މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓުވޯކް، އެމްޑީއެން އާ މެދު ޤާނޫނީ ފިޔަވަޅު އަޅައި، އެ ޖަމިއްޔާ އުވާލުމަށް ދީނީ ޢިލްމުވެރިން ސަރުކާރުގެ އިދާރާތަކަށް ގޮވާލައިފިއެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން މިއަދު އެއްވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޝެއިޙު އިލްޔާސް ހުސައިން، ޑރ. އިޔާޒް، ޝެއިޙު ޒައިދު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންތަކެއް ބައިވެރިވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްތަކެއް ދަންނަވާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުންވެސް ދީނީ ޢިލްމުވެރިން އިލްތިމާސް ކޮށްފައިވަނީ އެމްޑީއެން އަށް ޤާނޫނީ ފިޔަވަޅު އަޅައި، އެ ޖަމިއްޔާ އުވާލުމަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުން އިދާރާތަކަށް ކުރާ އިލްތިމާސްގައި އެމްޑީއެން އުވާލުމަށް ދީނީ ޢިލްމުވެރިން ގޮވާލާފައިވާ ސަބަބެއްގެ ގޮތުގައި ހާމަކޮށްފައިވަނީ، އިސްލާމީ އުސޫލުތައް ނަގަހައްޓައި، ޙިމާޔަތްކުރުމަށާއި، ދީނާއި ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކުރެއްވުމަށާއި، އެފަދަ އެއްވެސް ކަމެއްގައި އަޅުއްވަން ޖެހޭ ފިޔަވަޅެއް އެޅުއްވުމުގައި ފަސްޖެހިވަޑައި ނުގެންނެވުމަށާއި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވުމުގެ ސާފު މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުން ޢިލްމުވެރިންނަށް ކުރެވޭ އިލްތިމާސް ގައި ދީނީ ޢިލްމުވެރިން އިލްތިމާސްކޮށްފައިވަނީ ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތަކާ ގުޅިގެން އެކަންތައްތަކުގެ ހަގީގަތާއި ޙުކުމްތައް ރައްޔިތުންނަށް އަންގައިދިނުމުގެ ގޮތުން ހުރިހާ ޢިލްމުވެރިން އެކަތިގަނޑަކަށްވެ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮންމެ ޢިލްމުވެރިޔަކު ކޮށްދެއްވުމަށް އެދޭކަމަށެވެ.

އެންމެ ފަހު އިލްތިމާސް ދީނީ ޢިލްމުވެރިން ދަންނަވާފައިވަނީ ރައްޔިތުންނަށެވެ. އެގޮތުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ދީނީ ތަޢުލީމު އޭގެ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކަށް ދަރިންގެ ހިތްތަކުގައި ލޯބި އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް ދީނީ ޢިލްމުވެރިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަލީމް

    ޢިލްމުވެރީންގެ މި ގޮވާލެއްވުމަށް ސަރުކާރުން އަވަސް އިޖާބައެއް ދެއްވުން އެދި އަޅުގަޑުވެސް (މުސްލިމެއް، އަދި ދިވެހި ރަޢްޔަތެއްގެ ޙައިސިއްޔަތުން) ގޮވާލަން.

    40
  2. ހުވަދޫ ޑޮކް

    ދިވެހި ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ޢިލްމުވެރިން މި އެދިލެއްވުމަށް އަދު ސަރުކާރުން އިޖާބަ ދެއްވައި އިޚްލާސްތެރިކަމާއިއެކު ހެޔޮނިޢަތެއް އޮވެމެ، އެ ޖަމިއްޔާ އުވާލަ ދެއްވާނެ ކަމަށް އުންމީދުކުރަން !! އަޅުގަނޑުމެން ރައްޔިތުންގެ މަށްޗަށް ބަސް އިއްވައި، މުޅި މުޖުތަމަޢުގެ މަސްލަހަތު ކުރިއަށް ނެރުއްވައި ގޮތްތަށް ނިންމެވުމަށް ތިއްބެވި ޒިންމާދާރު ވެރިން ގެ އިޚްލާސްތެރިކަން ރައްޔިތުންނަށް ކަޝަވަރުކޮށްދެއްވައި ރައްޔިތުންގެ އިޚްތިރާމާއި ލޯބި ލިގަތުމަށް ރަނުގެ ފުރުޞަތެއް !! އެދެވޭ ގޮތުގައި ފުރުޞަތުގެ ބޭނުން ކުރައްވާ !! އަޅުގަނޑުމެން އެންމެނަށްވެސް ހެޔޮ ވިސްނުންދެއްވައި، މުޅި ޤަޢުމަށް އަމަންއަމާންކަމާއި ރައްކާތެރިކަން ﷲ ތަބާރަކު ވަތަޢާލާ މިންވަރު ކުރައްވާށިއެވެ! އާމީން..

