މީގެ ކުރިން ފުލުހުންނަށް ހުށަހޅައިފައި ވާނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރުމާ ދެކޮޅަށް ބޭރުގެ ފަރާތްތަކަށް މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކުން ރިޕޯޓުކޮށްފައިވާ މައްސަލަ ކަން ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައި ވަނީ މީގެ ކުރިންވެސް ޖަމިއްޔަތުއް ސަލަފުގެ ފަރާތުން މިހާރު ފެންމަތިވެގެން އުޅޭ ކީރިތި ރަސޫލާއަށް އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހައިފައިވާ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. އެ ޖަމިއްޔާއިން މިކަން ހާމަކޮށް ބުނެފައި ވަނީ މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓަކީ އެމްޑީއެން އިން މިއަހަރު ނެރެފައިވާ ރިޕޯޓެއް ކަމަށާއި އެއީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަަމށް ބައެއް ފަރާތްތަކުން އަޑުފަތުރަމުން ދަނީ އެކަމުގެ އަސްލު އޮޅުވައިލުމަށް ނުވަތަ އެމްޑީއެން ދިފާއުކުރުމަށް ކަމަށެވެ.

އަދި 2017 ވަނަ އަހަރު ސަލަފުން ހުށަހެޅީ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ގިސާސް ހިފުމާއި އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާނޫނުގައި ހިމެނުމަށް ނިންމި ނިންމުމާ ގުޅިގެން އެމްޑީއެން އިން ބޭރުގެ ފަރާތްތަކަށް މައްސަލަ ހުށަހަޅައި ދޮގު ރިޕޯޓުތަކެއް ކުރި މައްސަލަ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ސަލަފުން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެންވެސް އެ ޖަމިއްޔާ ކުއްވެރިކޮށްފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓު ކުއްވެރިކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ސަލަފުން ބުނެފައި ވަނީ އެމްޑީއެން އިން އޮތީ ކުފުރު މަތީގައި އޮތުމަށް ފައިވިއްދާފއި ކަމަަށެވެެ. އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ސަލަފުން ބުނެފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ކުފުރުގެ އަމަލެއް ކަމަށް ކަމަށެވެ.

މީގެ އިތުުރުން ސަލަފުން ވަނީ އެންޑީއެމްގެ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެންމެނަށް ހައްގު އަދަބު ދީ އެ ޖަމިއްޔާގެ ބޮޑުންގެ ގޮތުގައި ތިބެ ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެ މަގާމުތަކާ ދުރުކޮށް އެ ޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި އެހެނިހެން ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    ސަލަފުން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެންވެސް އެ ޖަމިއްޔާ ކުއްވެރިކޮށްފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓު ކުއްވެރިކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ސަލަފުން ބުނެފައި ވަނީ އެމްޑީއެން އިން އޮތީ ކުފުރު މަތީގައި އޮތުމަށް ފައިވިއްދާފއި ކަމަަށެވެެ. އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ސަލަފުން ބުނެފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ކުފުރުގެ އަމަލެއް ކަމަށް ކަމަށެވެ.
    މިއަދު ތި ޖަމިއްޔަތުއްސަލަފު އެމްޑީއެން ކުއްވެރި ކުރުމުގެ ބޭނުމެއް ކޮބާތޯ؟
    ކަލޭމެންތީ މުސްލިމު ވެރިޔަކާއި ދެކޮޅަށް މުޒާހަރާ ކޮއްދޭން އެމްޑީޕީ ގައި ސަލާމްޖެހި ބައިގަނޑެއްނު.
    ކަލޭމެންގެވެސް މައިގަނޑު މަޤްސަދަކީ ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ މަޤާމުތަށްހޯދާ ރާއްޖޭގެ ވެރިކަމަށް އައުމެވެ.

    22
    23
    • މަގޭ ޚިޔާލު

      މުސްލިމުންނޭ ކިޔައިގެން ވެރިކަމަށް އަތްގަދަ ކުރަނީ މުނާފިގުން. އެހެންވީމާ މުޒާހަރާ އެކަންޏެއްނޫން ހުރިހާ އެއްޗެއްވެސް ކުރާނެ. ސާބަސް ސަލަފު ޖަމިއްޔައަށް

      36
      3
  2. ކުޑަކާށި

    އިލްމުވެރިން މީހުންނެތްތަންތާގެ އެއްޗެހިކިޔަސް ނެތިމޮށުކަމަކަށް ނުވަތަ މުޅަމަސް ކޭކަމަށްވާނެތޯ ؟ ޑރ. އިޢާޒު ކޮންމެކަމަކާ ގުޅިގެންވެސް ޔާމީނަށް އެއްޗެހިކިޔާފަ ނިންމާލަނީ . އެނުވާނެ މުޅަމަސް ކެއުމަކަށްދޯ ..

    40
    1