މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ހެދުމުގެ ވިސްނުން ފަތުރަން މަސައްކަތް ކޮށްފައި ކަމަށް ރާއްޖޭގެ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން މިއަދު އެއްވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިލްމުވެރިން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ އެހެން ދީންތަކަށް ޖާގަ ހެދުމަށް ވިސްނުން ފެތުރުމަށްޓަކައި ހެދިފައިވާ ރިޕޯޓެއް ކަމަށެވެ.

އަދި އެމްޑީއެންގެ އެ ރިޕޯޓުގައި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ބޭނުންކުރަން ނުޖެހޭ އަދި އިސްލާމްދީނުގެ އަސްލުތަކާ ޙިލާފު ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ބުނެ ދީނީ ޢިލްމުވެރިން ވަނީ ގިނަ ނުކުތާ ތަކެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

އެގޮތުން އެ ރިޕޯޓަކީ މާތްﷲ ގެ ޤަދަރާއި، އިއްޒަތަށް ފުރައްސާރަކުރުމަށް އެފަދަ ބަސްމަގު ބޭނުންކޮށްފައިވާ ރިޕޯޓެއް ކަމަށާއި، އަދި ކީރިތި ޤުރުއާނާ މެދު ޝައްކު އުފެދޭ ގޮތަށް ކީރިތި ޤުރުއާނަށް ކުޑައިމީސްކޮށް، އިންކާރުކޮށް ހަދާފައި އަދި ރަސޫލާގެ ޤަދަރާއި އިއްޒަތަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ މައްޗަށް އޮންނަ މަޤާމު ގެއްލުވާލުމުގެ ނިޔަތުގައި ނެރެފައިވާ ރިޕޯޓެއް ކަމަށް އިލްމުވެރިން ވިދާޅުވިއެވެ..

އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނުގެ އުސޫލްތަކާ ކަނޑައެޅިގެން ޙިލާފު އުދުވާނީ ރިޕޯޓެއް ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ، ގަވާއިދުތަކާ މުޅިން ޙިލާފަށް ހަދާފައިވާ ރިޕޯޓެއް ކަމަށް ދީނީ ޢިލްމުވެރިންގެ ބަޔާނުގައި ވެއެވެ. އަދި އެ ރިޕޯޓަކީ އިސްލާމްދީނާ މެދު އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގުތަކެއް ހަދާފައިވާ ރިޕޯޓެއް ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އެއީ ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަމާއި ވަހުދަތަށް ބުރޫ އަރާނެ ގޮތަށް ހަދާފައިވާ ނުރައްކާތެރި، މަކަރުވެރި ރިޕޯޓެއް ކަމަށް ޢިލްމުވެރިން ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަޒާ

    އެހެންވީމާ ބާރަށް އަތްޖަހާފަ ހުރިހާ އިލްމުވެރިން ރައީސަށް ތަހުނިޔާ ފޮނުވާ...

    20
  2. ގައުމު ދެކެ ލޯބިވާ

    ޝޭޚް އިލްޔާސް އާއި އިޔާޒް ކަހަލަ ބޭފުޅުން ނަށް އެމްޑީޕީ ނޭގުނީމަ އަޅުގަނޑަށް ދެރަވީ

    21
    1
  3. Anonymous

    އެކަން ނޭގިގެންތަ އިލްޔާސް ކަލޭ ބުނީ ރަސޫލާ ދުޢާ ދެންނެވި ފަދަ ވެރިޔެކޭ މި

    17
  4. އެމްޑީއެން

    މިވރިކަން ފަސް އަހަރަށް އޮވެފިޔާ ދީން މުގުރާނެ. މިނިކާވަގު ބަކަރި ކާލަން ދެއްކި ބަހަނާ އެގޭތަ؟ ހަމައެފަދަ މިރިޕޯޓާ ގުޅިގެން ވެރިކަން ކުރާޕާޓީގެ ބަސްވެސް. ހަމާގަ ތިބި ބަޔަކަށް އިބްރަތެއް ލިބޭނެ. ކޮބާތަ އެދާތާ ބުނަނީ ކީކޭތަ؟

    10
    1
  5. ބުރޯ

    ރިޕޯޓާމެދު ތުހުމަތުކުރެވޭ މީހުން ރާއްޖެއިން ބޭރަށް ފުރުވާލިއިރު ރިޕޯޓާ ބެހޭގޮތުން ސުވާލެއްވެސް ނުކުރަނީތަ؟ ދީނީ މައްސަލަޔަކަށްވީމަނުލިޔާމީހަކު އެކަން ބޮލުގަ އަލަންޖެހިނއްޖެ ނަމަ ހަގީގީ މީހާގެ ވާހަކަ ބުނުން ވަރަތް ގާތް.ރިޕޯޓާއިބެހޭގޮތުން ތަފާތު ގޮތްގޮތަށް ނަސިދު ވަނީ ވާހަކަ ދައްކާފަ. ދައްކާފަހުރި ވާހަކަތަކަށް ބަލާއިރު މަގޭނަން ނުކިޔާހޭ ނުބުނާކަން އެކަނި ވީމާ ސައްކު ނުކުރެވޭތަ؟

  6. ޒާ

    ތިޔަ ހުރިހާ ކަމެއް ތިހެން އޮތް އިރު މަހްލޫފް ކުރެން އަހާދީބަލަ ޖަމިއްޔާ ޖަމާޢަތްތައް ހިންގުމަށް ހަދާފައިވާ ޤާނޫނުގައި އޮތީ ކީކޭތޯ

    10
  7. ބުރޯ

    އެހެން މީހުން ފޮނުވާލާފަ ތިޔަކަން ރޭވި މީހާ ނަސީދު އެހުރީ އެއްނުނ.

