ދަރިވަރުން ދެނެގަނެ ހުރިހާ ކުދިން ޝާމިލްވާ ގޮތަށް ތައުލީމި ދިނުމަށް އިސްކަން ދޭނަން ކަމަށް އެޑީއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހުރިހާ ކުދިން ޝާމިލް ކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖާ ކުރުމުގެ ގޮތުން މިއަދު ހުރަވީ ސްކޫލްގައި ކުރިއަށް ގެންދާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ ތަފާތުކަން ދެނެގަނެ ކޮންމެ ކުއްޖަކަށްވެސްް ބޭނުންވާ އަޅާލުން ދީގެން ހުރިހާ ކުދިން ހިމެނޭ ގޮތަށް ތައުލީމުު ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް ސިޔާސަތުއް ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ތަފާތުކުރުމެއް ނެތި އުނގަންނާދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރައްވާ ކަމެއް ކަމަށެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިސަރުކާރު އައިފަހުން ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ވަކި ޑިޕާޓްމެންޓްއެއް ހަދާފައިވާ ކަމަށާއި މިކަންތައް ވަރަށް ގާތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވަމުން ގެންދާކަމަށްވެސް މިނިސްޓަރ ފާހަގަކޮށްލާފައިވެއެވެ.

މި ވޯކްޝޮޕްގައި އެންމެ އިސްކަމެއް ދެވިގެން ކުރެވޭނޭ ކަންތައްތަކަށް އަލިއަޅުވާލަމުން މިނިސްޓަރ ވިދާޅުވީ މިއަދު އެންމެ އިސްކަމެއް ދެވިގެން ކުރެވޭނެ ކަމަކީ އެންމެން ޝާމިލިކޮށްގެން ތައުލީމު ދެވެނޭ ގޮތަކެއް ކަނޑައެޅުމާއި ކުރިޔަށް އޮތް 5 އަހަރަށް ސްޓެރެޓެޖިކް ޕްލޭންއެއް އެކުލަވާލުން ކަމުގައެވެ.

"ބެލެނިވެރިންގެ ވަރަށް ބޮޑު އެދިލެއްވުމެއް އަދި ދަންނަވާކަމެއް އެއީ ސްކޫލް ނިޒާމްގެ ތެރެއިން ތެރަޕީގެ ހިދުމަތްތައް ފެށުން. އަޅުގަނޑުމެން މިހާރު މިދަނީ މިމަސައްކަތްތައް ކުރަމުން" މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ބެލެނިވެރިންގެ އެދިލެއްވުމުގެ މަތިން މި މަސައްކަތްވެސް މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށާއި 2020 ވަނަ އަހަރުގައި މި ހިދުމަތްތައް ސްކޫލްތަކުގައި ދެވެން ފަށާނޭ ކަމަށެވެ. އަދި މި މިނިސްޓްރީއިން ކުރާ ހުރިހާ މަސައްކަތަކަށްވެސް ޔުނިސެފްގެ އެހީތެރިކަން ލިބޭކަން ފާހަގަ ކުރައްވާ ޔުނިސެފްއަށް އެކަމަނާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަނީފާ

    މިބޭފުޅާ ކައިރިން އައްސަވާ މިހާރު ތައުލީމު އެބަދެވޭތޯ! ޭ އެނގިވަޑައިގަނޭތޯ ސްކޫލް ތަކުގަ ވާނުވާ!

    13
    1
    • ފައިސް

      ޢެޑިއުކޭޝަން މިނިސްޓްރީ ވަނީ ބޮޑުތަނުން ފެއިލްވެފައި. ބިދޭސީ ޓީޗަރުން ބޮޑުތަނުން އިތުރުކުރުމާއި ރަށްވެހިކަމުގެ ގޮތުން ނުވަތަ ނަސްލީގޮތުން ތަފާތުކުރުމުގެ ޕޮލިސީއެއް އިމްޕްލިމެންޓްކުރަން މަސައްކަތްކުރުން މިއީ ކުރިއެރުމެއް ނޫން

  2. ވަހީދު

    ނުކުޅެދުންތެރިކަން ހުންނަ ކުދިންނާމެދު ފަރުވާ ކުޑަކުރުން ހުއްޓާލާ އެކުދިންނަށް އަޅާލާނެ ދުވަހެއް އާދޭތޯ މިތިބީ

    12
  3. ޒާ

    މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ފާޚާނާތެރޭގައި އެ ސްކޫލުގެ އެހެން ދަރިވަރަކަށް އަނިޔާކުރާމަންޒަރު ފެންނަ ވީޑިއޯއެއް ކަމަނާއަށް ފެންނަނަމަ ތި ދެވެނީ ތަޢުލީމޭ ވިދާޅު ނުވާނެ.

    11
    1
  4. ކަމަނާ

    ކަމަނާ އަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރާ މަސައްކަތެއް އެނގިލައްވާ ކަމާއިމެދުވެސް ޝައްކު

  5. ހުސޭނުބޭ

    ތި ޕޮލިސީއަކީ ޔާމީނު އިމްޕްލެމެންޓް ކޮށްފައިވާ ޕޮލިސީއެއް! ފަތްޖެހި ފޮތި އަލުން ފަތްޖަހާ މިނިސްޓަރަށް ހަނދާންކޮށްލަދޭން!

  6. ނާޒުކު

    ދަންނަވަންތޯ އަޅުގަނޑުގެ ދަރިފުޅަކީ ހުޅުމާލޭގެ ސްކޫލެއްގައި ގރ 6 ގައި ކިޔަވައި ކުއްޖެއް. ވޭތުވެ ދިޔަ 5 އަހަރުވެސް އައި އީޕީ ހަދައިގެން ކިޔެވީ. ނަމަވެސް މިއަހަރުގެ ފަހުޓާމްގައި އެ ފުރުސަތު ދަރިފުޅަކަށް ނުލިބުނު، ސެމް ކުލާހުގަ އެވާހަކަ ބުނުމުން ބުނީ މުގައްރަރު ކިޔެވޭނެ ކަމަށް ޓީޗަރ ބުނިކަމަށް. އެކަމަކު އެއްވެސް ފިލާވަޅެއް ނުހަދާ. ޓީޗަރ ލީވްގަ ހުރީމަ އެކި މާއްދާތަކުން ޑިގްރީއަށް ކިޔަވަމުންދާ ޓީޗަރުން ސެމްކުލާހުގައި ތިބީ. މީތޯ މިސަރުކާރުގައި ހުރިހާ ކުދިންނަށް ހަމަހަމ ކުރުމަކީ

  7. ލަދުންބޯހަލާކު

    ސްކޫލްތަކުން ޖާގަ ދިނުމުގަ މާލޭމީހުންގެ ދަރިންނަށް އިސްކަން ދިނުމަކީ ތިމިނިސްޓްރީން ކުރި އެންމެ ނާތަހުޒީބު އަމަލު. އެއީ ތަފާތު ކުރުން ނޫން ކަމަށްވާނަމަ ރީނދޫ ލިބާސް ނުބޭލޭހާހިނދު ތަފާތު ކުރުމަކީ ކޮބައިކަން ނުވެސް އެނގޭނެ. ފުރަތަމަ އެނގެން ޖެހެނީ އެކަންތާ.