އެވްރެޖްކޮށް މާލޭ މީހުން އުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، މާލޭ މީހުން އެހެން ރަށްރަށުގެ މީހުންނަށްވުރެ ނިކަމެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެ އެވެ.

މީކާއިލް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލެއާއި ރަށްރަށުން ރައްޔިތުންނަށް ފްލެޓު ދޫކުރުމާ ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ މާލޭ މީހެކޭ ބުނުމުން އާއްމުގޮތެއްގައި އަދިވެސް ސިފަވަނީ 12 ބުރީގެ އިމާރާތަކާއި، އެ ޢިމާރާތުން އެމީހާގެ ޖީބަށް ބޮޑު އަދަދުން ވަންނަމުންދާ ކުލީގެ ފައިސާ ކަމަށާއި، ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.

"އަޅުގަނޑު ދަންނަ އެވްރެޖް މާލޭ މީހާއަކީ އޭނާގެ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް މީހެއް. އޭނާގެ ހާލަކީ އޭނާގެ އަމިއްލަ ރަށުގައި އޭނާ އުޅެން މިޖެހެނީ ކުއްޔަށް. ކާފަ، މާމަ، މުނިމާމަގެ ގޯތި، ފޮތިފޮތި ކުރަމުން ގޮސް މިއަދު އޭނާ އާއި އޭނާގެ ދަރިންނާއި އޭނާގެ މާމަ ދަރިން ވަންނާނެ ތަނެއް އޭނާގެ އަމިއްލަ ރަށުގައި. މި ހާލުގައި ގިނަ މީހުން އުޅެނީ. އެއްގޮތަކަށްވެސް މި ދަންނަވަނީ މާލޭގެ މަހުޖަނުންގެ ވާހަކައެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

އެހެން ރަށްރަށުގެ ރައްޔިތުންނަށްވުރެވެސް މާލޭގެ ރައްޔިތުންގެ ހާލަތު ބޮޑު ކަމަށް ފާހަގަވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އެހެން ރަށްރަށުން ގޯއްޗަށް އެޕްލައި ކުރާއިރު އެ ގޯއްޗަށް ފައިސާ ދައްކަން ނުޖެހޭ. އެހެން ނަމަވެސް، މާލޭގައި ބޯހިޔާވަހިކަމެއް ނެތް ރައްޔިތު މީހާ ގޯއްޗަކަށް ނޫނީ އިންސާނަކަށް ދިރިވެސް ނޫޅެވޭ ވަރުގެ ކުޑަ ކޮތަރު ކޮއްޓެއްހާ ކުޑަ ފްލެޓް ގަނޑަކަށް އެޕްލައި ކުރާއިރުވެސް އޭނާގެ ގޯތިވެސް ދޫކޮށްލަން ޖެހޭ" މީކާއިލް ވިދާޅުވިއެވެ.

އަދި ގޯތި ދޫކޮށްލާފައި ފްލެޓެއް ލިބުމުން މާލޭ މީހުން މުޅި އުމުރު ޚަލާސް ކުރަން ޖެހެނީ އެ ފްލެޓުގެ ކުލި ދެއްކުމުގައި ކަމަށް ވެސް މީކާއިލް ފާހަގަކުރިއެވެ.

ވެށިފަހި މާލެއަށް 2011 ވަނަ އަހަރު ސަރުކާރުން ހުޅުވާލުމުން އޭނާާ ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ 739 އާއިލާއެއް ބޯހިޔާވެހިކަމެއް ނެތި ދިރިއުޅެމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއަދަދު މިހާރު ދެގުނަ ވެފައި ވާނެ ކަމަށް ބެލެވޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.

މިހާރުވެސް ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކަކީ ބަޔަކު ދިރިއުޅެން ހެޔޮވާވަރުގެ ތަންތަނެއް ނޫން ކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާއިރު އެ ފަރާތްތަކަށްވެސް ފްލެޓު ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީކާއިލް ވިދާޅުވީ، އެޖެންޑާ 19 ގެ ދަށުން މާލޭގައި ކެމްޕެއިނު ކުރިއިރު ރައްޔިތުންނަށް ވައުދުވީ ގޯއްޗެއް ކަނޑާފައި ދޭން ކަމަށެެވެ.އަދި ދުރު ރާސްތާއެއްގައި ފްލެޓު ކޮންސެޕްޓަކީ އެންމެ ރަނގަޅު އެއްޗެއް ކަމަށް އޭނާއަށް ޤާބޫލުނުކުރެވޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އިތުރަށް މީކާއީލް ވިދާޅުވ، ފްލެޓްތައް ލިބޭ ފަރާތްތަކަށް ދަރިން ލިބެން ފެށުމުން އެކަން އިހުސާސް ކުރަން ޖެހޭނެ ކަމަށާއި ދެން އަނެއްކާވެސް ޖެހޭނީ އިތުރު ފްލެޓަކަށް އެޕްލައި ކުރަން ކަމަށެވެ.

