މީސް މީޑިއާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުމުން ގެންދާ ދިވެހި އަންހެނަކު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހަށް ހާޒިރުކުރަނީ ޅ.އަތޮޅު ނައިފަރަށް ނިސްބަތްވާ އަދި މިހާރުވެސް އެރަށުގައި ދިރިއުޅެމުން އަންނަ އުފާ މުހުތާރު ފަހުމީ ކިޔާ އަންހެނެކެވެ. އޭނާގެ މީސް މީޑިއާ އެކައުންޓްތަކުގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ދައްކަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އުފާ ހާޒިރުވާން އަންގާފައި ވަނީ ނައިފަރު ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރުކުރަނީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ މީސް މީޑިއާ އެކައުންޓްތަކުން އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ދައްކާތީ އެމައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ފާޅުގައި ދައްކަމުން ގެންދާ އަންހެނަކު ފުލުހަށް ހާޒިރު ކުރާއިރު، އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި ރިޕޯޓެއްގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

އެމްޑީއެންގެ މައްސަލަ ބެލުން އަވަސްކޮށް އެރިޕޯޓް ނެރުމުގައި ބައިވެރިވާ މީހުން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކާއި ފުލުހުން އަދި މިހާތަނަށް ސުވާލެއް ވެސް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. Anonymous

    އެއްކަލަ އުފާ ކާޅު ދޯ..ކާޅެއްހެން ބޯ ކޮށައިގެން

    180
    5
    • ނައިފަރުކޮއި

      މިކަމާވެސް ފޮނި ކަނޑާ ބަޔަކު ނައިފަރުގަ ތިބުން ގާތް. ނައިފަރު ގިނަ މީހުންނަކީ ވަރަށް ފޮނި ބައެއް. ޚާއްސަކޮށް ރީނދޫ ބައިގަނޑު ފަހަތު އުޅޭ އެއްޗިހިން ވަކިން ކިބުރުވެރި. ވަރިހަމަ ނަހަލާލަށް ވިހާފަ،،.ހިލޭ ފިރިހެނުން އަތުން އަލިފާން ކައިގެން މައިންބަފައިންނާ އެއްބަނޑު މީހުނާނާ ބޮޑިސިންގާ ދަރި ކުރިމަތީ ހަޔާތެއް ނެތި ފިރިހެނުން ގޮވައިގެން އުޅުނަސް މީހުންނަށް ހެއްދެވި ނެހެހެއްދެވިއަށް ގޮވާ މަލާމާތް ކުރާއިރު ހީވާނެ ވަރަށް މާތް މީހެއްހެން.

      59
      4
  2. Anonymous

    ލަންކާގަ އުޅޭ ރާއްޖެ ކައުޅެއް އެއީ މިހާރު ނައިފަރުގަ

    172
    5
  3. ކްރިލްގާާޓް

    ކީއްވެޔޯ އެ ކާޅު އުފުރާ ނުލެވުނީ. ވަކި ބަޔަކު އުފުރެލެޥިފަ އަނެއްބައި މީހުންނަށް ޗިޓް. ތި ރޭވުން ތަކާ މަކަރު އިންގޭ މިހާރު

    260
    9
    • އަލިބެ

      ތިހެން މަވެސް މި ގޮވަނީ މީ ވަރަށް ދެރަ މައްސަލައެއް. ސީޕީ އިސްތިއުފާ ދޭންޖެހޭ

      148
      6
  4. އަހުމަދު

    ފިލާގެން ނުދަނީސް ހައްޔަރު ކޮށްބަލަ

    120
    5
  5. ހުދުހުދު

    އިސްލާމް ދީނަށް ފުރައްސާރަ ކުރީމަ ކީއްވެ ހުރިތަނަކުން އުފުރާ ނުލެވެނީ. މުރުތައްދު ޝަހިންދާގެ ފޮޓޮ އެއް ލީ މީހަކު އުފުރާލެވުނު. ލާދީނީ ސަރުކާރު

    186
    5
  6. އެދުރު

    ކީއްވެ ގޮސް ހައްޔަރު ނުކުރެވެނީ ،

    135
    5
  7. ﷲއަށްބިރުވެތިވޭ

    ކޮބައިތޯ ސަ ރިންޑޭ ބިންފަޅާފައި ފިލީތޯ ނަސްލީތަފާތު ވެގެންނުވާނެ 2މީހުންވެސް އެއްވަ ރު ސަދޫމުގެ ވެ ރިކަން

