އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ގިނަ އަދަދެއްގެ ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެފައިވާތީ އައްޑޫ ރައްޔިތުންގެ ހާލު ރައީސުލްޖުމުހޫރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބައްލަވާލައްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގަށް ފޯނުން ގުޅުއްވައެވެ. ރައީސް ވަނީ މޭޔަރަށް ގުޅުއްވައި ގެއްލުންވެފައިވާ ރައްޔިތުންގެ ހާލަތާއި، ބޯ ވިއްސާރާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށާއި މިހާރު އެކަމާއި ގުޅުގެން އައްޑު ގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތައް އޮޅުން ފިލުވާފައެވެ.

މެދު ނެކުޑި އައްޑޫ އަށް ކުރަމުން އައި ވިއްސާރާގައި މިހާތަނަށް ޖުމްލަ 140 ވަރަކަށް ގެއަކަށް ފެންވަދެ އެހީތެރިކަން ފޯރު ކޮށްދެމުން އެބަ ދެއެވެ. މީގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 44 ގެޔަކާއި މަރަދޫ 4 ގެޔަކާއި މަރަދޫ ފޭދޫ 12 ގެއެއްގެ އިތުރުން ފޭދޫގެ 43 ގެޔަކާއި ހުޅުދޫ 10 ގެއަކާއި މީދޫ 27 ގެއެކެވެ.

އައްޑޫގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސަލާމަތީ ބާރުތަކުންނާއި ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކުން އަންނަނީ އަދިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އައްޑު ސިޓިގެ މޭޔަރ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެފައިވާތީ ބައެއް ފަރާތްތަކުން ގެތައް ހުސްކޮށް ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފފ

    ތިތާ މާލޭގަ އޮވެގެން އައްޑޫ ރައްޔިތުން އަދި އެންމެ ގިނަ ވޯޓު ދިން މީހުންގެ ހާލަތެއް ނޭނގޭނެ. ތިތާ އޮވޭ. މިހާރު ރާއްޖެއިން ބޭރަށް ކިތަށް ދަތުރޔ ކުރެވިއްޖެ. ވޯޓު ހޯދަން ވީމަ ދެއިރު ދެދަޅައަށް އަންނާތީ. އައްޑޫ ރައްޔިތުން ތިބޭނީ މިހާލަތުގަ. މީގެ 40 އަހަރު ކުރިންވެަް ތިބީ މިހެން ދެންވެސް ތިބޭނީ މިހެން. ވޯޓުވެސް ދޭނަން. ގުނބޯ ހެއްދިގެން ވެަް ތިބޭނެ

    18
    2