ފަޅު ރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައި އޮތް ވެލައެއް ފެނިއްޖެއެވެ.

އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވީ ފަޅު ރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލައެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަމުން އެބަގެންދަވާ ކަމަށެވެ.

މި ޓީމުގައި ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ހަރަކާތްތެރިވަމުން އެބަގެންދަވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު މިއަދު ހާމަކުރައްވާނެ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ދިރިއުޅޭ ވެލައާއި ކަހަނބުގެ ހުރިހައި ބާވަތްތަކެއް ތިމާވެށީގެ ޤާނޫނުގެދަށުން ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބު އާއިލާގެ އެއްވެސް އެއްޗެއް ހިފުމާއި އެއިގެ ބިސްނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބުގެ ބައިތަކުގެ ވިޔަފާރި ކުރުމާއި މިތަކެތި ޢާންކޮށް ދިރިއުޅޭ މާހައުލަށް ގެންލުން ލިބޭނެ ކަންކަން ކުރުމާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމާއި ހުއްދަ ނުނަގައި ދިރާސާތައް ކުރުމާއި ހުއްދަ ނުނަގައި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތްކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދެބޯ ގެރި

    ތީ ވަރައް ބޮޑު ކަމެއް އެމް އެން ޑީ އެފް އާ މޯލްޑިވްސް ޕޮލިސް ސާއވީސްގެ އެހީ ނުހޯދައި ތަޔަވަރުގެ ކަމެއް ކޮށްލެވޭނީ ވަރަށްވެސް ވިސްނުންތެރި ހިންގުންތެރި ސްޓޭޓް މިނިސްޓަރަކަށް...

    42
    7
  2. ނަޖީބު އައްބާސް

    ބަޔަކު ކަމަކާ އެބަލޭކެކޭ! އެކަމަކު މިފަދަ މީހުން މޫދުގާއުޅޭ ދިރޭފުރާނަޔެއް އެއްގަމުގަ އުއްޑު ދިމަތިން ބަދެބާވާ މަރާލައް ހިތައް އަސަރެއް ނުކުރޭ

    24
    9
    • ހެ ހެ

      ތި ވެލާ ފަޅާލި ނަމަ ... ހާދަ މީރު ވާނޭ ?

      32
      38
    • ފުރުޤާން

      މަސްތައް މަރާއިރުވެސް އަސަރު ކުރަން ވާނެދޯ. ހަރާމް ހަލާލުކޮށް ހަލާލު ހަރާމް ކޮށްފަ މިއޮންނަނީ

      14
      3
  3. ހުދުހުދު

    ދީނަށް ފުރައްސާރަ ކުރާއިރު ހެވިފައިތިބޭ ބަޔަކުތެރޭ ތިޔަވެލާ ކަހަބައަށް ކޮން ރަހުމެއް އޮންނާނީ.

    46
    7
  4. ޖާބިރު

    ޚަބަރެއް ލިޔާއިރު ވެލާއޮތްތަނެއްގެ މައުލޫމާތުވެސް ބޭޏުންވާނެ. އަދި ކޮން އަތޮޅެއްގެ ފަޅުރަށެއްކަންވެސް އެގެން އޮންނަން ވާނެ. ފަހަރުގަ ވެދާނެ އީ.ޕީ.އޭ އިން މީހުން ހައްދަން ކުރާ މަސައްކަތަކަށްވެސް.

    27
    1
    • ހުސޭނު

      ރ. އަތޮޅު އުނގުލުގަ

  5. އާދު

    ތީ ދެންމައްސަލައެއްނޫން ތިއުޅޭސަހިންދާ މައްސަލަމާބޮޑު އޭނަހައްޔަރުކޮއްބަލަ

    43
    6
  6. މުއްތު

    ވެލާ ފަޅާ އޭގެމަސްކެއުމަކީ ރަގަޅުކަމެއްނޫން އެކަމަކު އޭގެބިސް ކެއުން އިސްލާމްދީން ހުއްދަކުރާއިރު އެކަންކުރަން ދިވެހި ސަރުކާރުން މަނާކުރުމަކީ ބަލާގަނެވޭނެކަމެއްނޫން އެގާނޫނުން އެބައިއުނިކުރުމަށް ގޮވާލަން

    7
    5
  7. ކާފަ

    މިހާދަބޮޑު އޮޕަރޭޝަނަކަށްވާނޭދޯ މިނިސްޓަރާއ، ނައިބުންނާ، އެމްޑީއެފްއާއި، ޕޮލިހާ، އެއާރޕޯޓާ، އިންޑިޔާގެއެހީއާ އެކޮށްވެސް ކިރިޔާ ނިންމާލެވޭނީ. ވފ

