ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަކީ ހުޅަނގުގެ އެޖެންޓެއް ކަމަށާއި، އެމަނިކުފާނަކީ ދިވެހިންނާއި ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި، ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ސިފަކުރައްވައިފިއެވެ.

ނަޝީދު މިހާރު ދައްކަވަމުންގެންދަވާ ވާހަކަތަކާއި ގުޅިގެން އޮންލައިން ނޫހަކުން ނެރުނު ރިޕޯޓެއް ރީޓްވީޓް ކުރައްވަމުން ނިހާން ނަޝީދު ދިވެހިންނާއި ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ވިދާޅުވީ، ނަޝީދުއަކީ އަނެއް ދިވެހި ރާއްޖެ އަނެއް ގައުމިއްޔަތު ކަމަށެވެ.

"އަނެއް ގޮތް ހޯދަން އުޅޭ މީހެއް. ދިވެހިންނާއި ބީރައްޓެހި މީހެއް. ހުޅަގަނގުގެ އެޖެންްޓެއް". ނިހާން ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓިއާއި ދާދި ފަހުން ގުޅުނު ނިހާން މިގޮތަށް ޓްވީޓް ކުރެއްވިއިރު، ނަޝީދު، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދައްކަފައިވާ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފަ ވަނީ އެމްޑީއެން ގެ ރިޕޯޓުގައި ނުރަނގަޅަށް ކޮށްފައިވާ ކަމަކީ ރަސޫލާ އަށް ސަލަވާތް ނުކިޔެވުން ކަމަށާއި ރަސޫލާ ގެ ނަންފުޅަށް ފަހު (ސ.އ.ވ) ނެތް ކަން ކަމަށާއި އެއީ އެކަލޭގެފާނުގެ ނަންފުޅާއި ކަރާމާތަށް ދޭން ޖެހޭ ގަދަރު ނުދީ އޮތުން ކަމަށެވެ.

އަދި ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓުގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީއެންގެ އެ ރިޕޯޓްގެ ދިފާއުގައި ވާހަކަދައްކާފައެވެ.

ނަޝީދު މިގޮތަށް ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، އެންމެ ފަހުން ޕްރެޝަރު ބޮޑުވެގެން އެމްޑީއެން އާއި މެދު ފިޔަވަޅު އަޅަން ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގުއިދައިތަ

  ނިހާން ކަލޭ އަނގަ ނުހުޅުވާ ހުރޭ. ކަލެއަކަށް އަނގަ ހުޅުވުމުގެ ހައްޤެއް ނެތް. ކަލޭ ވެސް ތިހިރީ މިހާރު އެ އެޖެންޓަށް ތާއިދުކޮށްގެން. ރާއްޖޭން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރާ ބައެއްގެ މަދަދުދާރެއް ނިހާނާ ކަލެއަކީ ވެސް.

  22
  2
 2. ބޮކި

  ކަލޯ އަކީ އަދީބް އެޖެންޓް ؟

  17
  1
 3. ފާދިގު މަކުނު

  ނަސީދަކީ ލަާދީނީ އެޖެންޓެއް ރައްޔިތުން ނުކުންނަންވީ މީނަޔާދެކޮޅަށް މިހާމިނިވަން ކަންމަތީ މީނަޔަށް ވާހަކަ ދެއްކިޔަދީގެން ނުވާނެ މިފަސްގަޑުގާ އަދި ކާފަރުވި ޗަހިންދާ އެޖެންޓު އެފިލީ ބިރުން އެއީފިޑިޔެއް ނަސީދަކީވެސް ފިލާ ފިޑިޔެއް!!!!!

  15
  3
 4. ނާޒުކު

  ނިހާން ތީ މީހާރު އެބޭފުޅާގާގެ އެޖެންޓެއްނޫންތަ ޔާމިން ބެދެން ކައިރިވީމާ ކަލޭވެސް ފެންއޮތްތަނަނަށް ބަކަތަޅަން ތި ދިޔައީނު

  10
 5. ސޮއްބެ މާލެ

  ނަޝީދަކީ ޕަޕެޓެއް ހުޅަނގުގެ... !!

  8
  3
 6. އައިން

  ނިހާނު އެވިދާޅުވީ ތެދެއްކަމަށް ޤަބޫލު ކުރެވޭ. އެކަމަކު ނަޝީދަށްވުރެ ހުޅަނގުގައި ހުންނެވި ހުޅަނގުގެ ބޭފޫޅަކީ ނިހާނުކަން އަޅުގަނޑަށް ޔަޤީން.

  4
  1
 7. ލަކީ

  ޙެހެ އެއްކަލަ ނިހާނު ހަމަ ބައްލަވާ ނިހާނު ކޮބާ އަދީބު އަތުން ނެގި ފައިސާ ކޮބާ ޔާމީން ދިން ފައިސާ އެންމެ ފަހުން މިހާރު ޖޭޕީއަށް ސޮއެ ތިކުރެއްވީ ވެސް ރޭވުމަކުން މަނިކުފާނު އަދުރޭ ކާރީ ބުނީ ކީކޭ ތޯ ހަމަ ފައިސާގެ ބޭނުމުގަ ކުރިކަމެއް ނޫންތޯ

 8. މިއަދު

  ނަޝީދަކީ ހުޅަގުގެ އެޖެންޓެއްކަމަށް ސިދާ ޤަބޫލުކުރަންދަތި އެއީ ހުޅަގުގެ ގައުމުތަކުގައިވެސް މުސްލިމުން ވަރަށްގިނަ އެހެންވެ ނަޝީދަކީ ރާއްޖޭގައި މިއޮތް މާތްވެގެންވާ އިސްލަމްދީން ބަލިކަށިކުރުމަށް ޣައިރު މުސްލިމުންގެ ފަރާތުން ކަޑައަޅާފައިހުންނަ އެޖެންޓެއްކަމަށް ބުނުން މާރަގަޅު ނަޝީދު ކުރަނީވެސް ހަމައެމަސައްކަތް

  2
  2
 9. ކުޑަ އިއްސޭ

  ނިހާނު މެން އަންނައުނު އަޅައިގެން އުޅޭތީ ވަރަށް ކަންބޮޑުވޭ.