ޝަރީއަތް ނިމެންދެން ބަންދުކޮށް މީހުން ވާނުވާގައި ބައިތިއްބުމަކީ ގާނޫނީގޮތުން ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ އަދި ކުރީގެ ސާކްގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ރޭ ވީޓީވީގައި ކުރިއަށްދާ ޕެނަލް ޑިސްކަޝަންގައެވެ. ދިޔާނާ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަކީލުންގެ ތެރޭގައި ކިޔައިއުޅެނީ ވާނުވާގައި ބައިތިއްބުން ކަމަށާއި މިއީ ގާނޫނީގޮތުން އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގައި މިހާރު މިއޮތީ އިންސާނީ ހައްގުތަކަށް އަރައިގަތުން އާންމު ކަމަކަށް ހަދާފައި، އިންސާނީ ހައްގުތައް ވަރަށް ނާމާން ހާލަތަކަށް ވައްޓާލާފައި" ދިޔާނާ ވިދާޅުވިއެވެ.

އެކަށީގެންވާ ސަބަބެއްނެތި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބާރު ބޭނުންކުރަމުންދަނީ މުޅިން ގޯސްކޮށް ކަމަށް ވިދާޅުވެ ދިޔާނާ ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.

" ގާނޫނުގައި ޖަލުތައް ގިންތި ކުރެވިފައި ހުންނަނީ މުހިންމު ސަބަބުތަކަކަށްޓަކައި، ކުށްވެރިންނާއި ކުށެއް ސާބިތުނުވާ މީހުން އެއްޖަލެއްގައި ނުގެންގުޅެވޭނެ " ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި އެމީހެއްގެ މައްޗަށް ކުށްސާބިތުވެފައި ހުންނަ މީހާއާއި ކުށްސާބިތުނުވާ މީހާއާ ދެމީހުންގެ ފަރަގު ވަރަށް ބޮޑު ކަމަށާއި ކުށެއް ސާބިތުނުވާ މީހާ ބަންދުކޮށްފައި ހުއްޓަސް ހުރިހާ ހައްގެއް ނުހިފެހެއްޓޭނެކަމަށެވެ. އަދި ވަރަށް ފުޅާ ދާއިރާއެއްގައި ހައްގުތައް ދޭންޖެހޭނެކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮފުބާ

    ދިވާނާ ހޯގަޔާ ސަބަބެއްނެތި މީހަކު ހައްޔަރެއް ނުކުރެ ވެރިކަމޭ ބޭނުމި

  2. މުޙައްމަދު

    ކާކު ތިވާހަކަ ކަލޭ ކައިރީބުނީ، ޤާނޫނާއި ޤަވާޢިދަކީ ބާވައިލެއްވި އެއްޗެއްތަ؟

  3. ހައްމާދު

    ލޮލީ ޖާބިރު ބުނެގެން އިންތިހާބު ކައިރި ވާތީ މިދައަތަ ފިލާހުރެފަ އަވަހައް މިއައީ މާލެ.... ހުވަފެނުން އެމްޑީޕީ އައް ވެރިކަން ލިބެން އުޅޭތީ......ދެން އެވީ ބޮޑުމަގާމެއް ދޭންށޯ މީނާއައް.....ފެއިލް ދެންވެސް ފެއިލް....

  4. ލަތީފާ

    އިސްލާމްދީނުގަ ހުއްދަ އޮވޭތޯ ބަނގުރާފުޅިޔަކާ ކައިވެނިކޮއްގެން އުޅުން ލޮލް

  5. ހުމުދު

    ކަމަނާ އެއްކަމެެއް ނުކޮށްވެސް ފިރިސޮރުގެ ދަރަނިތަށް އަދާކުރެވޭތޯ ބަލާ އޭގެފަހުގަ އަނގަ ފޭކުރޭ ފޭކުރޭ ފޭކުރޭ.....