ގައުމީ އަރުޝީފުގެ ޑިރެކްޓަރުގެ މަގާމަށް ގދ. ފަރެސްމާތޮޑާ ހުސްނުހީނާގެ މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) އައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް އޭނާ އައްޔަނު ކުރެއްވީ މިއަދުއެވެ.

އާމިރުއަކީ ދިވެހި ބަހުން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނޫ މީޑިޔާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.

އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސަން މީޑިއާ ގްރޫޕުގެ ޑިރެކްޓާ އެޑްމިން އެންޑް އެޗްއާރުގެ މަގާމެވެ.

ގައުމީ އަރުޝީފުގެ ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޝާތިރެވެ. ޝާތިރު މިހާރު ހުންނެވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު