ރާއްޖޭގެ ވެރިކަން ކުރާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމާ ދެކޮޅުކަން އެޕާޓީން ރަސްމީކޮށް ހާމަކޮށްފިއެވެ.

ޖަމިއްޔާތައް އުވާލުމަށް ތާއިދު ނުކުރާކަން އެމްޑީޕީން ހާމަކުރި އިރު އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ތަހުގީގެއް ފަށައި އެޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައެވެ.

"މި ޕާޓީއިން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭ ކަމެވެ.،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އެމްޑީއެންގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވަން ތަރުހީބު ނުދޭނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެޕާޓީން މިހެން ބުނި އިރު އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އެ ޖަމިއްޔާ ވަނީ ސަސްޕެންޑުކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީއެން އަށް އަލުން ހުއްދަދީ، ރާއްޖޭގެ ދީނީ ޖަމާޢަތްތަކުގެ އަމަލުތައް ބަލައި ތަހުޤީޤު ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ވަނީ ގޮވާލައިފިއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕާޓީއަކީ "މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް" ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް އެޕާޓީން ތާއިދު ނުކުރާނެ ކަމަށާއި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. Anonymous

    ދުވަސްކޮޅަކުން ބުނާނެ އިސްލާމް ދީނާވެސް ދެކޮޅޭ

    284
    9
    • އެމް

      އެމްޑީއޭ އެކަންޏެއް ނޫން އުވާލަންވީ. އެމްޑީޕީވެސް ހަމަ އުވާލަންވީ.#banmdp

      238
      3
  2. ޖޭމު

    ދުވަސްކޮޅަކުން ބުނާނެ އިސްލާމް ދީނާވެސް ދެކޮޅޭ

    218
    5
  3. މމ

    ރައްޔިތުން ލައްވާ ގޮތް ނިންމަން ނަހަދާތި

    300
    7
  4. ޢަލިބެ

    މިއޮތީ މީގެ 14 ވަރަކަށް އަހަރުން ފެށިގެން އަހަރެމެން ދައްކަމުން އައި ވާހަކަ. ހިތާމަޔަކީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު މިނުބައި ޔަހޫދީންގެ އެޖެންޓް ގެ ވަބާގަ ޖެހި އާއިލާ،އަނބިދަރިން ރަހްމަތްތެރިން ނަށް ނުކުރާ އިތުބާރާ ލޯބި މި ކަލޭގެއަށް ދީފައިވާކަން.. ހުރިހާވެސް ބަހަކީ ހިތްތަކުގެ ރައީސް.. ވިސްނާލަބަލަ މިޤައުމުގަ ފިތުނަ ވެރިކަމާ ބައިބައިވުން އޮތް މިންވަރު.. ސިޔާސީ ގޮތުން ރަންޑި ވިޔަސް ބޮޑުވަރު މީ..

    348
    9
  5. މުހައްމަދު

    އެމްޑީއެން އުވާލުމާ ދެކޮޅުކަން އެމްޑީޕީން ހާމަކުރުމަކީ ފާލުގަ އިސްލާމްދީނާއި ދެކޮލަށް ހިނގޭ ހަރަކާތެއް. ރައީސް އިބޫ އަށް އަދި ދީނީ އިލްމްވެރިންނަށް ދިން ބޭއަދަބީ ހުކުމެއް. ދިވެހި އެމެ ރައްޔިތުން ނިކުމެ މުޒާހަރާކުރުމަށް ގޮވާލަން. ބޭންއެމް.ޑީ.އެން

    279
    8
  6. އަޙްމަދު

    ތަފުޞީލެއް ބޭނުމެއްނުވޭ. އެމްޑީޕީ އަކީ އިސްލާމް ދީނާ މާ ރައްޓެހި ބައެއްނޫން. އެމީހުން އެބުނާ މެދުމިނުގަ އުޅޭއިރު ހަފުތާގެ ބައެއް ދުވަސް ދުވަހު (ކޮންމެ ދުވަހަކު ނޫން ) ބޮވެން ޖެހޭނެ.

    248
    6
  7. ާަާމަ

    އެހެންވިއްޔާ އެމްޑީޕީ އުވާލަން ޖެހޭނީ.

