ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުުން ވިދާޅުވީ، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 07:50 ހާއިރުކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ، ސައިކަލު ދުއްވަން އިން 48 އަހަރުގެ ދިވެހި ފިރިހެނަކަށާއި އެސައިކަލްގެ ފަހަތުގައި އިން 41 އަހަރުގެ ދިވެހި އަންހެނަކަށެެވެ.

މި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް އެ ދެމީހުންގެ ލިބިފައިވާ އަނިޔާ ސީރިޔެސް ނޫނެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ކާރު ދުއްވަން އިނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެންނެއް ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް އޭނާ ދުއްވި ކާރަށް އެކި ވަރުގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު