މުސްލިމުންނަށް ފުރައްސާރަ ކުރާ ލިޔުންތައް ދިފާއުކުރަނީ މަކަރުވެރިކަމާއި އެކު އެހެންދީންތަކައް ރާއްޖެއިންޖާގަހޯދަން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެމްޑީޕީގެ މައްޗަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ތާއިދު ނުކުރާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ، ބަޔާނެއް ނެރުމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައެޅުން މުސްލިމުންނާއިގުޅުވައި "ޓޮލަރަންސް" އެއީ "ތަހުޒީބް" ފަލްސަފާއެއްކަން ކިޔާދިނުމައްފަހު، ހަމައެނޭވާގައި މުސްލިމުންނަށް ފުރައްސާރަ ކުރާ ލިޔުންތައް ދިފާއު ކުރަނީ މަކަރުވެރިކަމާއި އެކު އެހެންދީންތަކައް ރާއްޖެއިން ޖާގަހޯދަން ކަމަށެވެ. ސައީދު ވިދާޅުވީ އެމްޑީއެން އުވާލަންޖެހޭ ކަމަށެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެޕާޓީން އަބަދުވެސް ގަބޫލުކުރާ ކަމަށާއި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަ ކުރަން ހިންގާ ކަންތައްތައް ކުށްވެރި ކުރާ ކަމަށެވެ. ނަމަވެސް އެމްޑީއެން އުވާލުމަށް ވަނީ ދެކޮޅު ހަދާފައެވެ.

"މި ޕާޓީން ޤަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމެވެ. އަދި ހަމަ ކޮންމެ މީހަކާމެދު ވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމެވެ." ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ބުނީ ގާނޫނާ ޚިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުގައި ވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެމްޑީއެން އުވާލުމަށް ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން ގޮވާލަމުން ދަނިކޮށް އެމްޑީޕީ އިން އެކަމަށް ދެކޮޅު ހެދުމުން އެޕާޓީއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންތަރީސް

    ހަރުކަށިކަމޭމިކިޔަނީ މީހަކު ނޭނީ ބަޔަކުރުޅިއައުމުން ވާގޮތަކައްތޯ؟ އޮޅުންއަރާތީ އަހާލެވުނީ. މިހެންކަމައްވަންޗާ މިއީކީ ވަކިދީނެއްގެކަމެއްނޫން. ކޮންމެދީނެއްގެ މީހަކުކަމުގަވިޔަސް އެމީހަކު ލޯބިވާފަރާތްތަކައް ބަދުބަސްބުނަންޏާމު އެބައެއްގެ ރުޅިވެރިކަން އިތުރުވާނެ. ހަމަޖެހުންބޭނެންވާބަޔަކު އެބަޔަކުލޯބިވާ ފަރާތްތަކައް ބަދުބަސްތައް ރައްދެއްނުކުރާނެ.

