ވަކީލުކަމުގެ ހުއްދަ ދޭނީ އެއް އަހަރު ދުވަހުގެ ތަމްރީނަކާއި ބާ ކައުންސިލްގެ ހާއްސަ އިމްތިހާނެއް ފުރިހަމަ ކުރުމުން ކަމަށް ނިންމައިފިއެވެ.

ބާ ކައުންސިލުން މިގޮތައް ނިންމާފައި ވަނީ އަލަށް އަމަލުކުރަން ފެށި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ބެހޭ ޤަވައިދުގައެވެ.

އެ ޤަވައިދުގެ ދަށުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާނީ ހަތް ޝަރުތެއް ފުރިހަމަވާ މީހުންނަށެވެ. އެއީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 21 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުމާއި، ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުޠުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ޙާޞިލު ކޮށްފައިވާ މީހެއް ކަމުގައިވުމާއި، ބާ އިމްތިޙާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުމެވެ.

ބާ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ބާ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

ކޮންމެ އަހަރަކު މަދުވެގެން އެކެއް ބާ އިމްތިޙާނު ބާ ކައުންސިލުން ބާއްވާންވާނެ ކަމަށާއި މިގޮތުން ބާ އިމްތިޙާނު ބާއްވާނެ ތާރީޚުތައް، އެ އިމްތިޙާނު އޮންނަ ތާރީޚުގެ 90 ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިޢުލާނު ކުރާންވާނެ ކަމަށް ވސް ޤަވައިދުގައި ބުނެފައި ވެއެވެ.

އަދި ބާ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ޤަވައިދުގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް ޤަވައިދުގައި ބުނެފައިވެއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ތަމްރީނުގެ މުއްދަތަކީ އެކެއް އަހަރުދުވަހެވެ. ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ތަމްރީނު ފުރިހަމަކުރާންވާނީ ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަޑަފު

    މިހާރު މިކިޔާ ސީނިއަރ ވަކީލުން ބޭނުމެއްނުވާނެ އެމީހުންނާ ޗެލެންޖުކުރާނެ ވަކީލުން މި ދާއިރާއައް ނުކުންނާކަށް، އެއީ ލިބޭލާރި މަދުވެދާނެއަތީ، ތިޔަ ބާ ކައުންސިލްގަ ތިބެންވީ ވަކީލުން ނޫން މިނިވަން ބައެއް.

    36
    1
    • ތާއީދު

      ބަރާބަރު ވާހަކައެއް. ދާއިރާގައި ނޫޅޭ ބަޔަކު ނުކުމެގެން ނޫނީ މިކަންކަން އިސްލާހެއް ނުވާނެ. މިތަނުގައި ތިބެންވީ ވަކީލުކަން ނުކުރާ ރިޓަރޔަޑް ޖަޖުންނާއި ލޯފާމު ނުހިންގާ ވަކީލުކަން ނުކުރާ ވަކީލުން.

      12
  2. ޒަކް

    އެހެންވީމަ ހުރިހާ ޕްރޮފެޝަންއަކަށްވެސް ތިކަން އޮންނަންވާނެ. ޓީޗަރުންނަށްވެސް ޑްކްޓަރުންނަށްވެސް އޮޑިޓަރުންނަށްވެސް ޕައިލެޓުންނަށްވެސް.. އެކައުންޓެންޓުންނަށް ވެސް.. ޑިގުރީ ނިންމީމަ އަދި އިތުރު އިމްތިހާނެއް ދޭންވާނެ ކަމާ ބެހޭ ފަރާތުން އަދި އިތުރު އެއް އަހަރު ތަމުރީނު ހޯދަން ޖައްސަންވާނެ.. އެހެން ނޫނީ ޤާނޫނުއަސާސީގަ ބުނާ ހަމަހަމަކަން ޤާއިމެއް ނުވާނެ..

    24
    1
    • ޑޮކް

      ޑޮކްޓަރުން އިންޓާންޝިޕް 1 އަހަރު ނިންމާފަ މެޑިކަލް ބޯޑް އެގްޒާމް އިން ފާސްވާން ޖެހޭގޮތަށް އޮންނަތާ ކިތައްމެ އަހަރެއް.