  3. އެންދެރި

    ދީނައް ފުރައްސާރަ ކުރުމުގެ ހުކުމަކީ ކޮބާ ކަބް ބަޔާން ކޮށް ދީ ބަލާށެވެ.

  4. އަޙްމަދް

    އެންމެ ފަހު އިލްތިމާސް ދީނީ ޢިލްމުވެރިން ދަންނަވާފައިވަނީ ރައްޔިތުންނަށެވެ. އެގޮތުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ދީނީ ތަޢުލީމު އޭގެ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކަށް ދަރިންގެ ހިތްތަކުގައި ލޯބި އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް ދީނީ ޢިލްމުވެރިން ވަނީ އިލްތިމާސް ކޮށްފައެވެ.
    މިއަދުތޯ އިލްތިމާސް ކުރައްވަން ތިޔަ ބޭފުޅުން ހަނދުމަފުޅުވީ!
    ތިޔައީ ކޮންކަހަލަ ޢިލްމުވެރިންނެއްތޯއެވެ؟
    މިއަދު ތިޔަބައި މީހުން ﷲ އާއި އެ އިލާހުގެ ނަބިއްޔާ
    صلى الله عليه وسلم ދެކެ ލޯބިވާކަމަށް ދަޢުވާކޮށް އަޑު އުފުލި ކަމުގައި ވިއަސް ތިދަޢުވާ އަކީ ސައްޙަ ދަޢުވާއެއް ނޫންނެވެ.
    ސަބަބަކީ މުސްލިމު ވެރީންނާއި ދެކޮޅަށް ނުނުކުމެވޭނެ ކަމުގެ އެތަކެއް ދަލީލުތަށް قرأنއާއި މާތް ނަބިއްޔާ
    صلى الله عليه وسلم ގެ ޠާހިރު ސުއްނަތުގައި ވާރިދުވެފައި ވީހިނދު ވެސް އެދުވަހު ކީއްވެތޯ ވެރިއަކާއި ދެކޮޅަށް ނުކުމެ މުޒާހަރާކޮށް ހަމާސް އާއި ފޯރިއަރުވާ އެވެރިމިހާޔާއި ދެކޮޅަށް ބަޢާވާތްކޮށް އެވެރި މީހާގެ ވެރިކަން ވައްޓާލުމަށް ވާގިވެރިވީ؟؟؟؟
    އެދުވަހު މި ނުބައިވެގެންވީ ޢަމަލުތަކަށް ތިޔަބައި މީހުން އަރައިގަތީ ﷲ سبحانه وتعالى އާއި އެ އިލާހުގެ ނަބިއްޔާ صلى الله عليه وسلم ދެކެ ވާލޯތްބެއްގެ ބޮޑުކަމުންތޯއެވެ؟؟؟؟
    އެދުވަހު ތިޔަބައި މީހުން ކުޅަ ނުބައިކަންތަކުގެ ހިތި ނަތީޖާ މިއަދު މިދަނީ ފެއްނަމުންނެވެ.
    އެދުވަހު ވެރިއެއްގެ ގޮތުގައި ﷲ سبحانه وتعالى އަހަރުމެންގެ މައްޗަށް އިސްކުރައްވާ ފައިވާ އެ ވެރިމީހާ ނިކަމެތިކޮށް އޭނައަށް އިހާނެތިކޮށް ހެދި މީހާ އަނެއްކާވެސް
    މިއަދު އެވަނީ އަހަރުމެންގެ މައްޗަށް ވެރިއެއްގެ ގޮތުގައި ﷲ އިސްކުރައްވާފައެވެ.
    މިއީ ޤބޫލުކުރާ ހިއްވިއަސް ނުވިއަސް ﷲ ނިޔާކަން ކަށަވަރެވެ.
    ނިކަން ވިސްނާ ފިކުރު ހިނަގާލަބަލާށެވެ!
    މިއީ ކޮންފަދަ ބޮޑު ޢިބުރަތެއް ތޯއެވެ.!
    މިއަދު އަހަރުމެން ކުރިމަތިލާން ޖެހިފައި މިވާ ބޮޑު ފިތުނަވެރިކަމިކީ އެދުވަހު ތިޔަބައި މީހުން ކުޅަ ނުބައި ކަންތަށް ތަކުގެ ހިތި ނަތީޖާކަން ކަށަވަރެވެ.
    މިއަދު ތިޔަބައި މީހުން ތިކުރާ ދާއުވާ ސައްޙަނޫންކަމުގެ
    އަލިގަދަ ދަލީލެއްކަމުގައި މިކަންތަށް ނުފުދޭތޯއެވެ؟

