ރާއްޖޭގައި އެންމެ ބޮޑު ފިތުނައެއް އުފެއްދި މީހަކީ އިސްލާމިކް މިނިސްޓަރ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ބުނެފިއެވެ.
އިބުރާ މިގޮތަށް ބުނެފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓުގެ މައްސަލަ ބޮޑުވެ އެ މައްސަލަ ތަހުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިބުރާ މިއަދު ކުރި ޓްވީޓުގައި ވަނީ، މި ފަހަކަށް އައިސް އިސްލާމިކް މިނިސްޓަރަށް ވުރެ ބޮޑަށް ރާއްޖޭގައި ފިތުނައެއް އުފެއްދި މީހަކު ހުންނާނެތޯ ސުވާލުކޮށްފައެވެ. އެ ޓްވީތުގައި އިބުރާ ބުނެފައިވަނީ، އެ ފިތުނައިގެ ނަތީޖާ އާއި ކުރިމަތިލާން ޖެހޭނީ ރައްޔިތުން ކަމަށެވެ.
"އިސްލާމިކް މިނިސްޓަރަށްވުރެ ބޮޑަށް މިރާއްޖޭގައި ފިތުނައެއް އުފެއްދި މީހަކު މިފަހަކަށް އައިސް ހުންނާނެބާ؟ އެ ފިތުނައިގެ ނަތީޖާ އާއި ކުރިމަތިލާން ޖެހޭނީ އަހަރެމެން ރައްޔިތުން." އިބުރާގެ ޓްވީޓުގައި ވެއެވެ.
އިބުރާ އަކީ ދިރާސާގެ ނަމުގައި އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ދީނުގެ އަސްލުތައް އޮޅުވާލުމަށް ރިޕޯޓް ތައްޔާރުކުރި ޖަމިއްޔާ، އެމްޑީއެންގެ ފައުނޑަރ ޝަހިންދާ އިސްލާއިލްގެ ބޭބެއެވެ.
އެމްޑީއެން ރިޕޯޓުގައި ރާއްޖޭގައި ސްކޫލް ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ލޭއޮހޮރުވުން ހިންގުމަށް ބާރުއަޅާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، މައްސަލަ ބަލައިދިނުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އެދުމުން ޝަހިންދާ ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީއަކީ ޤައުމުގެ ހަލާކު ކަމުގައި އާއި އެ މިނިސްޓްރީ އޮތްހާ ހިނދަކު ޤައުމު އަމާން ނުވާނެ ކަމަށެވެ.
އިބުރާވެސް ހައްޔަރު ކުރަންވީ
ހމ ކަލޭގެ ނަޒަރުގަ ދީން ހިމާޔަތްކުރުމމަށް މަސައްކަތް ކުރާ ކޮންމެ މީހަކީ ފިތުނަވެރިއެއް.
މީނަގެ ކޮށްކޮ ދޔައީ މައަނެއްކާ އަނެއް މީހާ ދޯ މި ނިކުތީ ތީ މިތާ ފިތުނަ އުފއްދާ ބަޔަކީ
މިހިރަ ދަތް ޖާހިލު ކަލޭގެ ހައްޔަރު ކޮށްބަލަ ހެޔޮނުވާނެ !
އިބްރާއިމްބޭއަށް މަބުނަންތަ ވާހަކައެއް.ރާއްޖޭގަ ފިތަުނަ އުފައްދަނީ އިބްރާހިމްބެގެ ކޮއްކޮ ޝަހިންދާ.އެނގިޖެއްތަ.މަހަށް ދޭ ބަލަ. ، މަހަށް އިނގޭ.ވ.ވެދުން
މަބުނީ ޓެރަރިޒަމް ގާނޫނު މިމީހުންނަށް އެޕްލައި ނުވަނީ ކީއްވެތަ؟ މިމީހުންވެސް މުޖުތަމައު ފަސާދަކޮށް އަމަންނަގާލަން މިއުޅެނީ. ހަގީގަތުގަ މިފަދަ މީހުންނާމެދު ފިޔަވަޅު ނޭޅުނީމަ ތިޔަބުނާ “ހައްދުފަހަނައެޅިމީހުން” އުފެދެނީ
އިބްރާއަކީ ސަހިންދާގެ ބޭބެ. ދީނަށް ފުރައްސާރު ކުރިމީހެއް އިބުރާއަކީވެސް. މއ. ބޯގަންވިލާ އެއީ އެކަމުގެ އައްޑާ.
އިބުރާ ހައްޔަރު ކުރޭ!!!!!!!!!!!!!!!!!!!
ބޯގަންވިލާ ގަ މިތެބެނީ ލާދީނީ ފިކުރުގެ މީހުން ދޯ!
ބަޔަކުގޮވިޔަސް، ނުގޮވިޔަސް ދީނަށް ފުރައްސާރަ ކުރެވިގެެންނުވާނެ.
