ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅުން ހުރި އެއްވެސް ތަނަކުން ހިދުމަތް ހޯދަން އަންނަ ރައްޔިތުންނާއި މެދު އިހާނެތިކޮށް ހިތައި، އެ ރައްޔިތުންނަށް ދަށްފެންވަރުގެ ހިދުމަތްދޭ މުވައްޒިފުންނާއި މެދު، ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެއްވެސް ތަނަކުން ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ މިނިސްޓަރެއްގެ ހައިސިއްތުން އޭނާ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އެގޮތަށް އަމަލުކުރާ ނޫނީ ދަށްފެންވަރުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާއި މެދު އަޅުގަނޑު މި މަގާމުގައި ހުރިހާދުވަހަކު އަޅުގަނޑު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އޭނާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅވުީ، އޭނާ ވަޑަައިގެން ހުންނެވީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ދެއްވުމަށް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ރައްތާކެރިކަން ކަށަވަރުކޮށްދިނުމަށް އެ ފިޔަވަޅު އަޅުއްވަންޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ މައްސަލާގައި، އެ މިނިސްޓްރީގައި މަސައްކަތް ކުރާ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއި ކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަޓޯ

    ވިލާ ކުންފުނީގެ ރިސޯރޓުތަކުގައި އުޅޭ މުއައްޒަފުންނަށް ކުންފުނިން ދައްފެންވަރުގެ ހިދުމަތްދެމުން އަންނަތާ ކޮންދުވަހެއް.. ފުރަތަމަ ފިރިމީހާއަށް ފިޔަވަޅު އަޅާ !!

    37
    2
    • ނަހްލާ

      އެއީއަޅުގަނޑުގެ މިނިސްޓްރީއާ ގުޅޭކަމެއްނޫން.

      4
      2
  2. މުހައްމަދުމޫސާ

    މިނިސް ޓަރ ނަހުލާ ތިކުރަށްވާމަސަ އް ކަތްޕުޅަށް
    އ އަށްސެރިބަ ހާ އިސާބަސް ދޫނުކުރަށްވާތި ތިނޫނީ
    ކުޑަކޮށްވެސް ހިނގާ މިނިސް ޓްރީ އެއ އް
    ހުރިހާމިނިސް ޓްރީ ގަތިބި %90 މު އަށް ޒިފުން
    ނަކީ ފިންގަޖަހާފަ ގޮސް ތިބޭނީ ކޮފީގަ ގަޑި
    ކަ އިރިވީމަ ދެން ވަންނާނީ އޮފީސް ކޮމްޕި އުޓަރ
    އިން ފޭސްބުކަށް ނޫނީ ބިޓުންނަށް ޗެޓްކުރަން
    ދެން ތިބެ ތިބެފަދާނީގެ އަށް
    އޮފީސް ތަކުގެހާލަކީ މި އީ އަދި ކޯޓް ތަކުގެ ހާލަކީވެސް މި އީ ރަށްޔިތު މީހާ ޚިދުމަތް ނުލިބި
    މާޔޫސް ކަމުގަ! ރަ އްޔިތުން ގެފަ އިސާ އިން
    މުސާ ރަ ނަގާ އިގެން ޚިދުމަތްނުދީ ހަރާމް ކޯރުވާ
    މު އައ އްޒިފުން ހުރިހާ މު އަ އްސަސާގަވެސް ތިބީ
    ސަރުކާރުން ފުން ކޮށް ވިސް ނަން ވެ އްޖެ!
    މިފަދަ ކެރޭ ވެރިން ލާންވީ ހުރިހާތަނަކަށްވެސް
    އަދިވެސް ނަހުލާ އަށް 1000% ޝުކުރު ދަންނަވަން

    5
    14
  3. ނަޖީ

    ނަހުލާ ކަލެޔައް ތިއޮތީ މަގާމެލިބިފަ ނުފޯރާފޮތިން ފޫގެޅީމާ ވާނީ އަންނި ބުނާގޮތައް ކަލެޔައް އެގޭނީ ބަދިޔާގަދެއް ޖަހާލަން ދެން އެގިދާނެ ދޮންދަރިޔައް ފިޔަވަޅުައަޅަން އެނޫންކަމެ ހައްގުން ކުރާކައް ނޭގޭނެ ކަލެޔަކައް ނަހުލާ