މީކާއީލް ވިދާޅުވީ، ގޯތި ކެނޑުނު ވަރަކަށް ކަނޑައިގެން މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޒިދުނާ

  ނިކަމެތި ވާނެނުން.މުޅި ގެ ކުއްޔަށް ދިފަ ނިދަންތިބެނީ ސިޑި ބުނޑުގަ ވިއްޔާ.ކުޑަކޮށްވެސް ކުލި ދެއްކުން ލަސްވެއްޖެއްޔާ އޮންނާނީ ކަރަންޓް ކެޑޭ ހިސާބުގަ.ގެ ބެންކަށް ނަގަންވެފަ.ކުދިންގެ ޓިއުޝަންފީ ނުދެއްކިފަ.މިވަރުންވެސް ބޮންޑާ އަނގަ އެވަރުގެ މީހެއްނެތިގެން.ރާއްޖޭގެ ވެރިމީހާ ވެރިކަމަށް ގެންނަނީ ރާއްޖެތެރޭމީހުން.އެމީހުން ބޭނުންވާ މީހަކު ރައިސްކަމަށް އަންނާނީ.އެމީހުންގެ އަޢުލަބިއްޔަތު އޮތީ.

  8
  3
 2. އައްޑޫ މީހާ

  ނިކަމެތި ވާނެތާ ރާއްޖެތެރޭ މީހުން މާލެގޮސް މާލެ މީހުންނަށް ލިބޭހާ ފައިސާ ކުލީގެ ގޮތުގައި އަތުލީމަ! ރާއްޖެތެރޭގެ ހުރި ހޮސްޕިޓާތަކުން ހުރިހާ ހިދުމަތެއް ލިބޭ އިރު ތައުލީމީ ނިޒާމުވެސް ރާއްޖެތެރޭގައި އެހާ ފައްކާކޮށް އަދި ކޮބާ ގާލްގައިޑް ޔުނިފޯމާއި ކެޑޭޓް ޔުނި ފޯމްވެސް މާލެ ސްކޫލް ތަކުގެ ކުދިން ޖެހެނީ ރާއްޖެތެރޭން ގަންނަން މާލެ އިން ނުލިބޭ ވިއްޔާ! ކުޑަމިނުން އެކްސިޑެންޓެއް ވެގެން އެކްސްރޭ އެއް ނަގަން ޖެހުނަސް މާލެ މީހުން ދާންޖެހެނީ ބޮޑު ހަރަދުކޮށްފަ ރާއްޖެ ތެރެއަށް އަދި ރާއްޖެއިން ބޭރަށް ފުރަން ވިޔަސް މާލެ މީހުން ޖެހެނީ މޯލްޑިވިއަން ދެކޮޅު ޓިކެޓް އަދި ފުރަންދެން ހުރުމުގެ ހަރަދު ކޮށްފަ ފުރައިގެން ދާން އެހެންވީމަ ކަލޯ ތިހެން ނުބުންޏަސް ރާއްޖެތެރޭގެ ރައްޔިތުންނަށް އެނގޭނެ މާލެ ބޭފުޅުން ތަންތަން ކުއްޔަށް ދީފަ އެވަރުން ނުވެެގެން ރާއްޖޭން ބޭރުގައި ތިބެގެންވެސް ރާއްޖެތެރޭ މީހުން ބޭސްފަރުވާއަށާއި އެހެނިހެން ކަންކަމުގައި ދިޔާމަ ފައިސާކޮޅު އަތުލައިގެން ވަރަށް ހާލުގައިކަން މާލެ ބޭފުޅުން އަސްލުވެސް އުޅުއްވަނީ !

