އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ތިލަފުށިން ދުން އެރުވުން ހުއްޓައިލުން ކަމަށް އެންވަޔޮރަމެންޓް ވަޒީރު ހުސެން ރަޝީދު ވިދާުވެއްޖެއެވެ.

ތިލަފުށިން އަރުވަމުންދާ ދުންތަކުގެ ސަބަބުން މާލެ އަތޮޅުގެ ރަށް ތަކަށް ވަމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާހަގަ ކޮށް ތިލަފުށިން ދުން އެރުވުން ހައްލުކުރެވޭނެ ފަދަ ބަދަލެއް ގެނައުމުގެ ޕްލޭނެއް އޮތްތޯ ސުވާލު ކުރެއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހަުމަދު ހައިތަމް އެވެ. ހައިތަމް ވިދާޅުވީ އެ ދުންތަކުގެ ސަބަބުން ވިލިގިއްޔަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުން ދާކަމަށެވެ.

ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ރަޝީދު ވިދާޅުވީ ތިލަފުށިން ގިނަ އަދަދަކަށް ދުން އަރުވަން ޖެހޭކަމީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މާލެ ސަރަހައްދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަަށްވުރެ އެއަރ ބޯންޑް ޕޮލިއުޝަންގެ މައްސަލަ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި މާލެއިން ބޭރުކުރާ ހުރިިހާ ކުންޏެއް އަދިވެސް ދަނީ އަންދަމުން ކަމަށާއި، އެތަނުގައި އަލިފާން ނިއްވާލެވޭނެ ފަދަ ގޮތެއް ނެތް ކަމަށް މިނިސްޓްރ ފާހަގަކުރެއްވިއެވެ.

އެ މައްސަލަ ހައްލު ކުރުމަށް ބޭނުންވަނީ ހެވީ އިކިއުޕްމަންޓްސް ކަމަށާއި އެ ތަކެތި ގަތުމަށް ބޭނުންވާ ފައިސާއަށް އެދި މިހާރު ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ފައިސާ ހަމަޖެހުމުން އެމްޓީސީސީ މެދުވެރިކޮށް އެމަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެތަކެތި ގެނެސް ދުން އެރުމުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ.

"ފިނޭންސް މިނިސްޓްރީ އިން މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން އެމްޓީސީސީ މެދުވެރިކޮށް އިކިއުޕްމެންޓު ގެނެސްގެން، އަޅުގަނޑުމެންގެ އުންމީދަކީ އަންނަ އަހަރުގެ މޭ ޖޫން ގެ ތެރޭގައި މި މައްސަލައަށް ހައްލެއް ގެނެސް ދުން ނާރުވައި ކުނި ނައްތާލެވޭން އިންތިޒާމް ހަމަޖެއްސުން" މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަގޫރޯޅި

  100 ދުވަސް ހަމަނުވާ ވައުދު ލިސްޓުގެ ވައުދެއް. ތިވާނީ ތިޔައް. ގާސިމް އަތުން ކައިގެން މޑޕ ޖަހާ ބެރަށް އަބަދުވެސް ނަށާ އެތައް މިތަނުގަ މީނަގެ ގެސްޓް ހައުސްތައް. ލަނޑަޔާވާނީ ލަނޑާ. މާމުލި ވަގުންގެ ކިބައިން އަބަދައް ސަލާމަތްވާން އެބަޖެހޭ.

 2. ސައްދާމް

  ގާސިމް އިބްރާހިމް ސަރުކާރަށް ދައްކާންޖެހޭ ޓެކްސް ދެއްކިތޯ ބަލާބަލަ.

 3. ބިތު ފަންގި

  ގައުމު އަސްލުގައި ދަވާލާ ބަޔަކީ ގައުމުގައި ތިބި މަހުޖަނުން އޭގެ ތެރެއިން ބުރުމާ ގާސިމް އަކީ ގައުމު ވިއްކައިގެން މުއްސަދި މަހުޖަނަކަށްވެ އޭގެން ދަރާވިކިފައި ހުރި މީހެއް. ދެންއުޅެނީ ބޮޑު ސޯޓަކާއި ޔުނިވާސަލް ކިޔާ ބައެއް. މީހުން ގައުމު ވިއްކާ ގުރޫޕު. ވެރިކަމުގައި ތިބޭނެ ނުތިބޭނެ ބަޔަކުވެސް ނިންމާނީ މިވެރިން. މިހާރު އަނެއްކާ ބަދަލަކަށް.

 4. ުޖުހާ

  ކުނި ގޮނޑު އޮތްގޮތަށް ދިރުވާލަންވީނުން. އޭރުން ހައްލުވީ.

 5. މާނިއު

  އަންނަނީ އަންނަނީ!

 6. ކުޑަސޮރު

  ޔާމީނުގެ ވެރިކަމުގަ ތިލަފުށިން ދުން އެރުން ހުއްޓިފަ އޮތީ. އެހެންވީމާ ދެން އިތުރު އެހެން ކަމަކާ އުޅެން ފެންނަނީ.