  3. ގަރޭ

    ކޮބާ ކަމެއްހެެން ހީވޭ އެބަ. މުޅުންވެސް ގަޅި ހައްދައިގެން ބައެއްގެ ވިޔަފާރި ހިމާޔަތް މިކުރަނީ. ސަރުކާރުން ބާރު އޮތް އިރު ވަކީލުކަން ނުލާހިކު ފަސޭހައިން ލިބޭ. މިހާރު ބަލާ މިހެދި ގޮތް. ތިޔަ ޓެސްޓަކުން ފާސްނުވެގެން ދުވަހަކު ވަކީލަކަށް ނުވެވޭވެނެ ގޮތް ކިޔަވާ ކުދިންނަށް ތިހެދީ. އެއްޗެއް ބޮވުނުތަ. ދިވެހިން ހޭއަރާނީ ސަހާދަތް ކޮން ދުވަހަކު. ހުޅަނގަކު ނޯންނާނެ މަކަރުން މީހުންނަށް އަނިޔާދޭން އުފެއްދި ނިޒާމެއް ނޫނިއްޔާ. އިސްލާމްދީނުގައި މިދިޗެހިރާއްޖޭގެ ގޮތް މާ ރަނގަޅު. ވިސްނަބަލަ ދިވެހިންތަކާ

    17
  4. އަޝްރަފް

    ވަރަށް އުއްމީދާއެކު ވަކީލުކަން ހޯދުމަށް އެންމެ ފަހު ސެމިސްޓަރ ގައި މިހާރު ކިޔަވާ ދަރިވަރުންނަށް ތިޔަޖެއްސީ ހާދަހާ ބޭއިންސާފު ތަކްލީފެކޭ ދޯ ތިޔަ ގަވާއިދު އަމަލުކުރަން ފަށަން ޖެހޭނީ އަލަށް ލޯ ކިޔަވަން ފަށާކުދިްނަށް އޭރުން ކޯހުގަ ޖޮއިން ކުރާއިރުވެސް އެގޭނެ ތިޔަ ހުރިހާ ތަމްރީނެއް ފުރިހަމަ ކުރީމަކަން ވަކީލުކަން ލިބޭނީ. އެކަމަކު މިހާރު ކިޔަވަމުންދާ ދަރިވަރުން އުއްމީދު ނުކުރާ ކަމެއް ތިޖެއްސީ! އަމަލު ކުރުމުގެ ކުރިން ބާކައުންސިލުން ވިސްނާނެ ކަަމަށް އުއްމީދު ކުރަން.

    19
    1
    • މަޝްހޫރު ވަކީލު

      ތިޔައީ ރަނގަޅު ވާހަކައެއް. ގާނޫނީ ކޮންސެޕްޓާ އެއް ގޮތަށް ތިކަން ކުރަންޏާ މިހާރު ލޯ ކިޔަވަމުން އަންނަ ކުދިންނަށް އެ ތަކުލީފު ޖައްސައިގެން ނުވާނެ.

  5. ޖާބިރު

    މިއީ ސީނިއަރ ވަކީލުންގެ ވިޔަފާރި ވެއްޓެމުންދާތީ އުފެއްދިތަނެއް. އަދި އެތަނުގެ ބޭނުމަކީ އަލަށް މިދާއިރާއަށް ނުކުންނަ ވަކީލުނަށް ކުރިމަގު ބަނަކޮށް ފުރުޞަތު ނުދިނުން. ދަތިކުރުން، އުނދަގޫކުރުން، ޕްރެކްޓިސް ކުރިޔަ ނުދިނުން. އެމީހުންނަށް ލިބޭ ފައިސާކޮޅު މަދުވެދާނެތީ. އެހެނަސް އެމީހުންނަކީ މިހާރު ފެއިލްވެފައިވާ ބޭކާރު ބައެއް.

