންދާ އާއި އަންނި އަކީ މި ކަހަލަ ދެ ޕަޕެޓް އެމީހުން ބޭނުންކުރާ. މާތް ﷲ އަޅުގަނޑުމެންގެ ރައީސް އިބޫ އައް ކެތްތެރިކަންދެއްވާންދޭވެ. އާމީން.

    200
    9
    • މަރޭ

      އިބޫއަކީވެސް ޝާހިންދާއަށް ތާއިދުކުރާ ބޭފުޅެއް. މިހާރު ރައްޔިތުން ރުޅިއައީމާ ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ލޮލުގައި އަދުންއަޅުވާ މޮޔަހަދަން ދައްކާވާހަކަތަކެއް. ހިތާމައަކީ އަދިވެސް އިބޫއަށް ސަޕޯޓްކުރާ ފަރާތްތައް ޣާފިލްކަންމަތީގައިވާކަން. ދުވަހަކުވެސް އިބޫގެ އުނިކަމެއް، ރައްޔިތުންނަށް ދޮގުހަދާކަމެއް، ރައްޔިތުން މޮޔަހަދުވާކަމެއް ނުފެންނާނެ.

      161
      9
  2. އަޙްމަދް

    މިރާއްޖޭގައި މިހުރިހާ ލާދީނީ ފިކުރުއް ކުރިއަރުވާ އާލާކުރުމުގެ މުގުލުގައި ހުރީ ނަޝީދާއި ސިޔާސީ މަޤާމުތަކުގެ ދަހިވެތިކަމުގައި އޭނާގެ އަޅުންގެ ގޮތުގައި އުޅޭ މުޑުދާރު ޝޭޙުންނާއި، އޭނާގެ އެކުވެރިންނާއި ޕާޓީގެ މެންބަރުންނެވެ.

    142
    6
  3. ހުޅުރާއްޖެ

    މޮޔަ ނުވޭ. ދެނެއް ތިޔަ ޖަމާޢަތެއް މިގައުމުގައި ނުހިންގޭނެ. ހިންގާކަށް ފުރުޞަތު ދޭކަށް އަހަރެމެން ރައްޔިތުން ބޭނުމެއް ނޫން. ކަލޭމެން ފަރަންޖީން ހިންގާ ތަނެއްގައި ތިޔަ ޖަމާޢަތް ހިންގާ. މި ގައުމުގައި އިސްލާމީ ނުރައްކާތެރި ގްރޫޕްތައް އުޅޭނަމަ ތިޔަ ކަމެއް ހިނގައިގެން މަހެއްހާ ދުވަސްވީއިރު ނުކުމެ ތަޅާފޮޅައިގަންނާނެ. މިއީ އެއަށްވުރެ މާ މަތިވެރި އަޚްލާޤެއްގެ ދީނެއްގެ މަތީގައި ތިބި ރަނގަޅު ބައެއް. ދީނުގެ ނަމުގައި ހިންގާހައި ނުބައިކަމެއް ކުރަނީވެސް ތިޔަ ކަހަލަ ވިޔާ ނުދާ ޖަމާޢަތްތައް އަޑީގައި ތިބެގެން މަގުމަތީގައި އުޅޭ ލަޓޯފަޓޯ ކުދިންނަށް ނަސޭހަތްދީގެން.

    115
    5
  4. who decided human rights

    ހުމަންރައިޓްސް ވޮޗްއާ ބެހޭކަމެއް ނޫން ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަކީ. ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކީ އިސްލާމްދީނުގައިވާ ހައްގުތައް. އެއީ ހުމަންރައިޓްސް ވޮޗްގެ މުނާފިގު ހައްގުތަކަށްވުރެ މާތް މަތިވެރި ހައްގުތަކެއް. ހުމަންރައިޓްސް ވޮޗްގެ ހައްގުތަކަކީ މިނިވަންކަމޭކިޔައިގެން ޖަނަވާރުންގެ ދަރަޖައަށް އިންސާނުން ދަށްކުރާ ހައްގުތަކެއް. ރާއްޖޭގައި އުޅޭ ހުމަންރައިޓްސް ވޮޗް ގަބޫލުކުރާ ފަރާތްތަކަކީ ކަޑައެޅިގެން ބީރު މަންމަން ކަނުބައެއް. މުނާފިގުންނާއެކު އުޅޭނީ މުނާފިގުން.

