އައްޑޫގައި އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކުރަން ފަށައިފިއެވެ.

އައްޑޫގައި އަޅާފައިވާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކާއި ފްލެޓް ނަންބަރ ހަވާލުކޮށްފައިވަނީ މި މަހުގެ ތެރޭގައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައި 264 ފްލެޓު އަޅާފައިވާ އިރު ހުޅުދޫގައި ވަނީ 48 ފްލެޓު އަޅާފައެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ތަކުގެ ތެރެއިން ބައެއް ފްލެޓްތަށް ހާއްސަ ކުރެވިފައިވަނީ އައްޑޫގެ ގުޅިފައިވާ މަރަދޫ އަދި ފޭދޭގެ ބައެއް ރައްޔިތުންނަށެވެ.

އެގްރީމަންޓްގައި ސޮއި ކުރާ ދުވަހު މި ފްލެޓް ތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭ އިރު އެ ރުފިޔާ 2 ޕޭމަންޓްއެއްގެ ގޮތުގައި ދެއްކޭނެއެވެ. އަދި މަހުން މަހަށް 3000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މެއިންޓަނަންސް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 550 ރުފިޔާ ދައްކަވަން ޖެހެއެވެ.

މިފްލެޓްތައް ދޫކުރަން ތައްޔާރުވަމުން އަންނައިރު ފްލެޓަށް ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ އަވަދިނެތި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީސޫ

    ކޮބާތަ 7000 ފުލެ ޓް ގެ ހަބަރެއް.
    އެ ދުވަހަކު ހައްގުވެރިން ކަނޑަ އެޅޭކަމަށް ވާނެ ބާ.
    ޕާ ޓީބަޔަކު މުސްސަދި ނުވަނީސް.ކޮމެ ޓީ ރައީސް

  2. ާއަހުމަދު

    ވޯޓަށް ދޮންކެރަނީ

  3. އައްޔު

    ޝުކުރިއްޔާ ރައީސް ޔާމީން

  4. އކކ

    ޕްލެޓްގެ މަހުކުލި 3000
    ޕްލެޓްގެ މެއިންޓަނަންސް 1000
    ޕްލެޓްގެ ސާޗާޖް 5000

    ޖުމްލަ 9000