މިއަހަރުގެ މޭޑޭއަކީ ތާރީހީ މޭޑޭއަކަށްވާނެކަމަށާއި، އެ ދުވަހު މަސައްކަތްތެރިންގެ ހައްޤުތައް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިހެން ވިދާޅުވީ އޭނަ ކުރި ޓުވީޓެގައިއެވެ. މިފަހަރުގެ މޭޑޭއަކީ ތަފާތު، އަދި ތާރީހީ މޭޑޭއަކަށްވާނެކަން ފާހަގަކޮށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްޤުތައް ހޯދުމަށް މޭޑޭގެ އިހުތިޖާޖަށް 30000 މީހުން ނިކުންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިފަހަރު ގެޔަށް ވަންނަ ގޮތަށް އޮތީ ހައްޤުތައް ހޯދުމަށްފަހުގައިކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވިގޮތުގައި މިފަހަރުގެ މޭޑޭއަކީ މަޖޫރީންގެ މޭޑޭއެއް ކަމަށެވެ.

މިގެކުރިން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުވެސް މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް ފުރާލާފައިވެއެވެ. ނަމަވެސް ސަރުކާރު ވައްޓާލަން ދިމާކުރުމުން މުޒާހަރާ ވަނީ ރޫޅާލާފައެވެ.

އަތޮޅުތަކުން ވެސް ގިނަ ރައްޔިތުންތަކެއް މާލެ އައިސްގެން ބޭއްވި އެ މުޒާހަރާއަށްފަހު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައެވެ. އެ ހުކުމް އިއްވާފައި ވަނީ އިމްރާން އެދުވަހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. .

އިމްރާންގެ އިތުރުން އަލީ ވަހީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހު ރަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.

އެ ތިން ބޭފުޅުން ވެސް ތިއްބެވީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސިވިލާތުގައެވެ.

މަސައްކަތްތެރިންގެ ހައްޤުތަކުގެ ދިފާއުގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މޭޑޭއަކީ، މެއި މަހުގެ އެއްވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުޙައްމަދު

    ތި މުޒާހަރާއަށް 30 މީހުން ގޮސްފިއްޔާވެސް ސާބަސް، އަހަރުމެން ކުރިމަތީ ކަލޭމެންތީ އެއްވެސް އަގެއްހުރި ބައެއްނޫން، ދީނާއި ޤައުމު ފުނޑާލާ ނިކަމެތި ރައްޔިތުން ބިކަކުރަން އުޅޭ އަމިއްލަ އެދެމުން ފޯވެފައިތިބި ބައެއް ނުދާނަން ނުދާނަން ނިކަންގެންދެބަލަ

  2. Anonymous

    30 ހާސް ކީއްކުރަން 3 ހާސްވެސް ނުވާނެ. ކަލޭމެން ތިއީ މިގަމުގަ މިހާރު ހައްޕުނޑޭ މުސްތޮފާ. ކަލޭ މޮޔަވީތަ. ތިއީ ހަޔާންނެތް މަގުމަތީ ބަހުން ވާހަކަ ދައްކާ މީހެއްގެ އިހްތިރާމެއްވެސް ނެތް މީހެއް.

  3. އަތުލީ

    މޭޑޭގަ ހަދަންވީ ގޮތަކީ، ބޯކަރުދާސްގަނޑެއްގަ ނުވަތަ ބާ ޕްލައިވުޑް ގަނޑެއްގަ 30 ހާސް މީހުން ޖަހައިގެން ނުކުމެ އެމް.ޑީ.ޕީ ހަރުގެ ދޮރުމަތީ ހުރެ ކަލޭގެ ތި މުޑުދާރު ބަހުރުވައިން ހަޅޭއްލަވަންވީ. ދެން ރ.ޓީވީން ލައިވް ކުރީމަ ހުންނާނީ 30 ހާސް މީހުންނާއެކު މުޒާހަރާ ކުރެވިފަ.

  4. އަވަސް.

    ކުރީފަހަރު މޭޑޭއެއްގަ ފޮނި މުސްތަގުބަލެއްއޮތް ގޯލް ކީޕަރަކު އޭނާގެ މުޅި ދިރިއުޅުން ގެއްލުވާލީ ކަލޭމެން ވެރިކަމާހެދި ހެސްގަނެގެން މީހުންނަށް ވަސްވާސްދީގެން ނެރެގެން. މިފަހަރު ތިއުޅެނީ ކިތައް ދިވެހިންގެ ދުވަސް ދުއްވާލާނަމޭ ހިތާ؟

  5. ކަލޭ

    މުސްޠަފާ، ކަލޭވެސް މިހާރު 24 ގަޑިއިރު ހަމައިގަ ނުހުންނަ މީހަކަށް ވީއުތަ؟ މިގައުމުގެ ރައްޔިތުންނަށް ހެޔޮ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް. ހަމައެކަނި ބޭނުންވަނީ، އިސްލާމް ދީނާއި، ދިވެހިގައުމުގެ މިނިވަން ކަމާ ޔާމީން ސަރުކާރުން ރައްޔިތުންނަށް މިގެނެސްދޭ ތަރައްޤީ. ކަލޭމެންވެސް ވެރިކަން ބޭނުންވަންޏާ 5 އަހަރުގެ މެނިފެސްޓޯއަކައިގެން، ދިވެހި ރާޢްޖޭގެ ރައްޔިތުންނަށް ކޮށްދޭނެ ކަންކަމައިގެން އާދެބަލަ. މުޒާހަރާ ކުރުމަކީ، ފަނާކުރުވުންކަން ދިވެހިންނަށް މިހާރު އެނގި ބާވެއްޖެ.