    11
  2. ހުވަދޫ ޑޮކް

    އިއްޒަތްތެރި މާވަށު ދާއިރާގެ މެމްބަރާއެވެ. ވެރިކަމުގެ އާރާއި ބާރުގައި ތިބެ، ރައްޔިތުންނަށް ހަރާމްކޯރުނުވެ، ކިބުރުވެރިކަމާއި ބޮޑާކަން އިސްނުކޮށް، ރައްޔިތުންގެ ހަމައަށް ފައިބައި އިޚްލާސްތެރި ކަމާއިއެކު ވެރިކަން ކުރަން ލިބުނު ފުރުޞަތު ނަގާނުލިނަމަ މިއަދު މި ދަންތުރާގައި ނުޖެހުނީސްތާއެވެ. ވެރިކަމުގެ ލައްޒަތުގައި ތިޔަބޭފުޅުންގެ ކުރިމަތީގައި ރައްޔިތުން އޭރު ތިޔަ ހެއްދެވީ އަޅުންނަށެވެ. ނިކަމެތި ކޮށްލީއެވެ. ރައްޔޮތުންގެ މުހިންމު ކަމާއި ވެރިކަމުގައި ތިބުމަށް ރައްޔިތުންގެ ބާރުވެރިކަމަކީ ކަންވެސް ހަނދާނައްތާލެވުނީއެވެ. އޭރުވެސް މިގަޢުމުގެ ރައްޔިތުންނަށް އެނގޭ އެމްޑިޕީ ބާރުހިންގޭވަރުގެ އިންސައްތައެއް އެކުލެވޭގޮތަށް ވެރިކަން ބަދަލުވެއްޖެ ހިނދެއްގައި މި ގައުމުގެ ގަޢުމިއްޔަތާއި ފިކުރު ބަދަލުވެގެންދާނެ ގޮތް!! މިއަދު މިފެންނަ ހަޤީގަތަކީ ހަމައެއީއެވެ. އެހެނަސް އަދި ލަހެއް ނުވެއެވެ. ރައްޔިތުންގެ ބަޔަކަށްވެ ރައްޔިތުން ރުހުމާއި ލޯބި ލިބިގަންނާށެވެ. މި ގައުމުގައި ދީނީ މިނިވަންކަން ދިނުމަކީ ރައްޔިތުން އެދޭގޮތެއް ނޫނެވެ. އިރާޤަށް ވިސްނާލާށެވެ.ރައްޔިތުންގެ ހަލާތާއި މެދު ވިސްނާލާށެވެ. ސީރިއާއެވެ. ޔަމަނެވެ. ދެން އެފެށެނީ ސަޢުދީ އަރަބިއާގައެވެ. މި ހުރިހާކަމެއްގެވެސް އަސްލަކީ ދީނީ މިނިވަންކަން ލިބިގަތުމަށް ގައުމުގެ ތެރެއިން އުފެދިގެން އަންނަ " ފުކުރީ ހަނގުރާމައެކެވެ. ތިޔަބޭފުޅުން ގަޢުމުގެ ރައްޔިތުންގެ ހައްގުގައި ބަސްނުވޭ ހިސާބުގައި ތިބެމެ، ޒިމާދާރު ކަމާއިއެކު އަޑުފުލާށެވެ. ރައްޔިތުންގެ އިޚްސާސްތައް އިސްކުރާށެވެ. ﷲ އަޅަމެން އެންމެނަށް ކާމިޔާބު މިންވަރުކޮށް، މިގަޢުމުގައި އިސްލާމްދީން ދަމަހައްޓައި، މިގައުމަކީ އަމާން ރަތްކާތެރި ތަނަކަށް ހައްދަވާންދޭވެ. އާމީން

    6
    18
  3. ރައްޔިތުން

    ހައްދުފަހަނައެޅުން މުސްލިމުންނާއިގުޅުވައި “ޓޮލަރަންސް" އެއީ"ތަހުޒީބް" ފަލްސަފާއެއްކަން ކިޔާދިނުމައްފަހު، ހަމައެނޭވާގައި މުސްލިމުންނަށްފުރައްސާރަ ކުރާ ލިޔުންތައްދިފާއުކުރަނީ މަކަރުވެރިކަމާއި އެކު އެހެންދީންތަކައް ރާއްޖެއިންޖާގަހޯަދަން. MDN އުވާލަންޖެހޭ.

    31
  4. މިގޭ

    މިމަކަރުވެރި ޕާޓީގެ ރޭވުން އަބަދުވެސް ހުންނާނީ މަކަރުހެދުމާ ޔަހޫދޫދީ ސިފަތަކުގެ ތެރެއިން. މިތާގައި މިއޮތް އިސްލާމް ދީ ފޮހެލާ އެހެން ދީންތަކަށް ޖާގަ ދޭ މަރުދީފައި. ސަރުކާރު ލިބުއިރަށް ހީވީ ހިނި ދަރުގަނޑަކުން ހިނި އުތުރިގަތްހެން. ތެޅި ފޮޅިގަޓީ ވާނުވާއެއް ނުބަލާ. އެހެން ދީންތައް ފަތުރަން. ފަހަރަކު މީކަ ބަހާލައިގެން.