    5
    6
    • ޥަަނުވާ

      ކޮންމެ ކަމެއްގައިވެސް ހިކުމަތެއްވާނެ. މިއަދު ތިޔަބުނާ ލާދީނީ ފިކުރަށް ތާއީދުކުރާ މީހާ އެ މާޤާމަށް އައިސް އެހުރީ އޭނަ ސީދާވެގެންވާ ތެދު މަގުގަ ހުރީމަ ކަމަށްދޯ ކަލޭ ތިބުނަނީ. ދީނީ އިލްމްވެރިން، ފަސްވަގުތު ނަމާދުކޮށް އުޅޭ މީހުން އެ ތިބީ މަގުފުރެދިފަ ކަމަށް ކަލޭ ތި ބަލަނީ.

  5. އިރުތަ

    އަވަސްކުރައްވާ! ފިޔަވަޅުު އަޅުުއްްވާ!

  6. ާސޮމެޮނެ

    ތިލަފަތް ސަރުކާރު ހޮވަން ވާހަކަ ދެއްކެވި ހުރިހާ ސޭޚުންނަށްވެސް ވެދުން.

  7. އިލްމް

    މީ އިލްމުވެރިން ؟؟

  8. ޑރ ފިތުނަ

    އިލްމުވެރިންގެ މަސައްކަތަށް ހައްޤުވާ ތައުރީފާއި ޝުކުރު އަދާކުރަން، އެހެންނަމަވެސް އިލްމު ވެރިންގެތެރޭ ތިތިއްބެވި ބޭފުޅުންގެތެރޭ ހަސަދަ ވެރިޔަކު ހުރިކަން ހިތާމައާއެކު ފާހަގަ ކުރަން

  9. ރައްޔިތުން

    ތިޔައީ ބަރަކާތްތެރި މާތް މަސައްކަތެއް. އެކަމަކު ތިޔަ ޖަމުއިއްޔާ އުވާލިޔަސް ތިޔަ ބައިގަޑު ރާއްޖޭން ބޭރަށް ގޮސްތިބެގެން އިންޓަރނެޓްގެ ޒަރީޔާއިން ކިތަންމެ ގޯސްތަކެއް ހަދާނެ، ދިވެހިން ނުވެސް ދަނެތިބޭ އެބައިމީހުންނާއި އިސްލާމްދީނާއި ދުރުކޮށް ދޮގުމައުލޫމާތުދީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ އަތުން ފައިސާ ހޯދާ ދުނިޔެ ކަމުންދާނެ. އެއީ ނުލަފާ ބައެއް. ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް އުރެދިފައިވާ ބައެއް، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަަމަށް ބަލައި، ދިވެހިންގެ ނަމުގައި އިސްލާމްދީނާއި ދެކޮޅު ހަރަކާތްތައް ފަތުރާ މީހުންގެ ހަރަކާތްތައް ހުއްޓުވަން ތައްޔާރަށް އަބަސްދުވެސް ތިބުމަށް ގޮވާލަން.