އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވުމުން ރޭ އެޕާޓީން ވަނީ އާ އިންތިޚާބެއް އިއުލާންކޮށްފައެވެ. އެއިންތިޚާބުގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށާޢި އެމަނިކުފާނަށް ތާއިދުކޮށްދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން ނަޝީދު އިއުލާން ކުރެއްވިއިރު އަދި އެމަގާމަށް ވާދަކުރައްވާނެކަން އެހެން ބޭފުޅަކު އިއުލާނެއް ނުކުރައްވައެވެ. ނަމަވެސް ރެއިން ފެށިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ އެމްޑީޕީގެ ރައީސް ކަމަށް ރައީސް ޞާލިހް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.

ނަޝީދު ވަނީ މިހާރު އެމްޑީޕީގެ ރައީސްކަން ދެ ދައުރު ކޮށްފައެވެ. އޭގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ނަޝީދު ކުރެއްވެވިއެވެ. ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވިއިރު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތްޕުޅަށް ހުރަސް އެޅުއްވި މައްސަލަ ބޮޑުވެ ދެ ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވެވިއެވެ. އެއީ އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ޑރ.މުހައްމަދު މުނައްވަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. އައިޝާ

    ކުރިމަތި ލައްވާ ހުރިހާކަމަކަށް ހަލާކުހުރި ލާދީ އެޖެންޓް

    91
    2
  2. mi!

    ތަނެއްގައި ރައީސްކަމެއް އޮތިއްޔާ މި ކުރިމަތި ލާނެ!

    83
    2
    • ޖޭވަނީ

      ކުރިމަތިލާފިއްޔާ ކާމިޔާބުވެސްކުރާނެ.. ރޫޙާނީ ލީޑަރު..

      6
      63
      • އަލީ

        އެލާދީނީ އަށް މިއަދު ކާމިޔާބުވެދާނެ.. އެކަމަކު އިރާދަކުރެއްވިއްޔާ އަދި ނާކާމިޔާބާ ކުރިމަތިާލާން ޖެހޭ ދުވަސް އޮތީ

        54
  3. ދިޔޯ

    މިޕާޓީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމަކުން ހިންގުމަށް ރޫހާނީ ލީޑަރުން ދުރުވާންޖެހޭ. އަދި ކަޑައެޅިގެން އިސްލާމްދީނާ ދެކޮޅު މީހެއްކަން އެގިތިބެމެ ތިމާމެންގެ ވެރިކަން އެމީހަކާއި ހަވާލުކުރުމުގެ ޖަޒާ އެންމެހާ ބޭފުޅުންނަށްވެސް އެގޭނެއެވެ.

    70
    2
  4. އެންދެރި

    އާ ބަޔަކު ކުރިމަތި ލާން ވީ އެވެ . ބަދަލެއް ބޭނުމެވެ .

    76
  5. ބެއްޔާ

    އެމްޑީޕީއަކީ ނަޝީދު، ނަޝީދަކީ އެމްޑިޕީ. ނަމުން ޑިމޮކްރަސީ ކަމުން ހުދުމުޚުތާރު. އަދި ދައުލަތުގެ ޚަޒާނާ އަމިއްލަ ބޭނުންތަކަށް ދަވާލުމާއި ލާދީނީ ފިކުރު ފެތުރުން އެޖެންޑާއަކީ.

    70
    1
  6. އާމިނަތު

    އިސްލާމް ދީނަށް ލޯބިކުރާ އެއްވެސް މީހަކު މީނަޔަށް ވޯޓްނުދިނުމަށް އާދޭހާއެކު އެދެން

    މިހާރު މީނަގެ އަސްލު ހަޤީގަތް ދިވެހިރަށްޔިތުން ނަށް އެނގިފަ އޮއްނާނީ ޕޯޑިއަމް ތަކަށް އަރާދައްކާ ވާހަކަތަކުންވެސް

    81
  7. ސޮނިބެ

    ޤަވްމު ހަލާކުގެތެރެއަށް އެއްލާލާ ބަޗަން ނޫޅުއްވަވާ ފެންވަރު ނެތްނަމަ ރަގަޅު ބަޔަކާ ވެރިކަން ޙަވާލް ކުރައްވަވާ ނޫނަނަ އަހަުރެމެނއގެ ޕާޓީ ފަޟީހަތް ވެދާނެ މިހާރުވެސް ވެއަޖެ