    15
  6. ނަފިނެސް

    ގަވްމުގެ ރައީސްކަމާއި، ނާބްރައީސް ކަމާއި ރައްޔަތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަން ދޭންވީ އަސާސީ ތަޢުލީމްގެ ފެންވަރުން އިތުރަށް ޓެސްޓެއްދިނުމަކާނުލާ މިކަންވެސް އިސްލާޙްވާންއެބަޖެހޭ...........! ރައްޔަތުން މިކަމާވިސްނަވާ(.)

    16
    1
  7. ރިފުއަަތު

    ޝުކުރިއްޔާ

  8. ޜެސްޓޭ

    ތިޓެސްޓ ދެނީ އަންނިބާ ނޫނީ އިންޑިއާ އިންބާ

  9. ދަލޫފް

    ޑިގްރީ ޙާސިލް ކޮށްގެން ވަކީލުކަމަށް ކުރިމަތިލާ ގުރެޖުއޭޓުން އެއް އަހަރުގެ އިތުރު އިންޓާން އަކާއި، އަދި ބާކައުންސިލުން ދޭ ޓެސްޓަކުން ފާސްވީމަ ނޫނީ ޕްރެކްޓިސް ނުކުރެވޭގޮތަށް ޤަވާޢީދު ހަރުކަށި ކުރުމުގެ ފަހަތުގައި ރަނގަޅު ނިޔަތެއްވާނަމަ، މިހާރު ޕްރެކްޓިސްކުރާ ހުރިހާ ވަކީލުންވެސް ތިޔަވިދާޅުވާ ޓެސްޓްހެދައިގެން ފާސްވެގެން ނޫނީ އިތުރަށް ޕްރެކްޓިސް ނުކުރެވޭގޮތަށް ޤަވާޢިދު އިސްލާޙުކުރަން ޖެހޭ. ޓީޗަރުންނަށްވެސް އިންސާވިސްކޮށް ދައްވެގެން ޑިޕްލޮމާއެއްނެތި ވަޒީފާ ކޮންޓިނިއު ނުކުރެވޭގޮތަށް އެޑިއުކޭޝަންއިން ވަނީ ކާމިޔާބު ޕްރޮގްރާމްއެއް ހިނގަވާ ނަމޫނާ ދައްކަވާފަ.

    2
    1
  10. ދަލޫފް

    ޑިގްރީ ޙާސިލް ކޮށްގެން ވަކީލުކަމަށް ކުރިމަތިލާ ގުރެޖުއޭޓުން އެއް އަހަރުގެ އިތުރު އިންޓާން އަކާއި، އަދި ބާކައުންސިލުން ދޭ ޓެސްޓަކުން ފާސްވީމަ ނޫނީ ޕްރެކްޓިސް ނުކުރެވޭގޮތަށް ޤަވާޢީދު ހަރުކަށި ކުރުމުގެ ފަހަތުގައި ރަނގަޅު ނިޔަތެއްވާނަމަ، މިހާރު ޕްރެކްޓިސްކުރާ ހުރިހާ ވަކީލުންވެސް ތިޔަވިދާޅުވާ ޓެސްޓްހަދައިގެން ފާސްވެގެން ނޫނީ އިތުރަށް ޕްރެކްޓިސް ނުކުރެވޭގޮތަށް ޤަވާޢިދު އިސްލާޙުކުރަން ޖެހޭ. ޓީޗަރުންނަށްވެސް އިންސާވިސްކޮށް ދައްވެގެން ޑިޕްލޮމާއެއްނެތި ވަޒީފާ ކޮންޓިނިއު ނުކުރެވޭގޮތަށް އެޑިއުކޭޝަންއިން ވަނީ ކާމިޔާބު ޕްރޮގްރާމްއެއް ހިނގަވާ ނަމޫނާ ދައްކަވާފަ.

  11. ...

    ވެރިކަމަށް ކުރިމަތިލާންވީމަ ހެޔޮ ކިތަންމެ ފެންވަރު ދަށް ވިޔަސް ނުކިޔަވާ ހުއްޓަސް. ތަޢުލީމީ އެއްވެސް ޝަރުތެއްވެސް ނެތް. އެކަމަކު ވަކީލުކަމަށް އަންނަންވީމަ ހަން ދާވަރު ކުރަނީ