    104
    3
  8. އާދަމް

    ދީނާ ދެކޮޅަށް ލިޔާތީ ހާޟިރުވާން އެންގީ> އެކަމާ ދެކޮޅަށް ބަސްބުނި ސޮރު އުފުރާލީ

    153
    3
  9. Anonymous

    މި އީ އިސްލާމީ އުއ އްމަތަށް މާﷲގެ ކޯފާ އެއ އް އަތުވެދާނެ ކަމުގެ ޢަލާމާތްތަ އް،

    122
    4
  10. Anonymous

    ދިވެހިންގެ ލޮނުމަޑުކަން. ސަރުކާރާ ދެކޮޅަށް ނުކުންނަންވީ.

    162
    8
  11. Anonymous

    ސާބާސް މީ ކޮން އިރެއްގެ އަންހެނެއް.؟ މީނަ މިކަން ކުރާތާ އެތައް އަހަރެއް ވެއްޖެ. އެމްޑީއެން ގެ ބޮޑުން ސަރުކާރާއި ޕޮލިހުގައި އަދި ކޯޓު ތަކުގެ ގާޒީންނަށް ބައިތިއްބައިން ކުރަން އެންމެ ރަގަޅު ކަންތައް ތީ.

    85
    1
  12. ކާޅު

    ތިހެން މީހުން ދަމާ ގެންދާ ވަރަކަށް ކަލޭމެން ފޮރުވައިގެން އުޅޭ އެތި ގިނަ މީހުންނަށް ފަޅާ އެރުން ނޫން ކަމެއް ނުވާނެ. ބަންދުކޮށް އަނިޔާދެވޭ ކޮންމެ މީހަކަށް ދިހަ މީހުން ނުކުންނާނެ. މިޒަމާނަކީ ކުރީގައިހެން ފުލޯކުތައް ފޮރުވައިގެން މަތިއަޅައިގެން ތިބެވޭނެ ޒަމާނެއް ނޫން ކޮއިފުޅުމެންނޭ. ކޮންމެ ވެރިކަމެއް އަޔަކަސް ދެނެއް އެކަމެއް ނުވާނެ. ކަލޭމެން ދައްކާ ބިރަކަށް ކަލޭމެން ބުނިހާ ގޮތެއް ހެދިގެންނެއް ދެނެއް މީހުންނެއް ނުތިބޭނެ. ހަގީގަތް މިދަނީ ފާޅުވަމުން ކަޝްފުވަމުން.

    29
    62
  13. ފފފފ

    މިފަހަރު ދޫ ދީފިތަ ލާހިކެެްނޫން އަނބުރާ މިގައުމު ހޯދާކަށް. ދާގޮތަށް ގޮސް ސޯމާލިޔާ ހާލަތަށް. މިސަރަހައްދުންވެސް އިގްތިސާދީ ގޮތުން އެންމެ ދަށުގެ ގައުމަށް މިތަން މިވީ. 10 މަސްތެރޭ.

    93
    2
  14. ހޫދު

    ހަމީދޫ، އިސްލާމް ދީނުގެ ދިފާެުގައި މަސައްކަތް ކުރާ މީހާ ދަމާ ކޫތާފަ ގެންދިޔަ ގޮތަށް މި ނުގންދިޔައީ ކީއްވެ؟ ނޫޝީން ދަމާކޫތާފަ ނުގެންދިޔައީ ކީެްވެ؟ ޝަހިންދާއާ ހުދު ތިމާ ތިއީ ދަމާ ކޫތާފަ ގެންދަންޖެހޭމީހުން. މިގައުމުގެ ރައްޔިތުން މިތިބީ ނަފުސު މަރުވެފަތަ. މަގުތަށް ފުރާލާ ހުއްޓާނުލާ އަޑު އުފުލަންވީ.

    111
    1
  15. ހުސެން

    ދީނާއި ޚިލާފަށް ވާހަކަ ދެއްކުމުގެe ފުރުސަތު އެއއްވެސް މީހަކަށް އޮވެގެނ ނުވާނެއެވެ. ވަގުތުން ފިޔަވަޅު އަޅަން ވާނެއެވެ. ހަމަޗއެހެނއމެ ޓެރަރިޒްމް އަށް ހިއްވަރު ދޭ މީހުނަށް ވެސް ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ އެ ވެ. މުޖުތަމަޢުފަސާދަ ވިޔަދީގެން ނުވާނެ އ.

