ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، (އެމްއެންޔޫ) ގެ ރިސާޗް ގްރާންޓު އެވާޑް ހާސިލްކުރެއްވި ނުވަ ބޭފުޅަކަށް ގްރާންޓް އެވޯޑް ހަވާލުކޮށްފިއެވެ.

މިއަދު ޤައުމީ ޔުނިވާސިޓީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ގްރާންޓް އެވޯޑް އެ ބޭފުޅުންނަށް ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ޗާންސެލަރު، ހަސަން ހަމީދު އެވެ.

ޤައުމީ ޔުނިވާސިޓީގެ ފަރާތުން ރިސާޗް ޕްރޮޖެކްޓު ހިންގަން ބޭނުންވެގެން މުވައްޒަފުން ހުށަހެޅި 10 ޕްރޮޕޯސަލެއްގެ ތެރެއިން 9 ބޭފުޅެއްގެ ޕްރޮޕޯސަލް ޔުނިވާސިޓީން އެކަމަށް އެކުލަވާފައިވާ މިންގަނޑަށް ތެރެއިން ފާސްވި ކަމަށް އެ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.ފަޒީލް ނަޖީބު ވިދާޅުވިއެވެ. އެބޭފުޅުންނަށް ޑރ.ފަޒީލް ވަނީ މަރުޙަބާ ދަންނަވާފައެވެ.

މިއަދު ގްރާންޓު އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 75 އިންސައްތައިން މަތިން މާކްސް ލިބި، ނުވަތަ ތިންވަނަ ރިވިއުއެއް ކޮށްގެން މިންގަނޑު ތެރެއިން ފާސްވެފައިވާ ބޭފުޅުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަހަރު އަޅުގަނޑުމެންގެ ރިސާޗް ގްރާންޓް ކޮމިޓީގެ ފަރާތުން ވަރަށް އުނދަގޫ ސުވާލުތަކެއް ކުރިމަރިލާން ޖެހުނު ބައިވެރިންނަށް. އެއީ މިކަން އޮންނަން ޖެހޭނެ ގޮތް ކަމަށް އަޅުގަނޑު ދެކެނީ. ޕަބްލިކް ފަންޑްސް ޑެލިވާ ކުރެވޭ އިރު ފުދޭވަރަކަށް ރިގްރެސް ޕްރޮސީޖަރ އެއްގެ ތެރެއިން އެޕްރޫވް ވާން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ." ޑރ.ފަޒީލް ވިދާޅުވިއެވެ.

ވަގުތު ފޮޓޯ: މުހައްމަދު ހައްޔާން

ގްރާންޓް އެވޯޑް ހާސިލްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އެވޯޑު ހާސިލްކުރައްވަން ހުށަހެޅުއްވި ރިސާޗް ޕްރޮޕޯސަލްތައް:

ޑރ. ޝީޒާ އަލީ - 'ދަ ރިލޭޝަންޝިޕް ބިޓްވީން އަޔަން ޑެފިޝެންސީ އެންޑް ތައިރޮއިޑް ފަންކްޝަން އިން ދަ މޯލްޑިވްސް'
ޑރ. ފަޒީލާ ވަޙީދް - 'ވެލިއުއިންގ ހެލެތް ރިލޭޓެޑް ކޮލިޓީ އޮފް ލައިފް'
ޑރ. ރަޙީމާ އަބްދުލް ރަޙީމް - 'އިފެކްޓިވްނެސް އޮފް އިންފެކްޓިންގ އެއީޑިސް އެގިޕްޓީ މޮސްކިޓޯސް ވިތް ސްޓްރެއިންސް އޮފް ވޮލްބަޗިއަ އިން ރެޑިއުސިންގ ދަ ޓްރާންސްމިޝަން އޮފް ޑެންގޫ ވައިރަސް'
ރިފާތު ހަސަން - 'އެތްނޮބޮޓޭނިކަލް އެންޑް މޯފޮލޮޖިކަލް ސްޓަޑީ އޮފް ޓާރޯ އިން ސަދަން އެޓޯލްސް، މޯލްޑިވްސް'
މުހައްމަދު ރިޔާޒް - 'މަލްޓިގްރޭޑް ޓީޗިން : 'ރާއްޖޭގައި ތަންފީޒު ކުރެވޭ ގޮތާއި ދިމާވާ ގޮންޖެހުން'
އައިމިނަތު ޒުބަައިރް - 'އަންޑަސްޓޭންޑިންގް ދި އިމްޕްލިމެންޓޭޝަން އޮފް ޕްލޭސްކޫލް ބޭސްޑް އެޕްރޯޗްސް ވިތް ދި އިންޓިގްރޭޝަން އޮފް ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯކް'
ނިއުމާ މުހައްމަދު - 'ޔޫޒް އޮފް ވީޑިއޯސް އިން ޓީޗިންގް އެންޑް ލާނިންގް : އޭން އެކްޝަން ރިސާޗް އޮން ހައޮ ވީޑިއޯ ޕެޑަގޮޖީ އިޒް އިމްޕްލިމެންޓެޑް އެޓް އެމްއެންޔޫ'
ފާތިމަތު ޝަފީޤް - އަންޑަސްޓޭންޑިންގް ދި އިމްޕެކްޓްސް ސްޓޫޑެންޓްސް ޔޫޒް އޮފް ދިވެހި އޭޒް އަ ފަސްޓް ލޭންގުއޭޖް އޮން ދެއަރ ޑިވެލޮޕްމެންޓް އޮފް އެކެޑަމިކް ރައިޓިންގް ޕްރޮފިޝެންސީ އިން އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް، އަ މިކްސްޑް މެތަޑް ރިސާޗް އެޓް ޓާޝަރީ ލެވެލް، އެމްއެންޔޫ
ޝިފާޒާ އާދަމް - ކަވަރޭޖް އެންޑް ނޮލެޖް އޮފް އޮޕްޝަނަލް ވެކްސިންސް އެމޯންގް ޕޭރެންޓްސް އޮފް އަންޑާ ފައިވް ޗިލްޑްރެން އިން ދި މޯލްޑިވްސް : އޭން އިންސްޓިޓިއުޝަން ބޭސްޑް ކްރޮސް ސެކްޝަނަލް ސްޓަޑީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ތީ އެހާ ގިނަ އިލްމުވެރިން ބައްދަލުވުމެއް ބޭއްވީމާ އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ކުރިއަށް އެމީހުންގެ ހިޔާލެއް ނުހޯދާ ގޮތް ނިންމުމަކީ އިސްލާމްދީނާ ގޮންޖެހުުން ފަދަ ކަމެއްކަމުގައި ރައްޔިތުން ދެކޭތީ މި ވާހަކަ ސަމާލުކަމަށް ސަރުކާރުގެ އިސްވެރިންނަށް ދަންނަވަމެވެ.