    254
    6
  8. Anonymous

    އެމްޑީޕީއިން އެ ލާދީނީ ޖަމިއްޔާ އުވާލުމާ ދެކޮޅުވާވނެތާ އެ ރިޕޯޓަކީ އެމްޑީޕީން ބޭނުން ވެގެން ނެރުނު ރިޕޯޓެއް

    215
    8
  9. ޙަރީބު

    ރާއްޖޭގައި އޮތް ހަމައެކަނި ލާދީނާ ޕާޓީ އާއި އެޕާޓީގެ ވެރިން ފަންޑުކުރާ ލާދީނީ ސަހިންދާގެ ޓެރަރިސްޓު ޖަމިއްޔާ އުވާލަދީ

    182
    4
  10. ހަސަންޑި

    ލާދީނީ ފިކުރު އެޖެންޑާ 19

    167
    3
  11. ބެއްޔާ

    މިވަގުތަކީ ހިތްވަރާއެކު ނިކުމެ ޔަހޫދީންގެ އެޖެންޓުންނަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަޤުތު.. ބައެއްފަހަރު ބައެއް މީހުންނަށް ވާގޮތަކީ ތިމާ ތާއިދު ކުރާ މީހާ ވީމަ ނުވަތަ ތިމާ ތާއިދު ކުރާ ޕާރޓީ އިން އެއްޗެއްބުނީމަ އެމީހަކާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނަން ބޭނުންނުވަނީ..ނުވަތަ ނުކެރެނީ ދަންނަވަންތޯ ތިބާއާ ދޭތެރޭ ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ.. އިސްލާމްދީ ދިފާޢު ކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗައް އޮތް ވާޖިބެއް.

    170
    1
    • މާދަމާދެކޭމީހާ

      ކޮންމެ މުސްލިމެއްގެ މައްޗައް އޮތްވާޖިބުން އިސްތިސްނާވެފަ ހާދަބަޔެކޭ މިއޮތީ ހަމައެކަނި މިރާއްޖެޔައް ބެއްޔަސް

  12. އަލްތާފް

    ހަރުކަށި ފިކުރުގެ މީހުނަށް އެކަނި ފިޔަވަޅު އަޅާފަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަށް ފިޔަވަޅު އަޅަން ބަޔާނުގަ އިލްތިމާސް ކޮށްފަ ނެތުމަކީ ހިތާމަ ހުރި ކަމެއް.

    151
    6
  13. މުހައްމަދު

    ބަޤަރާ ސޫރަތު_ 11 _އަދި _ 12 _ވަނަ އާޔަތުގައި _އެމްޑީއޭ_ ފިކުރުގެ _ހަޤީގަތް _ ފެންނަން _އޮންނާނެ_ ބައްލަވާލައްވާ.

    128
    5
    • ދުލެއް ނުދެވޭނެ

      އަލްއަންއާމު ސޫރަތުގެ 123 ވަނަ އާޔަތުގައި އެ އޮތީ ބޮޑުންގެ ތެރެއިން މުޖުރިމުން ލެއްވި ވާހަކަ. އެއީ އެތާނގައި އެބައިމީހުން ރޭވުންތައް ރާވައި އުޅުމަށް. މިފަހަރު ދުލެއް ނުދެވޭނެ.

      96
      2
    • ބުއްޅަ

      އެމްޑީޕީ ގެ ފިކުރަކީވެސް އެއީ ހަމަ ފަސާދަ

      35
  14. ހަމަހަމަ

    "ޙަރުކަށި ފިކުރު" ، މި ލަފްޒު ބޭނުންކޮށްއުޅު މުގެކުރިން ކިޔާއުޅުނީ "ހައްދުފަހަނައަޅާފައިވާ ފިކުރު". މިއީ ހަގީގަތުގައި އިނގިރޭސިންވެސް ކިޔާ "އެކްސްޓްރީ މިސްޓް" މި ލަފްޒާ އެން މެ ގާތް ބަސް.

    ޢެކަ މަކު "ހައްދުފަހަނައަޅާފައިވާ ފިކުރު" ކިޔުން ހުއްޓާލީ އޭގައި ދީނާ ދުރުވު މުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ހި މެނޭތީވެ ، އެ މީހުން ހި މާޔަތްކުރަން. މިހާރު އެ މީހުންވެސް " މެދު މުނުގެ ފިކުރު"ގެ ނަ މުގައި ހަރަކާތްތެރިވަނީ.

    ސަރުކާރުވެސް، ސިޔާސީޕާޓީތައްވެސް ހަނދާކުރަންވާނެ، ތިއީ ރައްޔިތުން ތަ މްސީލުކުރާބައެއް. ޢެއްގޮތަކަށްވެސް ހީނުކުރާތި ބަޔާންތައްނެރޭ މަގާ މުތަކަށް އެރުނީ މަ ރައްޔިތުންގެ ނަ މުގައި ކޮން މެފަދަ އެއްޗެއް ކިޔާ ކުރު މުގެ ބާރު އޮވެޔޭ.

    މޑޕ ގެ ވެރިން ތިދައްކަނީ އަ މިއްލަ ވާހަކަ މިހާރު. ތިއީ މެ މްބަރުން - ރައްޔިތުން ދައްކާ ވާހަކައެއްނޫން.

    މޑނ ހަ މަ ޖެހޭނީ އުވާލަން. ޢަދި ގުޅުން ހުރި އެން މެން މަގާ މުތަކުން ވަކިކޮށްފަ ތަހުގީގު ކުރަން.

