ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކަމަށް ހީކޮށް އދ.މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ހުއްޓުވައި އިންޑިއާގެ އެއާޕޯޓަކުން ހުއްޓުވައި އޭނާ ސުވާލުކޮށްފި އެވެ.

ގާޒީ ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މެޖިސްޓްރޭޓެވެ. އެމައްސަލައިގައި އޭނާ އަށް 17 އަހަރުގެ ޖަލު ޙުކުމެއް އައި ނަމަވެސް ވެރިކަން ބަދަލުވުމުން ކޯޓުތަކުން ކުރީގެ ޙުކުމްތައް ބާތިލް ކުރުމުގެ ތެރޭގައި ނިހާންގެ ޙުކުމް ވެސް ބާތިލް ކުރިއެވެ.

ގާޒީ ނިހާން އިއްޔެ މެންދުރު ފަހު އިންޑިއާ އަށް ދިޔައީ އޭނާގެ ކޮއްކޮއަކާ އެކު ބޭސްފަރުވާއަށެވެ. ނިހާން އިންޑިއާ އަށް ދިއުމުން އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އެއާޕޯޓުގައި ވިއްސަކަށް މިނިޓު ވަންދެން އޭނާ ހިފަހައްޓައި ސުވާލު ކުރިކަމަށް ވެއެވެ.

ގާޒީ ނިހާންގެ އާއިލާގެ މެމްބަރަކު "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނީ ނިހާން އެއާޕޯޓުގައި ހިފަހައްޓައިގެން ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތާއި ބައްޕަ އަށް ކިޔާ ނަން ފަދަ މައުލޫމާތު ހޯދި ކަމަށެވެ.

"މެމްބަރު ކަން ކުރެއްވި ނިހާންގެ ފޮޓޯ ދައްކާފައި ބުނީ ތިއީ އެ ނިހާންހޭ. މަޖިލިހުގެ މެމްބަރަކަށް އެއްވެސް އިރެއްގައި އުޅުނުތޯ ވެސް އެހި. ނިހާނަށް ވެގެން އުޅޭ ގޮތް ސާފުވީ ކުރީގެ މެމްބަރު ނިހާންގެ ފޮޓޯތައް އޮފިޝަލުން ދެއްކީމަ." އޭނާ ބުންޏެވެ.

އެއާ އެކު މެޖިސްޓްރޭޓް ކާޑު ދެއްކުމުން، އެއީ ކުރީގެ މެމްބަރު ނިހާން ކަން އެ މީހުންނަށް އިތުރަށް ޔަގީންވުމާ ގުޅިގެން އިތުރު ސުވާލެއް ކުރުމަކާ ނުލައި ދޫކޮށްލީ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސައިނަސް އަށް ފަރުވާ ހޯއްދަވަން އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، ކުރީގެ މެމްބަރު ނިހާން އަނބުރާ ރާއްޖެ ފޮނުވާލި އެވެ.

ނިހާންގެ އިތުރުން އެހެން ބައެއް ދިވެހިންނަށް ވެސް އިންޑިއާ އަށް އެތެރެވުމުގައި ދަތިތައް ދިމާވެފައިވެއެވެ. ގިނަ ފަހަރަށް މިފަދަ ދަތިތައް ދިމާވެފައި ވަނީ އިންޑިއާ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ދިވެހިންނަށާއި ބައެއް ދީނީ އިލްމުވެރިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އައްޑޫ މީހާ

    ހަަަހަހަ އަދިވެސް ދުލެއްނުކުރޭ ދޯ! ނިހާން އަވަހަށް ބުރުމާ ބޭބެ ކައިރީގައި ބުނެގެން މ.ޑ.ޕ އަށް ދަންނަވައިގެން އިންޑިއާއަށް އެތެރެވެވޭނެ ގޮތް ހަދާ އެހެން ނޫނީ ނިހާނު ކިޔަންޏާ ކިޔާ ކޮންމެ މީހަކަށް ބޮނޑިލިބޭނެ

    82
    8
    • އައްދޯއި

      ލޮލަށް މިރުސް އެޅިފަ ތިބެގެންނަމަވެސް ތިހިފެހެއްޓީ ހަމަ ހިފަހައްޓަންޖެހޭ މީހެއް. ރަނގަޅުވާނެ. ކަކަކަ

      33
  2. ޭިއިންޑިއާ

    ތިޔަ އިންޑިއާ އަށް ދިވެހިން ދިއުން ހުއްޓާލަން ވީ

    126
    6
  3. ރަޝީދު

    ހަޔާތް ކުޑަ ބައެއްދޯ މި އިންޑީއާ މީހުންނަކީ. ގައުމަށް ފާޑުކިއުމަކުން މީހުން އަރަން ހުއްދަނުދިނުމަކީ ވަރަށް ދަށުދަރަޖައިގެކަމެއް

    126
    3
  4. ރަންފައުނު

    ހޭބަލިވާ

    96
    1
  5. ހުވަދޫ ޑޮކް

    ހާދަ ދެރަކަމެކޭ ދޯ ދެންމީ؟ ބޯގަޅި އިންޑިޔާއިން މުޅި މިގައުމު ސުންނާފަތި ކުރާނެ !!

