ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި މީހަކާއި ގުޅޭ ޚަބަރެއް "ވަގުތު" ގައި ޝާޢިއު ކުރުމުން ނޫސްވެރިޔާ ނޮޅާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ނޫސްވެރިޔާ ނޮޅާލާނެ ކަމަށް ބުނެ އިންޒާރުދީފައި ވަނީ މާލެ، ގ.ފެންބޯހުރާ، ނިވާން އަޙްމަދު (31އ) ހޯދަން ފުލުހުން ކުރި އިއުލާނެއްގެ ޚަބަރު ގެނެސްދިނުމުންނެވެ. އެޚަބަރާއި ގުޅިގެން ނިވާން އަޙްމަދު ކަމަށް ބުނާ މީހަކު "ވަގުތު" ގެ ނޫސްވެރިޔާ އަށް ގުޅާ ނޫސްވެރިޔާ އުޅޭތަން އެނގޭ ކަމަށާއި ނޫސްވެރިޔާ ނޮޅާލާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.

"ވަގުތު" ގެ ނޫސްވެރިޔާ އަށް ދިން އިންޒާރާއި ގުޅުންހުރި ހެކިތަކާއި އެކު މިއަދު އެމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

"ވަގުތު" ގެ ނޫސްވެރިޔާ އަށް އިންޒާރުދިން މީހާ ހިތްހަމަ ނުޖެހުނީ އޭނާ އެސްޓާސް އަށް 25000 ރުފިޔާ ދައްކަން ޖެހުނު މައްސަލައަކާއި ގުޅޭ މައުލޫމާތު ޚަބަރުގައި ހިމަނާފައި އޮތުމުންނެވެ. ނަމަވެސް އެމައުލޫމާތަކީ ސިވިލް ކޯޓުން މީގެ ކުރިން އާއްމު ވެސް ކޮށްފައި ހުރި މައުލޫމާތެެވެ.

ސިވިލް ކޯޓުގެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު ނިވާން އަހްމަދު ހޯދަން އިއްޔެ އިއުލާން ކުރީ މުހައްމަދު ޝާހިދު ކިޔާ މީހަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކޯޓުން ކޮށްފައިވާ ޙުކުމާއި އެއްގޮތައް އެފައިސާ ދައްކާފައި ނުވާތީއެވެ. މާދަމާ އެމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފައި އެބައޮތެވެ.

ކޯޓުން ހޯދަން އިއުލާން ކުރާ މީހުންގެ ޚަބަރުތައް ގެނެސްދިނުމުން މީގެ ކުރިން ވެސް ބައެއް މީހުން "ވަގުތު" އަށް ގުޅައިގެން ނުރުހުން ފާޅުކުރެއެވެ. ނަމަވެސް މިފަދަ އިންޒާރެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަދުރޭ

    ކޮއްކޯ ނޮޅުމުގެ ޒަމާން ނިމިއްޖެ . ކަލޭ ޓެރަރިޒްމްގެ ގޮޅިއަކަށް ފެތެން ބޭނުން ވަންޏާ ނިކަން ތެޅިގަނެބަލަ ތި ހިތަށް އަރާ ގޮތަށް

    26
    1
  2. ރަދީފް

    ނޫސްވެރިންނަށް އިންޒާރު ދޭއިރު މީނަގެ ލަދު ކޮބާ؟؟ ބޮޑު ދަރަނި ބޮލެއް.ހެހެހެހެހެހެ

    27
  3. ޒާ

    ފައިސާ ނުދައްކާ ފިލައިގެން އުޅޭއިރު މީހެއްގެ ހައްގެއް ނުދީގެން ކޯޓަށް މައްސަލަވައްދައި އެވަރުން ކޯޓަށްވެސް ފިލައިގެން އުޅުނީމާ އެވާހަކަ ދެއްކުމުން ޖޭވީ ތޯއްޗެއް.

    24
  4. ޖާޒީރާ ބޯއީ

    ކީތްކުރާނީ އަތުގައި ލާގެންކާލާނެ އެއްޗެއްނެތަސް މިއަދުގެ ގިނަޒުވާނުން ޒުވާން އަންހެންކުދިންނަށް މިދައްކާހާވެސް ދަޅައަކީ އެތަންމިތަނުން ދޫކުރާ އިންސްޓޯލްމަންޓް ގައި ތަކެތި ނެގުމަށްފަހު އޭގެ ދަޅަދައްކައިގެން އުޅުމެވެ. އާހިރުގައި އެފައިސާ ނުދެއްކި ކިތަށް ކުންފުނިންތޯ ދައުވާކުރަނީ ކިހާ އެއްޗެއްތޯ ގެއްލިގެންދަނީ.

  5. Anonymous

    މ މިއޮތީ އަންނިކްރަސީ ފައްކާވެފާ

  6. ޒީ

    ނޫހުވެސް ޖަހާނެ އެއީ ވަކިބައެއް ކަންކުރީމަ ޖަހަން ހުންނަތަނެއްނޫޫ!
    ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މީހަކު ނޮޅަންވެއްޖެނަމަ ސަލާމަތެއްނެތެންނު!
    ޖަންގަލީ ގާނޫނު ފާސްކޮއްގެން އުޅޭން މިޤައުމު ތަނެއްނުދޭނެ!