ހަނގުރާމަ ހިނގަމުންދާ ގައުމުތަކުން ފެންނަ ފަދަ މަންޒަރުތަކެއް މާލެ އިން ފެނިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހިޔާލު ތަފާތުވުން ތަކާއެކު ވެސް އެންމެންނަށް އެކުގައި އުޅެވެން ޖެހޭނެ ކަމަށެވެ.

"ހިޔާލު ތަފާތު ވާނެ. ރަނގަޅު ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނީ، އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުންތަކާއި އެކުގައި އަޅުގަނޑުމެން އެންމެންނަށް އެކީގައި އުޅެވެން ޖެހޭނެ". ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހިޔާލު ތަފާތުވުން އުފެދި، އެކީގައި ނޫޅެވި، ހަމަނުޖެހުން އުފެދޭ ހިސާބަށް ދިއުން އެއީ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އަދި ވަރަށް ބުއްދިވެރިކަމާއި އެކީގައި، އަދި ވަރަށް ވިސްނުން ތެރިކަމާއި އެކީގައި ކަންކަން ނުގެންގޮސްފި ނަމަ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގައުމުތަކުގެ ދަރަޖައަށް މާލެ ވެއްްޓިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ތިބޭފުޅުން ޓީވީ އިން ތާ އަބަދު ފެންނަމުން ދާނެ ރީތިކޮށް ހުންނަ ގައުމުތައް، ދެން ފެންނަން ހުންނާނި ބަޑިވަޅުން ފުރިފައި ހުންނަ، ދެބައިކުޅައެއްބައި ވެއްޓިފައިވާ އިމާރާތްތައް، ގާތައް އެތައް މިތަނަށް އުކިފައި، ސަފުސަފަށް ނިކަމެތިން ސަހަރު ސަހަރަށް ސިޓީ ދޫކޮށް އެތަން މިތަނަށް ހިނގާތަން. މިކަހާލުގައި ކުޑަކުދިން މައިންބަފައިންގެ އުރުގައި ރޮމުން ދާތަން". ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ މަންޒަރު މާލެ އިން ނުފެނިދާނެ ކަމަށް އެއްގޮތަކަށްވެސް ހިތަށް އަރުވައިގެން ނުވާނެ ކަމަށެވެ.

"ވަރަށް ވިސްނުންތެރިކަމާއެކު ކަން ކަން ނުގެންގޮސްފިނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި ހަރާމުގެ އައްސޭރިއަށް ތި ކުދިންގެ ޖީލު ގޮސްދާނެހެން".ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖެ ސަލާމަތުގެ އައްސާރިއަކަށް ގެންގޮސް ދިނުމަކީ "އަޅުގަނޑު"މެންގެ ޒިންމާއެއް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަދައްކަން ފަށައިފިކަމަށާއި، ހިޔާލު ތަފާތުވުންތަކުގައިވެސް ހުރިހާ ކުދިން ގުޅެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހިޔާލު ތަފާތުވުން ބަލައިގަނެވޭ ނަމަ ހަނގުރާމަ ހިނގާ ގައުމުތަކުން ފެންނަ ފަދަ މަންޒަރުތަކެއް ފެނިދާނެ ކަމުގެ އިންޒާރު ނަޝީދު ދެެއްވާފައި މި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ.

އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު އެތައް ފަހަރަކު ވަނީ ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

96 ކޮމެންޓް

  1. މަގު

    ނަޝީދުގެ "ތަފާތު ޚިޔާލު" އެވެ ކިޔާފައިވަނީ ތަފާތު ދީނަށް

    235
    3
  2. ކަޅުބެ

    "........ ރަނގަޅު ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނީ، އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުންތަކާއި އެކުގައި އަޅުގަނޑުމެން އެންމެންނަށް އެކީގައި އުޅެވެން ޖެހޭނެ".އޭ!؟ އެހެންތަ؟ މުރުތައްދުވުމަކީ ޚިޔާލު ތަފާތުވުން ކަމަށްތަ ކަލޭ ތިބުނަނީ؟ ކަލޭ ކިޔަންއުޅޭ އެތި ރަނގަޅަށް ސާފުކޮށް ކިޔާބަލަ. ކޮބާ އެއުޅޭ. ޑރ. މިލަގަނޑު؟ މީނަ މިކިޔާ އެއްޗެއް ތަރުޖަމާ ކޮށްބަލަ ނިކަން

    336
    5
    • އައްޑޫސިޓީ

      ނަޝީދު ކިޔާއެއްޗެއް ތަރުޖަމާކުރެވޭ ވަރުގެ ޝޭޚަކަށް ހުންނާނީ ހަމައެކަނި ހުސަން ރަޝީދު އަހުމަދު. ދެމީހުން ކިޔެވީ އެއްފޮތެއްގެ ދެތަރުޖަމާއެއް.

      44
  3. ބޯބުރާންތި

    ތައުލީމީދާއިރާގެ ހަފްލާތަކަށް މީނަނުގެންދިއުމަށް އެންމެހާފަރާތްކަށް އިހްލާސްތެރި ކަމާއެކު ގޮވާލަން. ޅަދަރިން މީނާގެ ސުންޕާކަމުން ސަލާމަތް ކުރައްވާށި...އާމީން

    475
    10
    • ކިނބޫ

      ތައުލީމީ ދާއިރާގެ ޖަޑިބަކަށް ލާފަ އެހެރަ މީހާ ރީނދޫ ލިބާސް ނުބޭލިގެން އުޅޭއިރު މިކަލޭގެ ނޫން މީހަކު އޭނައަށް ކަމުދާނެ؟ ނުވާނެނު އެހެނެއް.

      83
      4
  4. ދޮގެއް؟

    މިމީހާ މި ދައްކާ ވާހަކައިން އާންމުންގެތެރޭ ވަރަށް ބޮޑަށް ބިރުވެރިކަން އެބައުފެދޭ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓުކަލޭގެ އަނެއްކާވެސް ހައްޔަރުކުރަންޖެހޭ. އެކަމަކު ނުކެރޭނެ. ވަކި މީހަކަށް ނުބަލާ ގާނޫނުގެ ހަމަހަމަކަން ކަށަވަރުކޮށް ދެވޭނެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން.

    93
    10
    • ހުވަދޫ ޑޮކް

      ވަރަށް ބޮޑުވެގެންވާ ތެދެއް ތިޔައީ !!! ޔާންޓެހަމަ މިކަމަށް ވަރަށް ކުޅަދާނައޭ ބުނެވޭނީ !! ﷲ ގެ އިރާދަ ކުރެއްވިއްޔާ އަދި ކުރީގެ ރައިސް ޔާމިން މި ގައުމުގެ ރައްޔިތުންގެ ވަލިއްޔުލް ޢަމްރަކަށް މިންވަަރު ކުރައްވާށި... އާމީން

      42
      5
  5. ދޮގެއް؟

    މިމީހާ މި ދައްކާ ވާހަކައިން އާންމުންގެތެރޭ ވަރަށް ބޮޑަށް ބިރުވެރިކަން އެބައުފެދޭ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓުކަލޭގެ އަނެއްކާވެސް ހައްޔަރުކުރަންޖެހޭ. އެކަމަކު ނުކެރޭނެ. ވަކި މީހަކަށް ނުބަލާ ގާނޫނުގެ ހަމަހަމަކަން ކަށަވަރުކޮށް ދެވޭނެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން

    62
    3
  6. ހުޅުރާއްޖެ

    ތިޔަ ކަން މިރާއްޖޭގައި ކުރިއްޔާ ކުރާނީ ކަލޭގެ އަމުރަށް. ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅުނީވެސް ކަލޭ. ކުރިންވެސް ކަލޭގެ އަމުރަށް މުޅި ރާއްޖޭގައި ހުޅުޖަހާފައި އޮތީ. އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެ.