  14
  4
 3. މާމީ

  މާލޭ މީހުން ނިކަމެތީ އެއްނޫން މާލޭމީހުނަކީ އަތުން ފައިން މަސައްކަތެއް ކުރާ ބައެއް ނޫން ރާއްޖެތެރޭ މީހުނަށް ބޮޑު އަގުގަ ގެދޮުރު ކުއްޔައް ދީގެން އުޅޭބައެއް ނޭގިގެން ތިއުޅުއްވަނީ ވެގެން އުޅޭގޮތް ސާފު ވެއްޖެތޯ؟؟؟؟؟

  18
  5
 4. ބުރޯ

  ބަލަގަ މާލޭގަ ގެދޮރު ހުރި މީހުން ދިރިއުލެނީ މަސައްކަތެއްނުކޮށް ރާއޖެޭގެ އެތަންމިތަނުން މާލެއަށް ހިޖުރަ ކުރި މީހުން ކުރާމަސައްކަތުން ލިބޭ ފައިސާ އިން ކުލީޮތުގާ ހޯދާ ފައިސާ އިން ވިީއިރު މާލޭ މީހުން ނިކަމެތި ވާންޖެހޭ ސަބަބަކީ ކޮބާ ؟ ތަނަވަސް ވާނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދީމަ ނޫންތަ ؟ ތިމާ އަށް ނުލިބޭ އިއްޒަތެއްހޯދަން ކުރަން ލިބޭ މަސައަކަތް ދެރަވެގެން މަސައްކަތް ނުކޮށް މަމީ އިއްޒަތްތެރިއެކޭ ކިޔަކަސް އިއްޒަތެއްނުލިބޭނެ.

  11
  4
 5. ބަކުރުބެ

  އެހެންތާވާނީ އަތުން ފައިން މަސެއްކަތެއްނުކޮށް ދަރިން ހަކުރުބޯން ނެރެފަ ސިންގަޕޫރުގަ އުޅެންވީމަ،

  14
  3
 6. ކޮއްކޮބެ

  މާލޭ ބިންހުރިމީހުންނަކީ މިހާރުވެސް މިލިއަނަރުން! މާލޭގެ ބިމުގެ އަކަފޫޓެއް ރަންގަޑެއްހާ އަގުހުރި! ދަފްތަރުގައި ތިބި މީހުން ތެދުފުޅެއް ވާރަށް ނިކަމެތި! ގޮތްހޯދައިދޭނެ ކަމަށް ނޫކަށިފުރައިގެ ޒުވާނުން ވެސް ހޮވީ! ޙުސް އަގަ! ދެން ތިއޮތީ ވެފައި! މޮޔަނުގޮވައި ފައިބާ!

  13
  2
 7. ދިޔޯ

  މާލޭ މީުންނަށް ނޭގޭތަ ތިމާމެން ރާއްޖެތެރޭ މީހުން އަތުން ފޭޜޭވަރު.

  9
  4
 8. އިހުސާނާ

  ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާ އެހެނިހެން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެވެން ޖެހޭނެ! ދެން އަޅެ ބައްލަވާލައްވަބައްލަވާ، މާލޭ ރައްޔިތަކު ގޮސް އެހެން ރަށެއްގައި ވިޔަފާރި އެއް ފެށީމަ، ނޫނީ ފަޅުން މަސްހިފަން ފެށީމަ، ނޫނީ ވިއްޔާ މީހަކާ ހިތާވީމަ، އެ މީހަކަށް އެ ރަށެއްގެ ބަޔަކު އަރުވާލާ ވަރު! މިހެން ވެގެން ނުވާނެ ދޯ؟

