މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކުރި ޝައްމާންގެ ކުށަކީ އިސްލާމްދީނާއި ދެކޮޅު މީހުންނާއި ދެކޮޅަށް އަޑުއުފުލުހުން ކަމަށް އޭނާގެ އަނބިމީހާ ބުނެފިއެވެ.

ޝައްމާންގެ އަނބިމީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ އަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ.

"މަގޭ ފިރިމީހާ އަކީ ޓެރަރިސްޓެއް ނޫން. އޭނާ ހަމައެކަނި ދީނާއި ދެކޮޅު މީހުންނަށް ހައްޤު އަދަބުދީ އަދި އޭނާ އެމްޑީޕީއަށް ކުރާ ތާއިދު އަނބުރާ ގެންނަ ވާހަކަ ބުނީ." ޝައްމާންގެ އަނބިމީހާ ލިޔެފައިވެއެވެ.

ޝައްމާންގެ އަނބިމީހާ ބުނީ ނިކަމެތިންނަށް އޮތީ ނިކަމެތި ގޮތްކަމަށާއި ބޮޑުންނަށް އޮތީ ބޮޑުގޮތް ކަމަށެވެ.

"މުޖޫ ނައީމް އަހަރެންގެ ފިރިމީހާ ހައްޔަރު ކުރަން ގޮވާލިތާ 24 ގަޑިއިރު ނުވޭ އަހަރެންގެ ފިރިމީހާ ކުޑަ ގޮޅިއަށް ލީއިރު. އަހަރެމެން ނިކަމެތިންނަށް ނިކަމެތިގޮތް ބޮޑުންނަށް ބޮޑުގޮތް. ކޮންމެ ވެރިކަމެއްގައި ވެސް ޖަހާ ސަކަރާތެއް މިއީ. އަސްލު ޓެރަރިސްޓުން ތިބީ ގޭގައި، (ނުވަތަ) ރާއްޖެއިން ބޭރުގައި އުފާފާޅުކުރަނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ އެކަކަށް ދެރައެއް ދީފައި މާގިނަ ދުވަހަކު އަނެކަކަށް ނޫޅެވޭނެ ކަމަށާއި ތުއްތު ދަރިފުޅާއި އަނބިމީހާ އަދި އާއިލާ އާއި ދުރަށް ދާން ޖެހިފައި ވަނީ ކުށެއް ނެތް މީހަކަށް ކަމަށެވެ. ﷲ އެއްވެސް މުސްލިމަކަށް ދެރަގޮތެއް މެދުވެރިނުކުރައްވާނެ ކަމަށާއި ފިރިމީހާ އާއި ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އުއްމީދު ކުރާކަމުގައި އޭނާ ބުނެފައި ވެއެވެ.

ޝައްމާން ހައްޔަރުކޮށްފައި ވަނީ އައިއެސް އިން މީގެ ކުރިން އާއްމު ކުރި ފޮޓޯއެއް ޝަހިންދާގެ މޫނު ފެންނަ ގޮތައް އެޑިޓްކޮށް އެފޮޓޯ ފޭސްބުކްގައި ޝެއާ ކުރުމުންނެވެ. އެފޮޓޯއަކީ ވެސް އެހެން މީހަކު އެޑިޓް ކޮށްފައި އިން ފޮޓޯއެކެވެ. އެމްޑީޕީ އާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއިދުކުރާ ޝައްމާންގެ ފޭސްބުކް އެކައުންޓްގައި ހަރުކަށިކަމަށް ހިތްވަރު ދީފައި ހުރި އެއްވެސް ޕޯސްޓެއް ނެތެވެ.

ޝައްމާން ދޫކޮށްލަން އޭނާގެ ރަހުމަތްތެރިންނާއި ގިނަ އަދަދެއްގެ އާއްމުން ވެސް އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ޑރ ފިތުނަ

  ދީނަށް ފުރައްސާރަ ކުރި މީހަކާއި މެދު، މުސްލިމެއް ހައިސިއްޔަތުން ހިތްހަމަ ނުޖެހުން ފާޅުކުރުމުން ޓެރަރިސްޓެއްކަމަށް ބެލުމަކީ އިތުރަށް އެމީހުންގެ ލާދީނީ ސިފަ ފެނިގެންދާ މުޑުދާރު އަމަލެއް

  222
  6
  • އަހްމަދުބިންސައީދު

   ލާދީނީ ސަރުކާރެއްގެ އަމަލު ހުންނާނީ އެގޮތަށް.

