ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި ޢިމާރާތް ހުސްކޮށް، އެތަނުގައި އެއްދަންފަޅީގެ ސްކޫލެއް ހިންގުމަށް އެޑިއުކޭޝަނުން ތައްޔާރުވާން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ކޯސްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ކުރީގެ އެމްއީއެސްގެ ޢިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންގަވާފައެވެ.

މިކަމާއި ގުޅޭގޮތުން ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ، އަންނަ މަހުގެ 14 ގެ ކުރިން އެމްއީއެސްގެ ޢިމާރާތް ހުސްކުރަން އަންގާފައިވާ ކަމަށެވެ. އަދި އެ ސްކޫލް ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން އެއްދަންފަޅީގެ ސްކޫލެއް ހިންގުމަށް ކަމަށް އެޑިއުކޭޝަންއިން އަންގާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޔޫ އިން މިހާރު އެމްއީއެސް ބޭނުންކުރަމުން ދަނީ ޝަރީއާ އާއި ފައުންޑޭޝަން ކޯސްތައް ހިންގުމަށެވެ.

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ މި ސަރުކާރުގެ ވެސް ތަޢުލީމީ ސިޔާސަތެކެވެ. ނަމަވެސް އަދި މާލޭގައިވެސް އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު