މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވަމުން އަންނައިރު، މީހުން މަރަން ގޮވާލާ މީހުންނާ ގުޅުންހުރި ޖަމިއްޔާތަށް އުވާލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައިފިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައި، 2017 ވަނަ އަހަރު ރާއްޖޭގެ އޮންލައިން ނޫޙަކުން ލިޔުނު ހަބަރެއް ރީޓްވީޓް ކުރައްވަމުން އާޒިމް ވަނީ ރާއްޖެ އިން ބޭރަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ޖިހާދަށް ކަމަށް ބުނެ އޮޅުވާލައިގެން ފޮނުވާ މީހުން ހޯދާ ތަހުގީގު އަވަސް ކުރަން އެމްއެންޑީއެފް އަށާއި، ފުލުހުންނަށް ގޮވާލާފައެވެ.

"މީގެ އިތުރުން މީހުން މަރާ ކަތިލުމަށް ގޮވާލާ މީހުންނާއި ގުޅުން ހުރި ޖަމިއްޔާތައް އުވާލާ". އާޒިމްގެ ޓްވީޓްުގައި ވެއެވެ.

އާޒިމް އެފަދަ ޖަމިއްޔާއަށް އުވާލަން ގޮވާލިއިރު، އެމްޑީއެން އުވާލަން އޭނާ ގޮވާލާފައެއް ނުވެއެވެ. އާޒިމް މިގޮތަށް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުންވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންވެސް އާޒިމް އެމްޑީއެންގެ ރިޕޯޓެއް ކުށްވެރިއެއް ނުކުރެއެވެ. އޭނާ ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރެވިގެން ވެސް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    އަޅުގަނޑަކީ ޕީ އެންސީ ގެ މެންބަ ރެއް .އަޅުގަނޑުމެން މި މަސައްކަތް ކު ރަނީ ދީނޭ އެމް. ޑީ އެން އޭ. ކިއައިގެން އަނެއްކާވެސް ފެބް ރުއަ ރީ 7 ކަހަލަ ދުވަހެއް ގެނެވޭތޯ .އރާދަ ކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބު ވާނެ . މިހާރު މިހިރަ ރަްއީސް މާ އަވަހަށް އިސްތިޢުފާ ދޭނެ

    3
    4
  2. ކަހުރަބު

    އޭނާ ވިދާޅުވިއްޔޭ އޭނާބުނީ ކޮންވިދާޅުވީޔެއް މީވެސްއޭގެއެއްޗޭއްދޯ

    5
    1