    76
    2
    • ފާތުމަތު

      ޢންޑިޔާތަ ބޯަގަޅީ އަދިވެސް މޑޕ ބައިގަނޑު ކޮށްގެން އުޅޭކަމެއްމީ ރައީސް ޔާމީން އަބިކަބަލުންގެ ނަން އަޅުގަނޑަށް ކިޔަނީ އަޅުގަނޑު ޗެންނާއީ އަށްގޮސް ކަނެކްޓިންގ ފްލައިޓަކުން އެހެންރަށަކަށްދާން އުޅެނިކޮށްްއަޅުގަނޑުގެ ޕާސްޕޯޓް ހިފައިގެން އމިގްރޭޝަން އޮފިސަރ ދިޔަގޮތަށް އައީ ފުރަންއޮތްފްލައިޓް ފުރިފަހުން އަޅުގަނޑު ދިޔައީވެސް ފިރިމީހާޔާއެކު އަހަނީ ބައްޕަ ގެ ނަމަކީ ކޮބާހޭ މިހިރީ ކުރިނުބައިކަންތައް

      30
      1
      • ފޮނިކަނޑާ

        ކަރާއެއް ފަޅާލީދޯ..

        14
        6
  6. އަޙްމަދު

    ނަޝީދު ކުރުވާ ކަމެއް. އެއޮތީނުން އެމީހުން ބޭނުން މީހަކު ހިފާ ހައްޔަރު ކުރަން ހުއްދަދީފައި. ކުރީގެ ސަރުކަރުގެ މީހުން ބޮލުގައި އެކި އެކި ބަދުނާމު އަޅުވައި އެކަން ސާބިތު ނުކުރެވޭނެކަން އެނގުމުން ކޮންމެވެސް އެއްޗެކޭ ކިޔާ އެއޮތީ އިންޑިޔާ އާއި ޙަވާލުކޮށްފައި! އެމީހުން އެމީހުންނަށް ކުރެވުނު ޖެއްސުމެއް ދިވެހިންނަށް ކުރާނެ.

    28
    1
  7. ކޫކު

    ނިހާން އަކީ ގާޒީ ކަމަށް ޝަރުތު ހަމަވާ މީހެއް ނޫން.. މަޢުލޫމާތައްޓަކައި ބުނެލީ.. ޖޭ.އެސް.ސީ އިން ގާޒީންގެ ފެންވަރު ބަލަންވީ ސިޔާސީ ވިސްނުން ދުރުކޮށް ތަޢުލީމީ ފަރާތްތަކަށް ފުރުސަތު ދީ.. ނިހާން އަކީ ޑިގްރީ އެއް އޮތް މީހެއް ނޫން..

    39
    1
  8. Anonymous

    ކީއްކުރާނީ ސަރުކާރުން ދީފައިވަނީ ކުރީ ސަރުކާރުގެ އެންމެންގެ ނަންތައް. ދެން އެއިން ނަމަކާއި ވައްތަރު މީހެއް ދިޔަސް ހިފަހައްޓަނީ. މިއީ އެމްޑީޕީ އިން ފޮނުވާފައިވާ ނަންތަކެއް. އެމްޑީޕީ ނުރުހޭ އެންމެންގެ ނަންތައް އިންޑިޔާ އާއި އެމްޑީޕީގެ ގުޅުން އޮންނަ ގައުމުތަކަށް ދީފައިވަނީ. މީގެ ތެރޭގައި ރާއްޖޭގެ ޢިލްމުވެރިންވެސް ހިމެނޭ.

    25
  9. ބޮލި މުލައް

    މިސަރުކާރުން ގެރިމޯދީއަށް ސަނާކިޔާހާހިނދަކު މިކަމެއް ނުހުއްޓޭނެ.
    ދިވެހިން އެއަރޕޯޓްގައި ފޯރިމަރައިގެންވެސް އިންޑިޔާ މީހަކު އެތެރެވިޔަނުދީ ހިފާއްޓާލީމާ މިކަން ޙައްލުވާނީ. މިސަރުކާރަކީ ދިވެހި ރައްޔަތުންނާމެދު ހަމަހަމަކަން ނެތް ސަރުކާރެއްކަން ވ ސާފު.

    40
  10. ޚކކ

    މޯދީގެ އައުވާނުން މިކޮޅުގައިތިބެގެން އަންގާ ގޮތަކަށް ތިކަން ކުރާނެ،

    27
  11. އިބްރާ

    އިންޑިޔާ މީހުންނަކީ ވަރަށް ބޮޑާބައެއް.

    28
  12. ާާާޢަލީ

    ނިހާނު ކަލޭ ވޯންޓެޑް ދޯ ... ކީކޭބުނާނީ..ކިހާހަޑި...

    19
    4
  13. އެރުން

    އިންޑިޔާމީހުން ރާއްޖެ އާހެދިމޮޔަވަނީ. ބަޔަކު އެމީހުން ދެ ދަށުވެސ ރަނގަޅަށް ވެ ނިމިއްޖެ.

  14. ޝާމިނު

    ކީކުރާނީ މިގައުމުގެ އެއްމެ ފަރުދަކަށްވުރެއް ގެރި އިންޑިޔާގެ ހާލަތުދެރަކަން މީގެން ހާމަވަނީ ، މާނައަކި ނިހާނަކީ އިންޑިޔާ ބިރުގަންނަވަރުގެ ސިޔާސީ ލީޑަރެކޭ! މަރުހަބާ ނިހާން

  15. ޓެރަރިސްޓް ގޭމް

    ތިޔަ އިންޑިއާ އަކީ އެއްވެސް އިންސާފެއް އޮންނަ ތަނެއް ނޫން. އެންމެ ބޮޑު ޑިމޮކްރަސީޔޯލަ. އެކަމަކު ރާއްޖޭގެ އިދިކޮޅު ޕާޓީގެ މީހަކު ދިޔައިމަ އެތެރެވެސް ނުވެވޭ. ތިޔަ އިންޑިއާ އަކާއި ނުލާ ދިވެހިން ދިރިއުޅެވޭނެ ވަރު ކުރަން ވެއްޖެ. މިރާއްޖެއާއި ހެދި ހާދަވަރެއް އެބަހުއްޓޭދޯ.