އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒްގެ ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުކޮށްފިއެވެ.
އެގޮތުން ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ކުރީގެ ސަރުކާރާއި ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް ފާޑުކިޔުން އަމާޒުކޮށް ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީއެން އާއި މެދު ފިޔަވަޅު ނޭޅީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ، އެ ޖަމިއްޔާ އާއި މެދު ފިޔަވަޅު ނޭޅުއްވީ އިތުރު ދައުރަކަށް ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯވެސް ސުވާލުކުރައްވާފައެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ލާދީނީ ޓެރެރިސްޓް އެމްޑީއެން އާއި މެދު ފިޔަވަޅެއް ނޭޅުއްވީ ކީއްވެބާ؟ ދެވަނަ ދައުރަކަށް ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯ؟" ޑރ. އިޔާޒްގެ ޓްވީޓުގައި ވެއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ، އެމްޑީއެން މައްސަލައިގައި ޝާމިލުވާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މި ސަރުކާރުން ފަސް ނުކުޖެހޭނެކަން ޔަޤީން ކުރެވޭ ކަމަށެވެ.
Raees Yameen ge verikamugai laadheenee terrorist @MDN_mv aai medhu fiyavalheh neylhuvvy kyvveba? 2 vana dhaurakah hovaidheefi nama fiyavalhu alhan tho? RY eve. Ebaimeehunnaai medhu Qaanoony fiyavalhu elhumah mi sarukaaru fas nujeheyne kan yageeneve. IA.
— Dr.Mohamed Iyaz (@dr_iyaz) October 12, 2019
އެމްޑީއެން މައްސަލަ އާއި ގުޅިގެން ޑރ. އިޔާޒްގެ ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުކޮށްފައިވާއިރު، އެ ޖަމިއްޔާގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. މީސްމީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި، މައްސަލަ ތަހުޤީޤު ކުރަމުންދާ މި ދަނޑިވަޅުގައި ޝަހިންދާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ޖަރުމަނަށެވެ. އޭނާ މިހާރު ބޭރުގެ ހިމާޔާތް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ ވާހަކަތައްވެސް ދަނީ ފެތުރެމުންނެވެ.
saabahey
ސަހިންދާ ކޮބާ! ފުރުވާލީ އަޔާޒުމެން އަޑީގަތިބެގެން
އަޅުގަނޑަށް އޮޅިއްޖެ. ކުރީގެ ސަރުކާރު ގޯސްވެގެން ތިޔަބޭފުޅުން ގެންނެވި ސަރުކާރެއްނޫންތޯ މީ. ދެން ކުރީސަރުކާރަށް ނުކުރެވުނު ކަންތައް ތިޔަބެފުޅުންގެ ސަރުކާރުން ކޮށްދެއްވަންވީނުންތޯ.
އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެކެވެ.
ޑރ.އިޔާޒް އެވެ. އެމް.ޑީ.އެން އަށް ފިޔަވަޅު އެޅިއްޖެ ތޯއެވެ. އަދި އިޔާޒް ތިބުނާ ގޮތަށް އެބައި މީހުނަށް (އެކަމުގަ ޝާމިލުވި މީހުނަށް) ފިޔަވަޅު އެޅޭނެ ތޯއެވެ. އެމީހިން މިހާރު ރާއްޖޭގައި އެބަ އުޅޭތޯއެވެ. އެެއްވެސް ފިޔަޅެއް ނޭޅޭނެއެވެ. ޑރ.އިޔާޒް މެނަށްވުރެ ނުވިސްނޭ ބަޔަކު އުޅޭހެން ހިއެއް ނުވެއެވެ. ބަޔަކު އެއްޗެކޭ ބުނާއިރަށް ހެއްލޭނެތެވެ. ދެން ބަލަން ތިބޭށެވެ.
ކުދި ދައްޖާލު ތިބޭވާހަކަ ދައްކާއިރު ، މމބޮޑެތި ދައްޖާލުވެސް އެބަތިބިތާ މިފަހަރެއްގަވެދާނެ ބޮޑު އެއްޗަކަށް .....