    102
    2
  5. ވިސްނާ

    ކާފަރުންގެ ހިމާޔަތް ހޯދިޔަސް، އާޚިރަތުގެ އަޒާބާ އެމީހަކު ކުރިމަތިލާން ނުޖެހުމަކީ ނެތް ގޮތެއް. ކާފަރުންގެ ހިމާޔަތް ހޯދައިގެން ދުނިޔެމަތީގެ އަދަބަކުން ސަލާމަތް ވެވިދާނެ. އެކަމަކު އާޚިރަތުގެ އަޒާބު އައިސް އެމީހަކު ވަށާލީމާ ކާފަރަކު ކީއްކުރަން އިބިލީސްވެސް އެމީހަކަށް ހިމާޔަތް ދޭކަށް ނާންނާނެ.

    93
    3
  6. Anonymous

    ކާފަރު ދައިތާގަނޑު، ކަލެއަކާއި މިގައުމާއިހުރީ ކޮންގުޅުމެއްތަ، ކަލެއަކީ އެއްވެސްދީނެކޭކިޔާފަ ތިގޮތަށް ފެލިފެލިފަ ހޭރޭނެ ފެންވަރެއްގެ މީހެއްތަ؟ މިކަހަލަ ޢައިރުމުސްލިމުން މިގައުމަށް މިފަދަ އިންޒާރުތައްދެނީ މިސަރުކާރުގެ އިސްވެރިން އަޑީގައިތިބެގެން ކުރުވާކަމެއްކަން ޔަގީނެވެ، މިހާރުގެ ރައީސަށް ވޯޓުދިން ރައްޔިތުން ވޯޓުދިނީވެސް އިސްލާމްދީންމިގައުމުގައި ހިމާޔަތްކުރާނެކަމަށް ވަޢުދުވެގެންނެވެ، ވޯޓަށް މަކަރުހަދައިގެން ވެރިކަންފޭރިގެންހުރީކަމުގަވިޔަސް މިގައުމަށް ފާކުރައްވާ މިހުރިހާ ޔަހޫދީ އިންޒާރުތައް މަނާނުކުރެވޭނެ ރައީސަކު ރައްޔިތުން ނުބަހައްޓާނެ، އަވަހަށް ކިނބޫ ރައީސު އިސްތިއުފާދީ، .

    72
    3
  7. ޝަހިންދާނަވާރަ

    އަމިއްލައަށް ފޭހި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުން ، .

    69
    3
  8. ސސ

    ޓެރަރިސްޓުންނަޢްވުރެން އެ ނުރައްކާ މުޅި ދެވިހި އުންމަތަޢް ބޮޑުވެއްޖެ. އޭނައަށް ހަލާކުހުރި

    76
    3
  9. މޯދީ

    ބުއްޅަބޭ އަޑިގަ ހުރެގެން ވެރިކަން ވައްޓާލަން ރާވާ ރޭވުންތައް! އެހެންވެގެންތާ މަޖިލީހުންނޭ ގައުމު ހިންގާނީ މިކިޔަނީ!

    77
    4
  10. Anonymous

    މިއީ ލާދީނީ ޝަހިންދާ ފިލައިގެން ބޭރުގައުމަށްގޮސް މިކަހަލަ ލާދީނީ ޔަހޫދީންނާއި ގުޅިގެން ނަރުވާ އިންޒާރުތައްކަން ޔަގީނެވެ، ﷲތަޢާލާ އަހަރުމެން މުސްލިމުންނާއި މި%100 މުސްލިމުގައުމު ކާފަރުންގެ އިންޒާރުތަކުން ސަލާމަތްކޮށް އަމާންކަންމަތީ ދަމަހައްޓަވައި ހަރުދަނާ ވެރިޔަކު އަޅަމެންގެމަތްޗަށް އަވަސްފުރުޞަތެއްގާ ދެވާށި އާމީން.

    66
    3
  11. ހުސޭނުބޭ

    ދައިތާ! އެހެން އެއްޗެއް ބަލާ! ރުޅިއަރުވަން ނޫޅޭތި!