    73
    2
  7. އެޖެންޑާ 19

    ދައުރު ހަމަނުވެ ވެރިކަން ވެއްޓުމުގެ ގިލަނުގަ މީނަ މިހިރީ ފިސާރި ހަސަދައެއް ދިވެހިންނަށް ލައިގެން. ލައްކަ ރަނގަޅު ލޮޓިއެއް ދީފަ ނޫނީ ހިތްދަތިކަމަށް ލުޔެއް ލިބޭފަދަ ހާލަތަކު ނޫން އޭތި އެހެރީ. ހޭއަރުވާލާނެ މިފަގަރު. ލާދީނީންނަށް ބާރުވެރިކަން ދިން ބަޔަކަށް އައްސަރިބަހާއި ސާބަސް.

    67
    1
  8. ބުރޯ

    އޭނަސީދު ބުނާނެ އެރިޕޯޓްލިއުނީ ތިމަންނަ އޭ

    54
    1
  9. މޮޔަސޮރު

    ކަލޭ އަނެއްކާ ހަމައިގަތަ ތިހުރީ

    59
    1
    • މަހުލޫފް

      ޢެ ނުހުންނާނެ ހަމައަކު

      20
  10. ކަލުސޮރ

    މީނާ ވަނީ ދުނިޔެއަށްޓަކައި އިސްލާމްދިީން ވިއްކާލާފައެވެ

    73
    1
  11. ހަސަންކޮއި

    ޚިޔާލުތަފާތުވުމޭނުކިޔާ ދީނީހިޔާލުތަފާތުވުމޭ
    ކިޔާބަލަ ވަރަށްސާފު ދީނަކީ އިސްލާންދީން ބާތިލުދީންތަކަށް ފަުރުސަތެއްނެތް

    65
    1
  12. ސަމި

    ހެވޭ މީހަކު އެއްޗެއް ބުންޏަސް ނުބުންޏަސް ފަސާދަ ކު ރުމަށްޓަކައި ކޮންމެވެސް އެެއްޗެއް ގޮވަމުން ދުވާނެ

    52
    1
  13. އޭނަ

    މީނަ މިކިޔަން އުޅޭ އެއްްޗަކީ އަހަރުމެންގެ "ރަނގަޅު" ގައި ހިފާ އިސްލާމްދީން ދިފާއު ކުރަން އަޑު އުފުލިއްޔާ ބޭރުގެ ގައުމުތަކުން އަހަރުމެންގެ ގައުމަށް ހަމަލާދީ ސުންނާފަތިކުރާނެއެވެ. އެއީ އަހަރުމެންގެ "ރަނގަޅަކީ" އެމީހުންގެ "ރަނގަޅަށް" ނުވާތީއެވެ ނަމަވެސް ހައްޤަކީ މަތިވެރި އިސްލާމްދީން. މީނަ އަށް ނޭނގޭތަ ހިމާޔަތް ދެއްވަނީ ﷲ ކަމެއް؟

    57
    1
  14. ސަމި

    އެކި މީހުން ރަނގަޅާ ނުބައި އެކިގޮތް ގޮތަށް ދެކުނަސް ޙައްޤުވާނީ ޙައްޤަށް ޙައްޤު އެއީ ބާޠިލެކޭ ނުކިޔޭނެ. ތިޔ އުޅެނީ އެހެން ވާހކަ އެއްދައްކަން ވެގެން ތީ އަހަރު މެންނަށް ނޭންގޭ ބައެއްނޫން

    43
    1
  15. ސުޢޫދު

    އެމްޑީޕީގެ ވެރިކަމައްގަ މުޅިންވެސް ދައްކާނީ މަސްތުވާތަކެތި ދީނީހަނގުރާމައެއް ކޯޓްތައް އިލްމުވެރިން ފުލުހުން ގައުމުދަރަނިވެ އިންޕުލޭޝަންމަތިވެ ރައްޔިތުން މަގުމައްޗައް ނިކުއްނަންދެން ތިބޭނީ ކޮއްމެވެސް ކުޅިވަރެއްކުޅެން

    39
    1
  16. ބޮށްޅަބެ

    ހެޔޮނުވާނެ ދިވެހި އެއްމެހާ މުސްލިމުން ހޭލާ މިކަލޭގެ ޖަހަމުން މިދާ ދަންތުރަ ތަކުން އަހަރެމެންގެ ތުއްތު ކުދިން ސަލާމަތް ކުރުމަށް އަތުކުރި އޮޅާލުމަށް އާދޭސް ދަންނަވަން.

    46
    1
  17. ޙޭއަރާ

    ޢާމިން

    22
    2
  18. ހަމަހަމަ

    މިއީ މިހާރު ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފަތުރާ އެންމެ ބޮޑު އެކަކު.

    44
    1
  19. ދިވެހިފަސްގަނޑު

    ދިވެހި ރާއްޖޭގެ ސަރުކާރަސާ ދިވެހި ފުލުހުންނައް ވަރަށް އަދަބުވެރިކަމާ އެކީ ގޮވާލަން ނަސީދު ހއްޔަރުކުރަން، ފާޅުގާ އެބުނަނީ ރާއްޖެއަށް އަރާ ހަނގުރާމަކޮއް މި ލޮބުވެތި ވަތަން އަޅުވެތިކުރަން،

    35
    1
  20. ބާބޫ

    ތީ ކަލޭޔާ ޒަޔޮނިސްޓް ނަސީމު ރާވާކަމެއް!

    37
    1
  21. ސައިކަލް މީހާަ

    ތިގޮލާ ތީ ތިކަހަލަ ޕޯޑިއަމަކަށް އަރުވަން ހެޔޮވެސްނުވާ މީހެއް. މޮޔައިން ބޯކާލައިގެން " ހިތްތަކުގެރައީސޭ، މޭތަކުގެރައީސޭ" ކިއުއްވައިގެން ގަސްދުގަ ތިކަހަލަ އަނގަތޅފަގޮސް ހިންދޫންނާ ޔަހޫދީންނަށް އޭގެ ރެކޯޑިން ފޮނުވީމަ އެތަންތަނުން ފަންޑުދެނީ. އެއީ ނޭގުމެއްގަ ނޫނީ އޮޅިގެން ދައްކާ ވާކައެއް ކަމަށް ހަދަނީ. މީ ހުޅަގުން މިކަހަލަ ކަންކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފަތިބޭ ދައްޖާލު ޖަމާއަތުގެ ލީޑަރު. ދިވެހިރައްޔިތުން ނިދިން ހޭލަން ވެއްޖެ. ދިވެހިރައްޔިތުންނަކީ ހެވާ، ނުބައި ވަކިކުރެވޭވަރުގެ ގާބިލްކަން ހުރި ބައެއް.

    38
    1
  22. ލޮލް

    ނަސީދުގެ ކިބައިން މިގައުމާއި ރައްޔިތުން ސަލާމަތް ކު ރައްވާށި. އާމީން

    48
    1
  23. ޢަލީ އަޙުމަދު

    މީނާ ޗީފުގެސްޓްއަކަށް ގެންދާ ގެންދިޔުން ކުށްވެރިކުރަނަ.

    38
    1
  24. އާމިނަ

    މިބޭފުޅާ މީ މިކަހަލަ ޖަލްސާތަކަށް ގެންދަން ހެޔޮވާވަރު ބޭފުޅެއްނޫން.
    މިބޭފުޅާގެ ރަނަގަޅުވާނީ މަގުމަތީ މުޒާހަރާ ކުރަންހުންނަވަން. މިޤައުމުގެ އަޖްތިމާއީ ފޭރާން ވީދާ މިޤައުމުގެ އަހެނުން މަގުމައްޗަށްނެރެ ލަދުޙަޔާތް ކަނޑުވާ ،ޑިމޮ ކުރެސީގެނަމުގައި ޣައިރު މުސްލިމު ޤައުމުތަކުގައި ހެން މިޙާލަތައް މިޤައުމު ގެންދިއުމުގެ ފިތުނައިގެ މޭސްތިރި. އާއިލާތައް ރޫޅާ ،ދެމަފިރިން ވަރިކޮށް ،މިތުރުން ހަތުރުންނަށް ހަދާ މައިންބަފައިންނާއި ދަރިންނާ ޖައްސާ އެންމެފަހުން ނުވިތާކަށް މޤައުމުން މާތްވެގެންވާ އިސްލާމްދީން ފޮހެލުވުމަށް ފާޑުފާޑުގެ ޖަމްޢިއްޔާ އުފައްދާ ހިތްވަރުދީ. އަދި އެކަން ފަޅާއެރީމަ ވެސް އެކި އަނގައިން ވާހަކަ ވިދާޅުވާ ބޭފުޅެއް. .މިބޭފުޅާގެ ކިބައިން މިދިވެހި ޤައުމު ސަލާމަތް ކުރަން ހުރިހާ ދިވެހިން އަތު ކުރި އޮޅަލަމާތޯ.؟

