ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގައި އިމާރާތްކުރަން ފެށި ޓާޝަރީ ހޮސްޕިޓަލުގައި ފެންބޮޑުވެ ގެއްލުންވެއްޖެ އެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ޓާޝަރީ ހޮސްޕިޓަލުގައި ފެންބޮޑުވެފައިމިވަނީ މިއަހަރު ތެރޭ އެތަނުގެ ފުރާޅު ބަދަލުކޮށްފައިވަނިކޮށެވެ. ފެން ބޮޑުވި ތަންތަނުގެ ތެރޭގައި މުޅިން މަސައްކަތް ނިމިފައިހުރި ވޯޑެއްވެސް ހިމެނެއެވެ. އަދި އެތަނުގައި ހުރި އެނދާއި އެހެނިހެން ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުންވެފައެވެ.

އެ ހޮސްޕޮޓަލުގައި ފެންބޮޑުވެފައިވަނީ ފުރާޅުން ފެން ފައިބައިގެންނެވެ.

އައްޑޫ ސިޓީއަށް ރެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މުޅި ސިޓީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރެއިން ފެށިގެން މެދު ނުކެނޑި ގިނަ އިރުތަކެއް ވަންދެން އައްޑޫއަށް ވިއްސާރަކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަ21

    މަރުހަބާ

  2. ކުޑަބަޖަރާ

    ފުރާޅު ބަދަލުކުރީ މިސަރުކާރުން. އެކަމަކު ފުރާޅުން ފެންތިޔަފޭބީ ކުރީ ސަރުކާރުގެ އިހުމާލުން.

    29
  3. މަރު ކޮމެޓީ

    ދެރަކަމެއް މިގައުމުގައި ނުހިނގާ ދުވަހެއްދޭތަ؟

    15
  4. ޗޗޗ

    އެއުޅޭ ނަޝީދު ހުރީ ގޮތެއް ފޮތެއް ނުބަލާ ސޯލާ ހަރުކުރާނަމުގެ މުޅިފުރާޅަށް އިސްކުރުއަޅާ އެތަން މިތަން ފޫދުއްވާފަ.

  5. Anonymous

    ކުރީ ސަރުކާރު ބޮލަށް ކަނޑާލާ. އެޔެއްނު ކުރެވޭ ހާވެސް ކަމަކީ.

  6. މަންޖެ

    ސަޅި، ފުރާޅު ބަދަލުކުރީ މިއަހަރު. އެކަމަކު ފެންފޭބީ ކުރީސަރުކާރުން ކަން ކޮށްފައި ހުރިގޮތުން. ސަޅި