ކުރީގެ ސަރުކާރުން މިސަރުކާރަށް ފާޑުކިޔަމުންދާތީ އެކަން ދިފާއު ކުރައްވައި، ސަރުކާރުން ފައްޓަވާފައިވާ ގިނަ މަޝްރޫއުތައް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދާމް ހާމަ ކުރައްވައިފިއެވެ.

ސަރުކާރު ދިފާއުކުރައްވައި ރޮޒެއިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރޭ ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އަންނަނީ އަންނަނީ" ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މި ސަރުކާރުން އަލައް ފައްޓާފައިވާ މަޝްރޫއްއެއް ދެއްކުމަށް އެދިފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވެފައިވަނީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި އާއެއްވެސް ވައުދެއް ނެއްކަމަށާއި ކުރަމުން އަންނަ މަސައްކަތަކީ ކުރީގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތް ނިމުމުން ހުޅުވާލުން ކަމަށެވެ.

މިކަމަށް ރައްދުދެއްވަމުން ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރުގެ މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމީދޫ ހެލްތް ސެންޓަރ އެކްސްޓެންޝަން، މީދޫ ބަނދަރާއި އައްޑޫ ސިޓީ ގުޅިފައިވާ ތިން ރަށުން މަރަދޫފޭދޫ ބަނދަރު ހިމެނޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރޮޒައިނާ ވިދާޅުވީ އިތުރު މަޝްރޫއުތައް ހުރި ކަމަށެވެ.

"އަލައް ފެއްޓި މަޝްރޫއެއް ބުނެބަލާށޯ. މީދޫ ބަނދަރު، މަރަދޫފޭދޫ ބަނދަރު، ހުޅުމީދޫ ހެލްތް ސެންޓަރ އެކްސްޓެންޝަން. އީޓީސީ." ރޮޒެއިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވިއެވެ.

ސަރުކާރުގެ އާ މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމީދޫ ހެތް ސެންޓަރ އެކްސްޓެންޝަން ހިމެނޭކަމަށް ރޮޒައިނާ ވިދާޅުވިއިރު، 1.31 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ދަށުން ހެލްތު ސެންޓަރުގައި ރާނާފައި ހުރި ގާތަކުގައި އަތްލުމުން އެ ގާތައް ވިސް ވެގެންދާ މަންޒަރު ފެންނަ ވީޑީއޯ ދައުރުވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ޔާމީނު އެއްބަސް ނުވުމުން އެކަމާ ރުޒައިނާ ޔާމީނަށް ހަސަދަވެރިވެ ޔާމީނު ކޮންމެ ވާހަކައެއް ދެއްކިޔަސް ހިނިއައިސް އުނދޯލިން ވެއްޓި ޔާމީނު ސްޓޭޖަކުން ފެނުނަސް ގައިން ހީބިހިނަގާކަން އަމިއްލައަށް ޓުވިޓާ މެދުވެރިކޮށްވެސް ހާމަކުރަމުން ދާކަން އެގިފައިވޭ އަދި ޔާމީނަށް ކޮށްދީފަހުރި ކަންކަމުގެ ލިސްޓެއްވެސް ހާމަކޮށްދީ ޔާމީނު ލަދުގަންނަވަން މަސައްކަތް ކުރަމުން ދާތަން ފެނޭ މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އަންހެނަކު ފިރިހެނަކު ދެކެ ލޯބިވެގެން އެކަން ކާމިޔާބު ނުވީމާ ނަފްސާނީ ގޮތުން އެންމެ ވަރުގަދައަށް އަސަރުކުރި ފަހަރުކަން ފާހަގަކޮށްލެވޭ މި ރުޒައިނާ ސައިކޭޓިސްޓަކަށް ދައްކަން ފެނަނަކަމުގައި އަހަރެން ކޮމެންޓް ކުރަމެވެ.

  27
  1
 2. ޗޗޗ

  ކަމެއްނުކުރެވޭތާގައި އަގަމަޑުންލައިގެންވެސް ނުތިބެވޭ!ފައިވާނު ވަދުނެއްޓުނީމާ ވަދެއްޖެހުން ވެސް އާމަޝްރޫއެއް!

  27
  1
 3. ރަށްފުށޭ

  އަދި ތީގެތެރެއަށް އެމް.ޑީ.އެންގެ ރިޕޯޓްވެސް އިތުރު ކޮށްލިނަމަ. އެވެސް މި ސަރުކާރުގެ މެގަ ޕްރޮޖެކްޓެއްނުން.

  29
  1
 4. ލަބީބު

  މިކޮޔަށްވެސް 42 މަޝްރޫޢެއް ހާމަނުކުރެވުނު ހަދަހަދައިގެންވެސް!

  28
  1
 5. ރާޅު ބޯއީ

  ކޮއިފުޅާ ތިއީ އަދި ހިޔާލީ ފޮލާ. ތިއިން އެއްވެސް ކަ މެއް އަދިއެއް ނުފެށެޔޭ. ބުރާންތި.

  22
  1