    34
    1
  25. ޙަރީބު

    ލާދީނީ މީހުންނަކަށް މިފަސްގަނޑުން ޖާގައެއް ނެތް. އެމީހުން ޑިޕޯޓްކުރޭ ޔޫކޭއަށް

    32
    1
  26. ހަސަންޑި

    ނަސީދު ބުންޏަސް ލާދީނީ މީހުނަށް އަކަ އިންޗިއެއް ވެސް މި މުސްލިމު ބިމުން ދޭކަށް މުސްލިމުން ނޭދޭ... އެޖެންޑާ 19ގެ ފިތުނަ ހާދަހާވާ ބޮޑޭ. ބަޖެޓު ހުސްވީ ކަމެއް ނުކުރޭ. ދީން ވިއްކާލީ އިންޑިޔާއަށް

    34
    1
  27. Anonymous

    ކޮބާ މައުމޫނާ ބުރުމާގާސިމް އަދި އިމްރާނާ އިލްޔާސާ އިޔާޒް ހަމަމިވަރުންވެސް ރަައްޔިތުން ބަލައްތިބެންވީބާ މިގައުމައް މިހާރުކުރިމަތިވަމުންދާ ހުރިހާނޭދެވޭކަމެއްގެ ޒިއްމާ ކަލޭމެންއުފުލައްޖެހޭނެ

    35
    1
  28. މޮޔަބެ

    ރ.ނަޝީދެވެ؛ ލާދީނެވެ ކިޔަނީ ތިކަހަލަ ވާހަކަ ދައްކާތީ ޚިޔާލް ތަފާތުވަނީ ދީނީ މަށްސަލަތަކުގައިކަމަށްވަނީ ނަމަ އެފަދަ ބަޔަކު ފަސޭހައިން އުޅެވޭ ޤައުމުތަކަށް ދިޔައީމަ ނިމުނީ. ދިވެހި ދީބުގައި އޮންނާނީ އިސްލާމްދީން...މިފަސްގަޑު އެހެންދީނަކަށް ފުރުސަތު ނުދެވޭނެ. 1971 އިން ފެށިގެން ޓުއަރިސްޓުން ރާއްޖެ އާދޭ ކޮންމަށްސަލައެއްތޯ އޮތީ. ނަޝީދު އިއްޔެއޮތީ ޖަލުގަ؛ މިހާރު ހަށިފޮޅާލެވިގެން ތިހުރީ ރައްޔިތުން ދެއްވި އިއްޒަތެއްގަ. ބާރުފެށޭނީ ރައްޔިތުންގެ ކިބައިން؛ ކީއްވެތަ ދީނާއި ކުޅެން ތިއުޅުއްވަނީ... ބޯއެއްޗެއް ބޮއެ ކުރިންވެސް އެފަދަ މީހުންތިބިގޮތަށްތިބޭ.. ހީނުކުރޭ؛ އެހެންދީންތަކަށް ފުރުސަތެއްލިބިދާނެކަމަށް؛ އެއީ ވަރަށް ނުވިސްނޭ ޚިޔާލެއް. ދީނަށް ނަސްރު ދެއްވާ... ލާދީނަށް ނޫނެކޭ ވިދާޅުވޭ... ދިވެހި ޒުވާނުންގެ ލޭ ނުކައްކާ....

    33
    1
  29. ރޯނުއެދުރު

    މީނާއަށް މިކަހަލަ ތަންތާ ވާހަކަ ދައްކަން ފުރުސަތު ދޭނީވެސް މިޤައުމު ހަލާކާދިމާލަށް ގެންދަން ބޭނުންވާ މީހުން ކަމުގައި ދެކެމެވެ.

    41
    1
  30. ހަބީބު

    މާތް ﷲ ނަޝީދު އަދި ނަޝީދުގެ އަހުލުވެރިންނަށް ތެދުމަގު ދައްކަވާންދޭވް! ނަޝީދު ދަނީ ވަރަށް ނުރައްކާތެރި ވާހަކަ ތަކެއް ތެދު ވާހަކަ ތަކަކުން ގިރިޓީކޮށްގެން ދައްކަމުން. އީރާގް އަދި ސީރިޔާގައި ހިނގާ ހަގުރާމައަކީ ނަޝީދުއަށް ފަންޑުކުރާ ވިލާތުގެ މަހުޖަނުންގެ ފައިސާ އާއި ގުޅޭ ބޮޑު ޕުރޮޖެކްޓެއް! ވިސްނަަވާ

    29
    1
  31. ބިންގޯ

    ކިހާދެރަކަމެއް މީނަގެ ނަސޭހަތް އަޑުއަހަން ދަރިން ނުފޮނުބަލަ

    35
    1
  32. ށަނޫން

    މިބުރާނޗ ދައްކާ ވާހަކަ އަށް ސަމާލު ކަން ނުދޭންވީ
    މީ ބޭކާރު މީހެއް.

    31
    1
  33. މުހުއްމާ:

    އަބަދުވެސް އެމްޑީޕީގެ ވިސްނުން ހުއްނާނީ އިސް
    ލާމް ދީނާދުރުގަ.(ސެކިއުލާވީސްނުން) ހައިރާން
    ޥާންޖެހޭ ކަމެއްނުން. ތިބާގަނޑަކީ މުސްލިމް ގައު
    މަކައް އުފަންވިޔަސް.........؟
    ނިދީން ހޭލާތިބި މީހުން ވަރައް ވިސްނާ ފިކުރު
    ކުރަން އެބަޖެހޭ. ކަންކަން ނިއްމުމުގަ ކުރިމަގުގަ
    ރައިޔަތުން ސިކުނޑީގެ ބޭނުން ހެޔޮގޮތުގަ ހިފާތި
    ޥަރައް ސަލާމް.!!!!!!!!!.

    27
    1
  34. ކިޔުންތެރިޔާ

    ﷲ ގެ އިރާދަފުޅުން ކަލެއާއި ކަލެއަށް ތާއީދުކުރާ ބައިގަނޑާއި، ކަލެއަށް ފަންޑުކުރާ ފާދިރީންނާއި، ކަލޭގެ ތަފާތު ވިސްނުމުގެ މިތުރުންނާއި، ކަލެއަށް ބައިއަތުހިފައިގެން މި ދިވެހި ގައުމު މި ދަރަޖައަށް ވައްޓާލި ޤައްދާރުން ބޮޑު ބައްޔަކުން ބަލިވެ، ނުކުޅެދޭ ބައެއްކަމުގައި ލައްވައިފާނދޭވެ. މި ނުބައި ޝައިތާނުންގެ އަނގައިގައި ކަސްތޮޅު އަޅުއްވައިފާނދޭވެ.
    މި ގައުމުގައި ވޭތުވެދިޔަ 5 އަހަރުވެސް ވެރިކަމެއް ކޮށްފަ މީހަކު ފައިބައިގެން ގޮސްފި. ތި ހުރިހާ ކަމަކާއި ނުބެހޭ. މުޅިންވެސް ރައްޔިތުންނާއި ގުޅުންހުރި ތަރައްގީގެ ޕްރޮޖެކްޓުތައް ގެނެސްދީ ދީން ދީނުގެ ގޮތުގަ ބާއްވާފައޮތީ. މިހާރު މި ބީތާއިން އައިފަހުން ތަރައްގީ ކީއްކުރަން، ދެއްވި އެންމެ ބޮޑު ނިއުމަތްވެސް ނިގުޅައިގަންނަން މިއުޅެނީ! ބަލާވެރިކަމާ ކޯފާއެއްވެސް މިވަރު ނުވާނެ. ލާހިކެއްނޫން ކެނެރީގޭ ނަޝީދު ބޭނުންހާ ގޮތެއް މި ދިވެހި ގައުމަށް ހަދައިގަންނަން. ޖާނާއި މާލުން ގުރުބާންވާންވެސް މި ދިވެހީން ތައްޔާރު. ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން މި ޝައިތާނުގެ އާރާއި ބާރު ވަރަށް އަވަހަށް ނެތިވެގެންދާނެ! އެދުވަހަކީ ދިވެހިންނަށް ހަގީގީ މިނިވަންކަން ލިބޭނެ ދުވަސް. އެދުވަސް އަދި އަންނާނެ. އެދުވަސް އަދި ގެންނާނަން! އިންޝާ ﷲ.

