ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ ދިވެހި ސަރުކާރު ޝާމިލްވާ މައްސަލަތަކާއި، ދިވެހި ސަރުކާރާއި ގުޅިވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށް ރައީސްއަށް ލަފާދިނުމަށް އުފައްދަވާފައިވާ ކޮމެޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރު ދެނެގަތުމަށް މިނިވަން އޮޑިޓް ފާމެއް އައްޔަން ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސެޓްލްމަންޓް ކޮމެޓީގެ ބޭނުމަށް އައްޔަން ކުރެވޭ އޮޑިޓް ފާމްތަކުގެ މައިގަނޑު މަސައްކަތަކަށް ވާތީ ކޮމެޓީގައި މަޝްވަރާ ކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވެލުއޭޓްކޮށް އެމައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމެޓީއަށް ލަފާއެރުވުން ކަމަށެވެ.

ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާހޯދުމުގެ މައިގަނޑު މަޤުޞަދަކީ އެކިއެކު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލްވެރި މިންވަރެއްކަން ޔަގީންކޮށް ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތް ކުރުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައި ވަނީ ބީލަމުގެ އުސޫލުން ކަމަށްވާތީ މަސައްކަތުގެ ތަފްސީލް ހިމެނޭ ޓާމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަވަސް ފުރުސަތެއްގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢީޢު ކުރެވޭނެ ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުން އެކިފަރާތްތަކަށް ބަދަލު ދިނުމުގެ ކުރިން އޮޑިޓް ކުރަން ނިންމާފައި މިވަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާތައް ދެމުން ގެންދާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފާއިޒު

  ފައިސާ ދޭން ބޭނުންވާ މީހުންނަށް ފައިސާ ދީފައި ދެން ކޮން އުސޫލެއް ކަނޑައަޅާކަށް.

  13
 2. ދޫ

  ހައްހައް ހާ ބަދަލުދޭން ބޭނުންވާ އެންމެންނަށް ދީނިމުމުން އޮޑިޓް ކުރުމަށް ފަހުދޭގޮތައް ހަމަޖެހުނީ ޒީރޯޓޮލަރަންސް

  13
 3. ގަރޭ

  ކުރާނެ ވަރަކަށް ވައްކަން ކޮށްފައި ރީއްޗެއް ނުން ތިހެން ބުންޏަސް. ވަގުންގެ ސަރުކާރު

  14
 4. ޢަލީ

  ލާރި ބަހަންޖެހޭ ޕާޓީ މީހުންނަށް ބަލާ ނިމުނީމާ އޮޑިޓް ކުރަންވީ. މަކަރުވެރިކަން

  21
 5. މިގޭ

  ކީއްކުރަން މިއަހަރުގެ ބަޖެޓް މިޅިން ހުސްކޮށްލީ މަކަރުވެރި ބަދަލުދިނުމަކުންކަން މުޅި ރައްޔިތުންނަށް އެނގޭ. ވައްކަމާ ކޮްރޮޕްޝަން މިހާރު ދަސްކޮށް ތިޔަދިނީ މުޅިން އާ ވައްތަރަކަށް . ޒީރޯ ތޮލެރަސް.

  11
 6. ސައިކަލް މީހާަ

  ޕާޓީއާއި ޕާޓީގެ ބޮޑުންނަށް ބައިއަޅާ ނިމެންދެން އޭ ޖީ ހަމަ އަވަހާރަފުޅުގަ. މިއޮތްބޮޑު ބަޖެޓުން އަދި ކުރެވުނުކަމަށް އެނގެން ފެންނަން ހުރީ ބޯގަންވިލާ ކުދިންނަށާއި އެވެރިންނަށް ބައިއެޅޭ ގޮތަށް ތިޔަދިން ބަދަލު. ތިއޮޑިޓްކުރުން 2023 އަށް ފަސްކޮށްލުން ބުއްދިވެރި.

  13
  • ބޯގަނު

   މިހާރު ގޭގެ ދޮރުގަނޑު ބަދަލުކޮށް ކުލަލާ އަދި ފިންގަރޕްރިންޓް ނިޒާމު ހަރުކޮށް ބެލް ޖަހާ ނިޒާމް ގާއިމްކޮށްފި. އެއީ ކުރިން ބުޅާ ވަދެވޭގޮތަށް ހުރި ހަލާކުވެފައި ހުރި ދޮރެއް ފީވެފައިވާ މިއޮއްހާ ދުވަހު. ދިވެހިން ވިސްނާ މިވާގޮތް ލަވާހަޅޭކާ ކަންކަންވާ ގޮތާ. މީތަ އިންސާފަކީ. ހަޅޭލަވައިގެން އެންމެނަށްވެސް ދޮރު ރީތި ކުރެވެންވާނެ. މައްކާރުންތައް

 7. ޒާ

  ތެތްގޯނި އަޅުގަން ނޫޅުއްވާ. ދޭންވާ މީހުންނަށް ލާރިގަނޑު ދީ ނިންމާފައި ދެން ކޮން ވާހަކައެއް.

  10
 8. ލޮލަ

  ދޭނެ ވަރަކަށް ދީފަ ކާނެ ވަރަކަށް ކައިފަ...

 9. އަލީ

  މިމީހުން ފައިސާ ދޭން ބޭނުންވާ އެއްމެނަށް ދީ ނިމުނީ

 10. އަޙްމަދު

  ހުރި ނުލަފާކަން ބަލާބަލަ! ދެން ތިކަންވެސް
  ކުރަންވީ. ޢިބުރާ އަށް ލާރިގަޑު ދީނިންމާފަ.

 11. ދުމައިން

  އަދިކިރިޔާ؟؟ އެއްވެސް އޮޑިޓެއް، ތަހުގީގެއް ނެތި ބަހާ ނިންމާފަ؟ ކޮބައިބާ ދާންދޫ ޔައުގޫބު؟ ނިކަން މިކަމުގަވެސް މަތިހަށިނަގާ ގަދަބަސް ބުނެ އިއްވާލަބަލަ!!

 12. މިއަދު

  ޕާޓީގެ އިހުލާސްތެރިންގެތެރޭގައިތިބެ 2023 އަށް ފައިސާޚަރަދުކޮށްދޭނެކަމަށްބުނި އެއްމެނަށް އަދި އެބޭނުންވާވަރަށްފައިސާދީނިމުނީތޯ؟