ޑރ އިޔާޒޫ މިހާރު ދައްކަންވީ ކުރީ ސަރުކާރުން ފިޔަވަޅު ނޭޅި ވާހަކައެއް ނޫނޭ ބްރޯ، މިހާރުގެ ސަރުކާރުން ފިޔަވަޅު އަޅަން ނުކެރިގެން އުޅޭ ވާހަކަ ދައްކަންވީ، ބަޔަކު ކަމެއް ނުކޮށް ދޫކޮށްލާފަ އޮތުމަކީ ފަހުން އެކަނަށް ފިޔަވަޅު ނައަޅަންވީ ސަބަބެއްނޫން،
އޭރުގަ އިޔާޒްމެންތިބީ ކޮންތާކު އެރިޕޯޓުނެރުނުއިރު؟ މިހާރު އިނގިލިކުރިތަކާއިކަރަށްތިކުރާބާރުއޭރުގަކީއްވެނުދެއްކީ؟ ކީއްވެގެންއިބްރާހިމްބެޔާއިބައްދަލުކުރަންދިޔަގޮތަށްޔާމީނާއިބައްދަލުކުރަންނުދިޔައީ؟ މީ ކަލޭ ހޭވި ހަޑީގެ ހިތި ނަތީއްޖާ! ދެން ކުރީ ސަރުކާރޭ، ޔާމީނޭ ފަޅޮލޭ ނުކިޔާ ހޭވި ހަޑި ސާފްކުރަންއުޅޭ! ނޫނީ ތި ހަޑިއަނގަ މަޑުންލައިގެން ކަންކަންކުރެވޭވަރުގެމީހުނާއި ހަވާލުކޮށްފަ ފޭޔަށްޖެހޭ!
ކުރީ ސަރުކާރުގަ ވެސް ތިކަމެއް ކޮށްފަ އިވެދާނެ ނަމަވެސް މި ސަރުކާރު އައިފަހުން ލާދީނީ ޝިޢާރުތައް މިޤައުމުގަ ގުގުމައިގެން މި އުޅެނީ ކޮންސަބަބަކާ ހުރެކަން ވިސްނާލިބްތޯ، އެއީ މި ސަރުކާރުން އެފަދަ ކަންތައްތަކުގަ އެހީތެރިވެ އެއްބާރުލުން ދޭނެކަން އެފަދަ ފަރާތްތަކަށް ޔަޤީންވެ ކަށަވަރުވާތީ
އެރިޕޯޓް ޔާމީނުގު ސަރުކާރުގައި ނެރުނުއިރު އިޔާޒް ހުރީ ރާއްޖޭގައިތޯ؟ ރާއްޖޭގައި ހުރިނަމަ ހުރީ ކޮންތާކުތޯ؟ ހަަމައިގަތޯ؟ ނިދި ކުރައްވާފަތޯ؟ ނޫނީ ވެރިކަމަށް ދަހިވެތި ވެގެން ލާދީނީ ބައިގަނޑު ފަހަތުގަ ޢާފިލުވެފަތޯ؟ މިހާރު އެރިޕޯޓް މިސަރުކާރިގައި ފެންމަތިވެ ރައްޔިތުން އެކަމާއި ނުރުހުން ފާޅުކުރީމަ ދެން ނިކުމެ މިސަރުކާރު ޕްރޮމޯޓްކުރަން މިސަކުރާރުން ދީން ހިމާޔަތް ކުރާނެއޭ ބުނެފަ ކުރީގެ ސަރުކާރު ކުށްވެރި ކޮށްފަ ހެދީމަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހަންނަވެސް ދޭހަވަނީ އިޔާޒް މިއުޅެނީ ކޮންމެހެން ދީނުގެ ހައްގުގަ ނިކުމެގެން ނޫންކަން މިއުޅެނީ މިސަރުކާރުގެ ހައްގުުގަ ނިކުމެެގެންކަން
ދައްޖާލުންނަކީ ކޮންމެ ސިފައެއްގައި ވެސް ތިބެދާނެ ބައެއް. ނުބައި ރޭވުމުގެ ތެރެއިން މިއަދު އެމަގަށް މަގު ކޮށުމުގައި އެހީތެރިވެދިން މީހުންނަށްވުރެން ނުބައި ބަޔަކު ނެތް.
ކަލެއަކަށް ނޭނގޭ ރިޕޯޓެއް އެއިރަކު ނެރުނުކަމެއްވެސް. ކަލެއަށް އިނގުނަމަ ޔާމީނު ރޮލާކާލާނެ. އެއިރަކު ނުވެސްނުރޭ ރިޕޯޓެއް. ނެރުނުކަމަށް ހަދަނީ. ތިބުނާ ރިޕޯޓެއް ނެރުނޭކިޔަނީ ނަޝީދާއި ކަލޭ. އެހެން ބަޔަކު ނުދެނަހުރި. ލާދީނީ ސަރުކާރަށް ބާރުލިބި ޓެރަރިސްޓު ބިލް ފާސްކޮށް ހިތުން ހުރިހާ ކަމެއް ހަމަޖެހުނީމަ ތިރިޕޯޓެއް ނެރުނީ. އަތަށްގޮވީ. ދުއާ ދެންނެވި މީހުންގެ ފަހަތުގަ އުޅެބަލަ އެހެން މީހުންނަށް ދުއްތުރާނުކޮށް.