    77
  15. 1111

    އެމްޑީޕީ އަށް ވަރިހަމަދޯ ޖަމްއިއްޔާ ތަކުން ކޮންމެ ކަމެއް ކުރިޔަސް! ބަލަ ތިބުނާ ޖަމްޢިއްޔާ ޖަމަޢަތްތައްވެސް ހިދިފައި ހުންނަނީ ވަކި ޤަވާޢިދުތަކެއްގެ ތެރެއިން ވަކި އުސޫލުތަކަކަށް އަމަލް ކުރާގޮތަށޭ! ހިތަށް އެރިހާ ގަނޑެއް ގަންނާކަށް ނޫނޭ!
    ދެން އަނެއްވާހައަކީ ތިމަންނަމެން ލޯބިކުރަނީ ދީނުގެ މެދު މިނަށޯ! ބުނާއިރު ދީނުގެ މެދުމިނަކީ ކޮބާކަމެއް، ހައްޤެއް ބާޠިލެއް، އަތެއް ފައެއް ވަކިކުރަން ނޭގޭ، ބުއްދިފިލާގޮސް ތިބި ޖާހިލުން ތިބިތަނެއް ތިއީ! ހީވަނީ ދީނުގެ މެދުމިން ކަނޑައަޅާ ބަޔަކީ މިމީހުން ހެން. މިމީހުންނަށް ނޭގޭކަހަަލަ ދީނަށް ޢަމަލުކުރުމުގައި ހައްދުފަހަނައަޅާގޮތަށް ދީނަށް ޢަމަލު ނުކުރުމުގައިވެސް ހައްދުފަހަނައަޅާ ކަން. ދީން އުނގަންނާ ދިނުމަށް ފޮނުވިބަޔަކި އެމްޑީޕީ ކަމުގައި މިމީހުން ދައުވާ ކުރާކަހަލަ!

    75
    1
  16. މަގޭ ޚިޔާލު

    ޑިމޮކުރަސީ ނެޓުވޯކަކީ އަސްލު މިދިވެހިރާއްޖެއަށް ބޭނުންތެރި އެއްޗެއް ނޫނެވެ. ޑިމޮކުރަސީއަކީ އޭގެ ޒާތުގައި އިސްލާމްދީނުގެ އަސާސްތަކާ ފުށުއަރާ އެއްޗެކެވެ.

    82
    1
  17. ހިގާ އެއްމެން ތެދުވަމާ

    މޑޕގަތިބި އިސްލާމްދީނަށް ލޯބިކުރާ ހުރިހާ ރައްޔިތުން މިޕާޓީދޫކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުކުރުދުވަހު ނުކުންނަން ތައްޔާރުވޭ.. ދެދުނިޔޭ ރައްކާތެރިކަމާ ހިމާޔަތްއޮތީ އިސްލާމްދީނުގަ.. ޕާޓީވެގެން ލިބޭނެއެއްޗެނެތް.. ދުނިޔެވީ މަންފާއަށް ނުހެއްލި ﷲއާ ރަސޫލާއައްޓަކާ ތެދުވާ.. އަހަރެމެންގެ ދަރިންނާ އެދަރިންގެ ދަރިންނަ އިސްލާމީ ގައުމެއްގެ ގޮތުގަ މިގައުމު ވާރުތަކޮއްދޭން އަޒުމުކަޑައޅަމާ... މާދަމާ މިގައުމުގަ ހަތަރުދީންއޮވެ އަތަރުދީނުގެ ރަގަބީލު ޖަހަމުންދާއިރު އަހަރެމެންގެ ދަރިން މުސްކިތަށް ދާނެކަމަށް ނުވިސްނާ.. މަގުފުރެދިފަ މިވާޒަމާނުގަ.. މިގައުމުގެ މުސްތަގުބަލައްޓަކާ ތެދުވަމާ...

    78
    1
  18. އައްމަޑޭ

    ދުވަސްކޮޅަކުން ބުނާނެ އިސްލާމް ދީނާވެސް ދެކޮޅޭ

    53
  19. ރަދީފް ހުސެން

    ޖަމިއްޔާ ތަކެއް އޮވާނުލެވިގެން ފިޔަވަޅު ނޭޅިގެން އެވާހަކަޔެއް ދިވެހިން ކަންބޮޑެއްނުވެ. އެކަމު ރަސޫލާޔައް ފުރައްސާރަކޮއް އިސްލާމްދީނައް ގޮންޖެހި ދިވެހި ޖަމިއްޔާ އޮވާލާ އެޖަމިއްޔާގެ މީހުންނައް ފިޔަވަޅު އަޅާށޭ. ކޮންމެ ކަމެއް އޮޅުވާލާ އުސޫލުން މިފަހަރުވެސް ތި އުޅެނީ ހަމަ އެހެން. ކޮންމެ ކަމެއްގަ ވެސް މޑޕ ހަދަނީމިހެން. އެކަމު ދުނިޔޭގެ ދަޅަޔައްހެއްލި ދިވެހިންގެ އެތައްބަޔެއް އެމީހުންނައް ތާއީދުކުރެ. އެކަމު އަބަދު މިގަދަކަން މަތީ ނުތިބެވޭނެ.