   74
 2. ބެއްޔާ

  "މުޖޫ ނައީމް އަހަރެންގެ ފިރިމީހާ ހައްޔަރު ކުރަން ގޮވާލިތާ 24 ގަޑިއިރު ނުވޭ އަހަރެންގެ ފިރިމީހާ ކުޑަ ގޮޅިއަށް ލީއިރު. އަހަރެމެން ނިކަމެތިންނަށް ނިކަމެތިގޮތް ބޮޑުންނަށް ބޮޑުގޮތް. ކޮންމެ ވެރިކަމެއްގައި ވެސް ޖަހާ ސަކަރާތެއް މިއީ. އަސްލު ޓެރަރިސްޓުން ތިބީ ގޭގައި، (ނުވަތަ) ރާއްޖެއިން ބޭރުގައި އުފާފާޅުކުރަނީ." މިއީ ތެދުވާހަކައެއް.

  213
  1
  • ޢެއީ

   ޝަހިންދަ ރާޖަޕަކްސަ ދޯ!!

 3. ޔަހުޔާބެ

  އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހުންގެ މައްސަލަތައް ބަލައި ތަޙްޤީޤް ނުކުރެވޭނަމަ މިޤައުމުގައި ކުރާ އެއްވެސް ކުށެއްގެ ތަޙްޤީޤެއް ކުރެވިގެން ނުވާނެކަމަށް ގިނަބަޔަކު ދެކޭކަން އެނގެއެވެ.އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަޖިލީހުގެ ރައީސް ކަމަށާއި ޕާޓީ ތަކުގެ ރައީސުންނަށް އާދެވޭ ގޮތް އޮތުން ވެސް މަނާކުރަން ޖެހޭކަމަށް ގިނަބަޔަކު ދެކެއެވެ.

  143
 4. ާެައަލީ

  ސަރުކާރުން މިކުރަމުންދާ ކަންތައްތަކުގެ ހިތި ވަރައްއަވަހަށް ފެންނާނެ

  149
  2
  • އިބްރާހިމް

   މިއީ އެވެރިން ތަރައްގީއަށް ކުރާކަމަކީ.

   49
 5. ޢާލިމް

  އައިސިސް ފަދަ ނުބައި ބަޔަކުވެސް އިސްލާމް ދީނުގެ މިފަދަ ހުކުމްތައް ތަންފީޒު ކުރާއިރު ދިވެހިރާއްޖެއިން އިސްލާމް ދީނުގެ ހުކުމްތައް ތަންފީޒް ނުކުރޭ، މިއީ ކަމަށްވެދާނެ ދިވަހީން އައިސިސް އާ ގުޅޭ އެއް ސަބަބަށް . އައިސިސް އާ ގުޅުން ހުއްޓުވުމަށް އަދި ހަރުކަށި ކަން ހުއްޓުވުމަށް އިސްލާމްދީނުގެ ހުކަމް ތައް ތަންފީޒް ކުރުން މުހިއްމު. އހެންނޫންނަމަ ބައެއް ދިވެހިން މަގު ކައްސާލާ އެފަދަ ހުކުމް ތަންފީޒް ކުރާ ބަޔަކާ ގުޅުން އެކަށީގެންވޭ ، ހައްލަކީ ﷲ ގެ ދީން ފުރިހަމައަށް ގާއިމްކުރުން ކަން ޔަގީން .

  90
  2
 6. އަބުޅޮ

  އައިއެސް ގެ ޝިޔާރު ފާޅު ކުރުމަކީ ގާނޫނީ ކުށެއް . އައިއަސް އާ ބޯ ކަންޑާ މަންޒަރު ނުލިޔަސް ލާދީނީ މީހުންނާ ދެކޮޅުވެރިވެވޭނެ. ތި މީހާޔަކީ އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަށް ދައްކާ ގޮތަކުން ދީނަށް ފުރއަސާރު ކުރެވިފައި ހުރި މީހެއް . ﷲަ ހެޔޮ މަގަ ދައްކަވާށި.