    69
    2
  16. ބުރޯ

    އެމީހުނާ ސުވާލު ނުކުރީ ނަސީދުގެ ވާހަކަ ބުނެފާނެތީތަ ؟

    78
    2
  17. Anonymous

    ކޮންމެދުވަހަކާ ދާނެ ސަންސެޓް އައް ފޮޓޯ ނަގަން..ވަރައްއުޅޭނެ ގެސްޓުން އުޅޭހެން
    މާރީތި މީހެއްކަމައް .. ރީއްޗެއްވެސްނޫނޭ އިސްލާމްދީނޭ ކިޔޭގެން އަނގަތަޅާން

    80
    1
  18. ޙަރީބު

    މުޅި ނައިފަރު ބަދުނާމުވޭ އެބަ

    93
    2
  19. Anonymous

    ކްރިލްގާޓް! ހާސްނުވޭ އެކައުޅުވީ ރާއްޖެއިން ޑީޕޯޓްކުރަން އަވަސްކުރޭ އަވަސްކުރޭ

    63
    5
  20. ާބަޑި

    މީނަ ކޮންމެ ދުވަހަކު އިރުއަރާ ގަޑިއަށާ އިރު އޮއްސޭ ގަޑިޔާަށް ދާނެ މޫދު ދޮށަށް ފޮޓޯ ނަގަން.

    20
    2
  21. ނަޖީބު އައްބާސް

    ހެއްވާބަޔެއް ދީނާހިލާފަ ވާހަކަދައްފުސަތު ނުދޭށޭބުނާއިރު ދިރިއުޅުގެ ބޭނުންތައް ފުއްދަނީ އެކަލާންގެ ކަނޑައެގެން ހަރާކުރެއްވި ބަގުރަލާ އޫމަސް ވިއްކައިގެން މިމައްސަލަޔަކަންނުވޭ

    10
    6
  22. ގަމު ކުއްޖާ

    އޭނަ ބޭނުންކުރާ ކަމަށް ބެލެވޭ މީސްމީޑިއާ އެކައުންޓޭ އެއޮތީ ބުނެފަ. ދެން ގެންގޮއްސަ ބުނޭ އޭނަ އެއް ނޫނޭ އެ..

    16
    2
  23. ގަމު ކުއްޖާ

    ޓުވީޓް ކުރި ކުއްޖާ ވީމަ ޔަގީން ވެއްޖެ އެ ހަމަ އޭނަކަން. ވަގުތުން އުފުރާލީ. ސާބަސް އިނގޭ..

    28
  24. ޙސހސހ

    ދީނާޚިލާފް ވާހަކަ ދައްކާމީހާޔަށް ހާޒިރުވާން ޗިޓް. އެފަދަމީހުނާ ދެކޮޅަށް ދީނުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވަގުތުން ހައްޔަރު. ސާބަހޭ 138000 ވޯޓު ލީ ރައްޔިތުންނަށް . އަހަރުމެން ހަމަގައިމު ވޯޓެއްނުލާނަން ކަރުގަ ވަޅި ޖައްސާފަ މަޖުބޫރު ކުރިޔަސް.

    29
    2
  25. Anonymous

    ކައިވެނި ވެސް ރޫޅުނީ ދީނަށް ފުރައްސާރަ ކުރާ ތީ.. އޭނަ ބޭނުން ވަނީ ބޭރު ގައުމަކަށް ދާންކާފަރުން އުޅޭހެން އުޅެން... އެކަމު އެހިސާބަށް ދާނެ ފެންވަރެއް ތި އަންހެނާގެ ނެތް.. މިތަނުން ފޮނުވާތޯ އެ އުޅެނީ..

    24
    1
    • ޝަހިންދާގެ ދަރި

      ޗަކޮޔޭ! ޗަކޮއޭ ޝަހިންދާއަށް ތިމަންނަ ޖަރުމަނަށް ގެންގޮސްދޭށޭ ބުނި އީމެއިލްގެ ޖަވާބު އަދިވެސް ނާދޭތޯ؟ ނޫނީ އެކޮޅުން ބުނީތޯ ހާރޑްކޮއްލީމާއޭ ގެންނާނީ. ފާސިގުން ހުސް.

