ކުރީގެ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ކުރުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓުވޯކް، (އެމްޑީއެން) އިން މަރުގެ ޙުކުމާ ދެކޮޅު ހަދަމުން ދާތީ އެ ޖަމިއްޔާ އަށް ފާރަވެރިވުމަށް ސަލަފް ޖަމިއްޔާ އިން ސަރުކާރުގެ ސަމާލުކަމަށް ގެނައިކަން "ވަގުތު" އަށް އެނގިއްޖެއެވެ.

އެގޮތުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމާ ދެކޮޅަށް އެމްޑީއެން އިން މަސައްކަތް ކުރާތީ ސަލަފް ޖަމިއްޔާ އިން ވަނީ 2017 ގައި އޭރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ސިޓީއަކުން އެކަން ދަންނަވާފައެވެ. "ވަގުތު" އަށް ވަނީ އެ ސިޓީގެ ކޮޕީއެއް ލިބިފައެވެ.

އެ ސިޓީގައި ޖަމިއްޔަތުއް ސަލަފް އިން ބުނެފައިވަނީ ދިވެހި ސަރުކާރުގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ އިސްލާމީވަންތަ މި ގައުމުގައި ދެމެހެއްޓުން ކަމަށާއި، އަދި އިސްލާމީ އަސާސް ތަކާއި ޙިލާފަށް ކުރެވޭ މަސައްކަތްތަކާއި، މި ގައުމުގައި އެހެން ދީންތަކަށް ޖާގަ ހޯދަން މަސައްކަތް ކުރުން ފަދަ ކަންތައްތައް ކުރުމަކީ ޣައިރު ޤާނޫނު ބޮޑު ޖަރީމާއަކަށް ވީހިނދު އެކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ ނަމުގައި ބައެއް ބޭރު ޤައުމުތަކުގެ ޖަމިއްޔާތަކުން ރާއްޖޭގެ ދީނީ ކަންތައްތަކާއި ބެހި، ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވަން އުޅޭ ކަމަށް ސަލަފް ޖަމިއްޔާގެ އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ބޭރުގެ އެކިއެކި ލާދީނީ ޖަމިއްޔާ، ޖަމާޢަތްތަކުން ސްޕޮންސާ ކުރެވިގެން ރާއްޖޭގައި ސެކިއުލަރިޒަމަށް ގޮވާލައި، އިންސާނީ ޙައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި މުސްލިމް ގައުމެއްގެ ގޮތުގައި އޮވެވެސް މިިގައުމުގައި އެހެން ދީންތަކުގެ މީހުންނަށް އުޅެވޭނެ ކަމަށް ބުނެ، އަދި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޙައްދު ޖެހުމުގެ ހުކުމަށް ފާޅުގައި އިންކާރުކޮށް، އެ ހުކުމް އުވާލުމަށް ގޮވާލައި، އަދި ދަޢުލަތުން މަރަށް މަރުހިފުމުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވާތީ އެކަމާ ދެކޮޅު ހަދާ އެންމެ ނުރައްކާތެރި އެއް ޖަމިއްޔާ އަކީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެން ކަމަށް ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށް އެ ސިޓީގައިވެއެވެ.

އަދި ރާއްޖޭގައި އެފަދަ ގޮތަކަށް ޖަމިއްޔާ އަކުން ޙަރަކާތްތެރިވުމަކީ އިސްލާމްދީނާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާވެސް ޙިލާފު ކަމަކަށް ވީހިނދު އެ ޖަމިއްޔާ އާ ދޭތެރޭ ފާރަވެރިވެ، ގޮވާލަމުންދާ ގޮވާލުންތައް ތަހުގީގުކޮށް އެ ޖަމާއަތާ މެދު ފިޔަވަޅު އަޅައި ދެއްވުމަށް ސަލަފް ޖަމިއްޔާ އިން ސަރުކާރަށް ވަނީ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮކި

    އަޒުލީނޫ މިފަހަރު ބުނާނީ ކީކޭބާ ؟

    19
    1
    • ޙައްގުބަސް

      މީނާ މީ ރައިސް ޔާމީންގެ ސަރުކާރުގައި މުހިންމު ވުޒާރާއަކަށްލާފައި ހުރި ބޭކާރު މަސްގަޑެއް!! މީނާއަކީ ކިބުރުވެރި ބޮޑާ މީހެއް!! މީނާއަކީ ޔާމީން ސަރުކާރުގެ ފަހު އަހަރު އިދިކޮޅަށް ކުޅެ ބައިކޮޅަށް ލަނޑު ޖަހަމުން ދިޔަ މީހެއް!! ޢާންމުކޮށް މުނާފިގުން އެގޮތަށް އުޅެނީ!! މީނާގެ ބާރު އޮތް ދުވަހު މިކަމާއި ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރީ މިދެންނެވިގޮތަށް އެމީހުންނާ ގުޅި ބައިކޮޅަށް ލަނޑުޖެހުމުގެ ބޭނުމުގައި!! މީނާވެސް ވަނީ ފަހުވަގުތު ރީނދޫ ޖޫސްބޮޔެގެން ހުރެ އޭރު އިންތިޚާބު ދުވަސްވަރު ފައިސާއިން ދަށުންދަމާކުޅެފަ!!