  9
  1
 9. ކޮތަރު

  ކޮމެންޓްތަކުން އެނގޭ މާލޭ މީހުންގެ މައްޗަށް ރާއްޖެތެރޭގެ ޢިއްޒަތްތެރި ބޭފުޅުންގެ ހިތްޕުޅުތަކުގެ އޮންނަ ހަސަދަވެރިކަން. މާލޭގެ ޑިމާންޑް މިހާބޮޑުވެގެން މިއުޅެނީ ހަމައެކަނި މިހާރަކުއެއްނޫން. އަންޒަމާނުއްސުރެ މިކަން އޮތްގޮތް. މިކަމުގަ އިހްމާލުވީ ހަމައެކަނި މާލޭމީހުނެއްނޫން. އެކި އެކި ރަށްރަށުގެ ނަން ކިޔާފަ ކިޔުނު ރަސްރަސްކަލުންނާއި ބަންޑާރައިންނާއި ރަދުންތައް ތިއްބެވިިއިރުވެސް ކަންއޮތީ ހަމަ މިގޮތަށް. އެބޭބޭފުޅުންނަށްވެސް ހަމައޮތީ ރާއްޖެތެރޭގެ ބޭފުޅުން ތިޔަވިދާޅުވާ ފޭރުން ފޭރެވިފަ. ތިޔަބޭފުޅުންގެ މައިން ބަފައިން ތިޔަބޭފުޅުންނަށް ރަނގަޅު ތަޢްލީމެއް ދިނުމުގެ މަގްސަދުގައި، ލެޔާ ދާ އޮހޮރުވައިގެން ލިބޭ ފައިސާކޮޅު ޚަރަދުކޮށް މާލެ ފޮނުވީމާ އުތުރު ބޭފުޅަކު ވިއްޔާ ދެކުނުގެ ބޭފުޅަކާ ނުވަތަ މާލޭގެ "ފޭރޭ" މީހަކާ ކާވެނި ބައްލަވައިގެން ދިރިއުޅުއްވަން ވަނީ މާލޭގައި. ތަޢްލީމް ޙާޞިލް ކުރައްވައިގެން އެނބުރި ރަށަށް ވަޑައިގެން މައިން ބަފައިންނަށާއި ރަށަށް ޚިދްމަތް ކޮށްދެއްވާނެ ކަމަށް މައިން ބަފައިން ކުރެއްވި ފޮނި އުންމީދުތައް ވިއްސި ވިހާލިވީ. އެފަކީރުން މަސައްކަތުން އެޅި ގެދޮރުވެސް ބާވެ ވީރާނާވީ. ކަންމިހެން ހުރުމުން ތިޔަ ޢިއްޒަތްތެރި ބޭފުޅުންގެ ރަށްތައް ތަރައްޤީ ނުވެ މާލެއިން ހުރިހާ ވަސީލަތެއްލިބި މާލޭގެ ޑިމާންޑް ބޮޑުވުމުގައި އަޅުގަނޑުމެން މާލޭގެ ފޭރޭ ގުންޑާ އިންގެ ކުށަކީ ކޮބައިތޯ؟ އެއްވެސް ބަޔަކު ލުއިފަސޭހަ ވަސީލަތަކުން މަންފާއެއް ލިބެން އޮތިއްޔާ އެވަސީލަތެއްގެ ބޭނުން ނުހިފައެއް ނުތިބޭނެ އިނގޭތޯ. އަޅުގަނޑުމެން އެކިކަންކަމުގަ ތަންތަނަށް (ހަމައެކަނި ރާއްޖެތެރެ އެއްނޫން) ގޮސް ތަންތަން ކުއްޔަށް ހިފައިގެން ތިބޭއިރު މިކަން ވަރަށް ސާފުކޮށް އެނގޭ. ޝުކްރިއްޔާ. ޢިއްޒަތްތެރި ރާއްޖެތެރޭ ބޭފުޅުން.

  6
  1
 10. ރަސީދު

  ނިކަމެތި ވާނެތާ މާލޭގެ ވަޒަންވެރިންނަކީ އާމްދަނީހޯދުމުގަ މާލޭން ބޭރުގަ ވަޒީފާ އަދާކުރެވޭ ބައެއްނޫން،

  4
  1
 11. ސަޓޯ

  ރާއްޖެތެރޭ ކޮންމެ މީހެއްގެ އޮވޭ 5000އަކަ ފޫޓު ގޯއްޗެއް... އެތަން ދޫކޮއްމާލެއައިސް އުޅެނީ އަހަރެމެން ބުނެގެނެއް ނޫން... މާލެ މީހުން އޮންނަނީ 5ފޫޓުގެ ގޮޅިއެއް. އެއީވެސް ނަސީބުގަދަ މީހުނަށް

 12. ގާނާ

  މިސޮރު އަނގަ ހާވާއިރު މިސޮރަށް އެނގެނީ ކޯއްވެއް.

 13. އަނެއް

  މިހިރަ ސޮރާ މާލޭގެ ރައްޔަތުން އިތިއޮޕިޔާ މީހުންނަށްވުރެވެސް ނިކަމެތި ގޮނޑުހޮވާކަނީ .