    70
    3
  12. ސާލިހު ޖާޑި

    މުސްލިމުންގެ އަގީދާ އާއި ކުޅެން ޒައިނިސްޓް ޖަމާއަތް ތަކުން އުފައްދާފައި ހުއްނަ ތަންތަންކަން އެގޭ! ފިކުރީ ހަގުރާމަ ދަނީ ކުރިޔަށް! ސައުދީ އަށް ވަމުން އެދާގޮތުން އެގޭ!

    66
    3
  13. ރަދީފް

    ހިއުމެންރައިޓްސް ވޮޗަށް ކެރޭނެތަ އިންޑިޔާއިން މުސްލިމުންނަށްކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ބަޔާންނެރެން.އަދި އެމީހުން ހިންގާ ޖަރީމާތައް ބަލަން ކެރޭނެތަ؟؟ ނުކެރޭނެ ދޯ؟؟ އެހެންވީމަ އެމްޑިއެންއޭ ކިޔައިގެން ތިނެރުނު ބަޔާން އެއީ ކަނޑުގަ އަޅާލި ރޮނގެކޭ ނުބުނަން މަމެން ނެތިން.ވ.ވެދުން

    24
    2
  14. އިޤާބުލް ޤާއު

    މި ޕެޓްރީޝިއާ އިސްލާމްކުރައްވާނދޭވެ.
    މި ބައިމީހުންގެ އަޅުންތަ ދިވެހިންނަކީ. ނަޝީދު ދާންވީނު އެ ކަމަނާ ލައްވައި ފުރޮޅުލީ ގޮނޑު ދުއްވަން. މި ބިދޭސީ ކާފިރުންގެ ނުފޮރުއްޕާން ވަރަށް ބޮޑުވެއްޖެ މި ރާއްޖެއަށް. އަދިވެސް ލޯންތައް ނަގާ މިބައިމީހުންގެ އަތުން. އިންސާނީ ޙައްޤޭ ކިޔައިފައި.

    19
    2
  15. ޙައިޒަމް

    ނުޖެހޭ ދޭކަށެއް.. އިޒުރާއިލުން ފަލަސްތީނުގެ ރައްޔިތުން މަރަމުންދާއިރު މި ބީތާ ތައް ކޮބައިތަ؟
    ޤައުމުގެ ހަމަޖެހުން ނަގާލަން ތިއުޅެނީ.

    32
    2
  16. ޢޭސީން

    ޝަހިންދާ ކަލެ އާއި ކަލެއާއި ގުޅިގެން އުޅޭ ބައިގަނޑަށް ބުނެލަން އޮތް ވާހަކައަކީ މިއުޅެނީ ކަމަކަށް ބިރުންނެއް ނޫނޭ .. މަށަކީ ގޭގައި އިންނަ މަޔެއް. މަވެސް މިހިރީ ތިޔަ ދައްޖާލުންނާއި ދެކޮޅަށް ކެރިގެން ނުކުންނަންށޭ...

    40
    2
  17. ކެޔޮޅު

    ޑރ އިޔާޒް ހިއުމަންރައިޓުސްވޮޗް އައް ނަ ސޭހަތްދީބަލަ ކޮންމެހެން ރ ސ ޔާމީނާ އަޅައިގަނެގެންއުޅުއްވާނެކަމެއްނެތް!!

    22
    3
  18. މަވެސް

    ޑރ އިޔާޒުގެ މޮޔަކަމާއެވެ ބަލަގަ މި ސަރުކާރުން އި ސްލާމްދީނައް ހެޔޮކަމެއް ނުކުރެވޭނެ އެޔައްވުރެ ބޮޑައް ހުރީ މިއުޅޭ ވޮޗް ތަކުގެ ދަތީގައި ނަގޫފިތިބާރުވެފަ!!

    18
    2
  19. ސަންގުމަރުމަރު

    އަސްތާ ތި އަންނަނީ ލާދީނީ ސަރުކާރުގެ އެޖެންޑާ. ދެން އަވަހަށް ރާއްޖޭގައި ތިބި ދީނީ މީހުން ހައްޔަރުކޮށް އެމެރިކާއާއި ޙަވާލުކުރާތަން ފެންނާނީ. ތިޔަ ފެންނަނީ ޔަހޫދީންގެ އެޖެންޑާ 19 ފުރިހަމަވާތަން. އެމްޑީޕީއަށް ވޯޓ ދިން މީހުން ދެން ބާރަށް އަތްޖަހާ.

