ކޮންމެ އޮފިސަރަކުވެސް އަމިއްލައަށް އިސްނަގައިގެން ޖަލުގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރެއްވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގަންނަވާކަމަށެވެ.

ކަރެކްޝަނަލް ސަރވިސްގެ މިޑްލް މެނޭޖަރ އޮފިސަރުންނަށް އަމާޒުކޮށްގެން މިއަދު ފެށީ މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، މުއައްސަސާއެއް ކުރިއަރައިގެން ދާނީ، މުވައްޒަފުންގެ ހުނަރާއި ޤާބިިލުކަން އިތުރުކޮށްގެން ކަމަށެވެ.

އަދި މުވައްސަސާއިން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

މީގެ އިތުރުން ވިދާޅުވީ، އޮފިސަރުން ކުރާ މަސައްކަތަކީ އެމީހުންނާ ޙަވާލުކުރެވިފައިވާ އިޖުތިމާޢީ މަސައްކަތެއް ކަމަށާއި، މިއީ ވަރަށް ބޮޑު އަދި އެހާމެ މުހިންމު ޒިންމާއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ވިދާޅުވީ މިފަދަ ތަމުރީނުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭގޮތަށް ހިންގޭ ތަންތަން ކަމުގައި ހެދުންކަމަށެވެ. އަދި އެކިސަބަބުތަކަށްޓަަކައި ބަންދުކުރަންޖެހޭ ފަރާތްތައް މުޖުތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ރިހިބިލިޓޭޓްކުރެވި މުޖުތަމައުއަށް ނެރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ މަޞްޢޫލިއްޔަތަކީ ޤައުމަށްޓަކައި، ވަޠަނަށްޓަކައި، ޢާންމު ހަމަޖެހުމާއި، އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ވަރަށްވެސް މުޙިއްމު މަސައްކަތެއްކަމަށެވެ.

" މިފަދަ މަޞްޢޫލިއްޔަތެއް އަދާކުރުމުގައި ގެންގުޅެންވާނެ ސިފަތަކާއި، ހަމަތައް އަބަދުމެ ހަނދާނަށް ގެނެސް ވީހާވެސް އިންސާފްވެރިކަމާއި، ހަމަހަމަކަމާއެކު އިޙުސާންތެރިކަންމަތީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ގޮވާލަން" އޮފިސަރުންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއާއެކު ރަނގަޅު މަސައްކަތްތަކެއްކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރުމުގައި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސިސްޓަމް ރަނގަޅު ކުރުމުގައި ކުރިއެރުންތަކެއް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ މަޤްޞަދަކީ، މުއައްސަސާގެ މުވައްޒަފުންގެ ހުނަރުތަކާއި، ޢިލްމު ތަރައްޤީކުރުން ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުރިން ނޭނގޭ ގިނަ އެއްޗެހިތަކެއް ދަސްވުމުގެ އިތުރުން، ލިބިފައިިވާ ޢިލްމާއި ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.[

އިތުރަށް މުނާޒް ވިދާޅުވީ ޤައިދީންގެ އުޅުން ދެނެގަންނަން ޖެހޭ ކަމަށާއި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ދެނެގަންނަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެމީހުންނަށް ކުރެވުނު ކުށް އަންގައިދިނުން ނޫން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުން ކަމަށެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ކަރެކްޝަންގެ އެކި ޑިޕާޓްމަންޓްތައް ހިމެނޭގޮތަށް 24 އޮފިސަރުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލާމު

    ރައްޔިތުންގެ މާލިއްޔާއިން މުސާރަ ކައިގެން ކަލޭ ކުރާނޭކަމެއް ނެތްއިރުވެސް އަދިވެސް މަޤާމުގައި ހުންނަންތަ ތިޔަ ވިސްނަނީ؟ އެތަކެތީގެ ޙަރާމް ޙަލާލު ކަލެޔަށް މާ ރަގަޅަށް އެގެންވަނެ!

    19
    1
  2. އިކްލީލް

    މިނިސްޓަރު ޕްރިންސިޕަލުންނަށް:- ސުކޫލުތަކުގެ ފެންވަރު ރަގަޅުކުރުމަށް ކަލޭމެންނަށް ފެންނަގޮތެއް ހަދާ!
    ޕްރިންސިޕަލް ޓީޗަރުންނަށް:- ކުދިންގެ ފެންވަރު ރަގަޅުކުރުމަށް ކަލޭމެންނަށް ފެންނަ ގޮތަކަށް ހަދާ!
    ޓީޗަރުން ދަރިވަރުންނަށް:- ކަލޭމެންކުދިންގެ ފެންވަރު ހިފެހެއްޓުމަށް ކަލޭމެންނަށް ފެންނަ ގޮތެއް ހަދާ!
    މިނިސްޓަރުގެ އަދި ވެރިންގެ މަސްއޫލިއްޔަތު ކެރަވަޅަށްހެދިޔަސް މިއީ ބޮޑުވަރު އިމްރާނޫ! ނުވަންޏާ އިސްތިޢުފަދީފައި ބަޗާ!

    19
  3. ސާބަސް

    ހަވާލުވެފައިވާ މަޞްޢޫލިއްޔަތަކީ ޤައުމަށްޓަކައި، ވަޠަނަށްޓަކައި،ޖީބައްޓަކައި،ކުރަންޖެހޭކަމެއް

    16
    1
  4. ާއަހުމަދު

    ކޮންމެރައްޔަތަކުވެސް އިސްނަގްއިގެން ރާއްޖޭގެ ކަންތައް ރަގަޅުކުރޭ

    5
    1
  5. ވަޒީރު

    މަށަކާވާ ބެހޭ ކަމެއް ނޫން. މަ ހޯހޯ. މަވާސަލާމް.

    7
    1
  6. ޖާޒީރާ ބޯއީ

    އިންސާނުން ބޭތިއްބުން އެކަށީގެންނުވާ ހާލުގައިވާ ޖަލުތަކުގެ ހާލަތު ރަގަޅެއް ނުކުރެވޭ. އިމްރާން އިސްތިއުފާ ދެއްވާ.

  7. ދދދދދދ

    ފައްކަލެއްނު. މީނަ ކުރަންޖެހޭ ކަމެއް ހަރާމުންހަރާން.