    35
    1
  35. ޜީނދޫ

    boDu މޮޔަ އެއް

    19
    1
  36. އާން

    ކާފަރު ގައުމުތަކުން ފެންނަފަދަ ކާިރުކަމެއް ރާއްޖޭން ފެނޖދާނެތީ އެކަކުވެސް ނޫޅޭ

    16
    1
  37. ޢަބްދުއްލަޠީފު

    ސަލާމަތުގެ އައްސޭރިއަކީ %100 މުސްލިމް މިގައުމުގެ ނަމުގެ ކުރިންކަޑުވާލުން. ދެން ސެކިއުލަރ ދައުލަތެއް މިތާގަ އުފެދިގެން ދިއުން. ނޫނީ ޖެހޭނީ ހަނގުރާމަ އާ ކުރިމަތިލުން. މިއީނު ތިޔަބޭނުން ވެގެން އުޅޭކަމަކީ

    27
    1
  38. ފެންހިންދާ

    ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ޖާގައެއް ނުދެވޭނެ.
    ވަރަށް ސާބިތު.

    29
    1
  39. މެލޮޑީ

    މުރުތައްދު ކަލޭގެ މިގައުމުން ބޭރުކުރޭ. މިތަނަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ ޣައިރުދީނެއް ވިއްކަން ޕްރޮމޯޓް ކޮށް މަގު ފުރައްދަން އުޅޭ ރަތްލާޖެހި އިބިލީހެއް. ސަލްމާން ރުސްދީ މިގައުމުން ފައްސާލާ ބޭރު ކުރަން އެބަޖެހޭ. މިކަމަށްް އެންމެ ބޮޑު ތަކުރުފާނަކުން ނުވަންޏާ ބޮޑު ތަކުރުފާނުންގެ ބޮޑު ލަޝްކަރެއް ނިކުމެވެސް މިކަން ކުރަން މިހާރު ޖެހިއްްޖެ

    27
    1
  40. ޟމ

    މީ މިޤައުމަށް އިންސާނެއްގެ ސިފައިގައި އައިސްހުރި ޝައިތާނެއް

    30
    1
  41. ސަބަބު

    އިންސާނުންގެ ސިކުޑި މަސައްކަތް ކުރަނީ ދިރި އުޅޭނެ މަގު ފަހިވާ ގޮތަށް. ދިރި އުޅުމަށް ފުރަތަމަ ބޭނުންވަނީ އާމްދަނީ އެއް ހޯދަން. ކުރީ ޒަމާނުގާ އާމްދަނީ އިތުރު ކުރަނީ ހަނގުރާމަ ކޮށް ތަފާތު ގައުމުތަކުގެ މުއަސަދިކަން އެކިގޮތަށް ބޭނުން ކޮށްގެން. މިކަން ކުރަނީ އޮގަނައިޒް ކޮށްގެން އުޅޭ ޖަމާއަތަކުން. އެ ޖަމާއަތް އައީ ކުރިއަރަމުން އައިސް މިހާރު ކިޔަނީ ރައްޔަތުން ހޮވާ ސަރުކާރެކޭ.ހުރިހާ ނުބާކަމެއްވެސް އަދި ރަނގަޅު ކަމެއްގެ ސަބަބަކީ މި ޖަމާއަތް. ޖަޒީރާގެ މީހުންވެސް މި އުސޫލަކާ ތަފާތު ނުވާނެ. މަސްއަލަކީ މިހާރު އެއްވެސް ބައެއް ހަނގުރާމަ ކޮށްގެން އެހެން ގައުމުތަކުން މުއްސަދިކަން ހޯދަން ނޫޅޭ. ތަނަވަސްކަން ހޯދުމަށް ދެން މިޖެހެނީ އަމިއްލަ ތަނުގާ ތިބެގެން އެކި ގޮތް ގޮތަށް ހަގުރާމަ ކުރަން. ވިޔަފާރި ހަނގުރާމަ ކޮށް މުއްސަދިވާ މީހުންނަކީ އެންމެ ބާރުގަދަ މީހުން. ދެން މިތިބެނީ ވިޔާފާރި ނެތް މީހުން އެމީހުން އަމިއްލަ އަށް ތަޅާ ފޮޅޭނެ. އެއީ ފިތްރަތީ ގޮތުން ހިނގާނެ ކަމެއް. އައްނި ބެ މާ މޮޅު މީހަކަށް ވެގެން ކިތަންމެ ވަރަކަށް ތެޅުނަސް ދައުލަތެއް ހަދައިގެންނޭ ކިޔާފާ ތަނަށް ލިބޭހާ ފައިސާއެއް ތިޖަމާއަތަށް ޚަރަދު ކުރީމާ ހުރިހާ ކަމެއް ނިމުނީކަމަށް ހީކުށްގެން މޮޔަ ވިައަސް ވާނެ ކަމެއް ނެތް

    21
    1
  42. ހުވަދޫ

    ވަރަށް ސާފުކޮށް އެބުނަނީ ދީނީ މިނިވަންކަން ހޯދަން އެކުރާ މަސަތްކަތަށް ހުރަސް އަޅަންޏާ މިގައުމުގަ ހަމަނުޖެހުން ހިންގާނަމޭ. މީ ކުރީބައިގަ ދިން އިންޒާރެއް. ޓެރަރިޒަމްގެ ގާނުނުގެ ދަށުން މިކަލޭގެ ހައްޔަރު ކުރަން ޖެހޭ.

    31
    2
  43. ވގުތު

    ކަލޭމެން މަށަށް ހީވަނީ ނަޝީދުދެކެ ހިތާވެއްޖެހެން

    5
    30
  44. އައްޑޫ މީހާ

    ހިޔާލު ތަފާތުވުމޭ ތިބުނަނީ މިގައުމުގަ އެކިއެކި ދީންތަކަށްވެސް އުޅެން ފުރުސަތު ދީގެން އުޅެވެން ޖެހޭނެއޭތަ؟ ނުސީދާކޮށް ތިދައްކަނީ އެވާހަކަ ތިޔަހެން ސްކޫލްތަކަށް ގޮސް ދަރިވަރުން ބޮލަށް ސަވާރުވާން އިބިލިސް މިހާރު ތިޔައުޅެނީ، މިގައުމުގެ ރައްޔިތަކަށްވުމުގެ ފުރަތަމަ އަސާސަކީ މުސްލިމަކަށްވުން ގާނޫނު ހަދާ މަޖްލިހުގައި ހުރެގެން އެވަރު ނޭގޭކަމީ 24 ގަޑި އިރު ހަމައިގައި ނުހުންނަ ކަމުގެ ހެއްކެއް މިގައުމުގައި މިއުޅެނީ ހިޔާލު ތަފާތު ވެގެނެއްނޫން މިއުޅެނީ މިގައުމުގެ އެންމެ ފުރަތަމަ އަސާސް ކަމުގައިވާ އިސްލާމް ދީނާ ކުޅެން ފެށީމަ އެކަމާ ކަންބޮޑުވެގެން ހިޔާލު ތަފާތު ވުމާއި މިކަމާ މިއީ މުޅިން ދެކަމެއް އެހާ ސިމްޕަލްކޮސް ތިހެން ބުނެލުމަކުން ނިމެންއޮތް ކަމެއްނޫން ދަރިވަރުންނަށް އެހެން ވިސްނައިދޭން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން މިގައުމުގައި ހަގުރާމަވެރި އަމަލު ނުހިންގާތީ އެކަންވެސް ކުރުވާފަ މުޅި ދުނިޔެއަށް މިއީ ޓެރެރިސްޓް ޖަމާއަތްތައް އުޅޭ ތަނެކޭ ކިޔާފަ ދައްކަންވެގެން މިކަލޭގެ ރޭވުމަކީ މިކަލޭގެ ހައްޔަރުކޮށްފަ ޖަލަށްލާން އެބަޖެހޭ މިގައުމުގެ ޓްއަރިޒަމް ހަލާކު ކުރަން ކުރާ މަސައްކަތެއް މީނަނޫން އެހެން މީހަކު މިގައުމުގެ ރައީސަކަށް ހުރެއްޖެއިޔާމު މިމުސީބާތް ޖެހޭނެ މިގައުމުގެ ހަލާކު

    26
    1
  45. ދެއުޅި

    އާނ މިކަލޭގެމިބުނާހެން މިޤައުމުން އެމަންޒަރު ފެނުމަކީދުރުކަމެއްނޫން އެކަންއެމަގައްކުރަންއެހެރީ ދެފައިވިއްދާފަ

    20
  46. ބޯގޯސް

    ހަނގުރާމައަށް ހިއްވަރު ލިބޭފަދަ ވާހަކަ މީނަ މިދައްކަނީ ސްކޫލުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުން ގާތު! ކޮންބައެއްބާ ހައްދުފަހަނަ އަޅާފަތިބީ! މިފަދަ ހަފްލާތަކުން މީނައަށް ވާހަކަދެއްކުމަށް ފުރުސަތުދޭން ހެޔޮވެސް ނުވާނެ.

    31
    1
  47. ޚ

    މީނާ އަށް އެޅޭނެ ފިޔަވަޅެއް މި ދައްކާ ވާހަކަ ތަކުން ނުވޭ ބާ؟ ދެން ކޮންކަހަލަ ވާހަކައެއްބާ މިވަނީ ފިޔަވަޅު އެޅޭކަހަލަ ވާހަކަ އަކީ މީގެ ތަފްޞީލްވެސް އެބަ ބޭނުންވޭ.

    24
    1
  48. މމ

    އޭ މިހިރަ ބުނާންޏާ މި ޤައުމު ހަލާކު ކުރާ ބަޔަކީ ތިޔަ ބައިގަނޑު

    25
    1
  49. ރަހުމާ

    ޚިޔާލުތަފާތު ވާންޖެހޭނީ ދީނުންބޭރު ނުވާގޮތައް. އިސްލާމް ދީނަކީ ޚިޔާލެއްނޫން. އެއީހައްގު. ޣައިރު މުސްލިމުން މިގައުމައް އަންނަތާ އެތަކެއް ޒަމާނެއްވެއްޖެ. އެމީހުންނާި ޚިޔާލުތަފާތުވެގެން އަރައިރުންވާތަނެއް ނުފެންނާނެ. އެކަމަކު ދިވެހީންގެ ތެރެއިން ބަޔަކު މުރުތައްދުވެ ދީނައް ފުރައްސާރަކުރުމަކީ އަދި ޚިޔާލުތަފާތުވުމެއް ނޫން. އެއީ މުރުތައްދުވުން. މުރުތައްދުންނަކި އިސްލާމް ދީނުގައި ކުއްވެރީންތަކެއް އަދި އަދަބުކަނޑައެޅިފައިވާ ނުބައިބަޔެއް. އެމީހުންނައަ ހައްގު ފިޔަވަޅުނާޅައިފިނަމަ މުޖުތަމައުއައް އެތަކެއް ގެއްލުން ކުރިމަތިކުރުވާނެ ބަޔެއް. މިހާރު ރާއްޖެއިން މި ފެންނަނީ މުރުތައްދުންނައަ ފިޔަފަޅުނޭޅުމުގެ ސަބަބުން މުޖުތަމައުއައް ގެއްލުން ލިބޭ މަންޒަރު.

    23
    1
  50. އަލިފް

    ކަލޭގެ ސަބަބުން މިހެން މިވީ ގައުމަށް.....އޮލުވާނުލާ........އޮގަސްޓް 12..13 ގެ ސަބަބުން...މީ އަސްލު ފެށުން.....ވާގަނޑުގެ ކޮޅު...........

    23
    1
  51. ރަޒްލީން

    ދިވެހި ފުލުހުންނާއި ސިފައިން އެބަޖެހޭ ރާއަޖޭގައި ދައުރުވަމުން އަންނަ ލާދީނީ މި އޮއިވަރު ހުއްޓުވައި ނައްތާލަން. ސިފައިންނަކީ ދީން ހިމާޔަތް ކުރަން ހުވާކޮއްގެން ތިބޭބަޔެއް.

    29
    1
  52. ސީނު

    ކުޑަކުދިންގެ ހަފަލާތަކަށް މީނަގެންދަނީ ވަރަށްމަކަރުވެރި ހީލަތްތެރި އެޖެންޑާއެއްގެ ދަށުން. ޅަސިކުނޑިތަކަށް ނުބައިވަސްވާސްދޭ ޝައިތާނުންނާ ދުރުކުރަން ސްކޫލްތަކުން ދުރާލާ ވިސްނަން ޖެހޭ...

    25
    1
  53. އަހުމަދު

    ޙިތުގެ ރައީސް ދޯ. ކޮސް ގޮވުން ނޫންކަމެއް ނުކު ރޭ. ދިފާއު މިކު ރަނީ ކޮންބައެއް. ؟؟؟؟

    25
    1
  54. އަންތަރީސް

    އެކަންކުރުވާނީވެސްހަމަ ތިމީހާ. ޑިމޮކްރަސީކިޔާގެން ދޮންމީހުން މުސްލިމްގައުމުތަކުގަތިބި މޮޔައިންލައްވާކުރާކަމަކީތީ. ރަގަޅައްވިސްނަ ބަލަ. އެބަޔަކުލޯބިކުރާފަރާތަކާދިމާ އެއްޗިގޮވީމާ ދެންވާނެގޮތަހަމަރަގަޅައް އެގޭނެ. ކަލޭމިގައުމައް އައިއްސިއްޔާ އަބަދުވެސް މީމިގައުމުގެހާލު

    18
    1
  55. އަހުމަދު

    ސްކޫލް ތަކުގެ އިނާމު ދިނުމުގެ ހަފުލާ އަށް މީނަ މިގެންދަނީ މިއީ މާ ތައުލީމީ މީހަކަށް ވެގެންތަ ރާއްޖޭގައި އެބަތިބި އިއްޒަތްތެރިން ކުރިން އެޑިއުކޭޝަން މިނިސްޓަރުކަން ކުރި ބޭފުޅުންވެސް އަދި ހަރުދަނާ ރަނގަޅު ނަސޭހަތެއް ދެވޭ ވަރުގެ މީހުންވެސް ހަމަ ކޮންމެ އިސްކޫލަކަށް މީނާ ކިހާ ދެރަކަމެއް މީ.... ކޮސްގޮވާ ކަމާއި ނުގުޅޭ ވާހަކަ ދައްކަން މީނާ ވަރުގެ ލާދީނީ މީހަކު އަހުމަދިއްޔާ ކަހަލަ އިސްކޫލެއް

    25
    1
  56. ބޮލި މުލައް

    މިކަންކަން ދިވެހި ފުލުހުން ތަޙުޤީޤުނުކޮށްތިއްބާ ދިވެހި ސިފައިން ހުށަހެޅޭނީ ހަނގުރާމައިގެ އަސީރުންނަށް. އާދޭސްކޮށްފަ ބުނަން މިކަލޭގެ މިދައްކާ ވާހަކަތައް ތަޙުޤީޤުކުރޭ.

    23
    1
  57. މަރިޔަމް

    ބަލަ މީހެރެފެންނަ ޤަމާރާ އެންމެންގެވެސް ހިޔާލު ތަފާތުވާނޭކަމަށް އަހަރެންވެސް އެއްބަސްވަން އަދި ތިމާގެ ހިޔާލު އެހެންމީހުންނަށް ފާޅުކުރުންވެސް ގޯހެކޭނުބުނަން އެކަމަކު ތި އެމްޑީއެންއެއްގެ މީހުން އިސްލާމްދީނާ އަހަރެމެންގެ ރަސޫލާއަށް ފުރައްސާރަ އެކުރީ އެއީ ހަމައެކަނި ކުށެއްނޫން ބޮޑުވެގެންވާ ފާފައެއް.މާދަން ކަލޭގެ ދަރިޔަކާ ދިމާއަށް މީހަކު ހިތަށް އެރިހާއެއްޗެއްކިޔާ އައުޤުރާނަ ގޮވައިފިއްޔާ ކަލޭ މަޑުން ހުންނާނަންތަ؟ނުހުރެވޭނެއެއްނު.ހަމަ އެގޮތަށް އަހަރެމެންނަށްވެސް ނުތިބެވޭނެ ކަލޭމެން އަހަރެމެންގެ ދީނާއި އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ފުރައްސާރަކުރާތަން ބަލާކަށް.