    11
    1
    • ާއަހުމަދު

      ވިލާއެއާރޕޯޓު އިންޓަނޭށަނަލް ވެގެންއުޅެނީ ކިހާފެންވަރުގެ ހިދުމަތެއް ދޭތީތަ

  4. ދަންޑެހިލް

    ހަމަ ރަނގަޅު ނިންމުމެއް ސާބަސް ނަހުލާ ތިޔައީ ފިސާރި ކެރޭ މިނިސްޓަރެއް

    3
    13
  5. ފފފފ

    މީނަ މިއީ މިނިސްޓަރުތޯ ނުވަތަ އެޗްއާރް ހެޑްތޯ ސާފުކޮށްލަދެއްވަބައްލަވާ؟

  6. ކޮޕީ

    އަޅުގަޑަށް ފެންނަނީ ފުރަތަމަ އާއިލާ އިސްކުރަން އޭގެފަހުގައި ގައުމު. ވަޒީފާއެއް އަާކުރަން ބޭނުން ފުޅުނަމަ ފިރކަލުންގެ ވަޒީފާއެއްގައި ހުންނަވަން ފެނޭ

    5
    1
  7. ސޭޓް އަންހެނުންގެ ފިރިމީހާ

    މިހާރު އޮފީސް މާހައުލު މިއޮތީ ސިލްވިލް ސަރވެންޓުންނާއި ސިޔާސީ މީހުން އެއްވެ ވަރަށްބޮޑަށް މަސްހުނި ވެފައި، ޤާނޫނަކުން ބާރުލިބިގެން ތައްޔާރު ކުރެވިފައިވާ ސިވިލް ސަރވިސް ގެ ޤަވާއިދަށް ފުށު އަރާގޮތަށް ބައެއް ސިޔާސީމީހުން ވާހަކަ އެބަދައްކާ، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން މުވައްޒަފުންނަށް ބިރު ދެއްކުމަކީ ޤާނޫނީ ކުށެއް

  8. ވަޒީރު

    ސިވިލްސާރ ވިސް ގެ ގާނޫނާއި ރާއްޖޭގެ ވަޒީފާގެ ގާނޫނު ކަމަނާ ވެއްޖެ އެއްކޮޅުން އަނެއްކޮޅަށް ކިޔާ ދަސްކުރަން ސަރުކާރު ދެމި އޮންނަނީ ސިވިލް މުވައްޒަފުން ކުރާ މަސައްކަތަކުން މިތާގައި ކޮމެންޓް ކުރާ މީހުންނަކަށް ނުވިސްނޭ ސިވިލް މުވައްޒަފުންނަށް ލިބޭ ކުޑަ މުސާރައިން ކުރާ މަސައްކަތެއް އެމީހުން ކިތަންމެ އަވަހަށް ޖަވާބު ދޭން ބޭނުން ވިއަސް ސިޓީ ތަކަށް ޖަވާބު ނުލިބި ލަސްވަނީ ވަޒީރު ނުވަތަ ސިޔާސީ މީހުން ސިޓީ ތައް ހިފަހައްޓައިގެން ނުވަތަ މައްސަލަ ތައް ނުނިންމާ ދިގު ދަންމާތީ ކޮފީގައި މުވައްޒަފުން ނުތިބެއެކޭ ނޫން އެމީހުންގެ މަސައްކަތް ބަރާބަރަށް ނުކުރަންޏާ ފިޔަވަޅު އަޅާނީ ބިރު ދައްކައިގެނެއްނޫން ހުންނާނެ ޒިންމާ ދާރު ވިރިޔެއް އޭނާ މެދުވެރިކޮށް އަބަދާ އަބަދު ތިޔަ ގޮތަށް ސިވިލް މުވައްޒަފުންނާ ކުރިން އުފެދުނު އެމްޑީޕީ ސަރުކާރުން ވެސް ދިމާ ކުރި މިފަހަރު މިހިރީ ނަހުލާ ރީތި ގޮތަކަށް މީނާގެ ކަންތައް ނިމޭނެ ބަދު ދުއާ ކުރާ ހާދަ ގިނަ ސިވިލް މުވައްޒަފުން ތިބޭނެ އޭ ތިޔަ ގޮތަށް ދިމާ ކުރީމާ ހަމަ ޖެހިފައި އޮންނަ އުސޫލުން ކަންކުރޭ.... ދުވަހަކު ސަރުކާރު ވަޒީފާ އެއްގައި ނޫޅޭ މީހަކަށް މިނިސްޓަރު ކަން ލިބުނީމާ ތެޅި ފޮޅެނީ....

  9. މީތިސަޅި

    އަލިފުބާ ޖަހަން ދާންވީ އޭރުން، ތިނޭގޭބައި ހަމައަކަށް އެޅިދާނެ