    52
  8. ޖާޒީރާ ބޯއީ

    އިބޫ ސޯލިހުގެ އެޖެންޑާ19 އަކީ އެމްޑީޕީގެ އެޖެންޑާއެއްނޫން އިބޫ ސޯލިހުގެ އެޖެންޑާއަކީ ގާސިމް އާއި މިނިސްޓަރު ޝާހިދު ގެންގުޅޭ އެޖެންޑާ ކަމަށް މިހާރު ކަށަވަރުވެފައިވާ ދުވަސްވަރެއްގައި ރައީސް ނަޝީދު ކޮންމެހެންވެސް އެބަޖެހޭ އެމްޑީޕީގެ ހުންގާނުގައި ހިއްޕަވަން. ރައީސް ނަޝީދަށް ފުރިހަމަ ތާއީދު. އިބޫގެ އެޖެންޑާ ތަކާއެކު އިބޫ ބޭރުކުރޭ.

    3
    46
  9. ބަލަ

    ރ.ނަޝީދުގެ މަސައްކަތުން އެމްޑީޕީ ވަރުގަދަ ޕާޓީއަކަށް ހަދާ ވެއްޓުނު ކޮންމެ އަދަވަޅަކުން ޕާޓީ ނަގާ މެންބަރުން އެއްރޫހެއްގައި ތިބެ ކާމިޔާބީއަށް ވާސިލުވުމަށް ދަތުރުކުރެއްވީ .އެހެން ސިޔާސީ ޕާޓީރަކުން ނަމޫނާ އެއްކަމަށް ބަލަންޖެހޭ. ރ.ޔާމިނުގެ ބުރަ މަސައްކަތުން ޕީޕީއެމްވެސް ޕާޓީއަކަށް ހަދައިގެން ކުރިއަށްދަނީ... ރ.ނަޝީދު ހޮވަންޖެހޭ...

    41
  10. އަޙްމަދު

    މަގާމުގެ ޝަރުތު: އިސްލާމްދީނާ ދެކޮޅު ވިސްނުމުގެ މީހަކަށް ވާންވާނެ. ނަޝީދު ނޫންމީހަކު ފެނިގެންނުވާނެ. ފަރަންޖިން އުޅޭ ގޮތަށް އުޅޭ މީހަކަށް ވާންވާނެ. އިންޑީޔާ މީހަކަށް އިސްކަން ދެވޭނެ.

    ނަޝީދު ހުއްޓާ ތިމަޤާމް އެހެން މީހަކަށް ޙަރާމްވާނެ! އެމްޑީޕީ އެވެސްމެންބަރަކަށް ނުކެރޭނެ އެހެން މީހަކަށް ވޯޓް ލާން

    30
  11. އުތުރުން

    މޑޕ ގެ ރައީސްކަމަށް ކެނެރީގެ ނަސީދު ބަލައިނުގަންނަ
    މެވެ އެޕާޓީގައި ރައީސްކަމަށާއި ނައިބު ކަމަށް އެކަށޭނަ
    ކިތަންމެ ޒުވާނުނެއް އެބަތިއްބެވެ ނަސީދަކީ ހުރިހާ ގޮތަކުން
    ވެސް ފޭލްވެފައި ހުރި ނާގާބިލް މީހެކެވެ އޭނާގެފަރާތުން
    ޕާޓީއަށްވެސް ގައުމަށްވެސް ލިބޭނެއެއްވެސް ލާބައެއް މަންފާ
    އެއްނެތެވެ. މޑޕ ގައި އަޅުވާފައިވާ ނަސީދުގެ ދަގަނޑު
    ކަސްތޮޅުން އެޕާޓީ މިނިވަން ވެގެންނޫނީ ކުރިމަގެއްނެތެވެ.

    25
  12. ސސ

    أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

    29
  13. ހުވަދޫ ޑޮކް

    މިނޫން ޗޮއިސް އެމްޑީޕީ މެމްބަރުންނަށް ހަމަ ނޯންނާނެތަ!! އެޅިހާ ބަތަކަށް ރިހަ ތޯއްޗެއް؟؟ އެންމެ ޑިމޮކްރޮޓި ޕާޓީއޭ ކިޔަނީ، އެހެނަސް މެމްބަރުން ތިބެންޖެހެނީ އަޅުވެތިވެފަ !! މީ ތިކަޑައޭ ..... ނިކަން ގްޓްހުރެ އަންނިއަށް ނޫނެކޭ ބުނެ، ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަށް މިނިވަންކަމާއިއެކު އަޑު އުފުލާލަބަލަ ނިކަން ކެރިގެން !! ?