    18
    2
  20. ޚާފޒ

    މީދެން ކާކުތަ؟ ކާފަރުންނާއި ބެހޭކަމެއް ނޫންމީ....

    19
    2
  21. Anonymous

    ހިޔާލް ފާޅު ކުރުމުގެ މިނިވަން ކަމަކީ ހުދޫދެއްގެ ތެރޭގައި އޮތް ކަމެއް. ބޭނުންހާ އެއްޗެއް ނުކިޔޭނެ. ދެން ނުތިބޭނަނަ މަޑަކުން

    21
    2
  22. ޚަލަޤަލް އިންސާން

    އެއްކަލަ ހިއުމަން ރައިޓްސް ޖަމާޢަތްތައް..ހީހީ ހަލާކު..ހެހެހެ.. ކާފަރުންގެ ޑިމޮކްރަސީ ހިމާޔަތް ކުރަންވީމަ ހިއުމަން ރައިޓްސްގެ އަޑު ވަރަށް ގަދަވާނެ. ހަދާންކޮށްބަލަ އެޓޮމިކް ބޮން ވައްޓާލި ޖަޕާންގެ ހީރޯޝީމާ އާއި ނަގަސާކީ، ވިއެޓްނާމް، ޢިރާޤް، އަފްޢާނިސްތާން، ފަލަސްތީން، ޗާގޯސް. މިރަށް ރަށުގައި އުޅޭ މީހުންގެ އެއްވެސް އިންސާނީ ހައްގެއް ނެތީތޯ އަދިއަދަށް ދާންދެންވެސް؟

    11
    1
  23. މީހާ

    އެހެންޏާ ކަލޭ ބުނީ މަ ދެން ދުނިޔެވެސް ދޫކޮށްދާންވީދޯ.ބޭކާރު ވާހަކަ ނުދައްކާ ހުރޭ

    9
    1
  24. އަހްމަދުބިންސައީދު

    ބަލަ! ޑަކައިތު ދައިތާގަނޑާ! މީއިސްލާމީގައުމެއް. މިގައުމުގައި ތިބޭނީ އިސްލާމީ ގްރޫޕްތައް. މިރާއްޖޭގައި ކާފަރު ގްރޫޕްތައް ހަދާކަށް ތިޔަ ޝަހިންދާ މެންނަކަށް ޖާގައެއް ނުދޭނަށް. އަނގަމަޑުންލާގެން ހުރޭ.

    11
    1
  25. ސޯލިހުބޭ

    ހޯހޯ ތިޔަކަމެއްނުވާނެ.

    8
    1
  26. ބަރުގޮނު

    މިމީހުންނަށް މިއުޅެނީ މިމީހުންގެ ވަރު އޮޅިގެން. އިންސާނީ ޙައްޤުތަކަށް އަރާގަންނަކަމަށް މިމީހުން ބަލަނީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަޑައެޅިފައިވާ ކުށްތަކަށް ކަޑައެޅިފައިވާ ޢުޤޫބާތް ދިނުން. މަރަށްމަރު ، ޒިނޭގެ ޙައްދުފަދަ ކަންކަމަކީ އިންސާނީ ޙައްޤަށް އަރާގަތުން ކަމަށް. އިސްލަާމީ ސަރުކާރެއްގައި އިސްލާމީ ޝަރީޢަތް ހިންގޭނެ.

    9
    1
  27. ހެހެހޭ

    ބަލަގަތިޔަވޮޗަކާ ބެހޭކަމެއްނޫނޭމީ މަތިންބައިންޖެހިގެންތިޔައުޅެނީ އަހަރެމެންއެބަ ބެހޭތަކަލޭމެންނާ

    6
    1
  28. މަސްވެރިޔާ

    މިތިބީ އެ މީހުންނަށް ހި މާޔަށްދޭ މުނާފިގުން. މުޅި އިސްލާ މީ އުއް މަތް ހަލާކުރާނެ މިބައިގަނޑު.