    58
    1
  20. ހޯހޯ

    މިހާރު ތިޔަ ފާޅުގައި ދީނާ ދެކޮޅުކަން އިއުލާންކުރީއުތަ! ލާހިކެއް ނޫން. ތިޔަ ޖަމާޢަތް މިފަހަރު މިގައުމުގައި އުވެންވާނެ. އުވާލަންޖެހޭނެ.

    67
  21. އަލީ

    ޝޭހް އިލިޔާސް ގެ ބަހެއް ބޭނުން. އިމްރާނުގެ ވެސް.

    59
    2
  22. ދީން

    މާތްﷲގެ ވާގިފުޅާއި އެކު އަހަރެމެން ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ވާ ލޯބި ،އެމްޑީޕީ އާއި އަދި އެޕާޓީ އަށް ތާއީދުކުރާ ލާދީނީ އެންމެހާ ކާފަރުންނަށް ދައްކަންވީ ވަގުތު ޖެހިއްޖެ. ﷲގެ ބަރަކާތާއި އެކު ނިކުންނަމާ. ކާމިޔާބު ދެއްވާނެ

    72
    1
  23. ﷲއަށް ބިރުވެތިވޭ

    ދިވެހިރައ އްޔަތުންނަށް ﷲތާލާ ރަޝޫލާ ސައލައﷲ އަލަ އި ހިވަސަލަމަ އަށް ވުރެން މާތް މަތިވެރި ހާ އްސަވަނީތޯ މީކޮންފަދަ ބޮނޑު މުސީބާތެތޯ މިކަމުން މުޅިގަ އުމު ސަލާމަތް ކުރުމަށް އތެދުވަންވީ ރަ އްޔަތުން އެކު އެކީގަށް

    49
    1
  24. ފާއިޒް

    ފުރަތަމަ މި ބައިގަނޑު އުވާލަން ފެނޭ ..... މީ މި ޤައުމުގެ ހަލާކު....

    67
  25. ދިޔޯ

    މީ އަރަތެއްކަހަލަ ވާހަކަ ދައްކާ ޕާޓީއެއް، އެކޮޅުން ބުނާަނެ އިސްލާމްދީން ދފާއުކުރާންމޭ، އަނެއްކާކިޔާނެެ ބާޔަކު ކޮންމެވާހަކަޔެެއް ދެއްކިޔަސް .

    43
  26. މަގޭ ޚިޔާލު

    #ބޭން-އެމްޑީޕީ

    48
    1
  27. އައިސީ

    އަހަރެން އިބްރާހިމް ސޯލިހަށާއި އެމްޑީޕީ އަށް ވޯޓު ދިނިން. ﷲ އަށްޓަކާ ހަދާ ތެދު. އިންޝާ ﷲ ދުވަހަކުވެސް ދެން އެމްޑީޕީ އަށް ވޯޓެއް ނުދޭނަން.

    63
    2
  28. ކަތީބު

    ސަލަފުން ފިޔަވަޅުއަޅަން އެދުނީމަ 2017 ގައި ކަލޭމެންގެ ރައީސް ޔާމީން އެޖަމްޢިއްޔާ އުވާލިނަމަ މިއަދު ތިގޮވެލި ގޮވަން ނުޖެހުނީސް. ހަމަ ހުސް ލާދީނީ މުނާފިޤުން. ތިޔާމީނެކޭ ތި އަންނި އެކޭ ހަމަ އެއްވަރު. 2 މީހުންވެސް ދައްކާފަ އެބަހުރި ލާދީނީ ވާހަކަ

    11
    52
  29. ހުސެން

    ހަލާކު ހުރި

    34
  30. ގައުމީ ފިކުރު

    ރައްޔިތުންނޭވެ! ހޭލާ ފިކުރު ކުރައްވާށެވެ! އެމްޑީއެން އަކީ، އެމްޑީޕީގެ ލާދީނީ ޕްރޮޕެގެންޑާ ގޮތްޕެވެ. އެމްޑީއެން އުފެދުނީއްސުރެ މިއަދާ ހަމައަށް، އެމީހުންގެ ހަރަކާތްތަކާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް، މާތްﷲ އަށާއި، ރަސޫލުﷲގެފާނަށް ފުރައްސާރަކުރި ރިޕޯޓަށް ބެލުމުން، އެކަން ކަށަވަރުވާނެއެވެ. އެހެންކަމުން އެމްޑީއެން އަށް ގެއްލުމެއް ލިބޭނަމަ، އެމްޑީޕީ އަށް ކެތެއް ނުކުރެވޭނެއެވެ. މީ ހައްޤު ތެދެވެ. އިޚްލާޞްތެރި ކަމާއެކު، އެމްޑީޕީ އަދި އެމްޑީއެން އަށް ނޫނެކޭ ބުނާށެވެ.

