ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކާއި އެއްގޮތައް ޙުކުމް ތަންފީޒު ކޮށްފައި ނުވާ މައްސަލަައަކާއި ގުޅިގެން ސިވިލް ކޯޓަށް އޭނާ ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުުރު ނެރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، ގ.ފެންބޯހުރާ، ނިވާން އަޙްމަދު (31އ)އެވެ.

ނިވާން އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 15 ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެސްޓާސް އަށް 25000 ރުފިޔާ ދައްކަން ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ޙުކުމެއް އިއްވި އެވެ. އެފައިސާ ދައްކަން ނިވާން އަޙްމަދު ކޯޓުގައި އެއްބަސްވި އެވެ. އޭނާ ހޯދަމުން ދަނީ އާއްމު މީހަކަށް ދައްކަން ޖެހޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން އުޅޭ މައްސަލައަކާއި ގުޅިގެން ކަމަށް ވެއެވެ.

ފުލުހުން ވިދާޅުވީ ނިވާން އަޙްމަދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    މިލިއަނުން ދައްކަން ވީމަ މައާފް ނޫނީ 15 އހަރުން ދައްކާ ގޮތަށެވެ. 25 ހާސް ވީމަ ހަރުކަށި ކަމެވެ.