ފުލުހުންނަށް އިންޒާރުދިން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ރޭ މެންދަމު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރި 20 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 03:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާ ކައިރީގައި ހުރި 19 އަހަރުގެ ދިވެހި ފިރިހެނަކު މާރާމާރީ ހިންގާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާފަންނު ޕޮލިސް އިންނެވެ.

ފުލުހުންނަށް އިންޒާރު ދިނުމަކީ ޖަލު ޙުކުމެއް އަންނަ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިލްމް

    އާންމު ރައްޔިތުންނަށް މީހުން ބިރުދައްކާ ރިޕޯރޓްކުރުމުން ފުލުހުން މައްސަލަތަށް ނިންމާ ހުކުމާއި ހަމައިން އެމީހަކު ދޫވަނީ ، ދެން މިބަދަލުވީ ގުރޭޑް ފުލުހުންނަށްވެސް ވައްވައްޖަހަން ފެށީ ... ދެރަކަމެއް

    5
    2
  2. ޖާޒީރާ ބޯއީ

    އިންޒާރަކީ ކޮންމެ މީހަކަށްވެސް ދެވޭނެ އެއްޗެއް. އަންނަން އޮތް އަދި އަންނާނެ ކަންޔަގީނަވެގެންވާ އިންޒާރާމެދު ޤާފިލްވެތިބެވެނީ. މީހަކަށް ރުޅިއައިސްގެންވެސް އެއްޗެއް ދެނެއް ނުބުނެވޭނެ. ޓެރަރިޒަމްގެ އާގާނޫނުގެ ދަށުން އެވަނީ މަނާކުރެވިފައި. ރުޅިއަޔަސް ދެންބުނަންވާނީ ވަރަށް ލޯބިވެއޭ.

    15
    1
  3. ގުއި ޗޮންހެއި

    ސާބަހޭ ފުލުހުން. ފުުއްޕާ މީހުން ސައިޒުކުރޭ

    4
    9
  4. ސާމިން

    މީ ރައްޔިތުން ބިރުގަން ނަވަން ކުރާ ހާ ކަންތައް ތައް. ޢަހަރެމެން ބިރެއް ނުގަން ނާނެ ފުލުހަކަސް ކުބުހަކަސް.. އަމިއްލަ ދިފާއުގައި ކުރަން ޖެހޭ ކަމެއް ބުނަން ޖެހޭ ބަހެއް ބުނާ ނަމު. ޢެހެންޔާ މީ އަޅުވެތި ކަމެއް ނޫން ވިއްޔާ.

    2
    1
  5. ވަހީ

    ދެން އެހެން ވިއްޔާ ރާއްޖޭގެ އެންމެ މަތީ ވެރިޔާ އަށް. (ރައީސުލް ޖުމްހޫރިއްޔާ) އަށް އިންޒާރުދިން ޝަހިންދާ ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެ!