އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމާއި ދެކޮޅުކަން، ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ހާމަކުރުމުން އެ ޕާޓީގެ އަސްލު ފެންނަ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީއެން އުވާލުމާ ދެކޮޅުކަން އެމްޑީޕީން ހާމަކުރުމާއި ގުޅޭ ޚަބަރެއްގެ ސްކްރީންޝޮޓެއް ޓްވީޓާގައި އާންމުކުރައްވަމުން އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނަށް ހަޖޫ ޖަހައި، ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކުރުމުންވެސް އެމްޑީއެން އުވާލުމާއި އެމްޑީޕީން ދެކޮޅު ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ކުރިން ވިދާޅުވަމުން އައީ އެހެން ވެގެން ކަމަށެވެ.
"މިއޮތީ އެމްޑީޕީގެ އަސްލު ފެންނަން. މިހެންވެގެން އަޅުގަނޑުމެން ބުނަނީ އެމްޑީޕީގެ ވެރިކަމެއްގައި މިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަސައްކަތްކުރާނެއޭ. އިސްލާމްދީނަށް ހަޖޫޖަހައި، ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރީމަވެސް އެމްޑީއެން އުވާލުމާ ދެކޮޅު. ނަމުން ސޯލިހު، ކަމުން ޖާހުލުކަން މިދަނީ ހާމަވަމުން،" އަދުރޭގެ ޓްވީޓުގައި ވެއެވެ.
Mi’othee MDP ge aslu fennan.mihen vegen alhugadu men bunanee MDP ge veri kamehgai miraajjeygai dheenee minivankan dhinumah masahkaiy kuraane’ey. Isalmdheenah hajoo jahaa Rasool(SAW)ah furahsaara kureemaves MDN uvaalumaa dhekolhu.namun solihu kamun jahilu kan midhanee haama vamun. pic.twitter.com/TLK3vMjgkc
— Abdul Raheem Abdulla (@Banafsaa) October 12, 2019
އެމްޑީއެން އުވާލުމަށް ނުކުރާކަން އެމްޑީޕީން ހާމަކޮށްފައި ވަނީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ޕާޓީން ބުނެފައި ވަނީ، "މި ޕާޓީއިން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭ" ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި އެމްޑީއެންގެ ނަން ސީދާ ބަޔާންކޮށްފައި ނުވީ ނަމަވެސް ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވަން ތަރުހީބު ނުދޭނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެޕާޓީން މިހެން ބުނި އިރު އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އެ ޖަމިއްޔާ ވަނީ ސަސްޕެންޑުކޮށްފައެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕާޓީއަކީ "މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް" ކަމަށެވެ.
މޑޕ އަކުން އެމްޑީއެން އުވައެއްނުލާނެ ރައްޔިތުންނަށް އެކަން އެނގޭ މޑޕ ބޮޑުމީހާއަކީ އެމްޑީއެންގެ ބޮޑުމީހާ
އެހެންވީމާ އުވާނުލާނެ މޑޕ ވެރިކަމަށް އައީވެސް އަދި
ވެރިކަން ދެމެހެއްޓޭނީވެސް ދީން ނައްތާލާނެކަމަށް ބުނެ
ބޭރުގެ އެކިއެކި ޖަމާއަތްތަކުން ހޯދާފައިސާއިން އެހެންވީމާ
އެފަރާތްތައް ނުރުހުންވާގޮތެއް މޑޕ އަކަށް ނުހެދޭނެ އެ ގާބިލްކަން މޑޕގެ ނެތް. އެމްޑީއެން ގެކުރިން އުވާލަން
ޖެހެނީ މޑޕ.
ޕޕމ، ޕއެންސީ ވެރިކަމުގެ ދަހިވެތި ކަމުގަ މިޤައުމުގަ ފިތުނަ ނުއުފައްދާ ތިބަި މިހުން ﷲ އައް ބިރުވެތި ނުވަނީތޯ އެވެ. އަދިވެސް އަދިވެސް ހުއްޓާނުލާ މިޤައުމު ހަލާކުވަމުންދާއިރު ސިޔާސީވިސްނުން އިސްކުރައްވައިގެން ތިދައްކަމުންދާވާހަކަތަކައް އަޅުގަޑުގެލޮލުން ކަރުނައާދެ
ށސޒަބަހޭ އަފުރޭ ތީ ނަމޫނަ މީހެއް ތިޔައަންނިކަންތައް ނިމްމާތި މިފަހަރު ވަރައްސަލާމް
މުސްލިމްގައުމެއްގައި މުސްލިމުންރުޅިއަރުވަން އިސްލާމީކަންކަމަށް ހަޖޫޖަހާނީ މުސްލިމުންކަމަށް
ނުބެލޭވޭތީ އެމްޑީއޭ ވީހާއަވަހަކަށް އުވާލަންވީ ނޫނީދެކޮޅުހަދާ ފަރާތުން އިސްލާމްދީން މިގައުމުން
ފުހެލުމަށް އިތުރުހިތްވަރެއްލިބިދާނެ މިހާފާޅުކޮށް އަސްލުފެންނަންހުރިއިރު މުސްލިމުންގެނަމުގައި
ތިއްބަވާބޭފުޅުން ވޯޓްދެއްވުމުގެކުރިން އަދިވެސްވިސްނާލައްވާ ހާމަވަމުންދާ ކަންކަމުން މިހާރު
އިތުރަށް ވިސްނާލުމަށްވެސް ތަނެއްނެތް
ދަރި އަކު ގެއިން ބޭރުކޮށްލާނަމަ ދެންތިބި ދަރިންނަށް އެކަންފެނޭތޯ ބަލާނެ ދޯ ؟އެމްޑީއެން އަކީ އެމްޑީޕީން އުފެއްދި ތަނަކަށް ނުވާނަމަ އެތަން އުވާލާނީތޯ އެމްޑީޕީން ފާސްކުރަން ވޯޓަށް އަހަން ޖެހޭނެތޯ ؟އެމްޑީއެން އަކީ އެމްޑިޕީން ހަރަދު ދީގެން ހިންގާ ތަނަކަށް ނުވާނަމަ އެތަން އުވާލާނީތޯ ބަލަން އެމްޑީޕީ ގެ ކައުންސިލަށް ނުވަތަ ގައުމީ މަޖިލީހަށް ހުށަހަޅަންޖެހޭނެތޯ ؟ މިއީ ވަރަށް ބަޮޑަށް ހިތުގާ އުފެދިގެން ދިޔަ ސުވާލުމާކްތަކެއް ؟