ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

ކުރިނބީގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އަފްރާހް އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ، އެރަށުގައި މިރޭ ކުރިޔަށްދާ އެމްޑީޕީގެ ރަސްމިއްޔާތެއްގައެވެ. ކުރިނބީ އެމްޑީ ޖަގަހައިގައި ކުރިޔަށްދާ އެ ރަސްމިއްޔާތުގައި އަފްރާހް ވަނީ އޭނާ ރަސްމީކޮށް އެމްޑީޕީ އާއި ގުޅިފައިވާކަން ހާމަކޮށްފައެވެ.

އަފްރާހަކީ ކުރިނބީ ކައުންސިލްގައި ތިންވަނަ ދައުރެއް އަދާކުރައްވަމުންދާ ބޭފުޅެކެވެ. އޭނާއަކީ އެ ރަށު ކައުންސިލްގެ ފުރަތަމަ ރައީސްވެސް މެއެވެ. އެންމެ ފުރަތަމަ އަފްރާހް ކުރިނބީ ކައުންސިލަށް ވާދަކޮށް ކާމިޔާބުކޮށްފައި ވަނީ، ޑީއާރުޕީ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އަދި ދެވަނަ ފަހަރާއި ތިންވަނަ ފަހަރު އަފްރާހް އެ ކައުންސިލަށް އިންތިޚާބުވެފައި ވަނީ އިދިކޮޅު ޕީޕީއެމް ޓިކެޓުގައެވެ.

އަފްރާހް އެމްޑީޕީއަށް ސޮއިކުރުމުން ކުރިނބީ ކައުންސިލްގެ ނައިބު ރައީސް ފިޔަވާ ދެން ތިއްބެވި ދެބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Juhaa

    ލާދީނީ ގްރޫޕަށް ވަނީދޯ؟

    31
    1
  2. ހައިރާން

    މިކަހަލަ ދަނޑިވަޅެއްގައި ތިކަހަލަ ކަމެއް ކުރާނީ ވަރަށް ވިޔާނުދާ މީހުން

    33
    2
  3. ނަޢީމު

    މައްސަލައެއް ނޫން! ޙާލަތާއި ނިޔަތް ދެނެވޮޑިގެންވާނީ ހުރިހާ ސިއްރާ ފައުޅު ދެނެވޮޑިގެންވާ އިލާހް!

    21
  4. ބޮލި މުލައް

    އަފުރާހުއަށް ވ ސަލާމް. އަންނަ ދައުރު ކައުންސިލަށްަ އައުމަށް ހަނދާން ނައްތާލާ.

    32
    1
  5. ކަހަނބު ވިތްޓޯ ޓޯ

    ބޮޑުގުޅަ ވިއްކަންއުޅެޭ ކުއްޖެއްތަ ކޮއިފުޅަށްވާ ސާބަސް

    25
    1
  6. ޙސސ

    ހިރިމަރަދޫ ކައުންސިލް އެންމެ ބެސްޓް??

  7. އާދަމް

    ރރލާދީނީ ޕާޓީއާގުޅުނީދޯ ކަލޯ ކޮބާ ލަދު ހަޔާތް

  8. ާބުމަރު

    ލާދީނީ ޕާޓީއަށް ސޮއިކޮށްފި

  9. މިއަދު

    އަފްރާހުގެ ދުވަސްތިދިޔައީ ދެން ކައުންސިލަށް ނުހޮވޭނެ ރާއްޖެއަށް އިސްލާމްދީން ނޫން ގޮތްތައް ފަތުރަންމިހާފާޅުކަންބޮޑުކޮށް އެޕާޓީއާއި އަފްރާޙް ތިގުޅުނު ގުޅުމުން ދޭހަވަނީ އެފަރާޙް އެކަމަށް ތާއިދު ކުރާމިންވަރު އެހެންކަމުން ދެން އަފްރާހް އަށްސަލާމް