    38
  31. ބުރޯ

    މިހާހިސާބުން ދޭހަވަނީ މިޖަމްއިއްޔާ ހިންގަނީ އެމްޑީޕީން ފަންޑު ކޮށްގެންކަން .މިޖަމްއިއްޔާ އުފައްދާފައިވަނީ ނަސީދު ކަން .އެމްޑީޕީ އަކީ އިސްލާމްދީނާ ރަސޫލާ އާ ދެކޮޅު ޖަމާއަތެއްކަން. ވީމާ ގާނޫނުއަސާސީއަށް ބަލާއިރު އެމްޑީޕީ ވެސް އުވާލަންޖެހޭކަން.

    31
  32. ލާދީނީ ޕާޓީ ކޮން ޕާޓީ؟

    އެމްޑީއެން އަށް މި ސަރުކާރުން ފިޔަވަޅެއް ނާޅާނެ: ރައީސް ޔާމިން

    29
  33. ކަސީރު

    އިޔާޒްގެ ޓްވީޓް ކޮބައި؟

    23
  34. ބުރޯ

    ލާދީނީ ރިޕޯޓާއި މިސަރުކާރާއި ގުޅިފައިވާ މިންވަރަށް ވިސްނާލުމުންދޭހަވަނީ އިހައްދުވަހު ގދ.ތިނަދޫގަ މީހަކު ލާދީނީ ވާހަކަތަކެއްދައްކައިގެން ފިޔަވަޅުއަޅާ ފުލުހުން އެމީހާ ހައްޔަރު ކުރި އިރު ސަހިންދާ އާއި ސުވާލެއްވެސް ނުކޮށް ޖަރުމަނަށް ފުރުވާލުން. މިވަރުން ވިސްނޭވަރު ނުވޭބާ ؟ މި އެމްޑީއެންގެ ރިޕޯޓް އާގުޅެނީ ސަހިންދާއަށް ވުރެ މަތިން މަގާމެއްފުރުއްވާ ސަރުކާރުގެ ބޭފުޅަކާކަން.

    25
    1
  35. ސަމީ

    ދެން އެމް ޑީ ޕީ މީހުން ބާތަށް އަތްޖަހާ.

    23
  36. ޢިއްބެ

    ދުވަސް ހަމަވަނީހެން ހާދަހީވޭ . ގަދަބަސް ބިނެގެން ވެރިކަމުގަ ތިބެވޭނެ ކަމައްތޯ . ﷲ ތިބޮޑާކަމާ ތިބާރުވެރިކަން ގެންދަވަން މިނިޓެއް ނުނަގާނެ . ޜައްޔިތުން ލައްވާ ގޯސް ހައްދަން ނޫޅޭ .

    37
    1
  37. ކާފަ

    ޙައްދުފަހނައަޅާފއިވާ މިހުން މިބިމުގައި ހިންގާފައިވާ ހަމަނުޖެހުމާއި އަޅާނުކިޔޭހާ ބޮޑުގެއްލުން މިގައުމަށް ކުރަމުން މިދަނީ ތި ޑިމޮކްރަސީއެއް އައިފަހުންނެވެ. ބޮޑުހުޅުގެ ހާދިސާ 1މިސާކަކަށް ފުދޭއެވެ. ޥީމާ ފުރަތަމަ ހަރުކަށީ ކޮންބައެއްތޮވެސް ބަަލަންޖެހެއެވެ. ޑިމޮކްރާސީގެ ހަރުކަށިފިކުރު ނައްތާލާނަން އިންޝާﷲ.

    18
  38. އަލީ

    އިސްލާހު ވާން އެދޭނަމަ ފުރުސަތު ނަގާނުލާ.. ކުރެވޭނެ ސުވާލު މުޅީން އުމުރު ހުސްވުމާއެކީ.. ބުނެވޭނެ ހެޔޮ ޖަވާބު މުޅީން ހީން އުފާވެލާ..އިސްލާހު ވާން އެދޭނަމަ ފުރުސަތު ނަގާނުލާ.. މިސްރާބު ރަނގަޅު ސީދާ ކޮއްލަން އަވާސްވެލާ.. އަމުރައް އިލާހު ރައްބީ ކިޔަމަންވެ އުޅެބަލާ..

    13
  39. ނަމަ

    ތިޔަވީގޮތުން އެމްޑީޕީ އުވާލަންވީނު

    16
    1
  40. ކެޔޮޅު

    އެ މްޑީއޭ އުވާލަން އޭގެ ހިއްސާދާރުން ދެކޮޅުހަދާނެދޯ؟ އެއީހަ މަ އެކައްޗެށް!