  6. އަވަސް.

    މުސްތަފާގެ ވާހަކަތައް މީޑިއާތަކުގައި ރިޕޯޓުކުރާއިރު ވަރަށް ވިސްނަން އެބަޖެހޭ އެހެނީ އެމަނިކުފާނަކީ ދޫފުޅު ވަރަށް ނުބައި ބޭފުޅެއް.

  7. ޙަފްޞާ / މާލެ

    ފޮނި ނުތަޅާ! ބާރުވެރި ކަލަކު ވޮޑިގެންވޭ! ކަލޭމެންގެ ހުރިހާ ރޭވުންތަކާ ހިންގަންއުޅުނުހާ ޖަރީމާ އެކަލާންގެ އިރާދަފުޅުން ވަނީ ބޭޒާރކުރައްވާފައި! ތިޔަ މުޒާހަރާއަށް 500 މީހުންވެސްއައިސްފިއްޔާ ވެދާނެ! ރާއްޖެ ދެކެމުންމިދާ ތަރައްޤި މަޑުޖެހުންއެއީ ދިވެހިން ބޭނުން ވާނޭކަމެއް ނޫން! އިތުރު ބަޔަކު ކުށްވެރިވެ ޖަލަށްދިޔުން ނޫންކަމެއް ތިކަމުން ޙާޞިލްނުވާނެ!

  8. މާނޭ

    30000 ހެއްނޫން 3 މިލިޔަން މުސްތޮފާބެ ރަނގަޅުކޮށްލާ! އެއްކަލަ މަނަވަރު ތަކުގަ މީހުންކޮޅެއްވެސް ގެނެސްގެން ހަމަކޮށްލާނީ.....

  9. ސަރީފާ

    30000 ހާހެއްނޫން ރާއްޖޭގެ ޕޮޕިއުލޭޝަންގެ ދެބައިކުޅައެއްބައި ނިކުންނާނެ

  10. 3ނިރު

    30000 ހާހެއްނޫން ރާއްޖޭގެ ޕޮޕިއުލޭޝަންގެ ދެބައިކުޅައެއްބައި ނިކުންނާނެ

  11. 3ނިރު

    ތިއުޅެނީ ދެންތިބި ރިޔާސީ ކެނޑިޑޭޓުންގެ ދުވަސް ދުއްވާލަންވެގެން މުސްތޮފާ ތިކަމެއް ނުވާނެ

  12. ނަލަނަލަ

    ބަލަ މުސްތަފާ މެންކަހަލަ ދެފުށް ދެގޮތައް ދެދަލަޔައް ދެފަޅިއައް ގަތާގެން ހެދުއަޅާ ކެތަމެ ޑޭ ސަންޑޭ ހޫފިލަޑާ ޑޭ މުައްޒަފުންނައް މުސާރަނުދޭ ޑޭ މަކަރާހީލަތާ ހައްޖުވެރިންނައްއޮޅުވާލާ ޑޭ ބަލަމިގައުމުގެރައްޔަތުންބޮލެއް ނުކެވޭނެ މިހާރު ރައްޔަތުންވިސްނޭ ތިޔަކަލަ ހޮލުވާލާ މީހަކު މިގައުމުގާވެސްނެތް؟؟

  13. ހުސޭނުބޭ

    ގޮނޑި ގެއްލުނީމާ މުސްތަފާބޭ ރާޑީވެފައި........މި ހިސާބުތަ ތި ހެދީ...... މުސްޠަފާބެ ގުނަކުރަން ގޮނޑި = 30000 މީހުން..... ކެކެކެކެކެކެކެ

  14. ހައްމާދު

    ރައްޔިތުން ވިސްނަންވީ ދަންޑިވަޅު މިއޮތީ އައަސްފަ ކުރީފަހަު މޭޑޭ މުޒާހަރާޢަށް މަވެސް ދިޔައިން އެއް ހަފްތާ ގޮޅީގަ ބޭޢްވީ ސަލާމައްވެގެން ނިކުމެވުނު އިރު ވެރިކަމެއްވެސް ނުވެއްޓޭ ނުވިތާކައް ގެއްލުނީ މަގޭ ވަޒީފާ ގަނޑު އޮފީހު ބޮހަކީ އެމްޑީޕީ ކައިގެން ހުއްނަމީހެކޯ އޭނާއައް އެންގޭނެ މަ ގޮޅިއައް ލިކަންވެސް އެކަމް އޭނާ ބުނީ އޮފީހައް ހާޒިރުނުވާތީ ވަކިކުރީ ކަމައް މުސްތަފާ މެން ބުނެގެން މަގުމައްޗައް ނިކުތީމާ ގެއްލުން މިވީ ކާކައް ލާހިކެއް ނޫން މަގޭ ރައްޓެއްސަކައް ވެސް އާޢިލާ މީހަކައް ވެސް ތިމުޒާހަރާ އައް ދާކައް...ހުރިހާ ރައްޓެހިންވެސް އާޢިލާ ވެސް އެމްޑީޕީ މުސްތަފާ ރައްޓެހިން ނާ އާޢިލާ ގޮވައިގެން ނިކުމެތިބޭ މުޒާހަރާ ފެށީމަ އަވަހައް ފިލަން...

  15. ކަޑަ

    ހަމަ އަތަށް ގޮވާތަން ބަލަން މިތިބެނީ...ހަހަހަ

  16. އަބްދުއްލާ

    މިގައުމަކަށް މޭޑޭ އާ ހޯލީޑޭ އެއް ބޭނުމެއްނޫން . ނަސީދު މެން ލުތުފީ މެން އެހެން ގައުމަކަށް ގޮސް ތިޔަކަން ފާހަގަ ކުރޭ