ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ފުލުހުންގެ ބޭސިކް ޓްރޭނިންގެ ތެރެއިން ބަލިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ފުލުސް މީހާގެ އާއިލާގެ ބައެއް ބޭފުޅުންނާއި، ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ބައްދަލުކުރައްވައިފިއެވެ.
ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ހަދަމުން ދަނިކޮށް ބަލިވެގެން މާލެ ގެންނަނިކޮށް ނިޔާވެފައި ވަނީ، ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު އެވެ.
ވިފާޤުގެ އާއިލާގެ މެމްބަރުންނާއި މިނިސްޓަރ އަޒްލީން ބައްދަލުކުރެއްވީ، އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔަ ވަގުތު އެ ހޮސްޕިޓަލަށް ވަޑައިގެންނެވެ.
މިނިސްޓަރ އަޒްލީންގެ އިތުރުން ފުލުހުންގެ ބައެއް އިސް ފަރާތްތަކުން ވަނީ ވިފާޤުގެ އާއިލާގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.
ވިފާޤުގެ ހަށިގަނޑު މާލެ ގެނައި ވަގުތު، ޑިފެންސް މިނިސްޓަރު އަދަމް ޝަރީފް އުމަރު އާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އިތުރުން ފުލުހުންގެ ބޭފުޅުން ވަނީ ތިން ނަމްބަރު ފާލަން ސަރަޙައްދަށް ވަޑައިގެންފައެވެ.
ތިޔަ ނިމުނީ ހުރިހާކަމެއް. ހޯމް މިނިސްޓަރ ބައްދަލުކުރެއްވީމަ ދެން ނުވާނެކަމެއް ނޯންނާނެ. އާ އެހެންޏަ. ނަމެއްގަ ހުންނަ މިނިސްޓަރެއް. ގައުމު އެގޮތްމިގޮތްވެގެން ދިޔައޮރު ހުރި މީހެއްކަމެއްވެސް ނޭނގުނު.
ހަމަ އެއްޗެކޭ ލިޔަން ކޮންމެވެސް އެއްޗއް ލިޔުނަކަސް އަދި ކަމަކުނުދާނެ!
ބައްދަލުކުރީކީ ނިޔާވި ފުލުސް މީހާ އަނބުރާ ގެންނާކަށް ނޫން! ނޫނީ މިނިސްޓަރުގެ މޮޅުކަންވެސް އަންގާކަށް ނޫން! އާއިލާއަށް ހަމްދަރުދީ ފޯރކޮށް ހިއްވަރުދޭން.
ބައްދަލުކުރިޔަސް ގޯސް.. ނުކުރިޔަސް ގޯސް. ރަނގަޅު ހަމަ އެއްގޮތެއްވެސް ނޯންނާނެ ދިވެހިންނަކަށް!
ކިތައްމެ މަތީ މީހަކު ބައްދަލުކުރިޔަސް ދެން އަނބުރާ ނާނާނެ.
ބަލަ ބައްދަލު ކުރީ އަނބުރާ ގެންނާކަށެއް ނޫން. އިހުތިރާމު އަދާކުރުމަށް.
ކޮމެންޓް ލިޔާއިރު ވިސްނާާލާ.......