    15
  41. އަފީ

    މީކޮންކަހަލަ ޔަހޫދީންތިބިޕާޓީއެއްބާ؟
    ކީ ރިތި ރަސޫލާއައްފު ރައްސާ ރަކު ރިބަޔަކައް
    ހިވަ ރުދީ ފާޑުފާޑުގެބަޔާން ނެ ރެކާފަ ރުންނައް
    ހިއްވަ ރުދީ އިސްލާމްދީނައްގޮން ޖަހައި މިގައު
    މުންއިސްލާމްދީފޮހެލާން މިދިވެހި ފަސްގަނޑައް
    އުފަން ދަ ރިން ނޭކިޔާ ޔަހޫދީބައި ގަނޑު
    ތެޅިއަ ރުވާވައްތަ ރު ބަލާބަލަ މީﷲގަންދީ
    ހުވާކޮއްގެން މިދިވެހި ފަސްގަނޑައް
    ޢައްދާ ރުން މިލާދީބައި ގަނޑާ ގާނޫނުއަ ރާހަމަކު ރާ
    ނެކޮއްމެވެސްދުވަހަކުން އެދުވަހުން މަށެއްނޫނޭ
    މަށެއްނުބުނަމޭ ކިޔަސް މަވެސް ނިކުއްނާނަން
    ލާދީނީބައިގަނޑު ނުފިލޭނެކަންދައްނާތި؟
    '

  42. މަވެސް

    ސޯލިހާ މިއީ ތަހުޒީބީ ތަރައްގީޒަ މާނެއް އަހަރެމެން ނައްތަރައްގީވަނީ ފެނިފަ މިހެން ދުވްސްގުނަގުނާ ތިބެންވީތަ ނޫނީ ކަންފަތުހިފާފަ ބާލަންވީތަ؟

    12
  43. މުހައްމަދުމޫސާ

    މަޑުމަޑުން ތޮށިގަނޑު ފަޅާލާފަނުކުން ނަނީ
    ދުވަސް ކޮޅަކުން ބުނާނެ ކޮށްމެ މީހަކަށްވެސް
    ދީނީ މިނިވަން ކަން އޮންނަން ޖެހޭނޭ !
    ދެން ބުނާނީ ރާކޮޅެއް ކުޑަކޮށް ބޯލުމަކީ މައްސަލަ
    އެއްނޫނޭ! ދެންބުނާނީ އެއްޖިއްސުން ގުޅުން
    ހިންގުން އޯކޭވާނޭ! އެޔޭ މެދުމިނަކީ
    ބަލަމޮޔަ ޖާހިލު އެމްޑީޕީ މީހުނަށް ބުނެލަން އޮތީ
    ﷲ شبحانه وتعالي ކީ ރިތި قران ބާއްވާ
    ލައްވާފާ ވަނީ މެދުމިނަށޭ ތިކަހަލަ ޖާހިލުން
    ނަކަށްމެދުމިނެއް ބޮޑުމިނެއް ވަތްކެއް ނުވާނޭ
    فباي ءالاء ربکماتکذبان މިއާޔަތުގެ މާނަ
    ތިމުނާފިޤު އެމް ޑިޕީ ސެކިއުލާވިސްނުން ގެންގުޅޭ
    އެމްޕީތަށް ބަލާ މާނަޔާމެދު ވިސްނާބަލާށޭ
    އޭ ރުން ﷲ އި ރާދާއި ގަވާނަމަ ފަހަ ރުގަ ތެދުމަގު
    ދަށްކަވާ ފާނޭ !

  44. ޯޮޮޮޮޮޮޮޮުުުުުކކކ

    ދުވާފަރު މީހުންކުރިވަރުވެސް ކުރަން ނުކެރުނީމާ ދެން ކީއް މިކުރެވެނީ!

    14
  45. ބުއްޅަ

    ލާދީނީ ޕާޓީ

    11
    1
  46. ދެކޮޅު

    މެދުމިނުގައި ކީރިތިޤުރުއާންއަށާއިމާތްރަސޫލާ ސ އ ވ އަށްހިތުހުރިހާއެއްޗެއްގޮވެން އޮންނަނީބާ ވިސްނައިގެންތިއްބަވާ ކަލޭމެންގެމަކަރުވެރިރޭވުން ތަކުގެމަތީގައި މާތްރަސްކަލާންގެވޮޑިގެވޭ ތިޔަނުބައި މަކަރުވެރިން މިބިމުގައިބަލިކުރަށްވާއިނިކަމެތިކުރަށް ވާނެ އަހަރުމެންދިވެހިރަށްޔިިތުންގެއެދުމަކީ އަދި ދުޢާ އަކީވެސްމީ އަހަރުމެން އަހަރުމެންގެދީނާ އަދި ރަސޫލާގެ ހިމާޔަތުގާ ތެދުވާނަން ދިވެހިރަށްޔި ތުންނުތިބޭނެކުރަންޖެހުނުކަމެތްކުރާނެ ޔާއައްލާހު އަޅުގަނޑުމެންގެ މިބިންފަސާދަކުރަންމިއުޅޭނުބައި ފިތުނަވެރިންގެ ކިބައިން އަޅުގަނޑުމެންނަށް ނަސްރާއި ކާމިޔާބުދެއްވާންދޭވެ އާމީން

  47. ޖާނު

    ކިހިނެއް އުބޫ އެމްޑީއެން އުވާލާނި؟ އެމްޑީއެން އަކީ އެމްޑިޕީގެ ގޮތްޕެއް. އެންމެ ބާރުގަދަ ގޮފި. ލާދީވަންތަކަން އަށަގަތުމަށް މަސައްކަތްކުރާ ގޮފި.