    19
    1
  58. ޒީ

    މިޖަރީމާޔާވެ ނެތޭ ދުނިޔެ އުޅެވެން!
    ޤައުމައް ކުރިއެރުމެއް ފެންނަން ނެތް!
    އިތުރަށް ރައްޔިތުން ރުޅިއަރުވަންތަ ތިއުޅެނީ!

    24
    1
  59. މުހައްމާ

    މިތަނުގަ އެކަންއަށަގަންނުވަން ޔަހޫދީ ފޮނުވާފަ ހު ރި އެޖެންޓަކީ ތިއީ ކަމަށް އިމުރ ރާންބުނޭ ނޫތޯ ؟ އޭ ރުވެސް މިހާ ރުވެސް އަޅުގަޑުމެންނަށް އެގޭ އެކަމް އިމު ރާނަކަށް މިހާ ރަކުނޭގޭ . ..

    19
    1
  60. Anonymous

    މި އިނބިލީސް ބޭނުންވަނީ މިގައުމައް ލާދީނިއްޔަތުގެނަން ވެގެން މީސްތަކުންގެ ފިކުރާއި މި މިކުޅެނީ ހިތުން މޮޅުމީހަކައް ވެގެން.

    17
  61. ވަގުކަލޭގެ

    ހަނގުރާމަ ހިންގަނީ މުސްލިމުން އެކަނިތަ ދޮޅުބރޯނާ. ޖަޕާނަށް ބޮން އެޅީ ކޮން ބައެއް. ވިއެޓްނާމަށް ހަމަލާދީ އެތައް މިލިއަން މީހުން މެރީ ކޮންބައެއް. އޮޅުވާލަން ނޫޅޭ. ދީނަކީ އިސްލާމްދީން. އެއެއް ބަދަލެއް ނުކުރެވޭނެ އެކޮޅުކޮޅުން ޖެހުނަސް. ދީނެއް ނޫން މައްސަލައަކީ. މައްސަލައަކީ ހެނދުނު ނާސްތާ ނުލިބޭތީ

    12
  62. މަރިޔަމް

    ބަލަ މިރެރެފެންނަ ޤަމާރާ އެންމެނަގެވެސް ހިޔާލު ތަފާތުވާނޭކަން އަހަރެމެންވެސް ދަންނަން.އެކަމަކު އެހެނޭ ކިޔާފަ އިސްލާމްދީނާއި އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ފުރައްސާރަކުރުމުގެ އެއްވެސް ހައްޤެއް އެއްވެސް މީހަކަށް ނުވޭ.މާދަން ކަލޭގެ ދަރިޔަކާ ދިމާލަށް މީހަކު އައުޤުރާނަ ގޮވާފިއްޔާ ކަލޭ ބުނާނީ ހަމަތިހެންތަ؟ނަޝީދެއް މައުމޫނެއް ޔާމީނެއް ނޫނީ ތި ޝަހިންދާއެއް އަހަރެމެންނަކަށް ނޯންނާނެ އަހަރެމެންނަށް އިސްލާމްދީން މާބޮޑަށްވެސް މުހިންމު.ރާއްޖޭގެ ރައްޔިތުން ހޭއަރާބަލަދެން މިސިޔާސީ މީހުންތަށް މިހާރު ދީނާ އެކުޅެނީ.އެކަމާ ދެކޮޅަށް ނުކުމެބަލަ.މިލާދީނީ މީހުންނަށް އަހަރެމެންގެ ދީނާ ނުކުޅެވޭނެކަން އަންގަންވީ ވަގުތު އައިސް ޖެހިއްޖެ.މަގޭ ރައީސްއޭ މަގޭޕާޓީއޭ ކިޔަން ގޭގާނުތިބެ އަހަރެމެންގެ އިސްލާމްދީނޭ އަހަރެމެން ލޮބުވެތި ރަސޫލާއޭ ކިޔަމުން ނުކުމެމިމީހުން ސައިޒަށް ތިރިކުރަންވީ ވަގުތުމީ.ދިވެހި ރައްޔިތުންނޭ މީ މާތްﷲގެ އަޅެއްގެ އާދޭހެއް

    12
  63. ދީދީ

    ތިޔަށްވުރެ މާނުބައި ގޯސް މަންޒަރާއި އަޑު ރާއްޖެއިން ފެނިއިވިއްޖެ، ދީނަށް އެތަށް ފުރައްސާރައެއް ކުރި އެކަކުތިއީ، އަހަރުމެން ނޫޅެން މަރަށް ބިރަކުން އަބަދުވެސް މިތިބެނީ އާޚިރަތަށް ދިއުމަށް ތައްޔާރަށް

    14
  64. މޮޔަ

    އެއްކަލަ ތަންދޮރު ނުދަންނަ މޮޔަ ކަލޭގެ މޮޅު ވާހަކަ ދައްކަން ފެށީ
    އެ އޮޅީ އެމް.ޑީ.އެން ގެ ކަންތައް ހާޑް ވެފަ އޮތީމަ މަތިއަޅުވަން

  65. ނަޖީ

    އަންނި ކަލޭ ނަސޭ ހައްތެރި ވާންވީ ޔަހޫދީންނައް އަހަރުމެން ކަލޭގެ ނަސޭހަތެ ގަބޫލެނުކުރާނަންކަލެއަކީ މުސްލިމުންގެ ތެރެއިން ވާމީހެކަމަކައް އަހަރުމެން ގަބޫލެނުކުރަން

    11
  66. ހުވަދޫ ޑޮކް

    ރައްޔިތުންނޭވެ ނިކަން ވިސްނުންތެރިކަމާއި އެކު ހުށިޔާރުވެ ތިބެމާ !! މިދަނީ ވަރަށް ނުރައްކާ ހާލަތަކަށް މިގަޢުމުގެ ކަންތައްތައް!! މި ނަޝީދުގެ ވެރިކަމުގައި ކޮންމެ ހުކުރު ދުވަހެއްގައި ގަޢުމާއި މުޚާތަބްކޮށް ވާހަކަ ދައްކަމުން ބަޕްލިކަށް މެސެޖް ދެމުން ރައްޔިތުން އެމެސެޖްތަކަށް ރިއެކްޓް ކުރާގޮތް ބަލަމުން ދިޔައީ !! މި ހާރު މި އޮތީ ޢަމަލީ ގޮތުން ކަންތައްތައް ގެންނަން ފަށާފައި !! ޚަބަރެއްގައި ބުނެފި " ޚިޔާލު ތަފާތުވުންތަކާއި އެކު ނުއުޅެވޭނެނަމަ... " މީގެމާނަ ވަރަށް ފުން އަދި އެހާ ސީރިއަސްމެއެވެ. މި ވެރިން ދައްކާނެ ވާހަކައެއް ދައްކަން ފުރުޞަތުދީގެން ކީހާ ދުވަހަކަށްބާ އަހަރެމެން މިހެން ތިބެންވީ !! ސަމާލުވެލައްވާ !! މި ގަޢުމާއި އިސްލާމްދީނުގެ ހަލާރަތު ނަގާ ދެމެހެއްޓުމަށް ފަރުދީ ޒިންމާ އަދާކުރުއްވުމަށް ވިސްނަވާ !! ކީރިތި ވަންތަ ﷲ އަޅަމެންގެ ހިތްތަކުގައި އިސްލާމް ދީނުގެ ޢަޤީދާ ވަރުގަދަ ކުރައްވައި، އިބަ ﷲ އަށް ބިރުވެތިވާ ބައެއްކަމުގައި ތާއަބަދުމެ ލައްވާށިއެވެ!! ﷲ އަޅުގަނޑުމެންގެ ޤަޢުމަށް ރައްކާތެރިކަމާއި އަންމަން އަމާންކަން ތާއަބަދަށް ލައްވާށިއެވެ.