އިބުރާ ހައްޔަރުކުރޭ ދީނައް ފާޅުގަ ފުރައްސާރަކުރާ މީހެއްމިވެސް ދުވަހަކުވެސް މިސްކިތަކުން ނުދެކެން ޖަލްސާ ތަކައްދެވޭ
މުނާފިގުން ގަނޑު ފާޅުވެއްޖެ.
ސަހިންދާގެ ބޭބެ އަކީ އިބުރާ އެހެންވީމަ ބުނާނީ އެހެން . ދެބެންވެސް ބޭރުކުރަން ވީ ރާއްޖެއިން.
މީނަމާރުޅިއައްނަކަމެއް ބުރުގާއެޅުމަކީ!
އިބުރާ ކަލޭ ﷲ އަށްބިރުވެތި ވެބަލަ
ތިއާއިލާއިން މުޅިން ތިކުރާކަ މަކީ ﷲ އާއި ދެކޮޅަށް
ހަނގުރާ މަކުރުން ވަރެއް ހުރިނަ މަ ތިބާގެ އަމިއްލަ ނަފްސު ދިފާޢު ކޮށްލެވުނީހެއްނު އެވަރުން ވެސް
ތިފުއްޕަނީ
ޢިބުރާ ޙައްޔަރުކުރޭ...
މަންދު ކޮލެޖު ބޮއިކޯޓް ކުރޭ
މިއީ ވެސް މި ޤައުމުން ބޭރުކުރަންވެގައި ހުރި އެއްޗެއއ
ސަރުކާރުގެ އިސްވެރިންނަކީ މިކަހަލަ މީހުން. މަސްސަލައަކީ މިމީހުން ހޮވާތީ.
ބަލަގަ ފިތުނަ އުފައްދާ މީހުންނަކީ ކީރިތި ގުރްއާނަށާ ﷲ ގެރަސޫލާ އަށާ ކީރިތި ގުރްއާނުގައިވާ އާޔަތްތައް ދޮގުކޮށް ތިމާގެ ދުލުން ނާއި ތިމާގެލިއުންތަކުންވިޔަސް އާންކޮށް އެހެންމީހުންލައްވާ އެކަންގަބޫލު ކުރުވަން އުޅޭ މީހާ. މިފަދަ މީހާ ހުންނަހުށީ އިސްލާމްދީނުންބޭރުވެފާ ކީރިތި ގުރްއާނުގައިވާގޮތުން އެފަދަ މީހާއަކީ ކާފަރެއް.ވީމާ ފިތުނަ އުފެއްދުނީ ކާކަށް.؟
އިއްޔެގެ ހުކުރު ޚުޠުބާ އޮޅިގެން ނަމަވެސް އަޑުއިވުނީއެވެ. މިފަހަރު ތިއޮތީ އަބޫޖަހުލަށް ވީގޮތް ވެފައެވެ.
މާތްﷲގެކުޅަދުންވަންތަކަން މިހުރިހާމުނާފިޤުންތައް ލަހެއްފަހެއްނެތިމިދަނީ ފަޅާއަރަމުން އިރާދަކުރެއްވިއްޔާ ލަހެއްނުވެ މިބައިގަނޑުގެކިބައިން މިޤައުމުސަލާމަތްވާނެ
ހަރުބީ ކާފަރުންނާއި ގުޅިގެން ދީނާއި ގައުމު ވިއްކާފަ އަމިއްލަ އެދުމަށް ވެރިކަމުގެ ބާރުތައް ހޯދުމަށް ރާއްޖޭގެ އެންމެ ބޮޑު ފިތުނައެއް އުފެއްދީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިން ބައިބައިކުރުވި ވެރިކަމަށް ދަހިލަވާފައި ހުރި ކެރެފާ އާއި ސިއްކަ އާއިލާ އާއިވެސް ގުޅިފައިވާ ލާދީނީ ނަޝީދުމެން.
މިލާދީނީކަލޭގެ ބެރުކުރޭ.
ފިރުއޯނު ވެސް މަރުވި...........
ކޮއްކޮގެ ދިފާއުގަ ލާދީނީ ބޭބެ. މިލާދީނީ މޫތައް ގައު މުން އުފުރަން ޖެހޭ
އަދިވެސް އިސްލާމިކު މިނިސްޓަރު ދޯ ފިތުނަ ހިންގަނީ.. މުސްލިމު ގައުމެއްގެ ޕަބްލިކުގަ މި ލިޔަނީ އިސްލާމިކު މިނިސްޓަރީ އޮތްހާ ދުވަހަކު މިތަނެއް ރަނގަޅެއް ނުވާނެޔޯ.. ދެން މި ބުނެވެނީ ކީކޭކަން ދިވެހިންނަކައް ނުއޮޅޭ.. ދިވެހިން ގަދަރުކުރާ އިސްލާމިކް މިނިސްޓަރީއަށް ކަލޭމެން ތިބެ ދީނާއި ޖައްސާލައިގެން ދައްކާ ވާހަކަތަކަކީ ފިތުނައެއް ނުންކަމައް ފެންނާނީ ދީނުންބޭރުވެފަ ތިބި މުރުތައްދުންތަކަކައް އެކަނި.
