މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެއެވެ.

އިމާރާތެއްގެ މަތިން ވެއްޓިފައި ވަނީ ބިދޭސީއެކެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފަރީދީ މަގުގައި ހަދަމުންދާ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން މިއަދު ހެނދުނު 9:52 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އޭނާ އަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    މާވެޔޮ މަގުގައި؟

    10
    1
    • ހުސްމަދު

      ބޭފުޅާ! ފަރީދީ މަގޭ ޖަހާފައިނީ މި ޙަބަރު ކިޔާލިއިރު. ބޭފުޅާ މި ކިޔާލާފަތޯ ކޮމެންޓް ލިޔަން ފެށީ؟

      3
      2
  2. އަދާލަތު

    ޤާނޫނާއި، ޤަވަޢިދުގައިވާގޮތަށް ސަލާމަތީ ކަންތައްތައް ފުރިހަމަނުކޮށް މަސައްކަތްކުރުވާ ކޮންޓެކްޓް ކުންފުނިތައް މަދުވެގެން އެއްމިލިއަން ރުފިޔާއިން ޖުރުމާނާކޮށް، އެއް އަހަރުދުވަހުގެ މުއްދަތަށް ހުއްދަ ބާޠިލްކުރުމަށް ކަމާއި ގުޅުންހުރި ހުރިހައި މުވައްސަސާޔަކަށް ގޮވާލަން.

    4
    1
    • ޢއއ

      އޭރުންދެން އެކަން ކުރާނެ ބަޔަކު ނުތިބޭނެ

  3. ރަނގަަޅު

    ލިޔުމާ ސުރުހީޔާ ގުޅޭތަ؟

  4. ޢަލް

    ތިޔަ ކަހަލަ ހުރިހާ ކަމެއްވެސް ވާނެ ގަވައިދާ ގާނޫނުން ބޭރުގައި އެކަންކުރަން އޮންނަ އުސޫލުން ބޭރުން ކަންކަން ކުރަންޏާ ކީކޭތޯ