    12
  48. ީމީހަމަައަހަރެން

    މައެއިރުވެސްބުނިން އެމްޑީޕީ އަކީވަކިބޭނުމެއްގަވަކި މަގުޟޮދުއެއްހާސިލްކުރަންއުޅޭބަޔެކޭ މިމީހުންނަށް ވޯޓްނުދޭށޭ މިހާރުއެބައެނގެއެއްނުއެމީހުންގެމަގުޟޮދު އެހެންވީމަދެންބުނެވޭނީ އެމީހުންނަށް ވޯޓުދިން ކުދިން ދެން

  49. ބޭންއެމްޑީއެން

    އަނިޔާވެރިންނަށް ﷲ ނަސްރެއް ނުދެއްވާނެ.

  50. އަނގަގަދަމިތުރު

    އެމްޑީޕީން އެކަމާ ދެކޮޅު ނަހަދަންވީސަބަބެއްނެތް އެމްޑީއެން އަކީ އެމްޑީޕީގެ ދީނީ ސިޔާސަތުތައް ބައްޓަންކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އެމްޑީޕީގެ ގުނަވަނެއް އިޒުރޭލް ސިފައިން ހިންގާ ގަތުލްއާމާއި ލޭއޮހޮރުވުމާއި ޖަރީމާތައް އެމެރިކާ ދިފާއުކުރާ ފަދައިން އެމްޑިއެން އެމްޑީޕީން ދިފާއުކުރާނެ އެމްޑިއެންގަ ހިމްނޭ މީހުންނަކީ އެމްޑިޕީގެ ބޮޑުންނާ މިހާރުގެ މަޖިލީހުގެ މެމްބަރުން އެކަން ކުއްލި މައްސަލައިގަ ކުރި ބަހުސުން ވަރަށް ރަނގަޅަށް ސާބިތުވެ ހާމަވެގެން ހިނގައްޖެ ހަޖަމްނުވާ މީހުންނާ ހަޖަމަށް ބޭސް ބޭނުންކުރަންޖެހޭ މީހުން ފާހަގަވެގެން ހިނގައްޖެ ލާދީނީ ކަންކަމަމާ ލާދީނީ ފިކުރު ހިމާޔަތްކުރުމަށް އެމްޑީޕީން ފޫގަޅާލާފައިވާ މިންވަރު ފެނުމުން އެމްޑީޕީގެ ދީނީ ސިޔާސަތު ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ

  51. ތައްތަ

    ދެރަކަމެއްް މި މީހުންގެ ބައިގަނޑުގެ ގިނަބައެއް މި ޖަމިއްޔާގައި ބައިވެރި ވެފައިވަނީކަންނޭގެއި. ދެން ދުވަހަކުވެސް މި ޕާޓީއަށް ވޯޓެއް ނުދޭނަން، މީ މުސްލިމު ޤައުމެއްކަން ނޭގެނީތަ؟

  52. ހަމްސީން

    ދިވެހި ފުލުހުންނާއި ސިފައިން އެބަޖެހޭ ރާއަޖޭގައި ދައުރުވަމުން އަންނަ ލާދީނީ މި އޮއިވަރު ހުއްޓުވައި ނައްތާލަން. ސިފައިންނަކީ ދީން ހިމާޔަތް ކުރަން ހުވާކޮއްގެން ތިބޭބަޔެއް.