ރައީސް ޔާމީން ވެރިކަމުގަ ހުންނެވިނަމަ މިހުރިހާއެންމެން މިހާރު ޖަލުގެ ކުޑަގޮޅިއައްލިތާ ހަނދާންވެސް ނުހުންނާނެ. މި މީހުންނަކައް ނުވެސް ކެރޭނެ ދީނައް ފާޅުގަ ހަޖޫޖަހާކައް ރައީސް ޔާމީން ވެރިކަމުގަ ހުންނެވިނަމަ.
ޢެއްޗަކަށްފަހު އެއްޗެއް ދޯ މިނުކުންނަނީ ކިހާބޮޑު އާގާތެއް
ރާއްޖޭގަ އެންމެ ބޮޑު ފިތިނައެއް އެފެއްދީ މޑޕ. އެމީހުންގެ ފުރަތަމަ ވެރިކަމުގަ ކޮންމެ ހަފްތާ ބަންދެއްގަ ބޮޑު ރެލީ އެއްބާވައިގެން އެންްމެން އެއްކޮއްގެން މަލާމަތްކޮއް ފިތުނައެފެއްދީ. މޑޕ ގެ ބޮޑުން ފަހަރަކުމީހަކު ޕޯޑިއަމްއައް އަރާ ދިވެހިންގެ އިޖްތިމާއީ ފޭރާންވީދި. އައްޑޫމީހުން އެންމެބޮޑައްތިބީ މީގެފަހަތުގަ. .
މއ. ބޯގަންވިލާ އަށް ނިސްބަތްވާ މީހުން މި ޤައުމުގައި އެންމެ ބޮޑު ފިތުނައެއް އުފެއްދީ
ކަލޭމެން ދެން ކޮންއިރަކުންތަ ތި އަނގަގަނޑު ބަންދުކުރާނީ. ފަހަރަކު މީހަކު އެބަ ބެހޭ އިސްލާމްދީނާ. އަޅެފަހެ ކަލޭމެނަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބެނީތަ އިސްލާމްދީނާ ބެހިލުމުން. ކިހާ ބޮޑުވެއްޖެކަމެއްތަ އަޅެ މީ.
އިބިލީސް ބުންޏަސް ތެދެއް ވާނީ ތެދަކަށޭ ބުނާފަދައިން މިފަހަރު އިބްރާހީމު އެބުނީ ތެދެއް. ސަކިންދާމެނާމެދު ފިޔަވަޅު ނާޅާ ދޫކޮށްގެން ހުރި މީހަކީ އިސްލާމިކް މިނިސްޓަރ. ފިޔަވަޅު ނޭޅުމުގެ ސަބަބުން ފަސާދަ މިހާބޮޑު މިވީ. ވީމާ އިބްރާހީމަށް ތާއީދު.
މިހާރުގެ އިސްލާ މިކް މިނިސްޓަރަކީ އިލް މީ އަދި ހެޔޮއަހުލާގެއްގެ ބޭފުޅެއްކަން ރައްޔިތުންނަށް އެނގެ. ޢަދި ރައްޔިތުން ބަލައިގަންނަ ބޭފުޅެއް.
ޢަދި މިސްޓަރ އިބުރާ އަކީ އެއްވެސް އަހުލާގެއްނެތް، ދީނީއިލް މެއްނެތް، މީގެ ކުރިންވެސް ދީނާ ދުރު ބަސްތައް ބުނެފައިވާ މީހެއް. ޜިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލިސް އިންތިހާބުގައިވެސް ރައްޔިތުން ނޫނެކޭބުނެފައިވާ ރައްޔިތުން ބަލައިގަންނަ މީހެއް.
ޢިބުރާ މިހާރުވެސް ތި އުޅެނީ ކޮއްކޮ ސަހިންދާގެ މަސްލަހަތަށްޓަކައި ފިތުނަ އުފައްދަން.
މި ޝައިތާނައް ފަންސާސް މިލިއަންދިނީ އިސްލާމްދީނާ ދޮކޮޅައް މަސައްކަތްކުރަން. މި އެންޓި އިސްލާމް ބައިގަނޑު މިގައުމުން ބޭރުކުރޭ.. އަދި މި ލާދީނީ ވެރިކަން ހުއްޓުވުކައް ގެނޭ...
ސަހިންދާ ދައެތަ އަށް ބުނެލަން އޮތީ ކާފަރު ކަމުން ހައްދު ފަހަނަޅާ ދިއުމުން ތިއުޅެނީ މިތަން ހަލާކު ކުރަން ހޭ؟
މިޤައުމުގަ އެންމެ ބޮޑު ފިތުނައެއް އުފެއްދީ އެމް ޑީ ޕީ އާއި އެމް ޑީ ޕީ އައްވާގިވެރިވާ މީހުން، މއ ބޯގަންވިލާ މީހުން، ،