    27
    1
  14. ކާފަ

    ލާދީނީ ޕާޓީއަކުން ހޮވޭނީ ލާދީނީ މީހުންތާ، އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެންނު!

    25
  15. އަމާރު

    އިބޫއަކީ ޕާޓީ ރައިސް ގަވާއިދުގަވާގޮތުން. ނިކަން ދެކިބަލަ އެކަމަކު މިކަލޭގެ ވެރިކަމަށް ބޫތު ކައިފަ ހުރި ވަރު. ހަމަ ދޫނުކުރަން ޕާޓީގެ ލީޑަރުކަންވެސް އަދި އެހެންމީހަކަށް ފުރުސަތެއްވެސް ނުދޭން ކުރާ މަސައްކަތް. މައުމޫނާ ދިމާލަށް އެކަމަކު މިކަލޭގެ އޭރު ކީ އެއްޗެހި ކޮބާ މިއަދު. ބަނގުޑި މިބައްދަނީ ކާކު. ރައްޔިތުންނަށް ފެނެޔޭ އެބަ ތިޔަ ހުދުމުހުތާރު ގަމާރުކަން. ލާދީނީ އެޖެންޓު. ދުރަށްދާން އުޅޭ. ކަލެއެއް ބޭނުމެއް ނޫން އަހަރެމެންގެ ރައިސަކަށް

    26
  16. ގަމާރު

    މީހުން ނޫޅޭ މިހާރު މޮަޔަވެގެން. ތިހެން އޮޅުވާލެވުނު ކުރިން ބަޔަކަށް. މިހާރު ނުލިބޭނެ 2 ވޯޓުވެސް. ބަޗާ މިތަނުން. ކަލޭ ނޭނގެ މީހެއް މިގައުމަކު ނޫޅޭ މިހާރު

    16
    1
  17. ޒަމީން

    ކޮން އިންތިޚާބެއް . ރޫހާނީ ލީޑަރު މުޅި އުމުރަށް ލީޑަރު ކަމުގައި ހުންނާނެ ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި. ގައުމީ މަޖުލިސް އިން ނިންމަންވީ. ދުނިޔޭގެ ލަދަށް ނުނިންމިޔަސް ކަންހިގާނީ މިބުނިގޮތަށް. މުޅި އުމުރަށް ހުންނާނެ.

    12
    1
  18. ދދދދ

    ބަގާވާތެއްގެ ފެށުން. ވ ސަލާމް

    10
  19. ސުޢޫދު

    30 އަހަރުވަންދެން ކުރިމަތިލާ ހުދުމުހުތާރު ގޮވަމުން ދުވިހަނދާނެއްނެއްދޯ މިހާރުމުގާބެވެސް ނެއް ތިބީދެމީހުން މިފަހަރު ފެއްނާނެ އެމްޑީޕީގެ އެތެރާއިބޭރު.

  20. ރައްޔިތުން

    ރައީސް ލަގަބު ބޭނުންވަނީ އަބަދުވެސް..

  21. އަދުުލުއިންސާފު

    ކުރިމަތިލާފިއްޔާ ކާމިޔާބުވެސްކުރާނެ.. ރޫޙާނީ ލީޑަރު.. ދުލުން ނުބުންޏަސް ވަރަށްގިނަ ބައެއްގެ ޢަމަލުން އެބަ ސާބިތުކޮށްދޭ ﷲއާއި ރަސޫލާއަށްވުރެވެސް މި މީހާ ދެކެ އެމީހުން ލޯބިވާކަން.. ފާޅުގައި ޤުރުއާނާ ހަދީސްނޫން އެއްޗެއް ބޭނުންކަމަށް ބުނާއިރުވެސް، އިސްލާމްދީނާ ﷲއާ އެކަލާންގެ ރަސޫލާއަށް ހަޖޫޖަހާ ޤުރުއާނުގައި ނައްސުން އައިސްފާވާ ކަންކަމަށް އިންކާރުކޮށް ދިވެހިންގެ ބަޔަކު ރިޕޯޓު ނެރުމުން އެ ރިޕޯޓު ދިފާއުކޮށް ތަކުރާރުކޮށް ވާހަކަ ދައްކާއިރުވެސް ދިވެހިން ތިބީ މި މީހާއަށް ހިތާހިތުން ގުޅިގެން.. މިމީހުންގެ ތެރެއިން އިސްލާމްދީން ޤަބޫލުކުރާމީހުން ތައުބާސޫރަތުގެ 31 ވަނަ އާޔަތުގެ ތަފްސީރު ކިޔާލަން އެބަޖެހޭ..

