މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކަށް އިންކާރު ކޮށްފައިވާ ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން މިއަދު ޝީ ބިލްޑިންގް ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޝެއިޙު ނިމާލް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ޙިލާފު ކަންކަން ގޮތުގައި ދީނީ ޢިލްމުވެރިން ޤަބޫލުކުރައްވާ ބައެއް ކަންކަން ޙިއްސާކޮށްފައެވެ.

އެގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ފާޅުގައި ދެކޮޅުހަދާފައިވާ ކަމަށާއި، އިސްރާ އާއި މިޢުރާޖުގެ ވާހަކަ ފަދަ ކަންކަމަކީ ހަމައެކަނި ފްލޯކު ވާހަކަތަކެއް ކަމަށް ބުނެފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ. މީގެ އިތުރުން ޢިލްމުވެރިން ވަނީ ދީނާ ޙިލާފު ގިނަ ކަންކަމެއް ފާހަގަކޮށްފައެވެ. އެގޮތުން އިސްލާމްދީނުގެ ސައްޙަކަމާމެދު، އަދި ކީރިތި ޤުރުއާނުގެ ތެދުކަމާމެދު ޝައްކު އުފައްދާ އިންކާރުކޮށް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރިއެވެ.

މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ މެދު ލޯބިވާން ޖެހޭ ކަމަށް އޮތުމީ އެހެން ދީންތަކުގެ މީހުންނާމެދު ނަފްރަތު އުފެދޭނެ، ގޯސްކަމެއް ކަމަށް ބުނެފައިވުން، އަދި ކީރިތި ޤުރުއާނުގެ އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ބުނުންވެސް ފާހަގަކުރިއެވެ.

އަދި މާތް ނަބިއްޔާގެ މައްޗަށް ލޯބިވުމަކީ އެކަލޭގެފާނަކީ ކުޑަ ކަލާނގެއެއް ކަމަށް ބެލެވޭނެ ކަމެއް ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން އެހެން މީހުންނަށް ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ބަދުބަސްބުނުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނުން، އަދި އެކަމުން ޓީޗަރުން ދަރިވަރުންނަށް ކިޔަވާދޭއިރު ފްރީޑަމް އޮފް އެކްސްޕްރެޝަން ގެއްލިގެން ދާ ކަމަށް އެ ރިޕޯޓުން ތުހުމަތުކޮށްފައިވާ ކަމަށް ޢިލްމުވެރިން ފާހަގަކުރެއްވިއެވެ.

އަދި ރަސޫލާގެ ހިދާޔަތަށް ތަބާނުވާ މީހަކީ އެކަލޭގެފާނުގެ ޖަމާޢަތުގެ މީހެއް ނޫންކަމަށް ބަޔާންކޮށްފައިވާ ހަދީސްފުޅަށް ބިނާކޮށް އެއީ މީހުން ތަކްފީރު ކުރުމުގެ ވިސްނުން ގެންގުޅޭ މީހުންގެ ވިސްނުން ނެގޭ ބަސްފުޅެއް ކަމަށް ބުނެފައިވުމާއި، އަދި އިސްލާމްދީނަކީ ހަޔާތުގެ ހުރިހާ ކަމަކަށް ފުރިހަމަވެގެން އައިސްފައިވާ ދީނެއް ކަމަށް މަންހަޖުތަކުގައި ކިޔެވުމަކީ އެއީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ދީނީ ޢިލްމުވެރިން ފާހަގަކުރެއްވިއެވެ.

ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ ޤަތުލްކުރުމަށް އެބައިމީހުން ކުރި މަސައްކަތް ބަޔާންވެފައި އޮތުމާއި، ޔަހޫދީންނާއި ނަސާރާއިންނަކީ އިސްލާމްދީނާ ދެކޮޅު ބައެއް ކަމުގައި ޤުރުއާނާއި ހަދީސްތަކުން އެނގެން އޮތުމަކީ އެއީވެސް ހައްދުފަހަނައަޅައި ދިޔުން ކަމަށް ރިޕޯޓުގައި ވަނީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙޯރަ ބޭ

    ކަންތައްތަކުގައި ކެތްތެރިވާށެވެ މާތްﷲވޮޑިގެންވަނީ ހަމަކެތްތެރިންނާއެކުއެވެ

    30
    2
    • Anonymous

      ސޯ؟

      2
      2
  2. އިކްލީލް

    ޞާލިޙްގެ ސީދާ ބެލުމުގެދަށުން އެ ރިޕޯޓް ނެރުނީ! ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލުމަށް ޝަރީފަށް ދިން ޑޮލަރުތަކާ ބެހުމަށް ދިން ޑޮލަރުތަކާ މަޖްލިސްއިންތިޚާބުގެ ވޯޓު ގަތުމަށް ދިން ޑޮލަރުތަކުގެ ފަހަތުގައިވަނީ އިސްލަމްދީންނަށް ގޮންޖެހުން. މިކަން ކުރަން މި ސަރުކާރަށް މަޖުބޫރުވާނެ!

    51
  3. އަނި

    މިލިޔުމުގަ އުޅުނު މީހުން މަރާލާ

    44
    5
  4. މުހައްމަދު

    ކީރިތި ރަސޫލާ އަށް ފުރުއްސާރަކޮއް ލިޔެފައިވާ ލިޔުންތެރިޔާ ޖަރުމަނަށް ފޮނުވާލުމުގައި ބައިވެރިވެފައިވާ އިސްވެރިން މިހާރުން މިހާރަށް މަގާމުން ވަކިކުރޭ! ބަނގުލަދޭސް ގެ 2 ވިޔަފާރިވެރިއަކު (މާސްޓާރ) ގެ ލަގަބުން މުހާތަބްކުރާ 2މީހުން ތަހްގީގް ނުކޮއްފޮލުވާލުމާއިގުލިގެން ރައްޔިތުންގެ މަޖިލީހުން އެމް.ޑީ.ޕީގެ (އައްނި) ފެކްސަންގެ މެމްބަރަކު އިމިގްރޭސަން ކޮންޓްރޯލާ މަޖިލީހަށް ހާޒިރުކުރާ އުސޫލުން (ސަހިންދަ) ފޮލުވާލުމުގައި (އެމްސީ ހަމީދު) ހާޒިރުކޮއް ލައިވް ކޮން ސުވާލުކުރަމުން ގެންދަންވީނޫންތޯ!

    49
    1
  5. ޢަލީ

    މި ރިޕޯޓު ތައްޔާރު ކުރުުމުގައި އުޅުނު އެންމެނަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، އެއިގެ ދަށުން ހަދާފައިވާ ޤާނޫނު ތަކާއި، ޤަވާޢިދު ތަކުގައިވާ އެންމެ ހަރުކަށި އަދަބު މިހާރުން މިހާރަށް ދިނުމަށް " ޞާލިޙު " ކަމަށް ބުނާ އިބޫ ޞާލިޙަށް ފަށްފަށުން އިލްތިމާސް ކުރަން. " ކެރޭނެބާ " ؟؟؟؟؟؟

    41
    1
  6. ހޯހޯ

    ކޮބާތަ އިޔާޒް ނިކަން އިއްވާލަބަލަ ބަސްފުޅެއް ނަމުންޞާލިހުގެ

    31
  7. Anonymous

    ކަންތައްތަކުގައި ކެތްތެރިވާށެވެ މާތްﷲވޮޑިގެންވަނީ ހަމަކެތްތެރިންނާއެކުއެވެ. ތިޔަ ބޭފުޅުން ޔާމިން ވެރިކަމުގައި ދިވެހިންނަށް ނަސޭހަތްދިން. އޭރު ތިޔަބޭފުޅުންނަށް ކުރީ މަލާމާތް. ފުރައްސާރަ. މިއަދު މާތްﷲ އަހަރުމެނަށް އެކަން ދައްކަވަނީ. މި ނޫން ދުވަހެއް މި ގައުމަށް ދައްކަވާށި.