    14
  67. އެދުރުކަލޭގެ

    ގަބޫލުކުރިއަސް ނުކުރިއަސް ތެދުވާހަކައެއް. ތާޢީދު ނުކުރާމީހަކަށް ވާތީ މިހާރު މިވާހަކައަށް އަޅާނުލިއަސް އެހާހިސާބައްދިއުމުން ދެރަނުވާނެ މީހަކު ނުހުންނާނެ. މީނަ ދައްކާ ވާހަކަ ތަކަށް ތާޢިދު ނުކުރެވުނު ނަމަވެސް މިފަދަ ލާފާކުރުންތައް ވަރަށް ބޮޑަށް ދިމާވޭ. 2000ގެ ކުރީކޮޅުގައި މީނަ ދިވެހިރާއްޖެ ކުރަހައިދިން ގޮތައް މިހާރު މިއޮތީ.

    4
    10
  68. ފަރޭ

    އަޅެ މި ހުރިހާ ރަސްމިއްޔާތައް އިބޫ އައް ދައުވަތު ނުލިބެނީ ކީވެގެންބާ؟؟ މަޖިލިސް ރައީސް ތަ ދާން ޖެހެނީ؟ މިހާރުއް ސުރެއް ބަރުލަމާނީ ނިޒާމް އަމިއްމަ އަމިއްލައަށް އުފައްދައިގެން ކުރިއަށް ގެންދަނީ ދޯ. ގިނަ ދިވެހިންގެ ބޯގަޅި ކަމުން އެކަން ނޭންގޭތީވެ

    12
  69. ތަފާގަނޑޫ

    ބުރަދާރ ނަޝީދޫ. ތަފާތު ޙިޔާލު ފާޅުކޮށްގެން މައްސަލައެއްޖެހިގެންނެއް ނޫޅެއޭ. ނަމަވެސް ޙިޔާލޭ ފާޅޭ ކިޔާފަ މީސްމީހުން އެންމެލޯބިވާ މީހުންނާ ފަރާތްތަކާ ޖައްސާލާ، ފޮށެންހެދީމަ މައްސަލަޖެހޭނެ ދޯ! މިވަރު ގެޓްވެބަލަ. ޙިޔާލުފާޅުކުރުމުގެ މިނިވަންކަމޭކިޔޭފޭ މަވެސް ނުކުމެ ތިބޭފުޅާގެ އަމަޔާ، ބަފަޔާ އަނބިދަރިންނާ ޖައްސާލާ ވަގަށްގޮވާ، ގަޅިއަކަށް ހެދީރުން ހަމަ އޯކޭވެފަ ހުންނާނަންތޯ؟ ހުރެވޭނެތޯ؟ ހަމައިގަހުރެލަބަލަ އޭރުން މިކިޔޭއެއްޗެއްވެސް ގެޓްވާނީ ދެއްތޯ.....

  70. އަމީ

    މީކެނެރީ ނަޝީދު ދީފައިވާ އޯޕަން ތުރެޓެއް މިގައުމުގެ އެންމެހާ ރައްޔިތުންނަށް . މިކަން ބަލާ ދޭނެ ބަޔަކު މިޤައުމުގަ އެބަތިބި ބާ؟ ނޫނީ އަމިއްލައަށް ބާ އިންސާފު ހޯދަން ނުކުނަން ޖެހޭނީ މިފަހަރުވެސް.
    ޓެރެރިޒަމް ގެ ގާނޫނުގެ ބޭނުން ހިފާ މީނަ ހައްޔަރު ކޮށްދީ މިކަންތަށް ތަހުގީގު ކޮށްދީބަލަ.

    11
  71. ވަހީދުބެ

    މީނަ ދައްކާ ވާހަކައިން އެބަދޭހަވޭ މޑނ ގެ ލިޔުން މީނަޔަށް ރަނގަޅުކަމަށް. ޚިޔާލު ތަފާތުވެގެން މިޤައުމުގައި އޮތް އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ހިތުހުރި އެއްޗެއް ނުކިޔޭނެ. ކިޔަން ބޭނުންވާ ބަޔަކު ކޮންމެގޮތެއް ވަރިހަމަ ޤާނޫނު އޮންނަ ތަނަކަށް ގޮސް އުޅޭނެގޮތަކަށް އުޅެބަލަ. މީނަ ރައްޔިތުންގެ ހިތުގައި ބިރުއުފެދޭގޮތަށް ކޮންމެވާހަކައެއް ދެއްކިޔަސް ރަނގަޅުތަ.

    10
  72. މިގޭ

    މީނަ ކިޔަވާކުދިންގެ ހަފްލާތަކަށް ނުގެންދުއުމަށް ސްކޫލްތަކަށް ގޮވާލަން. މީނަ ރަނގަޅުވާނެ ސަހިންދާމެންގެ ގުރޫޕްގެ ކަންކަމަށް .

    12
  73. ލަޓޯބެ

    ދެ އުޅި އެއްނުވާ ސީޔާސަތު. ،މަކަރާއި ހީލަތުން އައިވެރިކަމުގެ ސަބަބުން މިގައުމު މިދަނީ ބޮޑު އިގްތިސާދީ ބަލިމަޑުކަމެއްގެ ތެރެއަށޭ ވިދާލުވެބަލަ! ޢަގަޔާ އަތާ މިވަރުން ދާނަމަ ދިމާނުވާނެ! ދިމާވެފައިމިވާ މައްސަލަތަށް ހައްލު ނުކޮށްދީ ދީނަށް އިހާނެތި ކޮށްހަދާއިރުވެސް ވީ އަތްޖަހަންތަ؟ވެރިކަން ހިންގަން ބިރުގައްނަ ނަމަ އެހެން ބަޔަކަށް ފުރުސަތު ދޭންވީ ނޫންބާ!

  74. މަހުލޫފް

    މީދެން ކާކުތަ؟ ނުލިބޭނެ ކަލެޔަކަށް ވެރިކަމެއް.

  75. ޓެރޭ

    ކަލޯ އިންސާނުން އެޅެންޖެހޭނީ ކޮންމެވެސް އުސޫލެއްގެ މަތިން ކަމުގައި ވާހިނދު އެމެރިކާ ފަދަ ގައުމުތަކުގައި ޖަނަވާރުން އުޅެހެން އެޅެންވެއްޖެނަަ އެތަނުގެ އަނހެނުން އުޅެމުންދާ ނިކަމެތިކަުގައި ދިވެހިން އަންހެނުން އުޅެންޖެހުމީ ދުރުގައި އޮއްކަމެއްނޫނެވެ
    ރޭޕް ކުރުމާ ފުރާނަދުއްވާލަުމާ ހަށި ވިއްކުމާ މަސްތުވެ އަމައެއް ބަފައެއް ވަކިޖިންސެއް ނެތި ކައިވެނިކުރުމާ ނާސިގޭތަކަށް ގަދަކަމުން އަންހެނުން ވިއްކުމާ މިކަން ކަމީ ދިވެހި މުސްލިމުންނަށް ހަޖަމް ކުރެވޭނެ ކުރާނެ ކަމެއްނޫނެވެ މުސލިމުން ދެެކެން ބޭނުން ޑިމޮކްރަސީ އެއްނޫނެވެ.

  76. ދަނޑުވެރިޔާ

    ކޮބާތަ ލާދީނީ ޓީމު ވެރިކަމަށް ގެނައި މީހުން އަދިވެސް ތައުބާވެ ދީނަށް އެނބުރި ރުޖޫޢަވާކަށް ނުވޭތަ؟

  77. ކާފަ

    ޓެރަރިސްޓަކު މިޤައުމަށް ދޫވެގެން އެބައުޅެޔޯ! 13 އަހަރުގެ ޖަލުހުކުމް ތަންފީޒުކޮއްބަލަ

    10
  78. ކާފަ

    އޮފީސްތަކާއި، ޕޮލިސްސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖެހީ ކޮންބައެއްތޯ؟ އަންިގާތު އަހާލަލަބަލަ އެއީ މިފަހުން ހިނގި ހަނގުރާމައެއް، އެފަދަ ހަނގުރާމައެއް ތިބޭފުޅާކުރަން ދަހަނާ އަޅައިގެންތޯ ތިހުންނެވީ.؟

  79. ާަާމަ

    ނަޝީދު އެއުޅެނީ ދިވެހިންނަށް އިންޒާރުދީ ބިރުދައްކައިގެން މިތަނުގަ އެހެންދީންތަކެއް ފަތުރަންވެގެން.މިއީ ޓެރަރިޒަމަށް މަގުފަހިވާކަހަލަ ވާހަކަ ދައްކާ މީހެއް.