  17
  70
 7. ދުނިޔޭގަ ވެދާނެ

  ނިކަމެތިންނަށް އޮތީ ނިކަމެތި ގޮތްކަމަށާއި ބޮޑުންނަށް އޮތީ ބޮޑުގޮތްކަން

  66
  3
 8. މިއަދު

  އަދުލުވެރި ކަމާއި ހަމަހަމަކަން
  1. ޝަހިންދާއިސްމާޢީލު: ދީނަށް ފުރައްސާރަކަޮށް ދިވެހިބަހުން ބަޔާން ލިއެ ޢާއްމުކުރިމީހެއް މައްސަލަ ބަލަނީ ބަލަނީ މީހާވީތަނެއް ނޭންގެ
  2. އުފާމުޚުތާރު: މީސްމީޑިޔާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރާތީ ޕޮލިހަށް ޙާޟިރުވާން ޗިޓް ފޮނުވާފައިވާ މީހެއް
  3. ޝައްމާން: އިސްލާމްދީނަށް އެއްމެބޮޑަށް ފާޅުކަންބޮޑުގޮތެއްގައި ފުރައްސާރަކޮށް ދިވެހިބަހުން ރިޕޯޓު ލިއެ ޢާއްމުކުރި ޝަހިންދާ އިސްމާޢީލުގެ ފޮޓޯއެއް ލުމުން ވަގުތުން ހިފާހައްޔަރުކޮށްފައިވާމީހެއް އިންސަފާއި ހަމަހަމަކަން މިންކުރާނީ ތިބޭފުޅުން

  94
  1
 9. Anonymous

  ވަރަށް ރަނގަޅު ވާހަކައެއް. ތިޔަ ކަންކަން ކުރުމަށް އިސްކޮށްހުރި ބޯގަންވިލާގޭ ޝަހިންދާ އިސްމާޢީލް ރާއްޖެއިން ބޭރުގައިހުރެ ޖާމަނީގައި ހުންނަ ރާއްޖޭގޭ އެމްބަސީ މެދުވެރިކޮށް އިމިގްރޭޝަނުން 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓް އައު ކުރިކަން އެނގޭ ކިތަށް ދިވެހިން އެބަތިބާ! ÷ޕާސްޕޯޓް ކެންސަލްވެސް ކުރެވެން އޮތް، ޕާސްޕޯޓް ހިފެއްޓެންވެސް އޮތް! ދީނަށް ފުރައްސާރަ ކުރިމީހާ ޝަރަފުގައި ފޮނުވާލިއިރު، ދީން ހިމާޔަތްކުރުމަށް މަސައްކަތް ކުރި މީހާ ގޮޅިއަށް. ޝުކުރިއްތާ ރައީސް އިބޫ

  79
  2
 10. ވަގުއަންނި

  ޝައްމާން ދޫކުރާށޭ މިހާރުން މިހާރަށް. ދީނުގެ ނަމުގައި ހެޔޮ ބަހެއް ބުނުމުން މިހެން ނެހެދޭނެ. ދުނިޔޭގެ ތާރީހު ބަލާ. އޭނަ ހައްޔަރު ކުރި މީހުންނާ އޭނަ ހައްޔަރުކުރަން އޯޑަރު ދިން މީހުންނަށް ކޯފާ ލެއްވުމުގެ ބާރުވެސް އެކަލާނގެ ހަޒުރަތުގައިވޭ. ބިރުވެތިވޭ. އޭނަ ދޫކުރޭ

  78
  1
 11. ހަސަނާ

  އޭނަ ހައްޔަރު ކުރި މީހުންނަށް ގާނޫނުގެ ދިގު އަތް އަރާ ހަމަކުރާނެކަން ދަންނަންވާނެ. އޭނަ ދޫކުރޭ. ﷲއަށްޓަކައި ބަސްބުނުގެން އަނިޔާ ނުކުރޭ

  83
  1
 12. ކޮރަލް

  ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް ބަޔާން ކޮށް ދީބަލާށެވެ.

  42
 13. ސަޓޯ

  މިވެރިކަން ވެއްޓޭނެ އިންޝާﷲ.. އެމްޑީޕީ އާއި އެމްޑީއެން މަގުމަތިވާނެ!!!

  93
  2
 14. ޢަލީ

  ދޮން މީހުންގެ އިރުޝާދާ އެއްގޮތައް ކަންކަން ތަންފީޒު ވަމުންދަނީ. ރިޕޯޓް ނެރުނު މުޖުރިމުން ފިއްލުވާފައި، އެކަމާ ދެކޮޅުހެދި މީހުން މިއޮއް ހައްޔަރުކޮށް އަދަބުދެނީ.