      11
      1
  26. ޒާ

    އެމްޑީޕީއަށް ވެރިކަން ލިބުމުން މި ލާދީނީ ބައިގަނޑު ގައުމުގައި ކެކިއަރަންފެށީ. މިކަން ނިންމަން ދިވެހިންތިބީ ކެތްމަދުވެފައި. އުއްމީދުކުރަން ފުލުހުންގެ ވާޖިބް އަދާކުރާނެކަމަށާއި އެކަށީގެންވާ އަދަބު ދޭނެކަމަށް.

    26
    1
  27. ކާފަ

    ލާދީނީމީހުންނަން ރަސްމީއިއްޒަތުގައި ޗިޓް ފޮނުވާފަ އިސްލާމްދީނުގެ ދިފާއުގައި ވާހަކަދެއްކީމަ އަނިޔާވެރިކޮށް ހައްޔަރު.

    20
  28. ފައިލަފް

    އިސްލާމް ދީނަށް އުޅެން ބޭނުން ނުވާ މީހުން ކާފިރު ޤައުމު ތަކަށް ދޭބަލަ. މި ޤައުމު ހަލާކުރަން އުޅޭނެ ކަމެއްނެތް. އަހަރުމެންގެ ދީނަކީ އިސްލާމް ދީން. ﷲ އިރާދަ ކުރެއްވިއްޔާ މިޤައުމު އަބަދުވެސް އޮންނާނީ އިސްލާމީ ޤައުމެއްގެ ގޮތުގައި.

    34
  29. އެންދެރި

    މިސަރުކާރު އައިފަހުން ދީނައްށް ފުރައްސާރަ ކުރާ މީހުން.ގިނަ ވެއްޖެއެވެ .

    19
    1
  30. ހިތާމަ

    ހިތާމަ ހުރި. އުފާ! ކީއްވެފޭތަ ޗަހެންޗައުޅެނީ؟ ނުލާހިކު ލޯބިކޮށް ބަސްއަހާގެން އުޅެވެންއޮށްވަ، ކޮން ސަކަރާތެއް ޗަޖަހެނީ.

    12
  31. ލޯބިވާ ޤައުމާއޭ

    މިޤައުމު ސަލާތްކުރޭ! މިޤައުމުން ތަންކޮޅެއްވެސް އިސްލާމް ދީންނޫން އެހެން ދީނަކަށް ނުދޭތި!
    ދީނަށް ހަޖޫ ނުޖަހާށެވެ. ހޭލުންތެރިވާށެވެ! ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމަށްހުރިހާ ފަރުދުން މަސައްކަތް ކުރާށެވެ.

    13
  32. ނޭގެ

    ތިއަންހެނާގެ އާއިލާ މީހަކު އެގޭތަ

    3
    1
  33. ފްރެންޑް

    ދަންނަން އުފާގެ ދައްތަ.އުޅޭނެ ފޭސްބުކުގަ

    2
    1
  34. މިގޭ

    މިކަހަލަ ގޮތްކުޑަ ހުރިހާ ކައުޅެއް އުޅެނީ މިހެން. ލަދުން ބޯހަލާކު.

  35. ތާޖިރު

    ވާގޮތަކީ އިސްލާމްދީން ވިއްކައިގެން އެބައިގަނޑަށް ލިބޭއެއްޗެއް ގިނައީ. ޔަހޫދީންނާއި ނަޞާރާއިން އެތިބެނީ އެކަހަލަވަޙުޝީ ޢަމަލުތައް ކުރާމީހުން ތައްޔާރުކޮށްފަ ފޮނުވާފަ. މިކަން ހުއްޓުވޭނީ އެކަންކުރާ މީހުންގެ ގާތުން އެމީހުންގެ މައިންބަފައިންނާއި ފިރިންނާއި އަނބިންގެ ހިތްމަތްކުރެވިގެން. މިހާރު މި އޮތް ސަރުކާރަކުން ތިޔަބައިގަނޑެއް ނުހުއްޓުވޭނެ.

  36. އަހުމަދު ދީދީ

    މިކަން މިގޮތަށް ހިގާނެތީ އިންސީންގެ ތެރެއިންވެސް ޝައިތާނުންވާ ކަމަށް ބުނެފަވަނީ؛

  37. އިންސާނާ

    މާތްﷲ މި ކަމަނާއަށް ތެދުމަގަށް މަގު ދައްކަ ވައި، ދެދުނިޔޭގެ ބާއްޖަ ވެރިކަން މިން ވަރު ކުރައް ވާށިއެ. ކާފިރުކަންމަތީ ވަނިކޮށް މީނާގެ މަރު ނުހިއްޕަ ވާ ފާނދޭ ވެ.
    "އާމީން".