  8. ޒާ

    ހޯމް މިނިސްޓަރު ޢިމްރާން ހުންނެވީ ލިޔަންކިޔަން އެނގިނުލައްވާފައިތޯ ނުވަތަ ޖަމިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2003) ގެ 19 ވަމަ މާއްދާއާއި އެމާއްދާގެ (ހ) ގައި ބުނާ އެއްޗެއް ދޭހަނުވާ ހާލަތެއްގައި ކަމުގައިވާނަމަ ހޯމް މިނިސްޓަރު ކަމުން އިސްތިޢުފާ ދެއްވާ.

  9. ކަހަނބު

    އެބޭފުޅުން މާއްދިއްޔަތަށް އީމާން ނުވަަންވެސްގޮވަނިިީ ދުނިޔޭގެދަޅައަށް ނުހެއްލޭން ގޮވަނީވެސް އެކަމަކު ހިތާމަޔަކީ އެބޭފުޅުންވެސް އިސްލަާމީ ތާކިހާ ވަލަށް އެއްލާލާ ދުނިޔޭގެ އެދުމަށް ތަބަަަާވެ ރިިީނދޫ ބައިގަނޑު ގެ ބައިވެރިންނަށް ވިީކަން އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެއް އަމިއްލައަށް އެމީހަކަަާ އެމީހަކު ދީނުގައި ހިފެހެއްޓޭތޯ ބަލަންވީ ނަރަކަ އިން ސަލާމަތްވެެޭ ރީނދޫ ޝޭހުން ދައްކަނީ އެކިފަހަރު އެކިވާހަކަ ކެރަފާ އާއިލަާ ޝޭހުން ނަށް ނޭގުމަކީ އަޖައިބު ވާވަރު ކަމެއް

  10. ކަމަނަ

    ހިންނަވަރު އިބުރާހިމު ބުނެގެންނޯ އެއީ.

  11. ރައްޔިތުން

    ތިޔައީ ބަރަކާތްތެރި މާތް މަސައްކަތެއް. އެކަމަކު އެމް.ޑީ.އެން އުވާލިޔަސް ތިޔަ ބައިގަޑު ރާއްޖޭން ބޭރަށް ގޮސްތިބެގެން އިންޓަރނެޓްގެ ޒަރީޔާއިން ކިތަންމެ ގޯސްތަކެއް ހަދާނެ، ދިވެހިން ނުވެސް ދަނެތިބޭ އެބައިމީހުންނާއި އިސްލާމްދީނާއި ދުރުކޮށް ދޮގުމައުލޫމާތުދީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ އަތުން ފައިސާ ހޯދާ ދުނިޔެ ކަމުންދާނެ. އެއީ ނުލަފާބައެއް. ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް އުރެދިފައިވާ ބައެއް، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަަމަށް ބަލައި، ދިވެހިންގެ ނަމުގައި އިސްލާމްދީނާއި ދެކޮޅު ހަރަކާތްތައް ފަތުރާ މީހުންގެ ހަރަކާތްތައް ހުއްޓުވަން ތައްޔާރަށް އަބަސްދުވެސް ތިބުމަށް ގޮވާލަން.

  12. އިދުރީހު

    ކެނެރީގޭ ދައްޖާލައް މިގައުމުން ބާރު ދީފަ އޮތްހާދުވަހަކު މިގައުމުން އިސްލާމް ދީނުގެކަންތައް ދާނީދަށައް އެކަމަކު ގިނަދިވެހިން ބޭނުން ވަނީއެގޮތް އެހެންވެގެން. އެމް.ޑީ.ޕީ. ވެރިކަމައް ގެނައީ
    އިލިޔާސް ކަހަލަ އެދުންވެރި އިލްމުވެރިން މިގައުމައް ގެނައި ވަބާއެއްމީ އެމީހުން ޒިންމާވާންޖެހޭނެ!

  13. ލަބީބު

    ބޭކާރު ވާހަކަތައް ނުދައްކަވާ ވަގުތު އޮއްވާ ނުކުންނަވާ ޙާލަތު ބަދަލުކުރަން އުޅުއްވާ! މި ފެންނަނީ އަޑިންދާ 19 ގެ ކަންތައްތައް! މުޅި ރާއްޖޭގެ އެތައްމިތަނުގައި ލާދީނީ ފިކުރު ފަތުރާ މީހުން އެކި ނަންނަމުގައި އައިސް އެބަ އުޅޭ! އެޔަށް ކިޔަނީ ޓާޓުލް ޓެކްނިކް.