    9
    1
  29. ހަމްދުހުރި

    ވަރަށްބޮޑު ރޭވުންތެރިކަމާއިއެކު ބޭރާްއިއެތެރެ ގުޅިލާމެހިގެން ކެއްތެރިކަމާއިއެކު ހިންގަމުންއައި އޮޕަރޭޝަން ތިމާމެނަށް ވެރިކަން ލިބުނީކަމަށް ޔަގީންވެ ހިތްއަވަސްވެ ގަދަބަސްބުނެ އުޅެނިކޮށް ރައީސުމީހާ ކޮޅުފައިންޖެހުމުން ޕުލޭނު އަތަށްގޮވާ އަތްނުފޯރާހިސާބަށް ގޮސްތިބެ ނޮހޮރޮއްޕާން ކުރަންފެށީ.

    23
    1
  30. ޖުަރުމަނީ

    ޗަހިންދާ އެފޮނުވާލީ ޑީލް ހަދައިގެން. ނޫޝީން ސަލާމަތް ކުރަން.

    7
    2
  31. ލީމަން

    ޓެރަރިސްޓް ޝަހިންދާ ފިލީ ތޯ.. ފިލުވާލީ ތޯ..؟

    މިރާއްޖޭގައި ޓެރަރިޒަމް ހުއްޓުވާ ގާނޫނުގެ ބާރު ކީއްވެ ތޯ މި ޓެރަރިޒަމް ހިންގި މީހުންގެ މައްޗަށް ނުހިގަނީ...

    ޝަހިންދާއާއި ފެންހިންދާ، އަދި އިބުރާގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރު ދޭތީ ދައުވާ ކޮށްބަލަ ތަންކޮޅެއް އަވަހަށް...

    ކީއްވެ ފުލުހުން މިމީހުން ނުހުއްޓުވަނީ.. އަދި ހުއްޓުވުމަށް ބިރުގަންނަނީ...؟

  32. ޢަލީ

    ކަލޭ މެން މިނިވަންކަ މުގެ ނަ މުގައި އަހަރެ މެންގެ ނަބިއްޔާއަށް ކުޑަ މީސް ބަހެއް ބުނު މުގެ ޖާގައެއް މ މިފަސްގަނޑަކުން ނުދެވޭނެ. އެބައެއްގެ ދީނަށް އުޅު މަކީި ހައްދުފަހަނަ އަޅާ ދިއު މެއްނޫން. ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކަށް ބޯލެނބު މަކީ ޑި މޮކްރަސީ. އެއީ ރޫލް އޮފް ލޯ. ތިޔަ ހާސަރު ދަ މާ އެހެން ގައު މަކަށް އަ މާޒުކޮށް

    10
  33. އަޙްމަދު

    ކަލެޔަކާ ބެހޭ ކަމެއް މިޤައުމަކު ނުހިނގާ!

  34. ރައްޔެތުންގެ ހިޔާލް

    ދީންހިމާޔައް ކުރަން ވެސް ވީހާގިނަބަޔަކު ސޮއިކޮށް ސަރުކާރައް ޕެޓިސަނެއް ހުޝަ އަޅަންްވީ

  35. އަޙްމަދު

    ސޯލިހުކަލޭގެ އެދައިތަ ބުނާގޮތް ހަދަންވީނު. ހާދަ
    ފައިސާއެއް ލިބޭނެއޭ.

  36. އފ

    ތިއީ ހާމާނުގެ އަންހެނުން ތަ؟

    5
    1
  37. ހަމަހަމަ

    ދެން ދިވެހިންވީ ދެކަކޫ ތުރުތުރު އަޅައިގަނެފަ ކިޔަ މަން ވާން ؟ މި ރާއްޖެ މިނިވަނީ ނަ މެއްގަ ތަ ؟ ދިވެހިންނެއް ނުޖެހެ ތި ޖަ މިއްޔާ އަކަށް ތަބާވާކަށް !

  38. ސައީދު

    ދީނާ ނުކުޅެބަލަ. އެއީ އަހަރު މެންގެ ހައްގެއް.

  39. ދިވެހި މަންޖެ

    މި ވެރިކަން ގެންނަން މަސައްކަތްކުރި މުސްލިމް ދިވެހިން އަދިވެސް މި ބައިގަނޑަށް ސަނާ ކިޔުން ހުއްޓާލާކަށް ނުވޭބާ؟