ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަޒުޒް ފުލިދޫގެ ކުނިކޮއްޓާއި ބެހޭ ގޮތުން އެންވާރްމަންޓް މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ކުރެއްވި ސުވާލާއި އެކަމުގައި ކަން ހިނގާފައިއޮތް ގޮތް ކަމަށް މިނިސްޓަރ ވިދާޅުވި ގޮތް ތަފާތުވުން "މިއީ ވަރަށް ބޮޑު މުޢުޖިޒާތެއް" ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ފުލިދޫ ކުނިކޮށި މިއަހަރު ނިމުގެ ކުރިން ނިމޭނެތޯ ފަޒުލް ސުވާލު ކުރުމުން މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ކުނިކޮށީގެ މަސައްކަތް ނިންމާ 28 ފެބުރުވަރީ 2019 ގައި ކުނިކޮށި ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން 7 އޮގަސްޓްގައި މެންބަރު މިސުވާލު ކުރެއްވިއިރުގައިވެސް މަސައްކަތް ނިންމާފައި ރަށު ކައުންސިލާ ހަވާލުކުރިފަހުން 160 ދުވަސް އޮތީ ފާއިތުވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ.

މިނިސްޓަރ ޖަވާބު ދެއްވުމުން ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވީ މިކަން މިވީ ވަރަށް ބޮޑު މުޢުޖިޒާތަކަށް ކަމަށާއި އަދި އޮޅުމަކަށް ކަމަށެވެ.

މުޢުޖިޒާތް އައިސްފައިވަނީ ޢަރަބި ބަހުގެ ޢަޖަޒަ ނުވަތަ އަޢްޖަޒަ މި ދެ މަސްދަރުންނެވެ. އޭގެ މާނައަކީ ނުކުޅެދުމެވެ. މިގޮތުން މުޢުޖިޒާތުގެ ލުޣަވީ މާނައަކީ މީހާގެ ނުކުޅެދޭކަން ސާބިތުކޮށްދޭ ކޮންމެ އެއްޗެކެވެ. ނުވަތަ ކޮންމެ ކަމެކެވެ. މުޢުޖިޒާތުގެ އިޞްޠިލާޙީ މާނަ ވަރަށް ގިނަ ގޮތްގޮތަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ތަޢާރަފަކީ މުޢުޖިޒާތަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ތެދިވެރިކަން ހާމަކުރެއްވުމުގެ ގޮތުން އެބޭކަލުންގެ އަތްޕުޅުމަތިން މާތްﷲ ފާޅުކުރައްވާ އެއާ އެއްފަދަ އެއްޗެއް ގެނައުމުގެ ކުޅަދާނަކަން ލިބިގެންނުވާ އޭގައި ތަހައްދީ އެކުލެވިގެންވާ އާދަޔާޚިލާފު ކޮންމެ ކަމެކަވެ.

އެހެންކަމުން ނަޝީދު "މުޢުޖިޒާތް" މިބަސް ބޭނުން ކުރެއްވީ އެބަހުގެ ލުޣަވީ މާނައިގައެވެ.

މިނިސްޓަރުގެ ޖަވާބާއި އަދި ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ފަޒުލް ވިދާޅުވީ މިއީ މުއުޖިޒާތެއް ނޫންކަމަށާއި ކުނިކޮޅި އެޅުން ކަމަށް ގަބޫލު ކުރެވެނީ ކުނިކޮށީގައި ބޭނުންވާ ވަސީލަތްތައް ފުރިހަމަ ވެގެން ކަމަށެވެ. އެވަސީލަތްތައް ފުލިދޫ ކުނިކޮށީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ދީނީ މަޢުލޫމާތު ވަރަށް ކޮށި
  މުޢުޖިޒތަކީ ކޮބައި؟

  39
  2
 2. ޣގ

  އޭނަފޮނުވަންވީފޯޅުވަހީގެ މަޖުލީހުގެ ވެރިޔަކަށް ބައިންދަން!

  43
 3. ޖާބެ

  ކުނިއަޅަންވީ ތަނެއް ދެއްކުމަށްފަހު އެތަނަށް ކުނިއަޅަން މިނިސްޓަރު އެންގުމުން އެދެން ކުނި ކޮށި އެޅުން ކަމަށް މިސަރުކާރުން ބުނެފައިވަނި. ކުނިއަޅަންޖެހޭ ތަން އިމެއް ވަކިކޮށްފައިނެތް. ކުނި މެނޭޖްކުރެވޭނެ ވަސީލަތެއްނެތް. ކުނި އުފުލާނެ ގޮތެއް ނެތް. އެތަން ބަލަހައްޓާނެ ބައެއްނެތް. ޖަޒީރާ ވަންތަ ކަމާއިއެކު އަތިމައްޗަށް ކުނި އެޅުމުގެ ޘަޤާފަތާއި އެއްގޮތަށް އަތިރިމަތިން ތަނެއް ދައްކާފައި އެެތަނަށް ކުނިއަޅަންވީ ނޫންހޭ މިނިސްޓަރު ބުނީމަ އެދެން 32 ބިލިއަންގެ ބޮޑު ބަޖެޓްއަކުން ބޮޑު މަޝްރޫޢެއް ހިންގައި ނިންމާ ލެވުނީ. ހުރިހާ ކަމެއްވެސް ދަނީ މިހެން. މިދެން މުޢުޖިޒާތަކަށް ވާންވީ.

  50
 4. އައްޑޫ މީހާ

  އޭނަ އެވާހަކަ ބުނީ ވަކި މާނައެއްގައެއްނޫން ވާނުވާ ނޭގި ބުނީ އެފަދަ ވާހަކަތައް ބުނުމަކީ އޭނައަށް މާބޮޑު ކަމެއްނޫން ހިތައް އެރީމަ ބުނެލީ އެހެން ކަމަށް ވާނަމަ ތިމަންނަ މިބަސް ބޭނުންކުރީ މިވެނި މާނައެއްގައޭ ބުނަން ޖެހޭނެ މުރުތައްދު ވެފައިވާ މީހަކު ދައްކާނީ މިކަހަލަ ވާހަކަ އޮޅިގެންވެސް

  59
  2
 5. މިއަދު

  ފުލިދޫ ކޮނިކޮށީގެ 5 ގަނޑު ފޮޓޯ ދިވެހި ރަޢިއްޔަތުންގެ މަޢުލޫމަތަށްޓަކައި ފޭސްކަށް އަޕްލޯޑު ކޮށްދެއްވުންއެދެން ފުލިދޫގެ ކޮންމެ ބޭފުޅަކު މިކަން ކުރިއަސް އޯކޭ