    12
  8. ޟމ

    ތިވެސް މައްސަލައެއް، ނަމަވެސް އިންސާނުންނަށް ދިމާވާ ކަންކަމުގަ މި ސްޕީޑް ގަ ކަންކަން ކުރެވެމުންދާތަން ނުފެންނަކަމީ ދެރަކަމެއް

    11
  9. ހިތާމަ

    ވަރަށް ހިތާމަހުރި ކަމެއް. ތިމީހާ ޖެހޭނެ ޓެރަރިސްޓަކަށް ހަދާފަ ހައްޔަރު ކުރަން. އެކަމަކު އެމީހުން ކަންބޮޑެއްނުވޭ ދީނާ ދެކޮޅުމީހުން ހައްޔަރުކުރަން ގޮވައިލިމީހާ ހައްޔަރުކުރުމަކުންނެއް. ޖޯކު

    4
    1
  10. ޓްރޭސް

    ވެލާ ބަނދެފަ ބާއްވާފަ ހަވާދު ފުނޑަން ރަށަށް ދިޔައީ ކަމަށްވާނީ!

  11. އަހުމަދު

    ސްޓޭޓް މިނިސްޓަރ މުޖުތަބާ ފަޅު ރަށަކަށް ގޮސް މަސްހޫރު ވާން ވެގެން ވެލައެއް ގެ ބިސް ރޭގަނޑު ދަންވަރު ނަގާ ކައި އަދި އެއަށް ފަހު ވެލާ ބަނދެ ފޮޓޯ ނަގާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީ .... އެހެންނާ ފަހެ ވެލައެއް ސަލާމަތް ކުރަން ސްޓޭޓް މިނިސްޓަރ ބޮޑު ދަތުރެއް ހަދައިގެން ސަރުކާރުގެ ފައިސާ ޚަރަދު ކޮށްފައި ނުދިޔައަސް ފަޅުރަށާ ގާތުގައި ފުލުހުންގެ އިދާރާ ހުރި ރަށަކުން ނުވަތަ ކައުންސިލުން ވެސް ތިޔަކަން ކުރެވޭނެ ... މިއޮތީ ވެލާ ކަހަނބު ހިމާޔަތް ކުރުމުގެ ބޮޑު މަސްރޫއު އެއް ނިންމާ ފައި..... މިކަން ޖެހޭނެ ފުރަތަމަ އަހަރު ކުރި އެންމެ ބޮޑު ކަންތަކުގެ ލިސްޓްގައި ލިޔަން .....

    17
  12. ޒާ

    ތިޔަކަމުގައި ނޫސްކޮންފަރަންސް ބާއްވަން ސަރުކާރުން އަވަސްވެގަތްއިރު އެމްޑީއެން އިން އިސްލާމް ދީނާއި ދެކޮޅަށް ބުހުތާން ދޮގު ތައްހިމަނައިގެން ރިޕޯޓް ނެރުމުން ރައްޔިތުން ކެކެން ފެށި މައްސަލާގައި ސަރުކާރުން ޗުއްޕުވެސް ނުބުނި. ދޮންކުދިންނަށް ދެންކެން ހާދަ ފޯރިއެއް ހުރެއެވެ.

  13. މީރާ

    އަލިފާނުގެ މޫސުން ނިމުމަށްފަހު ޖަނަވާރުންނަށް އަނިޔާ ކުރާ މޫސުން ފެށީމި. ކިހާ ދެރަކަމެއް މިދިވެހިން އިސްލާހުވާނީ ޤިޔާމަތް އައީމަތަ؟

  14. ޝާހް، ރ.ވާދޫ

    ސްޓޭޓް މިނިސްޓަރާ ކޮން ބެހޭކަމެއް؟ މިކަހަލަ ސިމްޕަލް ކޮންމެކަމަކުން މިމީހުން މަޝްހޫރުވާން މިތެޅެނީ!

  15. ހުސްބޯ

    ވެލާ އަތުލާފަ, އެފަޅާ ކައްކާނެ ސާމާނު ނެތީމަ ވެލާ އައްސާފަ ރަށައް ސާމާނު ބަލާ ދިޔަތަނުން ތި އަތުލެވުނީ. އެ ގޮލާ ނުބަނދެ ގޮއްސިޔަ ބަޗާނެދޯ. އެހެންވީމަ ތީގަ ނެތް މައްސަލައެއް. މަތިން ދެއްވި ރިޒްގެއް ސަރުކާރަކައްވެސް މަނައެއް ނުކެރެވޭނެ ދޯ.