  71
 15. ހަބީބު

  ދޫކޮއްގެންނުވާނެ ތިކަހަލަމީހުން

  14
  76
 16. މޮލަ

  އަދި ދޫކޮއްލިޔަސް ތާއިދު ކުރަން ވާނީ އެޖެންޑާ 19 .ވަރައްސަލާމް

  6
  15
 17. ޢާއިޝާ

  ޕޮލިހުންގެ ވަރަށް މައްސަލަ އެބަހުރިކަމަށް ފާހަގަ ކުރެވޭ. ފްރީ ސްޕީޗް އޮންނަނީ ވަކި ބަޔަކަށް ކަންނޭނގެ، ފްރީ މީޑިއާވެސް. ދީނާ ދެކޮޅު ފްރީ ސްޕީޗް އެބޭފުޅުން ބިރު ނުގަނޭ ފިޔަވަޅު އަޅާކަށްވެސް ނުޖެހޭ ސައިޓުތައް ބަންދެއްވެސް ކުރާކަށް ނުޖެހޭ. އެކަމު ދީނާ ދެކޮޅު މީހުންނަށް ރައްދެއްގެ ސިފައިގައި އެއްވެސް އެއްޗެއް ލިޔެވި، ދީނާ ދެކޮޅު މީހެއްގެ ސޫރަ ހުންނަންވާގޮތަށް ނޫން ގޮތަކަށް ބަދަލު ގެނެވިއްޖެއްޔާ މިއީ ޕޮލިހުން ދެކޭ ގޮތުގައި ހަރުކަށި ކަން. އެފަދަ ރައްދު ދޭމީހުން ތިބެން ޖެހޭނީ ކުޑަގޮޅީގައި. ޕޮލިހުންގެ ހުވާ އަލުން އިޞްލާހު ކުރަންފެނޭ މިހާރު ޢަމަލު ކުރަމުން ތިޮޔަ ގެންދާ ގޮތަށް

  15
 18. ޝޮކްތެރަޕީ

  ދީނާ ދެކޮޅު މީހުން ހައްޔަރުކޮއްބަލަ. މިޒުވާނާއަކީ ހިއްވަރުގަދަ ޒުވާނެ. މީ ނަމޫނާ ޒުވަނެ.

  34
  1
 19. ސާރި

  އަހަރެމެން މިތިބީ ހަތަރެސްފައި ބަދެވިގެން! މިފެންނަނީ ބަޔަކު ދެއްކި ދަޅަޔަކަށް ހެއްލުމުގެ ހިތިނަތީޖާ! މިވެރިން ސައިޒް ކުރެވޭނީވެސް އަހަރުމެންނަށް!

  27
  1
 20. ބޯކިބާ

  މާލޭގެ ބޮޑެތި ގަބީލާތަކުން ވަޑައިގެންތިއްބެވި ބޭބޭފުޅުންގެ ފޮޓޯ އެގޮތަށް ޖަހައިގެންނުވާނެއެއްނު.

  20
  1
 21. ސސސ

  އެސޮރު ބަންދުކުރީމާ މުޒާހަރާ ކޮށްލާނެ އަޑުއުފުލާނެ ޔާރެއް އަނގައެއް ނެތް. އެއީ ޕާޓީއެއްގެ ވެރިއެްް މުއްސަންޖެއް ނުވަތަ ސިޔާސީ މީހެއް ނަމަ ނިދަން ނޯވެވޭނެ. ހިއުމަން ރައިޓްސްއޭ ކިޔާ ދުނިޔޭގެ ލެއްވިހާ ޖަމާއަތަކުމް ގޮވާލާނެ. މީ ދަސްކޮށް ދެމުންދާ ޑިމޮކްރަސީ އަކީ. ނިކަމެތިން ނިކަމެތި ވެރިން އުފަލުގަ

  29
 22. ކާސިމް

  މިފެން ނަނީ ހުރި ތަފާތު އެއްބަޔަކު އިސްލާމް ދީނަށް ފުރައްސާރަ ކުރީމަވެސް އެއްވެސް އަދަބެއް ނުލިބުނު

  22
  1
 23. Anonymous

  މމމމ މިދަނީ މާމ މައްޗައް. ފަޅައިގެންދާހިސާބައް ދަންޏާ މަޑުން ނުތިބެވޭ ހިސާބައްހިނގާދާނެ. ޢެހިސާބައް ދުއްވާނުލާ!!

