އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ މި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ މި އުޅަނދަކީ އިންޑިއާގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 16 އޭޕްރީލް 2006 ވަނަ އަހަރު ވަނީ ރާއްޖެއަށް 46 މީޓަރުގެ ކޯސްޓްގާޑް ޝިޕް ހުރަވީ ހަދިޔާކޮށްފައެވެ.
ކިތައް ސިފައިން ބައިތިއްބާނެބާ.. އިސްމްދީނަށް ފުރައްސާރަ ކުރިމައްސަލަ ރައްޔިތުން ކެކިފަތިއްބާ އިންޑިޔާ ސިފައިންގެ ފައުޖެ ގެނެސް އަޅާލަނީ..
ކިހާ ސިފައިންނެއް ތިޔަ ބައު ދަގަނޑު ބޯޓާއި އެކު މިރާއްޖެ އަންނާނެބާ؟
ސިފައިންނާ އެއްކޮށްބާ ހަދިޔާކުރީ
މހާރުވެސް .5 އެތިިއިބައޮތް ..ދޯ.....
އަނެއްކާ ތިބަލަހައްޓަން ކިތައް އިންޑިއާ ސިފައިން ރާއްޖެ އަންނާނެބައި
ޙެހެ ކޮބާ ބާ އުމަރު ނަސީރު އެބޭފުޅާޔަށް އިންޑިޔާގެ މުހިންމުކަން މިހާރުވެސް ނުވިސްނޭނެ
މިއުޅަނދު ބަލަހައްޓަން އުޅަނދާއިއެކު އިންޑިއާގެ ކިތަކަށް ސިފައިން ރާއްޖޭގައި ތިބޭނެބާ؟
އުޅަނދު ބަލަހައްތަން އެގަމުގެ ނޭވީން ގެނާމަ ރަންގަޅުވާނެ ދުވަސް ކޮޅަކުން އެގަމުގެ އަޅުން ނަށް ދިވެހިންވާނެ. ނޮވެމްބަރު 3 ގާ އެގަމުގެ ސިފައިން އެއިރުގެ ދިވެހި ސަރުކާރުން ގެނާމަ ހަޅޭލެވި މީހުން މިހާރު ވެރިކަމުގަ މިތިބީ މިގަމުގެ މިނިވަންކަން ނަގާލާނެ މިވެރިން ކޮބާލަދުހަޔާތް
ހެލިކަޕްޠަރުތައް ހަދިޔާކުރި ގޮތަށް ހަފިޔާކުރާނީ އޭގެ ކޮންމެ އެއަޗއްގައި ބޮޑު ފއއުޖެއް ކޮންމެ ސަރަގައްދެއްގައި.
އަނެއްކާ ބާދަގަނޑަށް ކިރާ އިއްޗެއް ނޫންބާ؟ ކުރިން ދިންމަނަވަރަކީ އޭގެ އުޅަނދެކެވެ. ދެން ރައްޔަތުން ދައްކާ ޓެކްސް އޭގެ މެއިންޓެނަސް އަށް ޙަރަދު ކޮއް ހުސްކުރޭ. އަނެއްކާ ތި ދުއްވަން ދަސްކޮއްދޭށޭ ކިޔާފަ ބަޔަކު މިތާ ނުބަހައްޓާނެ ކަމަށް އުއްމީދު ކުރަން. ސަލާމްޕ
ނަމުގަ ހަދިޔާ ކުރަނީ. އެކަމު އެމް.އެން.ޑީ.އެފް މީހަކަށް ހުންގާނުގައި ހިފުން މަނާ. ޢެޔަށް އެރުންމަނާ ދޯ. އެންމެ ކުޑަމިނުން ނަގިލިވެސް ނެގޭނީ އިންޑިޔާ ސިފައިންނަށް. މި ޔަހޫދީ ބައިގަނޑު އިންޑިޔާގެ އަޅަކަށް މިގައުމު ހަދައިފި.
ތި ބައު ދަގަނޑު ގަނޑު ބަލަހައްޓަން މިތާ 100 ވަރަކަށް އިންޑިޔާ ސިފައިން ބައިތިއްބަން ޖެހޭނެ....
ތީ ކުރިންޖަޕާނު ބަނދަރަށް ވަތް ދުންއަރާ ބޯޓްބާ؟ ޖަޕާނުގެ ފަޔަފައިޓަރުން އެލާޓަށް އައި އެބޯޓުން އެރި ދުމުން. އެމީހުން ހީކުރީ ރޯވެފައިވާކަމަށް. ތި އެއްޗެއް ބަލަހައްޓަން އިންޑިއާ ކިތަކަށް ސިފައިން ބައިތިއްބާތޯ؟
ކުރިން ހަދިޔާކުރި ހެލިކޮޕްޓަރު ހަދިޔާ ކުރިގޮތަށް
ބެލެހެއްޓުމަށް 100 ސިފައިން ބައިތިއްބާނެ. ކަށަވަރު.
އިންޑިޔާއިން ދޭން އެއްބަސްވާގޮތަކަށް މިސަރުކާރުންޖެހޭނީ ބަލައިގަންނާން. ކޮނަމެ ކަމެއްގެ އަޑީގައިވެސް ރޭވުންތެރިކަމެއް.