ބަލިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު ނިޔާވި ސަބަބު ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ވިފާޤުގެ ހަށިގަނޑު މިރޭ އައިޖީއެމްއެޗްއަށް ގެނައި ވަގުތު އެ ހޮސްޕިޓަލަށް ވަޑައިގެން "ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ވިފާޤު ނިޔާވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމުގައި ޑޮކްޓަރުންގެ ބަސް ލިބެން 3 ނުވަތަ 4 ގަޑިއިރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ހިތްދަތި ދަނޑިވަޅުގައި، ފުލުސް މީހާ ނިޔާވީ ކީއްވެކަން އެނގޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައްލަވާފައި، ހުރިހާ އެސައިންމެންޓެއް ހެއްދެވުމަށްފަހު. އެހެންވީމަ ސީދާ ނިޔާވާން ދިމާވި ސަބަބު އަދި އަޅުގަނޑުމެންނަށް ކަށަވަރެއް ނުކުރެވޭ،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވިފާޤުއަކީ ދެ އަހަރެއްހައި ދުވަހު ޓްރެއިނިންގ ނުހަދައިވިޔަސް ޕޮލިސް ސްޕެޝަލް ކޮންސްޓެބްލްގެ ވަޒީފާ އަދާކޮށްފައިވާ ފުލުހެއް ކަމަށާއި، ޓްރެއިނިންގ ގައި ހުއްޓައި ބަލިވެ އުޅޭކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ވިފާޤު ދުނިޔެ ދޫކުރަން ޖެހުނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، ވިފާޤު ބަލިވި ޚަބަރު ޕޮލިސް ކޮމިޝަނަރ މިއަދުގެ ވަގުތެއްގައި ޙިއްސާކުރެއްވި ކަމަށާއި، އެއާއިއެކު އޭނާ ގެނެވޭތޯ މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ހުރިހައި ވަސީލަތްތައް ބޭނުންކޮށްގެންވެސް ވިފާޤު ގެނެވޭގޮތް ނުވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ވަރަށް ހިތްދަތި ވަގުތުކޮޅެއް. އާއިލާއަށް އަޅުގަނޑުމެންގެ ފަރާތުން ވަރަށް އިހުލާސްތެރި ތަޢުޒިޔާ ދަންނަވަން. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން. މިއީ ސާބިތުވާން ޖެހޭ ވަގުތު،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ވިފާޤުގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެނައުމާއިއެކު މިނިސްޓަރ އަޒްލީން ވަނީ އެ ހޮސްޕިޓަލަށް ވަޑައިގެން ވިފާޤުގެ އާއިލާގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވައި އެފަރާތްތަކަށް ހިއްވަރުދެއްވާފައެވެ. އަދި ފުލުހުންގެ ފަރާތުން ވިފާޤުގެ އާއިލާއަށް ދެވެންއޮތް ހުރިހައި އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ އާއިލާއަށް ދެއްވާފައެވެ.

ވިފާޤު ނިޔާވީ، ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ތެރެއިން ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމަށް ދަތުރުކުރަމުން ދަނިކޮށް، މިރޭ 11:48 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟަރީ

    ކަޑުމަގުންތަ ގެންނަން އުޅުނީ؟؟ އެހެންކަމައްވާނަމަ ކޮބާ ކުޑަހުވަދޫ އެއާޕޯރޓް؟؟ ކޮބާ ސިފައިންގެ ހެލިކޮޕްޓަރު؟؟ ބަލިވެއުޅޭކަން މިއަދުގެ ވަގުތެއްގައި ޕޮލިސް ކޮމިށަނާރ ހިއްސާކުރިަިއިރު ކިރިޔާ ދޯ މިރޭ މާލެ ގެންނަން އުޅުނީ.. ވ ރަގަޅު.. އާއިލާއައް އެހީތެރިކަން ފޯރުކޮއްދިނީމަ އެނިމުނީދ؟؟ ސަރުކާރުގެ އިހުމާލުވޭ ތިކަމުގަ

    • ޖޮއްބެ

      ހޫނ ރީނދޫމީހެއްދޯ ކޮމެންޓްތިކުރީ އަވަހަށް ސިޔާސީ ކޮށްލާ މިކަންވެސް.....!!!

  2. ހަކީމު

    اللهم اغفرله وارحمه وادخله في الجنة

  3. ވާނުވާ އެގޭތަ

    ހޯމް މިނިސްޓަރ އިހްމާލްވޭ މިކަމުގަ އެބަ

  4. ހައްމާދު

    ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ޓުރެއަނިނގް ތަކުގަވެސް މިކަހަލަ ކަންކަން ހިންގާ ސަރުކާރު ބޮލުގަ ތިކަހަލަ ކަންކަން ނާޅުވާ އެކުއްޖާގެ ވަގުތު އައިސް އެޖެހުނީ މަރުހޫމްގެ ފާފަފުއްސަވިދެއްވައި އާޢިލާޢަށް ކެއްތެރިކަން ދެއްވާށި

  5. ާއަހަރެން

    ސަރުކާރަށް ވެސް މީހެއްގެ މަރެއް ނުހުއްޓުވޭނެ.