ނިރުބަވެރި ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތުގެ ބައްދަލުވުމެއް ފަށައިފިއެވެ.

"ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ފަށާފައި ވަނީ މިއަދުއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ނިރުބަވެރި މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން ފުލުހުންނާއި، ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.


މި ބައްދަލުވުމުގައ ިނިރުބަވެރި ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި ދޭސީކަމާއި، އުސޫލްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ނިރުބަވެރި ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ނިރުބަވެރި ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
ދެ

މި މަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުރުތައްދުން ވަރައް ބިރުގަންނާނެ.

  2. ޢާއިޝާ

    މޯޅު ވާހަކަ ދައްކައިގެން މީހުންގެ ސަމާލުކަން ހޯދަންތަ ތި އުޅެނީ. ހަތިޔާރު އުކުޅަށް