  19
 24. ހުސެން

  ހަޤީގަތަކީ މިއީ ޓެރަރިޒަމް ބިލްގެ މަޤުސަދު،މައުސޫމު މީހުން ހައްޔަރު ދީނަށް ލޯބިކުރާ ދީނީ ޟިއާރު ފާޅުކުރާ މީހުން ހައްޔަރުކުރުން،ސުންނަތަށް އުޅޭ މީހުން ހައްޔރުކުރުން،ސަރުކާރާ އިދިކޮޅު ނުވަތަ އެމްޑީޕީގެ ސިއްރު އެޖެންޑާ އާ ދެކޮޅު ހަދާ މީހުން އުލުގައި ބޭންދުމަށް ހެދި ޤާނޫނެއް.ހިތާމަ ކުރަން އެހެނަސް މި ސަރުކާރު ބަލިކަށިވާނެ،އެމްޑީޕީ އަށް ތާއީދުކުރާ މީހުން އަންނި އާއި ލާދީނީ މީހުން ދޫކޮށްލާނެ.އެމީހުން އެކަނިވެރިވާނެ.ﷲ މި އާއިލާ ކެތްތެރިކަން ދެއްވާށި،މަކަރުވެރިންގެ މަކަރުވެރި ރޭވުންތެރިކަމުން މި ދިވެހި މުސްލިމުން ސަލާމަތްކުރައްވާށި

  25
  1
 25. ހަސަންޑި

  ތާއީދު ގެންދިޔޢީމަ ކުށެއް ހޯދީދޯ

  20
 26. ހަބީބު

  މި ވެރިކަން ވައްޓާލަން ނުކުންނަންވީ!

  21
 27. ހަމިއްޓޭ

  އެމްޑީޕީއައް ތާއީދު ނުކުރަންޏާ ވާނީ ތިހެން. ޢަވަހައް ތާއީދުކުރޭ

  11
  6
 28. ދަންޑެހިލް

  މާތްވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ބަސްބުނެ ރަސޫލާއަށް މަލާމަތްކޮށް ކީރިތިޤުރުއާނަށް ހަޖޫޖަހާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނަށް ޙައްގު އަދަބުދިނުމަށް ގޮވާލާ އަދި އެމީހުންނަށް އަދަބުދީ ހަދާމީހުންނަކީ ޓެރަރިސްޓެއްނޫން އެއީ އިސްލާމްދީން ދިފާއުކުރުމަށް މަސައްކަތްކުރާ ދީންދެކެލޯބިވާ ބަޠޮލުން

  23
  1
 29. ޑަމީ

  މީ ހަމަ އިނޮސެންޓް މީހެށް. ޙަމަ އެކަނި ކުރި ކަމަކީ ލާދީނީ މީހެށްގެ ކަރު ކަނޑާލާފަ އޮތް ފޮޓޯގަނޑެށް ލުން. ކޮބާތަ މީގަ ކުށަކީ.

  11
 30. ޑޮލަރު އިލްޔާސް

  ނޫނޭ ސޭކު އިލްޔާސް ބުނާގޮތުން މިހާރު އެހެރީ ރަަސޫލާ ދުޢާ ދެންނެވިފަަދަ ވެރިއެކޯ. ދިވެހިންނަކީ ކަންކަމުގެ ހަގީގަތް ނުބަލާ ވަރަށް ފަސޭހައިން ގުނބޯ ހެއްދޭ ބައެއް. އަދިވެސް ތިކަހަލަ ބުރާންޗަކަށް އެމްޑީޕީގެ ހަގީގަތެއް ނޭންގޭނެ.

  16
 31. ޢާސީ

  ޢެއީ ޓެރަރިސްޓުންނޭނގިގެނެއްނޒުން ކޮންމެސް ކަމެއް ކުރަންޖެހޭނެ ނޫން..

 32. ހައްލު

  ޝައްމާން އަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާދޭވެ.

  10
 33. Anonymous

  މިސަރުކާރު އިސްތިއުފާ ކިނބޫ ސޯލިހް އިސްތިއުފާ

 34. ނޫން ނޫން

  އަޑު އުފުލީކީ ނޫން. ބިރު ދެއްކީ!

 35. އިނގޭނެ

  ތިޔަޒުވާނާޔަށް އެމް ޑީ ޕީ އަކީ ކޮންކަހަލަ ބައިގަޑެއްކަން އިގިއްޖެނަމަ ކިތާށްމެހާވެސް ރަނގަޅު

 36. ޑރ.ފަސާދަ

  ތިބޭފުޅާގެ ފިރިމީހާގެ އަދި އެހެން އިތުރު ކުށެއް ފާހަގަވޭ، އެއީ މިލާދީނީ ސަރުކާރު ގެނައުމަށް މަސައްކަތް ކުރީތީ

 37. މުޙައްމަދު

  ދީނާ ދެކޮޅު މީހުން ހައްޔަރުކޮއްބަލަ.