      8
      1
  2. ުުޔގ

    ދެންކަލޭ ބީތާވެގެންތަ ފިޔަވަޅުނޭޅީ

    20
    2
  3. ޢަބުސީ

    ދެންކީއްވެ އެކަން ނުކުރީ

    19
  4. ހައްލު

    މީނަ ދެން ބުަނަންވީނުން ފިޔަވަޅު ނޭޅިސަބަބު. ދެން ޑޮކްޓަރ ޢިޔާޒް އެވާހަކަ ބުނީމަ އެފޮނުއަރުވައެއްނުން ޔަންޓެ ސަރުކާރަށް ވިކުނު މީހުން.

    9
    6
    • Anonymous

      ދެން ކަލޭތީ ލާދީނީ ޕާޓީއަށް ވިކިފަ ހުރި މުރުތައްދެއްދޯ

  5. އާދަމް އާޒިމް

    ދިވެހިރާއްޖޭގަ ބަޔައައިސް ފައްޅިއެޅިޔަސް ތިބޭނީ ޔާ މ މީނޭ ކިޔާލަ ކިޔާލަ ވަރަށްރަގަޅު ގޮތެއް

    20
    2
  6. ސޔމ

    ޕީާސި ކިތައްމެ ރުޅި އަޔަސް ވެސް ދީނަށް ފުރައްސާރަ ކުރަމުން ތިދާ ޖާހިލުންނަކަށް ޕީސީ އަކަށް މާފެއް ނުދެވޭނެ. އެބައިމީހިންްނާ ދޭތެރޭ އަމަލު ކުރަން ޖެހޭނީ ރަސޫލް މުޙައްމަދު ޞޢވ ޢަމަލުކުރުމަށް އެންގެވިގޮތަށް.

  7. ޢަޒްރާ ޢަލީ

    ޢިސްލާމްދީނުގަ ޑިމޮކްރަސީއަކީ ބާތިލު އެއްޗެއް ވީއިރު އިސްލާމީ ތަޢުލީމު އުނގެނިގެން ބޮޑެތި ޝޭޚުންނައްވެގެން މިގައުމައް އައިސް ޕާޓީ ސިސްޓަމް ހަދާ ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ކުރެވޭއިރު ޝޭޚުންތަކައް ނޭނގެނީބާ ހުޅަނގުގެ ޑިމޮކްރަސީ އަކީ ބަޔަކު އަމިއްލަ އަތުންހެދި އެއްޗެއްކަން އިސްލާމް ދީނުގަ އަންހެނުންނާ ފިރިހެނުން ހަމަ ހަމައެއް ނުކުރެވޭނެ ޑިމޮކްރަސީއެއްގަ ދެބައިމީހުންވެސް ހަމަހަމަ ކުރެވިދާނެ އިސްލާމްދީނުގަ ކޮންމެ ކަމަކާ މަޝްވަރާއެއް ނުކުރެވޭނެ ޑިމޮކްރަސީއެއްގަ ކޮންމެ ކަމަކާ މަޝްވަރާ ކުރެވިދާނެ މިސާލަކައް މަރުގެ ޙުކުމް ތަންގީޒް ކުރާނީތޯ ނުކުރާނީ ތޯ އިސްލާމްދީނުގަ މިކަމަކައް އިތުރު ވާހަކައެއް ނުދެއްކޭނެ އެކަމަކު ޑިމޮކްރަސީގަ މަޖިލިސް މެދުވެރިވެގެން މިކަމައް މަޖިލީހުގަ ވޯޓް ނެގިދާނެ އެހެންވީމަ ޑިމޮކްރަސީއާއި އިސްލާމް ދީނާއި މީ ތަފާތް ދެއެއްޗެއް ބާތިލު އެއްޗެއްގަ ހިފައިގެން ކިހިނެއްތޯ؟ޙައްގައް މަސައްކަތް ކުރެވޭނީ

  8. ޢަހްމަދު

    ތިޔަ އަޒްލީނު ކަހަލަ ފިޑިންނަކަށް ފިޔަވަޅެއް ނޭޅޭނެ. ތިޔަކަހަލަ ދޯހަޅި ޅޮހުންލައްވާ ވަރަށް ފަސޭހައިން ބޮޑުންނަށް ބޭނުންކަ މެއް ކުރުވޭނެ. ޔާ މިނު މީނަލައްވާ ފިސާރި ކަންކަން ކުރުވާފަ ހުންނާނެ.

    4
    5
  9. ގައުމީ ފިކުރު

    ހެޔޮނުވާނެ! ހަގީގަތަށް ވިސްނަބަލަ! ސަލަފުން ސިޓީ ގައި އެދިފައި އެ އޮތީ މަރުގެ ހުކުމާ އެމްޑީއެން އިން ދެކޮޅު ހަދާތި ފާރަވެރިވުމަށެވެ. އޭރަކު އަދި ފާޅުގައި ކީރިތި ޤުރުއާން އާއި ރަސޫލުﷲގެފާނަށް ބަދުބަސް ނުބުނެއެވެ. އޭރުގެ ހާލަތަށް ބަލައި އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އަޅަންޏާ މަރުގެ ހުކުމާ ދެކޮޅު ހެދި އެމްޑީޕީ އަށާއި، މައުމޫނާއި ދުންޔާ އަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ނޫސްވެރިން ވެސް، މިކަން ރައްޔިތުން އަށް ބުނެދެއްވާށެވެ.