  53. މަރިޔަމް

    މި އެމްޑީޕީއެއް ވެރިކަމަށް ހޮވަންއުޅުނު މީހުންނަށް މީހާރު އެއްޗެއް ވިސްނިއްޖެތަ؟މި ސިޔާސީ މީހުން ބޭނުންވަނީ ރައްޔިތުން މޮޔަހައްދައިގެން ދީނާ ކުޅެން.މިއަދު ފާޅުގައި އެބުނީ އަހަރެމެންގެ ދީނާއި ލޮބުވެތި ރަސޫލާއަށް ފުރައްސާރަ ކުރީމާވެސް ތިމަންނަމެން ދެކޮޅޭ އެބުނާ އެމްޑީއެންއެއް އުވާލަން.ދިވެހިރާއްޖޭގެ ރައްޔިތުންނޭ ދެން ހޭއަރާބަލަ ތިޔައީ ހަމަ ރަނގަޅަށްވެސް އިސްލާމްދީނާއި އަހަރެމެންގެ ލޮބުވެތި ރަސޫލާދެކެ ލޯބިވާ ބައެއްކަމަށްވާނަމަ އެކަން މި ލާދީނީ މީހުންނަށް އަންގަންވެއްޖެ.އެންމެން އެކައްޗެއްކިޔާފަ މިކަމާ ދެކޮޅަށް ނުކުމެބަލަ.މިވަގަތު ބަލަންވީ ކާކު އެއީ ކޮން ޕާޓީއެއްގެ މީހެއްތޯއެއްނޫން މިވަގުތު ބަލަންވީ ތިމާގެ ދީން ހިމާޔަތް ކުރެވޭތޯ.މި ސިޔާސީ މީހުންނަށް އަންގަންވީ ވަގުތުމީ އެމީހުންނަށް އިސްލާމްދީނާ ނުކުޅެވޭނެކަން އެހެވޭ ނަޝީދަކަސް ނޫނީ ޔާމީނަކަސް އަދި މައުމޫނަކަސް.ޕީޕީއެމްއެއް އެމްޑީޕީއެއް ނޯންނާނެކަން އަންގާބަލަ.

  54. އަނާ

    ވަަރަށް ސާފުކޮށް މިހާރު ތިޔަ ފެންނަނީ ސާލިޙްވެރިކަން ކުރާތަން. ޤިޔާމަތުގެ އަލާމާތެއް ޤާބިލް ނޫން މީހުން ވެރިކަމަށް އެރުމަކީ. ޤިޔާމަތްވާކަށް މާގިނަ ދުވަހެއް ނެތް.
    މިއީ އަހަރެމެން ބިރު ގަންނަން ޖެހޭ ކަމެއް. އަތުވެދާނެ ގަދަފަދަ އަޒާބަކަށް ބިރުވެތިވޭ!!!

  55. ނަސޭހަތް

    ކީއްވެއުވާނުލަންވީ މިއީﷲބާވާލެއްވި އިސްލާމްދީނުގެ ނަސީބުލިބިފައިވާގައުމެއް ﷲއަށް ޝިރުކުކުރާ އިސްލާމްދީނާދެކޮޅު ފަރަންޖީންރުއްސަން ﷲބާވާލެއްވިދީނާ ކީރިޤުރްއާންއާ
    ﷲ ފޮނުއްވި ރަސޫލްބޭކަލަކަށް ހަޖޫޖަހާނީ އިސްލާމްދީން ނެތިކޮށްލުަމަށްބޭނުންވާ ބަޔަކު
    ވީމާ، ޖަމިއްޔާގެނަމުގަކުރާނަމަ އެޖަމިއްޔާއުވާލުަމާ ދެކޮޅުަހަދާނީ.......... ބުނަންތޯ މުސްލިމް
    ގައުމެއްގައިއުޅުއްވާ މުސްލިމުންގޮތްނިންމަން ނުހައްދަވާ އޭރުން އިތުރަށްގޯސްވެދާނެކަމަށް
    ވިސްނަވާ

  56. އަންނި

    ދީނަށް ލޯބި ކުރުމަށް މިކިޔަނީ ހައްދުފަހަނަ އެޅުން. ކީރިތި ޤުރުއާނުގަ މާތް ﷲ ބާވައިލެއްވި ޤާނޫނު އުވާާލާ އަމިއްލަ އަށް ޤާނޫނު މިބައިމީހުން ހަދާ. ދިވެހި ރާއްޖޭގެ ނަން ސަދޫމަށް ބަދަލު ވެ މި ތަނަށް ކޯފާއެއް އައުމުގެ ކުރިން ދީނަށް މަސްރުދީ.

  57. ނޫސްލިޔާ

    ދިވެހިރާއްޖޭގައި އާއްމު ރައްޔިތުންނަކީ ވޯޓުލާން ބާރު އޮންނަ ބައެއް، ގައުމުގައި އޮތީ ކާފަރުންގެ ބާރު އެވެރިން ބުނާގޮތެއް ހަދާދޭނީ މަޖިލިސް އިއްޒައްތެރިން ދެން މިވާހަކަ ގަބޫލުވެސް ނުކުރެވޭ މީހުން ގިނައީމަ މިހެން ވާނީ..
    އިސްލާމީ ޝަރިއަތަކީ ކާފަރުން ދަންނަ ކަމެއްނޫ.. ގާނޫނު ކިޔަވަނީ ކާފަރުންގެ އަރިއަހުން، މާފުކުރައްވާ މީނޫންތޯ އަޅު ގަނޑުމެން ހާލަތަކީ...އަޅުއަޅު ގަނޑު

  58. އައްދޭ

    އެމް ޑީ އެން އެއީ. އެމްޑީޕީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނޫންތަ ވީއިރު ބޭބެ ނުވަތަ ދައްތަ ބޭނުންވާނެތަ ކޮއްކޮ ނައްތާލަން