ކުރީސަރުކާރުގެ ވާހަކައެއްނޫދައްކަންވީމިސަރުގަވީކަމެއްތީ އިޔާޒު ކޮންބިހެކޭމޭގަނޑެކޭސިކުޑިޔެކޭކިޔާނެކަމެއްނެތްނަމުންސޯލިހުލާ ދީނީވާހަކަދެއްކީމަވެސްފިޔަވަޅުއަޅާކައްނުކެރުނުބިރުންސަހިންދާބޭރަށްފޮނުވާލާފަސޯލިހުމިހިރީހަމަޖެހިލާފައެހެނެއްނުހުރެވޭނެވަކިސޯލިހަކައް؛
ފިތިތާށިވެފަތިބިވަރު މިފެންނަނީ ،
މި ސަރުކާރުގެ މަތީ މަގާމުގަ އެމީހުން ތިބީ ރޯނާ ވިޔަސް ބޮޑު...
މީނަޔަށް މިހުރީ ދޮންބޮނޑިބަތުގެ ސިޙުރު ޖެހިފަ! އެ ބޮނޑިބަތްކޭމަ ވަގޮތަކީ ޙައޤު އޮޅުވައިލާ ޙައްޤު ލޮލަށް ނުފެނުން. އަބަދުވެސް އެ ސިޙުރުގައި ވާގޮތަކީ ކުށްކުރިމީހަ ދިފާޢުކޮށް ކުށްނުކުރާމީހާޔާ އަޅައިގަތުން. ދޮން ބޮނޑިބަތްކޭ އެނމެންގެވެސް ޙާލަކީ މިއީ! މައުމޫނު ، އިލްޔާސް ، ޢިމްރާނު ، ޢިޔާޒް ، ޒައިދު މިމީސްމީހުން މިހާރު ތިބި ޙަލަތު ވިސްނައިލުމުން އެކަން ރަގަޅަށް އެނގޭނެ!
ތިޔަ ދަންނަވާ ރިޕޯރޓް ފުރަތަމަ ނެރުނީ ވަރަށް ބޮޑުތަނުން އުނިކޮށްފަ. އޭރު ނެރުނު ރިޕޯރޓާއި މިހާރު ނެރުނު ރިޕޯރޓް ވަރަށް ރަނގަޅަށް ބަލާފަ ތިޔަވާހަކަ ދައްކަވަން ރަނގަޅު
ޔާމީނު ދެވަނަ ދައުރަކަށް ވެރިކަމަށް ނައީ ކީއްވެތޯ ސުވާލުކޮށްބަލަ،
ސސސސސ ސަހިންދާ ފުރުވާލީ އިޔާޒު އާއި އިބުރާހީމް ސޯލިހާ ދެމީހުން އެއްބަސްވެގެންކަމައް ބެލެވޭ!!
ކުރީސަރުކާރުގަ ތިބުނާ ރިޕޯޓެއް ނެރުންއިރު އޮތީ މިހާރު މިދައްކާވާހަކަޔެއްނޫން. އޭރު އޮތީ ހުރިހާ ދީނަކައް ހުއްދައޮންނަންޖެހޭނޭ،އެވަރައް. މިސަރުކާރު އައިފަހުން މުޅި ރިޕޯޓް ސާއިރުކުރީ . ކުރިއިރު 31 ސޮފްހާ އިތުރުކުރި. އިޔާޒް މެން ގުނބޯ ހެދުނަސް ހަގީގަތް ހާމަކުރަންޖެހެ.
އިޔާޒް ދައްކާ ވާހަކަ އަޑުއަހާ މީހަކީ ބޯގޯސް މީހުންގެ ތެރޭގައިވާ މީހެއް! ސަބަބަކީ އިޔަޒް އަކީ ބޯގޯސް މީހެއް! ދީނީ އިލްމުވެރިންނަކީ ކޮންބައެއްކަން ހުދު ރައްޔިތުންނަށް އެގޭ! ދީނީ އިލްމުވެރިންގެ ސަހުސިއްޔަތަކީ ކޮބާކަން ރައްޔިތުންނަށް އެގޭ!
ހޭބަލިވެފަ ހުރި މީހެއް މި އިޔާޒް އަކީ
އަހަރެމެންނައް އޭރުވެސްއެނގޭ މީނައެވަރަކައްތެޅިގަތީ މިސަރުކާރު ދިފާޢުކުރަންކަން އެހެންތާވާނީ މީވެސްމިސަރުކާރު ގެންނަންވެގެން ރައްޔިތުން ވާވެއްދިމީހުންގެމީހެއްވިޔަ
އިއާޒްބޭނުންވެގެން ގެނައި ސަރުކާރު ދެއްތޯމީ ތާހިރުވެއްޖެއެއްނު އެހެންވީމާ އިޔާޒް ބޭނުންވާގޮތްތާ މިވަނީ ނިކަން ހުރިހާރައްޔިތުން ނިކުމެ ސަރުކާރުޖްވާބުދާރީ ކޮއްބަލަ އެހެންގޮތެއްނެތް މިކަމުގައި އިޔާޒްއައް ވ ސަލާން
ތީ ނޫޝީން ހިމާޔަތް ކުރަން ގަންނަ ގަނޑެއް