  80. ދަނޑުވެރިޔާ

    ދިވެހި މުސްލިމުން ﷲއާއި ރަސޫލާއަށް ފުރައްސާރަނުކުރަންޏާ ދިވެހިމުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ހަމަ ފަށަނިތަ؟ ޓެރެރިޒަމްގެ ގާނޫނު ފާސްކުރީ މިހަނގުރާމަ އަށްތަ؟

  81. އަލިބެ

    މިކަލޭގެ ހަމަ ފާޅުގައި ދީނަށް ފުރައްސާރަ ކުރަމުންދާއިރުވެސް ދީނީ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ހަނުހިމޭނުން ހުންނާނާތީ އަހަރެން ހަމަ އަޖައިބު ވެއްޖައީމެވެ. ޔާﷲ މި ކެނެރީގެ ސޮރުގެ ނުލަފާކަމުން މިދިވެހި މުޖުތަމަޢު ސަލާމަތްކުރައްވައި 100% ފުރިހަމަ މުސްލިމުން ކަމުގައި މިޤައުމުގެ ރައްޔިތުން ލައްވާންދޭވެ!

  82. މޫސަ

    ހަމަ ހޭގަތިބެ ދިވެހިން މިޤައުމުގެ ވެރިކަމަށް ޔާމީން ވެސް ނަޝީދު ވެސް ނުގެންނާނެ. 2 މީހުންނަކީވެސް މުސްލިމެއްގެ ދުލުން ބުނަން ނުވާވަރުގެ ކުފުރުގެ ބަސްތައް ބުނެފައިވާ 2 މީހުން. ﷲ ގެ ދެވަނަ ދަރިކަލެއްގެ ވާހަކައާއި ނޫހުގެފާނުގެ ނައުކޮޅަކީ ޕީޕީއެމް ކަމަށް ޔާމިން ބުނި. އަންނިވެސް އެވަރުގެ މީހެއް.

    1
    3
  83. ޖާބިރު

    އެމްޑީޕީ އަކީ ލާދީނީ ބައިގަނޑެއްކަން އެންމެކުޑަކުއްޖާއަށްވެސް އެނގޭ. ފެށުނީއްސުރެ ދީނަށް ހަޖޫޖަހާ ބޮޑުން އުޅޭ ބާރެއްލިބޭ ދުވަހަކުން ލާދީނިއްޔަތު ކުރިއަރުވާނެ ކަންއެނގިހުރެ އެމީހުންނަށް ހުރިހާ ބާރެއް ދިނުމަށްފަހު، މީސް މީޑިޔާގައި އިސްލާމްދީނާއި ޤައުމު ދިފާޢު ކުރަމޭ ބުނުމަކީ ޒިނޭ ކުރަން އޮވެ ޒިނޭ ކުރާ މީހުންނަށް ހަލާކުހުއްޓޭ ބުނެ ތަޤްރީރު ދިނުންފަދަ ކަމެއްނޫންތޯ.
    ދިވެހިންގެ މުނާފިޤުކަމުގެ ބޮޑުކަމާއެވެ.

  84. ބުރޯ

    އަނެއްކާ ތިބޭފުޅާ އެފަދަ ކަމެއް ރާއްވަވަނީތޯ ؟ހަމަގައިމުވެސް މިގައުމަކަށް ސީރިޔާގެ ހާލަތު ގެންނާކަށް އަޅުގަނޑު ބޭނުމެއްނުވޭ .

  85. ރައްޔިތުން

    ކޮބާ ރައްޔިތުން، މި އޮތް ގެންފެންނަނީ އަސްލުމީހާގެ ސިފަ ވަންތަކަން މި ރާއްޖެއިން، މީތި އެގޭނީ އަތަށް ގޮވީމާ، ހޭއަރާ ނިކަން ތަހުޒީބުވެ ބަލަ، އިސްލާމުންނަކީ ކަންކަމުގައި އެހާ އަވަހަށް ހެއްލޭ ބަޔަކަށް ވެެގެން ނުވާނެ، އަދި އެތެރެއިންނާއި ބޭރުން އަންނަ އިސްލާމްދީނާ ފުށު އަރާ އަމަލުތަކާއި ހަމަލާތަކަށް ނިކަން ކެރިގެން ރައްޔިތުން ތިބޭ

  86. ށ

    ގަދަފަދަ ތޫފާނަކާ އެކީ ކަނޑު އުފުލިގެން ވެސް އައިސްދާނެ . ﷲ ތައާލާ އައް ބިރުވެތަވޭ.

  87. ނެވި ކަލޭގެ

    މީނާ ބޭނުން ވަނީ މި ދިވެހި ގައުގައި ފިތުނަފސާދަ އުފައްދާ މި ގައުމުގަ ހަމަނުޖެހުން އުފައްދާ އެހެން ދީންތަށް މި ގައުމުގައި ގާއިމް ކުރަން. ﷲ ސުބުހާނަހޫވަތައާލާ ލާދީނީ މީހުންގެ ކިބައިން އަހަރެމެން ދިވެހި މުސްލިމުން ސަލާމަތްކުރައްވާށި އަދި އެ މީހުންގެެ ނުބައި ރޭވުންތައް ބާތިލް ކުރައްވާށި އާމީން

  88. ޭބޭލްތާ

    ކެނެރީ އެއުޅެނީ މިސަނަރީ މީހުންއަތުން ލާރިކޮޅެއް ހޯދަން ފޮޓޯކޮޅެއް ފޮނުވަން ، މިގައުމުގައި ހަމަނުޖެހުމެއްހިންގަން

  89. ބަރުގޮނު

    ހަގުރާމަޔަކަށް ވިޔަސް ޢުދުވާނީ ކޯޅުންގަޑަކަށް ވިޔަސް ދިވެހި ޤަވްމަށް ޖައްސުވާނީ ދެވަނަ ދެމީހެއްނޫން. ހަމަ ތިޔަ ނަޝީދު. ބޭރު ޤަވްމުތަކާ ޓެރަރިސްޓް ޖަމާޢަތްތައް ރާއްޖެއާ ފާވެގަންނާނެ ގޮތްގޮތައް ވާހަކަދައްކާ އަޑު ފަތުރަނީ ހަމަ ނަޝީދު. އެއްކަންފަތުން ރިޔާނެގި މީހުން ލައްވާ ފާޑުފާޑުގެ އިންޒާރުތައް ކުރުވާގެން ނަމަވެސް ނަޝީދު ބޭނުންވަނީ ޤަވްމު ހަލަބޮލިކުރުވަން. އެމް.ޑީ.ޕީ ވެސް ދަންނަންވީ ނަޝީދަކީ ޕާޓީގެވެސް ހަލާކުކަން.

  90. އާމިނަތު

    މިނުލަާ ދައްޖާލުގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާންދޭ

  91. އެމްއެމްއައި

    މާތް ﷲ ތިފަދަ ދުވަހެއް ނުދައްކަވާށި. އެފަދަ ދުވަހެއް ދައްކަވައިފި ކަލޭ އެކަމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމެއް ނުވެ ދިޔުން ހީވަނީ އެއީ ދުރުކަމެއް ހެން. ކަލެޔަކީ އަހަރުމެންގެ މައްޗަށް ޖެހިފައިވާ އާފާތެއް.

  92. މޯލްޑިވިއަން

    ނަޝީދަށް ވަރަށް ސަޕޯރޓް ކުރިން . ބްރޯ ކުޑަމިނުން ސްކޫލުތަކުގެ ޖަލްސާތަކުގަ ސިޔާސީ ވާހަކަ ދެއްކުން ހުއްޓަން ވެއްޖެ އެންނު ދޯ!!