  22. ކާފަ

    އެމްޑީޕީގައި އޮބިއަޅާއިގެން ދިޔަފެލިޔަސް ތިޔަކުން އިސްލާމްކަމުގެ އެންމެ ދިޔަކޮޅެއްވެސް ނުނިކުންނާނެ.

    10
  23. ސަންފައްތަ

    ނަޝީދު! ނަޝީދު! އަބަދު ނަޝީދު! ހުރިހާ ކަމަކަށް ނަޝީދު! މީތޯ މިބުނާ ޑިމޮކްރަސީގެ ރީތި ސިފައަކީ؟ އެހެންމީހަކަށް ފުރުޞަތު ދިނުމެއް ނެތްތޯ؟ އެމްޑީޕީ މީހުން ހަމަ އަތްޖަހާނެ ދެއްތޯ!!!!

  24. ފިދާ

    އަބަދު ރައީސްކަމަށް ފައިނަންގަވާފަރާތެއް ގުބޯގިނަމެމްބަރުންތިބޭޕާޓީއެއްގެ ރައީސްކަމަށް
    ކުރިމަތިލެއްވުމަކީ އާކަމަކަށްނުވާނެ ގުބޯގިނައޭބުނަންޖެހުނީ ( މިހެންބުނެވިފައިވާމައާފް

  25. ރާރު

    ހިސާބައްވުރެން އަމިއްލައެދުންބޮޑުވެފާ މުނާފިޤުން އެތަނެއްގަ ގިނަވެއްޖެނަމަ ނަސޭހަތަކުން ކުރާނެއެއްވެސް އަސަރެއް އެމީހުންނަކައްނޯންނާނެ އެހެންއެވަނީ އެބައިމީހުންނަކީ މަގުގެއްލިފަތިބި ބަޔަކައްވާތީ

  26. ދާލު

    ނަންވާނީ މައުމޫނު.

  27. ރާޅު ބޯއީ

    މުސްލިމް އަހުންނާއި އުހުތުންނޭ ހޭ އަރާ ހެޔޮ ނުވާނެ މި މުރުތައްދު ފާދިރީ ކަލޭގެއަށް ޕާޓީ ލީޑަރޝިޕުން ފުރުސަތު ދޭން.

  28. ވެންޕާސީ

    މިޑްޓާމް އިންތިހާބެއް ބާއްވަން އިބޫއަށް މަޖުބޫރުކޮށް މިޑްޓާމްއަށް ނެރޭ ރިޔާސީ ކެނޑިޑޭޓަކަށް ނޫނީ ވެރިކަން ކުރާ ޕާޓީގެ ރައީސްއަކީ ބަރުލަމާނީއަކަށް ގޮސްފިނަމަ ބޮޑު ވަޒީރަަށް އަންނަން ޖެހޭ މީހާ ކަމަށް ކަނޑައެޅުމުގެ ހީލަތްތެރި ކަމުގެ ތެރެއިން ގަންނަ ގަނޑުހަމަ

  29. އަހުމަދު

    ވެރިކަމާހެދި މިމީހާ ނޫޅޭނެ އެއުޅެނީ އަނެއް ދިވެހިރާއްޖެއަށްޓަކައި

  30. ސޯލިހުބޭ

    އެމްޑީޕީ , އެމްޑީ އެން އެކަ އްޗެ އް , ލާދީނީ ބާނީ އަށް , މިގަ އުމަށް ލަ އްވާލި ވަބާވެރި ކަމަކީ މި ޖާހިލު ކަލޭގެ , މި އިސްލާމީ ދަ އުލަތުގެ ގާނޫނުތަށް ލާދީނި އްޔަތު ވަ އްދާ މޮޑެލާފި , މުގުލުގައި ހުރީ މިކަލޭގެ , ﷲ ހުގެ ދީނަށް ޓަކަ އި މި ކަލޭގެޔަށް އެމްޑީޕީ ކުދިން ނޫނެކޭ ބުނޭ

  31. ބުރޯބުރޯ

    މަށެއް ދެނެއް ތިސޮރަކަށް ވޯޓެއް ނުދޭނަން. ވަރަށް ފޫހިވެއްޖެ